[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކޮންމެ މުސްލިމެއްގެ ހިތުގައި، ފަލަސްޠީނާއި މަސްޖިދުލްއަޤްޞާ

މިއީ 27 ރަބީޢުލްއައްވަލް 1439 ވީ ހުކުރު ދުވަހު މަސްޖިދުލްޙަރާމްގައި ދެއްވި ޚުޠުބާގެ ޚުލާޞާ

 

ޚުޠުބާ ދެއްވީ: الشيخ صالح بن محمد آل طالب – حفظه الله –

 

ޚުޠުބާގެ ޚުލާޞާ:

 

ފުރަތަމަ ޚުޠުބާ

 

الحمدُ لله، الحمدُ لله الذي تعالى في ملَكُوته وتقدَّس، واصطفَى مِن البشر رُسُلًا ومِن البِقاع رِباعًا مُباركةً وقدَّس، وجعلَ القِبلةَ الأُولَى والمحشَرَ في الأُخرى إلى البيتِ المُقدَّس، أشهدُ أن لا إله إلا الله وحدَه لا شريكَ له، وأشهدُ أن محمدًا عبدُه ورسولُه شهادةً بها قامَ الإسلامُ وعليها تأسَّس، اللهم صلِّ وسلِّم وبارِك على عبدِك ورسولِك مُحمد، وعلى آله الطيبين الطاهِرين، وصحابتِه الغُرِّ الميامِين، والتابِعِين ومَن تبِعَهم بإحسانٍ إلى يوم الدين.

ثم اتَّقُوا اللهَ تعالى – أيها المُؤمنون -، واعلَمُوا أنكم مُلاقُوه، وأطيعُوا أمرَه ولا تعصُوه، ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ﴾ [التوبة: 119].

* މަސްޖިދުލް އަޤްޞާއާއި މުޤައްދަސްވެގެންވާ ބިމާއި ފަލަސްޠީނާއި ބައިތުލް މަޤްދިސްއަކީ ނަބީބެކަލުންގެ ބިމެކެވެ. އަދި އެތަނަކުން ރަސޫލާ صلى الله عليه وسلم އިސްރާކުރެއްވުނު ތަނެވެ. އަދި އެންމެ ފަހު އުންމަތުގެ ވާރުތައެކެވެ. އަދި ކޮންމެ މުސްލިމެއްގެ ހިތުގައި ބިންވަޅު ނެގިފައިވާ ތަނެކެވެ.

* ބައިތުލް މަޤްދިސްގެ ތަޅުދަނޑިތަކާ ހަވާލުވެވެވަޑައިގަތުމަށް ވަޑައިގެންނެވި މަގުމަތީ، ޖާބިޔާގައި ހުންނަވައިގެން ޢުމަރު ބުން އަލްޚައްޠާބު ޚުޠުބާއެއް ދެއްވިއެވެ. ވިދާޅުވިއެވެ.

“މީސްތަކުންނޭވެ! ސިއްރުގައި ކުރާ ކަންތައްތައް އިޞްލާޙުކުރާށެވެ. އޭރުން ފާޅުގައިކުރާ ކަންތައްތައް އިޞްލާޙުވެގެންދާނެއެވެ. އަދި އާޚިރަތަށްޓަކައި މަސައްކަތްކުރާށެވެ. އޭރުން ދުނިޔަވީ ކަންތައްތައް ހަމަޖެހިގެންދާނެއެވެ. އަދި ސުވަރުގޭގެ އެންމެ ރަނގަޅު ހިސާބަށް ދިޔުމަށް އެދޭމީހާ ދަންނައެވެ. ފަހެ މުސްލިމުންގެ ޖަމާޢަތާއެކުގައި އޭނާ ވާށެވެ. ފަހެ، ހަމަކަށަވަރުން އެކަކާއެކު ޝައިޠާނާވެއެވެ. އަދި ދެމީހަކުވާނަމަ އެސޮރު އެއަށްވުރެ ދުރަށް ޖެހިލައެވެ. އެމީހެއްގެ ހެޔޮޢަމަލާމެދު އުފާކޮށް، ނުބައި ޢަމަލުތަކާމެދު ހިތްހަމަ ނުޖެހޭމީހަކީ މުއުމިނެކެވެ.”

* މުޤައްދަސްވެގެންވާ ބިމުގައި ވެރިކަންކޮށްފައިވަނީ ނަބީބޭކަލުންނެވެ. އެއް ނަބީބޭކަލަށްފަހު އެހެން ނަބީ ބޭކަލަކު ވަޑައިގެންނެވިއެވެ. އެއަށްފަހު މިއުންމަތުގެ މީހުންނަށް އެތަންވަނީ ވާރުތަވެފައެވެ.

* ތޭރަ އަހަރުވަންދެން ރަސޫލާ صلى الله عليه وسلم ވަނީ ބައިތުލް މަޤްދިސްއާ ކުރިމަތިލައްވާ ނަމާދުކުރައްވާފައެވެ. އަދި މަދީނާއަށް ހިޖުރަކުރެއްވުމަށްފަހުގައިވެސް ސަތާރަމަސް ވަންދެން އެކަލޭގެފާނު އެފަދައިން ޢަމަލުކުރެއްވިއެވެ. މަސްޖިދުލް ޙަރާމަށް ކުރިމަތިލެއްވުމާ ބެހޭ އާޔަތްތައް ކީރިތި ޤުރުއާނުގައި ބާވައިލެއްވުމަށް ދާންދެނެވެ.

* މުސްލިމުންވަނީ މަސްޖިލުއް އަޤްޞާއާ ދާއިމީގޮތެއްގައި ގުޅިފައެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم އިސްރާކުރެއްވުނީ އެތަނަށެވެ. އަދި މިޢުރާޖުކުރެއްވުނީ އެތަނުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ﴾ [الإسراء: 1]

މާނައީ: “އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”

عن أبي ذرٍّ – رضي الله عنه – قال: قُلتُ: يا رسولَ الله! أيُّ مسجدٍ وُضِعَ في الأرض أول؟ قال: «المسجِدُ الحرام»، قُلتُ: ثم أيٌّ؟ قال: «المسجِدُ الأقصَى»، قُلتُ: كم بينها؟ قال: «أربعُون سنة ..» الحديث؛ متفق عليه.

މާނައީ: އަބޫ ޛައްރު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ.

އޭ ﷲ ގެ ރަސޫލާއެވެ. ބިމުގައި އެންމެ ފުރަތަމަ ބިނާކުރެވުނީ ކޮން މިސްކިތެއް ހެއްޔެވެ؟

ޙަދީޘްކުރެއްވިއެވެ.

އަލްމަސްޖިދުލް ޙަރާމެވެ.

ތިމަންކަލޭގެފާނު ދެންނެވީމެވެ.

ދެން ކޮން މިސްކިތެއް ހެއްޔެވެ؟

ޙަދީޘްކުރެއްވިއެވެ.

އަލްމަސްޖިދުލް އަޤްޞާއެވެ.

ތިމަންކަލޭގެފާނު ދެންނެވީމެވެ.

އެދެމެދުގައިވަނީ ކިތައް އަހަރު ހެއްޔެވެ.

ޙަދީޘްކުރެއްވިއެވެ.

ސާޅީސް އަހަރެވެ…

އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«لا تُشَدُّ الرِّحَالُ إِلا إِلَى ثَلاثَةِ مَسَاجِدَ : مَسْجِدِ الْحَرَامِ ، وَمَسْجِدِ الأَقْصَى ، وَمَسْجِدِي هَذَا..» الحديث؛ أخرجه البخاري ومسلم.

މާނައީ: “ތިން މިސްކިތަކަށް މެނުވީ ދަތުރުހަދައިގެން (އެބަހީ: ޤަޞްދުކޮށްގެން) ތިޔަބައިމީހުން ނުދާށެވެ. [އެއީ] މަސްޖިދުލް ޙަރާމާއި، މަސްޖިދުލް އަޤްޞާއާއި، ތިމަންކަލޭގެފާނުގެ މި މިސްކިތެވެ. [އެބަހީ: މަސްޖިދުއް ނަބަވީއެވެ.]”

* ބިމަކީ ﷲ އަށް މިލްކުވެވޮޑިގެންވާ ތަނެކެވެ. އެއިލާހު އިރާދަކުރެއްވި ބަޔަކަށް އެ ދެއްވައެވެ. ބަނޫ އިސްރާއީލުންގެ ކުރިން މުސްލިމުންނަށް އެތަން ލިބުނު ފަދައިން އެބައިމީހުންނަށް ފަހުވެސް އެތަންވާހުށީ ހަމަ މުސްލިމުންނަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَلَقَدْ كَتَبْنَا فِي الزَّبُورِ مِنْ بَعْدِ الذِّكْرِ أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ﴾ [الأنبياء: 105].

މާނައީ: ” ހަމަކަށަވަރުން، ތައުރާތުގެ ފަހުން ޒަބޫރުގައި ތިމަންއިލާހު ލިޔުއްވީމެވެ. ހަމަކަށަވަރުން، ބިން ވާރުތަވެ މިލްކުވާހުށީ، ތިމަންއިލާހުގެ ޞާލިޙު އަޅުންނަށެވެ.”

* ނަބިއްޔާ صلى الله عليه وسلم ވަނީ ބައިތުލް މަޤްދިސް ފަތަޙަވާނޭކަމުގެ އުފާވެރި ޚަބަރުދެއްވާފައެވެ. (ޞަޙީޙުލް ބުޚާރީ)

* އިސްރާގެ ރޭ ނަބިއްޔާ صلى الله عليه وسلم ބައިތުލް މަޤްދިސްގައި ނަމާދުކުރެއްވުން ވެގެން ދިޔައީ އިސްލާމްދީނަކީ ﷲ ތަޢާލާ އެންމެ ފަހުން ބާވާލެއްވި ރިސާލަތުކަން އެންމެހާ މީސްތަކުންނަށް އިޢުލާނުކުރެއްވުން ކަމުގައެވެ.

* އެކަލޭގެފާނު ދެއްވި ޚަބަރާ އެއްގޮތަށް ކަންހިނގައިދިޔައީ ހިޖުރައިން ފަނަރަވަނަ އަހަރެވެ. މުސްލިމުން ފަލަސްޠީނަށް ވަނެވެ. އަދި އެތަނުގައި ތިބި ފާދިރީން ބުންޏެވެ. ބައިތުލް މަޤްދިސްގެ ތަޅުދަނޑިފަތި މުސްލިމުންގެ ޚަލީފާ ޢުމަރުގެ އަތްޕުޅަށް މެނުވީ ހަވާލުނުކުރާނަމެވެ. އެހެނީ އެކަލޭގެފާނުގެ ސިފަފުޅުތައް މުޤައްދަސް ފޮތްތަކުގައި ބަޔާންކުރެވިފައިވެއެވެ.

* އެތާރީޚީ ދުވަހު ޢުމަރުގެފާނު ވަޑައިގެންނެވީ މަދީނާއިން ފަލަސްޠީނަށެވެ. އަދި ޝަރަފުވެރިކަމާއެކު އެތަނުގެ ތަޅުދަނޑިތައް ހޯއްދެވިއެވެ. އަދި މުކައްބިރު އޭ ކިޔުނު ފަރުބަދަ މަތީގައި ހުންނަވާފައި އެކަލޭގެފާނު ތަކުބީރު ވިދާޅުވިއެވެ. އަދި އެކަލޭގެފާނާއެކު މުސްލިމުން ތަކުބީރުކިޔެވެ. އަދި އެތަނުގައި ހުންނަވައިގެން މަޝްހޫރު ބަސްފުޅެއް ވިދާޅުވިއެވެ.

“އަހަރުމެންނަކީ އިސްލާމްދީނުގެ ސަބަބުން ﷲ ތަޢާލާ ޢިއްޒަތްތެރިކުރައްވާފައިވާ ބައެކެވެ. ފަހެ އެނޫން ގޮތަކުން، ކިތަންމެ ވަރަކަށް ޢިއްޒަތް ހޯދަން މަސައްކަތްކުރިޔަސް، ﷲ ތަޢާލާ ތިޔަބައިމީހުން ނިކަމެތިކުރައްވާނެއެވެ.”

* އަދި އެތަނުގެ އަހުލުވެރިންނަށް އެކަލޭގެފާނު ޢަހުދުކަށަވަރަކާއި އަމާންކަމުގެ ފަތްކޮޅެއް ލިޔުއްވިއެވެ.

* ޢުމަރުގެފާނު އެބައިމީހުންގެ ޙައްޤުތައް އެބައިމީހުންނަށް ފުރިހަމައަށް ދެއްވިއެވެ. އޭރު އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކެއް ނެތެވެ. އެހެނެއްކަމަކު މުސްލިމުންގެ ވެރިކަމުގައި އެކަކަށްވެސް އެބައިމީހުން އަނިޔާވެރި ނުވެއެވެ. އަދުގެ ޖަމިއްޔާތަކާއި ޖަމާޢަތްތަކުގެ ނިވަލުގައި ޔަހޫދީން ތިބެގެން ކުރަމުންދާކަންކަމާ މިކަންކަމާ އަޅާކިޔާށެވެ. އޭރުން ޙައްޤާއި ބާޠިލު ފަރަޤުކުރެވޭނެއެވެ.

* ފަލަސްޠީނު ޙައްޤުވެގެންވަނީ ފަލަސްޠީނުގެ އަހުލުވެރިންނަށެވެ. އެބައިމީހުންނީ އެތަނުގައި އެހިނގާ އަނިޔާތަކާ ވޭނާއެކުވެސް އެތަނުގައި ޤާއިމުވެ ތިބި މީހުންނެވެ. އަދި ޤިޔާމަތާ ޖެހެންދެންވެސް ބައިތުލް މަޤްދިސްވާނީ މުސްލިމުންގެ ބާރުގެ ދަށުގައެވެ.

* 200 އަހަރުވަންދެން ޞަލީބީންވެސް ޝާމުކަރައަށް މެދުނުކެނޑި ހަމަލާ ދިނެވެ. އަދި އެތަނުގެ އަހުލުވެރިންކުރެ ގިނަ ބައެއްގެ ލޭ އޮހޮރުވާލިއެވެ.

* އެހެންކަމުން އިސްވެ ބަޔާންކުރެވުނު ވާހަކަތަކަށް ބިނާކޮށް ބުނެލަން އޮތީ ޤުދުސްގެ މައްޗަށް ވެރިވެގަތުމަށްޓަކައި މިހާރު އަޅަމުން އެދާ ފިޔަވަޅަކީ ބޭކާރު ގޮތެއްގައި ގިނަ މުދަލާއި ފުރާނައާ އަދި މަސައްކަތް ނަގާލުމެވެ. އަނިޔާވެރިކަމާއެކު އެބިމަށް އަރައިގަތް ބައެއްގެ ވެރިރަށަށް ހަދަން، އެކުރަން އުޅޭ މަސައްކަތަކީ އޭގެ ސަބަބުން ދެކޮޅުވެރިކަމާއި ނުރުހުންތެރިކަން އިތުރުވުން ނޫންކަމެއް ގެނެސްދޭނެކަމެއް ނޫނެވެ.

* ބައެއްގެ ރަށެއް ފޭރިގަނެގެން ޢާއިލާތައް ރޫޅާލައި ބަޔަކު ރަށުން ބޭރުކޮށް ތާރީޚު އޮޅުވާލައި އަދި މުޤައްދަސް ތަންތަނުގެ ޙުރުމަތް ކަނޑާލައި ބިމުގެ އިންތައް ބަދަލުކޮށް 70 އަހަރުވަންދެން ބޮޑެތި އަނިޔާތައް ބަޔަކަށް ކުރަމުން ދިޔުމަކީ ބަޑިބޭހާ ކުޅުންފަދަ ކަމެކެވެ. އެ ގޮވާނީ ކޮން އިރަކުކަމެއް އެކަކަށްވެސް ނޭނގޭނެއެވެ.

* އިސްލާމީ އުންމަތުގައި ތިބި އިޚްލާޞްތެރިންނާއި ބުއްދިވެރިންނާއި ޤާއިދުންގެ މައްޗަށް އޮތީ އެތަނުގައި ހިނގަމުން އެދާ ސިލްސިލާ ހައްދުފަހަނަ އެޅުންތަކާއި އަނިޔާތައް ހުއްޓުވުމެވެ. އަދި އެތަނުގައި ހުރި މަތިވެރި މާތް މިސްކިތުގެ އަސާސް ހަލާކުކޮށްލުމަށްޓަކައި އެބައިމީހުން އެކޮންނަމުންދާ ކޮނުންތައް ހުއްޓުވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَنْ أَظْلَمُ مِمَّنْ مَنَعَ مَسَاجِدَ اللَّهِ أَنْ يُذْكَرَ فِيهَا اسْمُهُ وَسَعَى فِي خَرَابِهَا أُولَئِكَ مَا كَانَ لَهُمْ أَنْ يَدْخُلُوهَا إِلَّا خَائِفِينَ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ﴾ [البقرة: 114].

މާނައީ: ” ﷲގެ މިސްކިތްތަކުގައި އެއިލާހުގެ އިސްމުފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) ޚަރާބުކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ؟ ބިރުންތިބޭ ޙާލު މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ ޢަޛާބެވެ.”

بارَك الله لي ولكم في الكتاب والسنَّة، ونفَعَنا بما فِيهما مِن الآياتِ والحِكمة، أقولُ قولِي هذا، وأستغفِرُ الله تعالى لي ولكم.

 

 

ދެވަނަ ޚުޠުބާ

 

الحمدُ لله ربِّ العالمين، وأشهَدُ أن لا إله إلا الله وحده لا شريكَ له، وأشهدُ أن محمدًا عبدُه ورسولُه، صلَّى الله وسلَّم وبارَك عليه، وعلى آله وصحبِه أجمعين.

* ހަމަކަށަވަރުން ފަލަސްޠީނުގެ މައްސަލައަކީ ވަކި ބައެއްގެ ނުވަތަ ދަރިފަސްކޮޅެއްގެ ނުވަތަ ޖަމިއްޔާ ޖަމާޢަތެއްގެ މައްސަލައެއް ނޫނެވެ. އެއީ ހުރިހާ މުސްލިމުންނާ ދިމާވެގެން އުޅޭ ކަމެކެވެ. މުސްލިމުންނަކީ މީގެ ކުރިން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލަޝްކަރުތައް ފޮނުވާ އުޅުނު ބައެކެވެ. އެބައިމީހުން އެއްބަސްކިޔައި އެއްގަލަކަށް އަރާއުޅުނެވެ. އެކަމަކީ މުސްލިމުން ގުޅުވާދޭ އަދި އެބައިމީހުން އެކަމުގައި އިއްތިފާޤުވެފައިވާ ކަމެކެވެ. މިވަގުތަކީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުތައްކޮށް ޚިލާފުތައް ބޮޑުކޮށް ވެރިކަންތައް ވައްޓާލުމަށް މަސައްކަތްކުރަންވީ ވަގުތެއް ނޫނެވެ.

* ޢަދުލުވެރިބަހެއް ބުނާނަމަ ބުނެލަން އޮތީ ފަލަސްޠީނުގެ ރައްޔިތުންނާއި ވަކިން ޚާއްޞަކޮށް ޤުދުސްގެ އަހުލުވެރިން އެވަނީ ވަރަށް ބޮޑު ގުރުބާނީ ތަކެއް ވެފައެވެ. އެވަރުގެ ޤުރުބަނީއެއް މަދުން ނޫނީ ނުފެންނާނެއެވެ. އެބައިމީހުން އެވަނީ ބަޔެއްގެ އަޅުވެތިކަމުގެ ދަށުގައި މިޒަމާނުގައި އެންމެ ގިނަ ދުވަހު އުޅުނު މީހުންނަށްވެފައެވެ.އެޙާލުގައިވެސް އެބައިމީހުންގެ ރަށުގައި އެބައިމީހުން އެތިބީ ވަރުގަދައަށް ހިފަހައްޓައިގެންނެވެ. އަދި އެތަން ވަށައިގެން ޙިމާޔަތްކުރުމުގައި ޤާއިމުވެގެންނެވެ. އަދި ކިއެއް ހެއްޔެވެ. ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމަށް އެބައިމީހުންގެ އަޑާއި ގާ ނޫން އެއްޗެއް އެބައިމީހުންނަކަށް ނުވެއެވެ.

* އެބައިމީހުން ރަށުގައި ޤަތުލު ޢާންމުތައް ހިނގާތާ ހަތްދިހައަށްވުރެ ގިނަ އަހަރުވީއެވެ. އެފަދަ ކަންކަމުގެ ސަބަބުން އެބައިމީހުންގެ ޘާބިތުކަންވަނީ އިތުރުވެފައެވެ. އެބައިމީހުންވަނީ ޙަޟާރަތްތައް ދެކިފައިވާ އަރާމުކަމުން އެއްކިބާކުރެވިގެންނެވެ.

* ބައިތުލް މަޤްދިސް ޙިމާޔަތްކުރާ މުސްލިމުންނަކީ އެބައިމީހުންގެ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ބަސްފުޅުފަދަ ބަސްތަކަށް އީމާންވާ ބަޔެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«وليأتِينَّ على الناسِ زمانٌ ولقِيدُ قَيسِ الرَّجُلِ حيث يُرَى مِنه بيتُ المقدِس خيرٌ له مِن الدنيا وما فيها»؛ رواه الحاكمُ وصحَّحه، ووافقه الذهبيُّ، وصحَّحه الألباني.

މާނައީ: “މީސްތަކުންގެ ގާތަށް ޒަމާނެއް އަންނާނެއެވެ. އެދުވަސްވަރުގައި ބައިތުލް މަޤްދިސް ފެންނަ ހިސާބުގައި ދުނިދަނޑިއެއް ބާއްވާނެ ވަރުގެ ޖާގައަކީވެސް އެބައިމީހުންގެ ގާތުގައި ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާނެ ތަނެކެވެ.”

* ޢަރަބި މީޑިއާތަކުގެ މައްޗަށް ވާޖިބުވެގެންވަނީ މިކަން މީސްތަކުންނަށް ހާމަކުރުމެވެ.

* އަދި ޢިލްމުގެ އަހުލުވެރިންނާއި ބުއްދިވެރިންގެ މައްޗަށް އޮތި މިއުންމަތަށް ރައްކާތެރިކަމާއެކު އޮވެވޭނެ މަގަށް މަގުދެއްކުމެވެ.

* މިފަދަ ޚިލާފު ބޮޑު ޒަމާނެއްގައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެއްބައިވަންތަވެ ހޭވެރިވުމެވެ. އަދި ގަދައަޅާ މަސައްކަތްކޮށް އެކުވެރިވުމެވެ. އަދި ޚިލާފުތައް ދޫކޮށްލުމެވެ. އަދި ބޮޑެތި ކާރިޘާތަކުގައި އެއްބައިވަންތަވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا﴾ [آل عمران: 103].

މާނައީ: “ތިޔަބައިމީހުން އެންމެން ﷲގެ ދީނުގައި ހިފަހައްޓާށެވެ! އަދި ވަކިވަކިވެ ނުގަންނާށެވެ!”

* ޚިލާފުވުމުގައި އަޅުގަނޑުމެން ދެމިތިބިހާ ދުވަހަކު އަޅުގަނޑުމެންނަށް ކާމިޔާބު ނުވާނެއެވެ. އަދި ބައިބައިވެފައި ވަނިކޮށް އަޅުގަނޑުމެންނަށް ނަޞްރެއް ނުލިބޭނެއެވެ.

* ﷲ ތަޢާލާ، މަސްޖިދުލް އަޤްޞާއާއި އެތަނުގެ އަހުލުވެރިން ޙިމާޔަތްކުރައްވާށިއެވެ! އަދި އެންމެހާ އަނިޔާވެރިކަމާއި ވެރިވެގަތުމަކުން އެބައިމީހުން ސަލާމަތްކުރައްވާނދޭވެ!

اللهم صلِّ وسلِّم وبارِك على عبدِك ورسولِك محمدٍ، وعلى آله الطيبين الطاهرين، وصحابَتِه الغُرِّ الميامين، ومَن تبِعَهم بإحسانٍ إلى يوم الدين.

اللهم أعزَّ الإسلام والمسلمين، واخذُل الطُّغاةَ والملاحِدةَ والمُفسِدين، اللهم انصُر دينَك وكِتابَك، وسُنَّة نبيِّك، وعِبادَك المُؤمنين.

اللهم أبرِم لهذه الأمة أمرَ رُشدٍ يُعزُّ فيه أهلُ طاعتِك، ويُهدَى فيه أهلُ معصِيَتِك، ويُؤمَرُ فيه بالمعروفِ، ويُنهَى عن المُنكَر يا رب العالمين.

اللهم مَن أرادَ الإسلامَ والمُسلمين ودِينَهم ودِيارَهم ومُقدَّساتهم بسُوءٍ فأشغِله بنفسِه، ورُدَّ كيدَه في نَحرِه، واجعَل دائِرةَ السَّوء عليه يا رب العالمين.

اللهم انصُر المُجاهِدين في سبيلِك في فلسطين، اللهم انصُر المُجاهِدين في سبيلِك في فلسطين، وفي كل مكانٍ يا رب العالمين، اللهم فُكَّ حِصارَهم، وأصلِح أحوالَهم، واكبِت عدوَّهم.

اللهم حرِّر المسجِدَ الأقصَى مِن ظُلم الظالمِين، وعُدوان المُحتلِّين، واجعَله شامِخًا عزيزًا إلى يوم الدين.

اللهم إنا نسألُك باسمِك الأعظَم أن تلطُفَ بإخوانِنا المُسلمين في فلسطين، وفي كل مكان، اللهم كُن لهم في فلسطين، وسُوريا، والعِراق، واليمَن، وبُورما، وفي كل مكانٍ، اللهم الطُف بهم، وارفَع عنهم البلاء، وعجِّل لهم بالفرَج، اللهم أصلِح أحوالَهم وأحوالَ المُسلمين، واجمَعهم على الهُدَى، واكفِهم شِرارَهم.

اللهم عليك بالطُّغاةَ الظالمين ومَن عاونَهم.

اللهم وفِّق وليَّ أمرِنا خادمَ الحرمين الشريفَين لما تُحبُّ وترضَى، وخُذ به للبِرِّ والتقوَى، اللهم وفِّقه ونائِبَه وأعوانَهم لِما فيه صلاحُ العباد والبلاد.

اللهم احفَظ وسدِّد جُنودَنا المُرابِطين على ثُغورنا وحُدودِنا، والمُجاهِدين لحِفظِ أمنِ بلادِنا وأهلِنا ودِيارِنا المُقدَّسة، اللهم كُن لهم مُعينًا ونصيرًا وحافِظًا.

اللهم وفِّق وُلاةَ أمور المُسلمين لتحكيمِ شرعِك، واتِّباع سُنَّة نبيِّك محمدٍ – صلى الله عليه وسلم -، واجعَلهم رحمةً على عبادِك المُؤمنين.

اللهم انشُر الأمنَ والرخاءَ في بلادِنا وبلادِ المُسلمين، واكفِنا شرَّ الأشرار، وكيدَ الفُجَّار.

﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201].

﴿رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ﴾ [آل عمران: 147].

اللهم اغفِر ذنوبَنا، واستُر عيوبَنا، ويسِّر أمورَنا، وبلِّغنا فيما يُرضِيك آمالَنا، اللهم اغفِر لنا ولوالدِينا ووالدِيهم وذُريَّاتهم، وأزواجِنا وذريَّاتِنا، إنك سميعُ الدعاء.

نستغفِرُ اللهَ، نستغفِرُ اللهَ، نستغفِرُ اللهَ الذي لا إله إلا هو الحيَّ القيومَ ونتوبُ إليه.

اللهم أنت الله لا إله إلا أنت، أنت الغنيُّ ونحن الفُقراء، أنزِل علينا الغيثَ ولا تجعَلنا مِن القانِطين، اللهم أغِثنا، اللهم أغِثنا، اللهم أغِثنا غيثًا هنيئًا مريئًا سحًّا طبقًا مُجلِّلًا، عامًّا نافعًا غيرَ ضارٍّ، تُحيِي به البلاد، وتسقِي به العباد، وتجعلُه بلاغًا للحاضِر والباد.

اللهم سُقيَا رحمةٍ، اللهم سُقيَا رحمةٍ، اللهم سُقيَا رحمةٍ، لا سُقيَا عذابٍ ولا بلاءٍ ولا هدمٍ ولا غرقٍ.

ربَّنا تقبَّل منَّا إنك أنت السميعُ العليم، وتُب علينا إنك أنت التوابُ الرحيم.

سُبحان ربِّك ربِّ العزَّة عما يصِفُون، وسلامٌ على المُرسلين، والحمدُ لله رب العالمين.

***************

ޚުޠުބާގެ އަޞްލު