މިއީ 04 ރަބީޢުލްއާޚިރު 1439 ވީ ހުކުރު ދުވަހު މަސްޖިދުއްނަބަވީ ގައި ދެއްވި ޚުޠުބާގެ ޚުލާޞާ
ޚުޠުބާ ދެއްވީ: الشيخ علي بن عبد الرحمن الحذيفي –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
الحمدُ لله، الحمدُ لله الذي خلقَ الأزواجَ كلَّها مما تُنبِتُ الأرضُ ومِن أنفُسِهم ومما لا يعلَمون، أمرَ – عزَّ وجل – بالصلاح والإصلاح، ونهى عن الفساد بقولِه: ﴿وَأَصْلِحْ وَلَا تَتَّبِعْ سَبِيلَ الْمُفْسِدِينَ﴾ [الأعراف: 142]، وشرع – تبارك وتعالى – التشريعَ للمصالح والمنافع، ودرءِ المفاسد والمضارِّ في حقِّ المُكلَّفين، أحمدُ ربِّي وأشكُرُه، وأتوبُ إليه وأستغفِرُه، وأشهدُ أن لا إله إلا الله وحده لا شريك له الغنيُّ عن العالمين، وأشهدُ أنَّ نبيَّنا وسيِّدَنا مُحمدًا عبدُه ورسولُه الصادقُ الأمين، اللهم صلِّ وسلِّم وبارِك على عبدِك ورسولِك مُحمدٍ، وعلى آلِه وصحبِه أجمعين.
* ފަހެ، ސިއްރާއި ފާޅުގައި ﷲ އަށް ތަޤުވާވެރިވާށެވެ. އެއްވެސް މީހަކަށް އޭނާގެ ޙަޔާތުގައި އަދި މަރުވުމަށްފަހުގައި، ތަޤުވާގެ ސަބަބުން މެނުވީ ކާމިޔާބެއް ނުލިބޭނެއެވެ. އަދި އޭނާގެ ހަވާނަފްސަށް ތަބާވެގެން މެނުވީ ގެއްލުމާ ހަލާކު ނުލިބޭނެއެވެ.
* ތިޔަބައިމީހުންގެ ނަފްސުތައް ފެށިގެން އައި ގޮތާމެދު ވިސްނާލާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً﴾ [النساء: 1]
މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރައްބަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އެއިލަހީ އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި އެ ނަފްސުގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވިއެވެ . އަދި އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿هُوَ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا﴾ [الأعراف: 189]
މާނައީ: “އެއިލާހީ އެންމެ ނަފްސަކުން ތިޔަބައިމީހުން ހެއްދެވި އިލާހެވެ. އަދި އެނަފްސުން އެ ނަފްސުގެ އަނބި ހެއްދެވިއެވެ. އެއީ އެކަނބުލޭގެ ގާތަށްގޮސް، ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ.”
* ދެން އެއަށްފަހު ޝަރުޢީ ގޮތުން ފިރިހެނަކާއި އަންހެނަކު ގުޅޭ ގުޅުމަކީ ކައިވެނީ ޢަޤުދުކަމުގައި ލެއްވިއެވެ. އިންސާނީ ފިޠުރަތުގައި ލައްވާފައިވާ ޣަރީޒާތަކަށް އިޖާބަދިނުމަށްޓަކައި ލައްވާފައިވަނީ ކައިވެނީގެ މަގެވެ. ޒިނޭގެ މަގެއް ނޫނެވެ.
* ޒަވާޖީ ޙަޔާތަކުން ދަރިފަސްކޮޅެއް ތަރުބިއްޔަތުކޮށް އެކުދިންނަށް ލޯބިދީ، އުނގަންނައިދީ، ބަލަހައްޓާނެ ގެއެއް ބިނާކޮށްދެއެވެ. އަދި ޙަޔާތުގެ އުނދަގޫތައް ކޮނޑުއަޅާ، މުޖުތަމަޢަށް ފައިދާކޮށްދީ ކުރިއަރުވާނެ ޖީލެއް، ބައްޕައާއި މަންމަގެ މަސައްކަތުން ތައްޔާރުކޮށްދެއެވެ.
* ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ إِبْلِيسَ يَضَعُ عَرْشَهُ عَلَى الْمَاءِ، ثُمَّ يَبْعَثُ سَرَايَاهُ، فَأَدْنَاهُمْ مِنْهُ مَنْزِلَةً أَعْظَمُهُمْ فِتْنَةً، يَجِيءُ أَحَدُهُمْ فَيَقُولُ: فَعَلْتُ كَذَا وَكَذَا، فَيَقُولُ: مَا صَنَعْتَ شَيْئًا،» قَالَ «ثُمَّ يَجِيءُ أَحَدُهُمْ فَيَقُولُ: مَا تَرَكْتُهُ حَتَّى فَرَّقْتُ بَيْنَهُ وَبَيْنَ امْرَأَتِهِ،» قَالَ: «فَيُدْنِيهِ مِنْهُ وَيَقُولُ: نِعْمَ أَنْتَ» قَالَ: «فَيَلْتَزِمُهُ» [رواه مسلم]
މާނައީ: “އިބިލީސް އޭނާގެ ތަހުތު ފެނުގެމަތީގައި ބަހައްޓައެވެ. ދެން އޭނާގެ ލަޝްކަރަށް ގޮވައެވެ. ފަހެ، އެސޮރުމެންގެ ތެރެއިން އިބިލިހާ އެންމެ ގާތުގައިވާ މީހަކީ އެންމެ ފިތުނަ ބޮޑު މިހާއެވެ. އެސޮރުމެންގެ ތެރެއިން އެކަކު އައިސް ބުނެއެވެ. “ތިމަން އެވެނި މިވެނި ކަމެއް ކުރީމެވެ.” ފަހެ، އިބިލީސް ބުނެއެވެ. “ކަލެއަށް ކަމެއް ނުވިއެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ދެން އަނެއްކާވެސް އެސޮރުމެންގެ ތެރެއިން އެހެންމީހަކު އައިސްބުނެއެވެ. “މީހަކު އޭނާގެ އަނބިމީހާއާ ދުރުކޮށްފަ މެނުވީ ތިމަން ދޫނުކުރަމެވެ.” ފަހެ، އިބިލީސް އޭނާގެ ގާތަށް އެސޮރު ގެނެއެވެ. އަދި ބުނެއެވެ. “ކަލޭ ތިޔައީ ރަނގަޅު މީހެކެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ދެން އޭނާ އެސޮރު ގާތްކުރެއެވެ.”
* މިޒަމާނުގައި ވަރީގެ ސަބަބުތައް ވަރަށް ގިނައެވެ. އަދި އޭގެތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ޝަރީޢަތުގައިވާ ވަރީގެ ޙުކުމްތަކާމެދު މިސްތަކުން ޖާހިލުވެފައިވުމެވެ. އަދި ޤުރުއާނާއި ސުންނަތަށް ފުރިހަމައަށް ތަބާނުވެވުމެވެ.
* ފަހެ، ކައިވެނީގެ ޢަޤުދަށް ރައްކާތެރިވުމަށް ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި އަމުރު ކުރައްވާފައެވެ.
﴿وَلَا تُمْسِكُوهُنَّ ضِرَارًا لِتَعْتَدُوا وَمَنْ يَفْعَلْ ذَلِكَ فَقَدْ ظَلَمَ نَفْسَهُ وَلَا تَتَّخِذُوا آيَاتِ اللَّهِ هُزُوًا﴾ [البقرة: 231]
މާނައީ: “އަދި، ގެއްލުންދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުން ނުހިފަހައްޓާށެވެ! އަދި، އެކަން އެގޮތަށް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އަނިޔާކޮށްފިކަން ކަށަވަރެވެ. އަދި، ﷲ ގެ އާޔަތްތައް އެއީ ފުރައްސާރައެއްކަމުގައި ތިޔަބައިމީހުން ނަހަދާށެވެ!”
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
﴿وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ﴾ [البقرة: 228]
މާނައީ: “އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ.”
* ފަހެ، ފިރިމީހާއަށް އޮތީ ހެޔޮގޮތުގައި އިޙްސާންތެރިކަމާއެކު ދިރިއުޅުމެވެ. އަނބިމީހާއާމެދު ނުރުހިއްޖެނަމަ އޮތީ އޭނާގެ ކަންކަމަށް ކެތްތެރިވުމެވެ. އަދި އޭނާގެ ކަންތައްތައް ހެޔޮގޮތަކަށް ބަދަލުވެދާނެ ކަމަށް އުންމީދުކޮށް މަސައްކަތްކުރުމެވެ. ނުވަތަ އެކަނބުލޭގެގެ ކިބައިން ޞާލިޙު ދަރިންތަކެއް ރިޒްޤުކުރައްވާނެ ކަމަށް އުންމީދުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا﴾ [النساء: 19]
މާނައީ: “އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.”
* ކައިވެނީގެ ރޫޙަކީ އެކަކު އަނެކަކަށް އެހީތެރިވުމާއި ރަޙުމުކުރުމެވެ. ކައިވެނި ބާއްޖަވެރިވެ ދެމިގެންވާނެ ސަބަބުތަކުގެ ތެރޭގައި: ކެތްތެރިކަމާއި މާފުކުރުމާއި އެކަކު އަނެކެއްގެ ޙައްޤުތަކަށް ރައްކާތެރިވުމާއި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އިމުގެ ތެރެއިން އަނބިމީހާ އިޞްލާޙުކުރުންވެސް ހިމެނެއެވެ. ކެތްތެރިކަމުގެ ހިތިކަމުގައި ކުޑަކޮށް މަޑުކޮށްލައިފިނަމަ ދިގު ޒަމާނަކަށް އެކަމުގެ ފޮނިކަން ލިބިދާނެއެވެ.
* ޤާޟީންގެ މައްޗަށް އޮތީ: އެބައިމީހުންނަށް ހުށަހެޅޭ މައްސަލަތަކުގައި ދެމަފިރިންގެ ދެމެދުގައި ޞުލްޙަކުރުމަށް ވީހާވެސް ބޮޑަކަށް މަސައްކަތްކުރުމެވެ.
* ކައިވެނިގެ ގުޅުން ހީނަރުވެ ވަރިއާ ހަމައަށް ދާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި: އަނބިމިހާގެ ދޫ ނުބައިވުމާއި އޭނާގެ އަޚްލާޤު ގޯސްވުމާއި ދެމަފިރިންގެ ތެރެއިން ކޮންމެސް އެކެއްގެ ގާތްތިމާގެ މީހުން އެދެމީހުންގެ ކަންކަމުގެ ތެރެއަށް ވަނުން ހިމެނެއެވެ. އަދި މީގެ އިތުރުން ޓީވީ ތަކުން ދައްކާ ސިލްސިލާތަކަކީ ވެސް އަޚްލާޤު ހަކާކުކޮށްލާ މުޖުތަމަޢުގައި ފަސާދަ ފެތުރުމުގެ ސަބަބެކެވެ.
* އަދިވެސް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި: އަނބިމިހާ ފިރިމީހާގެ ހުއްދަ ނެތި ތަންތަނަށް ދިޔުން ހިމެނެއެވެ.
* ކައިވެނި ދެމެހެއްޓުމަށް ކުރެވެން ހުރި މަސައްކަތެއް ކުރުމަށްފަހުވެސް ކުރިއަށް ދިއުމަށް ޢުޛުރުވެރިވާނަމަ ވަރިކުރުން ހުއްދަވެގެން ވެއެވެ.
بارك الله لي ولكم في القرآن العظيم، ونفَعَني وإياكم بما فيه من الآياتِ والذكرِ الحكيم، ونفعَنا بهديِ سيِّد المرسلين وقوله القويم، أقولُ قولي هذا، وأستغفِرُ الله لي ولكم ولسائر المسلمين من كل ذنبٍ، فاستغفِرُوه.
ދެވަނަ ޚުޠުބާ
الحمدُ لله رب العالمين، الرحمن الرحيم، شرعَ الأحكامَ بعلمِه وحكمتِه ورحمتِه، فسُبحانَه من إلهٍ عظيم، وأشهدُ أن لا إله إلا الله وحدَه لا شريكَ له العليمُ الحكيم، وأشهدُ أن نبيَّنا وسيِّدَنا محمدًا عبدُه ورسولُه الكريمُ، اللهم صلِّ وسلِّم وبارِك على عبدِك ورسولِك محمدٍ، وعلى آلهِ وصحبِه المُتمسِّكين بشرعِه القَويم.
* ވަރީގެ ލަފްޒަކީ ބައެއް ޒުވާނުންގެ ދޫމަތީގައި އާދަވެފައިވާ ލަފްޒަކަށް ވެއްޖެއެވެ. އެކަމުގައި ދަރިންނާއި ގާތްތިމާގެ މީހުންނާ އަދި އެކަކަށްވެސް ބެލުމެއް ނެތެވެ. އަދި އެކަން ކުރުމަށްފަހު އެކަމުން ސަލާމަތްވުމަށް ފަތުވާތައް ހޯދައެވެ. އަދި އޮޅުވާލައެވެ. އަދި އެކަމާ އަބަދުމެ ހިތާމަކުރަން ޖެހިދާނެއެވެ.
* ﷲ އަށް ބިރުވެތިވެ ޝަރީޢަތުގައި ކަނޑައަޅާފައިވާ ގޮތަށް ވަރިކޮށްފިނަމަ، އެއުނދަގުލުން ނުކުންނާނެ މަގެއް ﷲ އޭނާއަށް ދައްކަވާނެއެވެ. އަދި ކައިވެނީގެ އަޤުދަށް ކަމޭހިތާ، އެއީ ކުޅިވަރަކަށް ނަހަދައިފި މީހެއްގެ ކައިވެނީގައި ﷲ ތަޢާލާ ބަރަކާތްލައްވައެވެ.
اللهم صلِّ على محمدٍ وعلى آل محمدٍ، كما صلَّيتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيدٌ، اللهم بارِك على محمدٍ وعلى آل محمدٍ، كما بارَكتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، وسلِّم تسليمًا كثيرًا.
اللهم وارضَ عن الصحابةِ أجمعين، وعن التابعين ومن تبِعَهم بإحسانٍ إلى يوم الدين، وارضَ عنَّا معهم بمنِّك وكرمِك ورحمتِك يا أرحم الراحمين.
اللهم أعزَّ الإسلام والمُسلمين، اللهم أعزَّ الإسلام والمُسلمين، اللهم أعزَّ الإسلام والمُسلمين، وأذلَ الكفر والكافرين يا رب العالمين.
اللهم فقِّهنا والمُسلمين في الدِّين برحمتِك يا أرحم الراحمين.
اللهم انصُر دينَك، وكتابَك، وسُنَّةَ نبيِّك مُحمدٍ – صلى الله عليه وسلم – بقُدرتِك وعزَّتِك يا رب العالمين.
اللهم أرِنا الحقَّ حقًّا وارزُقنا اتباعَه، وأرِنا الباطلَ باطلًا وارزُقنا اجتِنابَه، ولا تجعَله مُلتَبِسًا علينا فنضِلَّ يا ذا الجلال والإكرام.
اللهم اغفِر لموتانا وموتَى المُسلمين، اللهم اغفِر لموتانا وموتَى المُسلمين، اللهم ضاعِف حسناتهم، وتجاوَز عن سيئاتهم برحمتِك يا أرحم الراحمين.
اللهم اغفِر لنا ما قدَّمنا وما أخَّرنا، وما أسرَرنا وما أعلنَّا، وما أنت أعلمُ به منَّا، أنت المُقدِّم وأنت المُؤخِّرُ، لا إله إلا أنت.
اللهم أصلِح لنا شأنَنا كلَّه، اللهم اقضِ الدَّينَ عن المَدينين مِن المُسلمين، اللهم واشفِ مرضانا ومرضَى المُسلمين برحمتِك يا أرحم الراحمين.
اللهم أعِذنا وأعِذ ذريَّاتنا من إبليس وجنوده وشياطينه وذريَّته وأوليائِه يا رب العالمين، اللهم أعِذ المُسلمين من الشيطان الرجيم وذريَّته برحمتِك يا أرحم الراحمين، إنك على كل شيء قدير.
اللهم إنا نسألُك أن تحفَظ بلادَنا من كلِّ شرٍّ ومكرُوهٍ يا ذا الجلال والإكرام، اللهم فُكَّ أسر بيت المقدِس، اللهم فُكَّ أسر بيت المقدِس، اللهم فُكَّ أسر بيت المقدِس، اللهم واجعَله شامِخًا عزيزًا منيعًا يا ذا الجلال والإكرام، اللهم اجعَله معمُورًا بعبادتِك إلى يوم الدين، اللهم اجعَله معمُورًا بعبادتِك يا رب العالمين، اللهم احفَظه مِن آثام الآثِمِين، واعتِداء المُعتَدين، وظُلم الظالمين يا رب العالمين، إنك على كل شيءٍ قدير.
اللهم ارفَع عن المُسلمين ما نزل بهم مِن الكُرُبات يا ذا الجلال والإكرام، اللهم ارفَع الكُرُبات التي نزلَت بالمُسلمين، وأطفِئ الفتنَ التي حلَّت بساحتِهم يا رب العالمين، اللهم احقِن دماءَ المُسلمين، اللهم احقِن دماءَهم، واحفَظ دماءَهم، واحفَظ دينَهم، واحفَظ أموالَهم يا رب العالمين، واستُر عوراتهم إنك على كل شيء قدير، اللهم كُن لهم ناصِرًا ومُعينًا يا ذا الجلال والإكرام.
اللهم ارزُقنا والمُسلمين التوبةَ إليك، اللهم حبِّب إلينا الإيمانَ وزيِّنه في قُلُوبِنا، وكرِّه إلينا الكُفر والفُسُوقَ والعِصيَانَ، واجعَلنا مِن الراشِدين برحمتِك يا أرحم الراحمين.
اللهم أغِثنا، اللهم أغِثنا، اللهم أغِثنا، اللهم إنا خلقٌ مِن خلقِك، فلا تمنَع عنَّا بذنوبِنا فضلَك يا رب العالمين، إنك على كل شيء قدير.
اللهم وفِّق خادمَ الحرمين الشريفين لما تحبُّ وترضَى، اللهم وفِّقه لهُداك، واجعَل عملَه في رِضاك، اللهم وأعِنه على كل خيرٍ، وارزُقه الصحةَ إنك على كل شيء قدير، اللهم أعِنه على كل خيرٍ يا رب العالمين، اللهم وفِّق وليَّ عهدِه لما تُحبُّ وترضَى، اللهم وفِّقه لهُداك، واجعَل عملَه في رِضاك، اللهم وأعِنه على كل خيرٍ إنك على كل شيء قدير، يا ذا الجلال والإكرام.
﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201].
عباد الله:
﴿إِنَّ اللّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ (90) وَأَوْفُواْ بِعَهْدِ اللّهِ إِذَا عَاهَدتُّمْ وَلاَ تَنقُضُواْ الأَيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللّهَ عَلَيْكُمْ كَفِيلاً إِنَّ اللّهَ يَعْلَمُ مَا تَفْعَلُونَ﴾ [النحل: 90- 91].
واذكُروا الله العظيمَ الجليلَ يذكُركُم، واشكُروه على نعمِه يزِدكُم، ولذِكرُ الله أكبرُ، والله يعلمُ ما تصنَعون.
***************