އަދިވެސް އިމާމު ޝާފިޢީ ވިދާޅުވިއެވެ.
ما في المقامِ لِذي عَقلٍ وَذي أَدَبِ**** مِن راحَةٍ فَدَعِ الأَوطانَ وَاغتَــرِبِ
ޤާއިމުވެ ހުރެގެން ބުއްދިވެރިއަކަށް އަދި އަދަބުވެރިއަކަށް އަރާމެއް ނެތެވެ. ފަހެ އަމިއްލަ ރަށް ދޫކޮށްލާފައި ބީރައްޓެހިވާށެވެ.
سافِر تَجِد عِوَضاً عَمَّن تُفارِقُهُ**** وَانصَب فَإِنَّ لَذيذَ العَيشِ في النَصَبِ
ދަތުރުކުރާށެވެ. ތިޔަ ދޫކޮށްފައިދާމީހުންގެ ބަދަލުގައި އެހެން ބަޔަކު ލިބޭނެއެވެ. އަދި ވަރުބަލިވާށެވެ. ފަހެ ހަމަކަށަވަރުން ދިރިއުޅުމުގެ ލައްޛަތުވަނީ ވަރުބަލިވުމުގައެވެ.
إِنّي رَأَيتُ وُقوفَ الماءِ يُفسِدُهُ**** إِن ساحَ طابَ وَإِن لَم يَجرِ لَم يَطِبِ
ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ އެއްތަނެއްގައި ފެން ހުންނަނަމަ އެ ކިލަނބުވާތަނެވެ. އެ ދައުރުކުރާނަމަ ރަނގަޅަށް ހުރެއެވެ. އަދި ދައުރުނުކުރާނަމަ ގޯސްވެއެވެ.
وَالأُسدُ لَولا فِراقُ الأَرضِ ماافتَرَسَت ****وَالسَهمُ لَولا فِراقُ القَوسِ لَم يُصِبِ
ސިންގާ އޭގެ ބިން ދޫކޮށް ނުދާނަމަ ޝިކާރައެއް ނުކުރެވުނީހެވެ. އަދި ދުނިވެސް، އޭގެ ދަނޑިއާ ވަކި ނުވާނަމަ އޭގެން ހަމަލާ ނުދެވުނީހެވެ.
وَالشَمسُ لَو وَقَفَت في الفلكِ دائِمَةً**** لَمَلَّها الناسُ مِن عُجمٍ وَمِن عَـرَبِ
އަދި އިރުވެސް ފަލަކުގައި އަބަދުމެ މަޑުޖެހިފައިވާނަމަ ޢަޖަމީންނާއި ޢަރަބީންވެސް އޭގެ މަތިން ފޫހިވީހެވެ.
والبَدْرُ لَوْلَا أُفُولٌ مِنْه مَا نظِرَت **** إليه في كل حِينٍ عين مُرْتَقِبِ
އަދި ހަނދަށްވެސް (މަހުގެ އެކިދުވަސްތަކުގައި) ބަދަލުތަކެއް ނާންނަނަމަ، ލޯތައް ކޮންމެ ހިނދެއްގައިމެ އެއަށް ނުބެލީހެވެ.
وَالتِبرُ كَالتُرابِ مُلقىً في أَماكِنِهِ**** وَالعودُ في أَرضِهِ نَوعٌ مِنَ الحَطَـبِ
އަދި ރަތުރަނަކީވެސް އޭގެ އަޞްލު ބިމުގައި ވެއްޔެކޭ އެއްފަދައިން އެއްލާލެވިފައިވާ އޮންނަ އެއްޗެކެވެ. އަދި ބޮކަރަކީވެސް އޭގެ އަޞްލު ބިމުގައި (އެއްވެސް އަގެއްނެތް) ލަކުޑީގެ ވައްތަރެކެވެ.
فَإِن تَغَرَّبَ هـَذا عـزّ مَطلَبهُ**** وَإِن تَغَرَّبَ ذاكَ عزّ كَالذَهَــبِ
ފަހެ ބީރައްޓެހިވުމަކީ އެއެދޭކަމެއް ޢިއްޒަތްތެރިވެގެންދާކަމެކެވެ. އަދި ބީރައްޓެހިވުމަކީ ރަނަށް ލިބިގެންދާފަދަ ޢިއްޒަތެއް ލިބިގެންދާކަމެކެވެ.
_________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް