[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބާއްޖަވެރި ޙަޔާތެއް އެދޭނަމަ.. -2

ކައިވެނި ކުރުން ލަސްނުކުރުން :

ކަންކަން ކުރަން އޮންނަ ވަގުތު ފާއިތުވެ، އެކަމެއް ނުކުރެވުމުން ބޮޑެތި ގެއްލުމާއި ދަތިތަކާ ކުރިމަތިލާން ޖެހިދެއެވެ. އަދި އެކަން ނުކުރެވުމުގެ ސަބަބުން ހިތާމަޔާއި، ހިތްދަތިކަން އުފުލަން ޖެހެނީވެސް އެކަމެއް ކުރަން އޮންނަ ގޮތަށް، ރަނގަޅު ވަގުތުގައި އެކަން ނުކުރެވުމުގެ ސަބަބުންނެވެ. އެހެންކަމުން ކައިވެނި ކުރާ އުމުރަށް އަރާފައި ތިބޭ ޒުވާނުންނަށް އޮތީ ކުޅަދާނަ ވީހާވެސް އަވަހަށް ކައިވެނިކުރުމެވެ. އަދި އެކަމަށް ކުޅަދާނަ ވެގެން ނުވާ މީހާ ކަންތައް ކުރަން ޖެހޭ ގޮތްވެސް ވަނީ އިސްލާމް ދީނުގައިބަޔާން ކުރައްވާފައެވެ. ޙަދީޘްބަސްފުޅެއްގައި އައިސްފައިވެއެވެ.

عن عبد الله بن مسعود رضي الله عنه قال: كُنَّا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَبَابًا لَا نَجِدُ شَيْئًا فَقَالَ لَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (( يَا مَعْشَرَ الشَّبَابِ مَنْ اسْتَطَاعَ منكُم الْبَاءَةَ فَلْيَتَزَوَّجْ ، فَإِنَّهُ أَغَضُّ لِلْبَصَرِ ، وَأَحْصَنُ لِلْفَرْجِ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ )). [البخاري (5066) ومسلم (1400)  متفق عليه].

މާނައީ : ޢަބްދު ﷲ ބުން މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ރަސޫލާ صلى الله عليه وسلم ގެ އަރިހުގައިވީމެވެ. އޭރު ތިމަން ބޭކަލުންނަކީ  ޒުވާން ފުރައިގެ، ނަމަވެސް އަތްމަތި ދަތި ބަޔަކީމެވެ. ފަހެ ރަސޫލާ صلى الله عليه وسلم ތިމަންމެންނާ މުޚާތަބު ކުރައްވާ، ޙަދީޘް ކުރެއްވިއެވެ. “އެންމެހާ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަ ވެގެންވާ މީހުން ކައިވެނި ކުރާހުށިކަމެވެ. ހަމަކަށަވަރުން އެކަމަކީ ލޮލަށް ހުރި ފިނިކަމެކެވެ. އަދި އެކަމަކީ ލަދުވެތި ގުނަވަނަށް ލިއްބައިދޭ، ރައްކާތެރިކަމެކެވެ. އެކަމަށް ކުޅަދާނަ ވެގެން ނުވާމީހާ ރޯދަ ހިފާހުށިކަމެވެ. ހަމަކަށަވަރުން ރޯދައިގައި ރައްކާތެރިކަމެއް ވެއެވެ.

( މުއްތަފަޤުން ޢަލައިހި، ބުޚާރީ ޙަދީޘް ނަންބަރު 5066، މުސްލިމް ޙަދީޘް ނަންބަރު، 1400)

މި ޙަދީޘް އާއި ގުޅޭގޮތުން ޝެއިޚް އިބްނުބާޒް ރަހިމަޙުއްﷲ ވިދާޅުވެފައިވެއެވެ. ” މިޙަދީޘުން ދަލީލުކޮށްދޭ ކަންކަމުގެ ތެރޭގައި، ކައިވެނި ކުރުމަށް ކުޅަދާނަވެގެން ނުވާމީހާ އަށް ޝަރުޢު ވެގެންވަނީ ރޯދަހިފުމުގައި އޭނާގެ ދުވަސްތައް ހޭދަކުރުމެވެ. އެހެނީ ރޯދައިގެ ސަބަބުން މީހާގެ ޝަހުވާނީ އެދުންވެރިކަން ދައްކޮށްލައެވެ. އަދި އެކަމުގެ ސަބަބުން ޝައިތާނާގެ މަގު ހަނިވެގެންދެއެވެ. އަދި އެކަމަކީ މީހާ ޢިއްފަތްތެރިކުރުވާ ޙަރާމްބެލުންތަކުން މީހާ ދުރުކޮށްދޭ ކަމެކެވެ.” (މަޖްމޫޢު ފަތުވާ، އިބްނު ބާޒް (3 /329) .

 

ބައިވެރިޔަކު އިޚްތިޔާރުކުރުން :

ހަޔާތުގެ ބައިވެރިޔާއަކީ، ތިމާގެ ޙަޔާތުގައި ދިމާވާ ކޮންމެ އުފަލަކާއި، ހިތާމައެއްގައި ބައިވެރި ވުމަށް އަދި ތިބާ ހެޔޮކަންކަން ކުރުމަށް ހިތްވަރަކަށް ވާނެ ފަރާތް ކަމުގައިވާހިނދު ރަނގަޅު ސިފަތަކެއް ހުއްނަން ލާޒިމު މީހަކަށް ތިބާގެ ބައިވެރިޔާ ވާންޖެހެއެވެ. އެންމެ ރަނގަޅު އަންހެނަކީ އެކަނބުލޭގެ އަށް ބަލައިލުމުން ފިރިމީހާގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދޭ، ފިރިމީހާގެ އަމުރު ތަކަށް ފުރިހަމައަށް ކިޔަމަންވާ،ﷲ ތަޢާލާ އެންގެވި ގޮތަށް އުޅެ، އެކަލާނގެ ނަޙިކުރެއްވިހާ ކަންކަމުން ދުރުހެލިވެ، ރައްކާތެރިވާ އަންހެނާއެވެ. ފިރިޔަކު އިޚްތިޔާރު ކުރުމުގައިވެސް މިފަދަ ކަންކަމަށް ބެލުން ހުއްޓެވެ.

عن أبي هريرة رضي الله عنه قال : ( قِيلَ : يَا رَسُولَ اللَّهِ ! أَيُّ النِّسَاءِ خَيرٌ ؟ قال : التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ ) رواه أحمد (2/251) وحسنه الألباني في “السلسلة الصحيحة” (1838)

އަބޫ ހުރައިރާ ރަޟިޔައްﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެެވެ.: ދެއްނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. އެންމެ ހެޔޮވެގެންވާ އަންހެނަކީ ކޮބައި ހެއްޔެވެ. ޙަދީޘްކުރެއްވިއެވެ.” އެއީ އޭނާއަށް ބަލައިފިނަމަ ހިތަށް ހިތްހަމަޖެހުން ލިއްބައިދޭ އަދި އަމުރެއް ކޮށްފިނަމަ އެ އަމުރަަށް ކިޔަމަންތެރިވާ އަންހެނާއެވެ. އަދި އޭނާގެ އަމިއްލަ ނަފްސަށާއި އޭނާ އަތުގައިވާ ފިރިމީހާގެ މުދަލަށް ޚިޔާނާތްތެރި ނުވާ އަންހެނާއެެވެ.”

ޢާއިޝާ ރަޟިޔައްﷲ އަންހާ އާއި ސުވާލު ދެންނެވުނެވެ. އެންމެ ރަނގަޅު އަންހެނަކީ ކޮބައި ހެއްޔެވެ ؟  އެކަމަނާ ވިދާޅުވިއެވެ.  “އެއީ ހުތުރު ފާޙިޝު ވާހަކަތަކުން ރައްކާތެރިވާ އަންހެނާއެވެ. އަދި ފިރިހެނުންގެ ހެއްލުންތެރި، މަކަރުވެރި މަޅިތަކުގައި ނުޖެހޭ އަންހެނާއެވެ. އަދި އެކަނބުލޭގެ ފިރިމީހާއަށް ބެލުމުގައްޔާއި، ޒީނަތްތެރިވުމުގައި، އަދި ފިކުރު ކުރުމަށްޓަކައި ހުސްވެ، ގޭގެ ކަންކަން ބެލެހެއްޓުމުގައި ރައްކާތެރިވެ، ދެމިހުންނަ އަންހެނާއެވެ. (ޢުޔޫނުލް އަޚްބާރު، އިބްނު ޤުތައިބާ ،(1/375)

އެދެބޭކަލަކަށް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ދަރިކަލުންގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. (الدُّنْيَا مَتَاعٌ وَخَيْرُ مَتَاعِ الدُّنْيَا الْمَرْأَةُ الصَّالِحَةُ)

رواه مسلم (1467)

މާނަޢީ:”ދުނިޔެއަކީ ހިތްހަމަޖެހުން ލިއްބައިދޭ ތަނެކެވެ. އަދި ދުނިޔެއިން ލިބޭ އެންމެ ރަނގަޅު ހިތްހަމަޖެހުމަކީ ޞާލިޙް އަންބެކެވެ.” ޙަދީޘް ރިވާކުރެއްވީ މުސްލިމް (1467) 

ކައިވެނި ކުރަން އެދޭ މީހަކަށް ސުންނަތްވެގެންވަނީ ހެޔޮލަފާ ދީންވެރި ސާލިޙު އަންހެނަކާ ކައިވެނި ކުރުމެވެ.   عن أبي هريرة رضي الله عنه قال:  قال رسول الله صلى الله عليه وسلم: ( تُنْكَحُ الْمَرْأَةُ لِأَرْبَعٍ : لِمَالِهَا ، وَلِحَسَبِهَا ، وَلِجَمَالِهَا ، وَلِدِينِهَا ، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ). البخاري(4802) ومسلم (1466) متفق عليه.                       

މާނަ : އަބޫހުރައިރާ ރަޟިޔައްﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.” ހަތަރު ކަމަކަށް ޓަކައި އަންހެނުންނާ ކައިވެނި ކުރެވެއެވެ. އެއީ އޭނާގެ މުދަލަށާއި، އޭނާގެ ޙަސަބަށާއި، އަދި އޭނާގެ ރީތި ކަމަށާއި، އޭނާގެ ދީން ވެރިކަމަށް ޓަކައެވެ. ފަހެ ދީންވެރި މީހާ އިޚްތިޔާރު ކުރާށެވެ. (އެހެންނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ.” (އެބަހީ ތިބާ ފަޤީރުވެ، ބަރުބާދު ވެދާނެއެވެ.)

( ބުޚާރީ ޙަދީޡް ނަންބަރ 4802، މުސްލިމް، 1466، މުއްތަފަޤުން ޢަލައިހި ޙަދީޘެއް)

މުސްލިމުގައިވާ ޙަދީޘް ޝަރަޙަ ކުރައްވަމުން އިމާމް ނަވަވީ ރަޙިމަހުއްﷲ ވިދާޅުވެފައި ވެއެވެ.” މިހަދީޘް ބަސްފުޅުގައި ނަބިއްޔާ ސައްލައް ﷲ ޢަލައިހި ވަސައްލަމަ ޚަބަރު ދެއްވަނީ އާންމު ގޮތެއްގައި މީސްތަކުން ކައިވެނި ކުރުމުގައި ބަލާކަންކަމަށެވެ. އަދި އާދަކާދައިގެ މަތިން މީސްތަކުން ބަލައި އުޅެނީ އެހަތަރު ކަމަށެވެ. އޭގެ ތެރެއިން ގިނަބަޔަކު، އެންމެ ދެރަ، އަދި ފަހުކަމެއްގެ ގޮތުގައި ބަލާ ކަމަކީ ދީންވެރިކަމެވެ. ކައިވެނި ކުރުމަށް އެދޭ މީހާއެވެ.! ތިބާ ދީންވެރި މީހާ އިޚްތިޔާރު ކުރާށެވެ. އެހެނީ ތިބާޔަށް އަމުރު ވެވިގެންވަނީ ވެސް އެކަމަށެވެ. އަދި މިޙަދީޘް ބަސްފުޅުގައި ވަނީ ހުރިހާ ކަމެއްގައިވެސް ދީންވެރިމީހާ އިޚްތިޔާރު ކުރުމަށް ބާރު އަޅުއްވާފައެވެ. އެހެނީ  ދީންވެރި މީހާގެ އަޚްލާގާއި އޭނާގެ ދީނީ ރިވެތި އުޞޫލުތަކުގެ ސަބަބުން ކުރާނީ ފައިދާއެވެ. އަދި އޭނާގެ ކިބައިން އަންނާނެ ފަސާދަތައް މަދުވާނެއެވެ.”

އެމީހަކީ ފަޤީރު ދެރަ ނިކަމެއްޗެއް ކަމުގައި ވީނަމަވެސް ދީންވެރި، ޞާލިޙް މީހެއްކަމުގައި ވަނީނަމަ އެމީހަކު އިޚްތިޔާރު ކުރުމީ އެންމެ ބުއްދި ވެރިގޮތެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި އައިސްފައިވެއެވެ.(( وَأَنكِحُوا الْأَيَامَىٰ مِنكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ۚ إِن يَكُونُوا فُقَرَاءَ يُغْنِهِمُ اللَّـهُ مِن فَضْلِهِ ۗ وَاللَّـهُ وَاسِعٌ عَلِيمٌ)) النور (32):

 މާނައީ :”އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. އެއުރެންނީ، ފަޤީރުން ކަމުގައިވާނަމަ، އެކަލާނގެ ފަޟުލު ވަންތަކަމުން، އެކަލާނގެ އެއުރެން މުއްސަނދި ކުރައްވައިފާނެތެވެ. ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

ﷲ އަށް ރިވެތި ގޮތުގައި ވަކީލުކޮށް، ޢިތްފަތްތެރިކަމަށް އަހައްމިޔަތުކަންދީ، އެއިލާހުގެ ފަޟުލުވަންތަ ކަމަށް އެދޭކަމުގައި ވަނީނަމަ އެމީހެއްގެ ކައިވެނި ބާއްޖަވެރި ވެގެން ދާނެއެވެ.

އަބޫ ޙުރައިރާ ރަޟިޔައްﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( ثَلَاثَةٌ حَقٌّ عَلَى اللَّهِ عَوْنُهُمْ : الْمُجَاهِدُ فِي سَبِيلِ اللَّهِ ، وَالْمُكَاتَبُ الَّذِي يُرِيدُ الْأَدَاءَ ، وَالنَّاكِحُ الَّذِي يُرِيدُ الْعَفَافَ ) وحسنه الألباني في “صحيح الترمذي (1655)

މާނަ : “ތިންމީހެއްގެ ކަންކަން ފުއްދަވައި ދެއްވައި އެހީތެރިވެ ވޮޑިގަތުމަށް، ﷲ ޞުބުހާނަޙޫ ވަތަޢާލާ އަށް ޙައްޤުވެވޮޑިގެން ވެއެވެ. : (އެއީ) ﷲ ގެ މަގުގައި ޖިހާދު ކުރާމީހާ އާއި، މިނިވަންވުމަށްޓަކައި ސާހިބު މީހާއަށް ފައިސާ ދެއްކުމަށް އެއްބަސްވުމެއްހަދާ އަޅުމީހާއާއި، އަދި ޢިތްފަތްތެރި ވުމަށްޓަކައި ކައިވެނިކުރާ މީހާއެވެ. “

\އިބްނު މަސްޢޫދު ރަޟިޔައްﷲ ޢަންޙު ވިދާޅުވެފައި ވެއެވެ.” މީސްތަކުންނަށް އިލްތިމާސް ކުރާށެވެ. ތަނަވަސްކަން ވަނީ ކައިވެނީގައެވެ.”(تفسير ابن كثير (6/51)

= ނިމުނީ =