މިއީ 11 ރަބީޢުލްއާޚިރު 1439 ވީ ހުކުރު ދުވަހު މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާ
ޚުޠުބާ ދެއްވީ: الشيخ خالد بن علي الغامدي – حفظه الله –
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
الحمدُ لله، الحمدُ لله ﴿الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَكَفَى بِاللَّهِ شَهِيدًا﴾ [الفتح: 28]، الذي جعلَ الإسلامَ هو الدينَ الخاتمَ المُهيمِنَ على كل الأديانِ وكفَى بالله حسِيبًا، أحمدُه – سبحانه – وأشكرُه، وأُثنِي عليه وأُمجِّده، وأشهدُ أن لا إله إلا الله وحدهُ لا شريكَ له أعزَّ جُندَه، ونصرَ عبدَه، وهزمَ الأحزابَ وحده، وأشهدُ أن محمدًا عبدُه ورسولُه، أرسلَه ربُّه بالهُدى بشيرًا ونذيرًا، وداعِيًا إلى الله بإذنِه وسِراجًا مُنيرًا، وزوَى له الأرضَ فرأى مشارِقَها ومغارِبَها، فبلغَ دينُه ما رأَى، وسيبلُغُ ما بلغَ الليلُ والنهار، صلَّى عليه الله وعلى آلهِ الشرفاء السادة، وأصحابِه النُّبلاء القادة، والتابعين لهم بإحسانٍ إلى يوم الحشر والإعادة، وسلَّم تسليمًا كثيرًا مُتتابِعًا مُتواصِلًا وزيادة.
* އިސްލާމްދީން ނެތިކޮށްލުމަށްޓަކައި ނުވަތަ މިދީނުގެ އުޞޫލުތައް ބަދަލުކުރުމަށްޓަކައި، މިދީން ފާޅުވީއްސުރެ މިއަދާހަމައަށްވެސް ބަޔަކުމީހުން މަސައްކަތްކުރަމުންދެއެވެ. އެގޮތުން އިންސާނީ ތާރީޚު މީގެ ކުރިން ދެކެފައިނުވާފަދަ މިންވަރަކަށް، މިޒަމާނުގައި ފިކުރުތަކާއި ޘަޤާފަތްތަކާއި މީޑީއާތައް މިވަނީ މުޅި ދުނިޔެއަށް ހުޅުވާލެވިފައެވެ.
* މިއުންމަތަށް އަމާންކަން ލިއްބައިދޭނީ ޝަރީޢަތުގައިވާ ބަދަލުވުމެއް ނުވާ ޘާބިތު ޙުކުމްފުޅުތަކާއި ދީނުގެ ޤަވާޢިދުތަކުންނެވެ. މިކަމަށް ޤުރުއާނާއި ސުންނަތުން ދަލީލު ލިބެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِنْ لَدُنْ حَكِيمٍ خَبِيرٍ﴾ [هود: 1]
މާނައީ: “(މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތްތައްވަނީ، އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭގޮތުގައި ފުރިހަމަ ކުރައްވާފައެވެ. އަދި އެ (ފޮތުގައިވާ ހުރިހާ ތަކެއްޗެއް) ވަނީ ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ. (އެއީ) މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހުގެ ޙަޟްރަތުންނެވެ.”
އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
« أَلَا إِنِّي أُوتِيتُ الْكِتَابَ، وَمِثْلَهُ مَعَهُ » [أخرجه أحمد وأبو داود]
މާނައީ: “ދަންނާށެވެ. ތިމަންކަލޭގެފާނަށް ކީރިތި ޤުރުއާނާއި އެފަދަ އެހެން ވަޙީއެއްވެސް އެއާއެކު ދެއްވުނެވެ.”
* އެޙުކުމްފުޅުތަކާއި އުޞޫލުތަކަކީ ޙަޔާތުގެ ހުރިހާ ކަމެއް އޭގައި ޝާމިލުވެގެންވާ ޘާބިތު ޙުކުމްފުޅުތަކެކެވެ. އަދި އެޙުކުމްފުޅުތައްވަނީ ރައްކާތެރިކުރެވިގެންނެވެ. އަދި މަންސޫޚުވުމެއް ނުވަތަ ބަދަލުވުމެއް އެއަކަށް ނުވެއެވެ. އެއްވެސް މީހަކަށް އެފަދަކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންނެއްވެސް ނުވެއެވެ.
* މިއީ ﷲ ތަޢާލާ އިރުޝާދު ދެއްވާފައިވާ ރައްބާނީ މަންހަޖެވެ. އެއީ އެއިލާހުގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.
﴿هُوَ الَّذِي أَنْزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا﴾ [آل عمران: 7]
މާނައީ: “އެއިލާހީ ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވި އިލާހެވެ. އޮޅުމެއްނެތި، މާނަ ސާފުކޮށް އެނގޭ އާޔަތްތަކެއް އޭގެ ތެރޭގައިވެއެވެ. އެ އާޔަތްތަކަކީ، އެ ފޮތުގެ މައިގަނޑު ބަޔެވެ. އަދި މުތަޝާބިހު އާޔަތްތަކެއްވެސްވެއެވެ. (އެބަހީ: ﷲ އަށް މެނުވީ އޭގެ މާނަ އެނގުންނުވާ، ނުވަތަ ޢިލްމީ ނަޡަރަކުން ބަލައިގެން މެނުވީ އޭގެ މާނަ ދޭހަނުވާ އާޔަތްތަކެއްވެސް އޭގެ ތެރޭގައި ވެއެވެ.) ފަހެ، ޙައްޤުމަގުން އެއްކިބާވުމުގެގޮތް، އެއުރެންގެ ހިތްތަކުގައިވާ މީހުން ދަންނާށެވެ! ފަހެ، އެއުރެން ފިތުނަ އުފެއްދުމުގެ ބޭނުމުގައްޔާއި، އެ އާޔަތްތައް އެކިގޮތްގޮތަށް މާނަކުރުމުގެ ބޭނުމުގައި، އެ ފޮތުގެ ތެރޭގައިވާ މުތަޝާބިހު އާޔަތްތައް ނަގައި، އޭގައި ހިފަހައްޓަތެވެ. އެ އާޔަތްތަކުގެ ޙަޤީޤީ މާނަ، ﷲ އަށް މެނުވީ އެނގިގެނެއް ނުވެތެވެ. ޢިލްމުގައި ހަރުދަނާކަމާއި ޘާބިތުކަން ލިބިފައިވާ މީހުން ބުނާހުށީ، ތިމަންމެން މިތިބީ އެ އެއާޔަތްތަކަށް އީމާންވެގެންނެވެ. ހުރިހާ އާޔަތްތަކެއްވެސްވަނީ، ތިމަންމެންގެ ވެރިރައްބުގެ ޙަޟްރަތުންނެވެ.”
* ބަދަލުވުމެއް ނުވާ ޘާބިތު ބައެއް ޙުކުމްފުޅުތަކުގެ ތެރޭގައި:
– ﷲ އަށް ޝަރީކުކުރުމެއް ނެތި، އެއިލާހަށް އެކަނި އަޅުކަންކުރުން ވާޖިބުވެގެންވުން.
– ޝިރުކުގެ ހުރިހާ ވައްތަރެއް ޙަރާމްވެގެންވުން.
– ރައްބުވަންތަކަމާއި، އިލާހުވަންތަކަމާއި އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި ﷲ އެއްކައުވަންތަކުރުން.
– ޤުރުއާނާއި ޙަދީޘަކީ ޙައްޤުކަމަށް އީމާންވެ، ޞަޙާބީން އެތަކެތި ފަހުމްވީގޮތަށް ފަހުމްވުން.
* ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ»
މާނައީ: “މިދީނުގައި ނެތް އާގޮތްތައް މިދީނަށް ގެންނަމީހާއަށް، އޭނާ އެ ގެނައިކަމެއް ރައްދުކުރެވިގެންވެއެވެ.”
* އަދި ފިރުޤަތުއްނާޖިޔާ(އެބަހީ: ސަލާމަތްވާ ފިރުޤާ)އާ ބެހޭގޮތުން އެކަލޭގެފާނާ ސުވާލު ދެންނެވުމުން ހަދީޘްކުރެއްވިއެވެ.
« مَا أَنَا عَلَيْهِ الْيَوْمَ وَأَصْحَابِي »
މާނައީ: “އެއީ ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަޞްޙާބުން މިއަދު މިތިބި މަގެވެ.”
* ދީނުގެ ކަންކަމާ ބެހޭގޮތުން ސުވާލުކޮށް އޮޅުންފިލުވަންވާނީ އެބައެއްގެ ޢިލްމާމެދު އިތުބާރުކުރެވޭ މީހުންނާއެވެ. އަދި ޤުރުއާނާއި ސުންނަތާއި އިޖުމާޢާ ޚިލާފު ފަތުވާތައްވަނީ ރައްދުކުރެވިގެންނެވެ.
* އިލާހީ ޝަރީޢަތުގައިވަނީ ދީނާއި، ނަފްސާއި، ބުއްދިއާއި، އަބުރާއި، މުދާ ރައްކާތެރިކޮށްދެއްވާފައެވެ. އަދި ހަޑިހުތުރުކަންކަންވަނީ މަނާކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَنْ تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ﴾ [الأعراف: 33]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރައްބު ޙަރާމް ކުރެއްވިކަން ކަށަވަރީ، ފާޙިޝް ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، ޙައްޤަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް ހުއްޖަތެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، ﷲ އަށް ޝަރީކުކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، ﷲ އާމެދު ތިޔަބައިމީހުން ބުނުމެވެ.”
* މަތިވެރިވެގެންވާ ޝަރީޢަތުގައި ޘާބިތުވެފައިވާ ބައެއް ކަންކަން ޤުރުއާނުގައި ބަޔާންވެގެންވެއެވެ. އޭގެ ތެރޭގައި: އަންޢާމް ސޫރަތުގެ ފަހު އާޔަތްތަކުގައި އައިސްފައިވާ ވަޞިއްޔަތްތަކާއި، އިސްރާ ސޫރަތުގައި ނަހީކުރައްވާފައިވާ ކަންކަމާއި، ޝޫރާ ސޫރަތުގައިވާ ކަންކަމާއި، ލުޤްމާނު ސޫރަތުގައިވާ އެކަލޭގެފާނުގެ ޙިކުމަތާއި، ނޫރު ސޫރަތާއި އަޙްޒާބު ސޫރަތާއި ޙުޖުރާތު ސޫރަތުގައިވާ ޢާންމު އަބަދު އަޚްލާޤާއި، ޙިޖާބާއި ޢައުރަ ނިވާކުރުމާއި ޢިއްފަތްތެރިވުމާ ބެހޭގޮތުން އައިސްފައިވާ އާޔަތްތަކާއި ޙަދީޘްތައް ހިމެނެއެވެ.
* އަދިވެސް ޝަރީޢަތުގައި ޘާބިތުވެފައިވާ ކަންކަމުގެ ތެރޭގައި: ޔަޤީންކަމާއެކު އިސްލާމްދީނަށް ވަދެއްޖެމީހަކު ޔަޤީންކަމާއެކު މެނުވީ ދީނުން ބޭރު ނުކުރެވޭނެއެވެ. އެންމެހާ ޝަރުޠުތަކާއި އެކަން މަނާކުރާ ކަންކަން ފިލައިދިޔުމުން މެނުވީ އެއްވެސް މުސްލިމަކު ކާފިރު ކުރުން ހުއްދަވެގެން ނުވެއެވެ.
ދެވަނަ ޚުޠުބާ
الحمدُ لله، الحمدُ لله الذي أتقنَ خلقَه وأبدعَه، وأحكمَ كتابَه وشِرعتَه، والصلاةُ والسلامُ على هذا السيِّد العظيم، والرسول الكريم الذي ما تركَ خيرًا إلا بيَّنَه، ولا شرًّا إلا أنذرَه، وعلى آلهِ وصحابتِه نُجوم الهُدى، ومصابِيح الدُّجَى، والتابِعِين لهم بإحسانٍ ما صُبحٌ بدَا، وغيثٌ همَا.
* އުންމަތުގެ ފަރުދުންގެ މެދުގައި އަމާންކަން ޤާއިމުވާން އޮތް ވަސީލަތަކީ ބަދަލުވުމެއް ނުވާ ޘާބިތު، ޝަރުޢީ ޙުކުމްފުޅުތަކުގައި ހިފުމެވެ. އަދި އޭގެ ސަބަބުން ރިވެތި އަޚްލާޤާއި އަދަބުތައް މުޖުތަމަޢުގައި ފުރިހަމަ ވެގެންދެއެވެ. ހަމަކަށަވަރުން އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކެވެ. އެއްވެސް މީހަކު މިދީނަކީ ބުރައެއްޗެއް ކަމުގައި ހަދައިފިނަމަ އޭނާގެ މައްޗަށް ދީން ގަދަވެގަނެއެވެ. (އެބަހީ: އޭނާ ކުރަމުން އައި ހުރިހާ ޢަމަލެއް ނުވަތަ ބައެއް ޢަމަލުތައް އޭނާ ދޫކޮށްލާނެއެވެ.)
* ފައިދާހުރި ޢިލްމު ތިޔަބައިމީހުން އުނގެނޭށެވެ. އެއީ ﷲ ތަޢާލާ މަޢުރިފާކޮށްދޭ ޢިލްމެވެ. އަދި އެއިލާހުގެ އަމުރުފުޅުތައް އުނގަންނައިދޭ ޢިލްމެވެ. އަދި ޞަޙާބީންގެ ކިބައިން އައިސްފައިވާ ޢިލްމުތައް އުނގެނޭށެވެ. އެބޭކަލުންގެ ބަސްފުޅުތަކުގައި ހިފާށެވެ. އެއީ ނަބިއްޔުންނަށްފަހު އެންމެ މާތް ބޭކަލުންނެވެ.
* ނަބިއްޔާ صلى الله عليه وسلم ގެ މިވަޞިއްޔަތުގައި ތިޔަބައިމީހުން ހިފާށެވެ.
قَالَ العِرباضُ بن سارية رضي الله عنه :صَلَّى بِنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الصُّبْحَ ذَاتَ يَوْمٍ ثُمَّ أَقْبَلَ عَلَيْنَا فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ، فقُلنا:يَا رَسُولَ اللَّهِ! ! كأنها مَوْعِظَةُ مُوَدِّعٍ فَمَاذَا تَعْهَدُ إِلَيْنَا؟ فَقَالَ: «أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ وَإِنْ كَانَ عَبْدًا حَبَشِيًّا فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيرًا فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ فَتَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ» [أخرجه أحمد وأصحاب “السنن” بسندٍ صحيح]
މާނައީ: ޢިރުބާޟު ބުން ސާރިޔާ رضي الله عنه ވިދާޅުވިއެވެ. އެއްދުވަހަކު، ތިމަންބޭކަލުންނާއިގެން ފަތިސްނަމާދު ކުރެއްވުމަށްފަހު، ތިމަންބޭކަލުންނަށް ކުރިމަތިލައްވައި، صلى الله عليه وسلم، ބަލާޣާތްތެރި، ލޯތަކުން ކަރުނަ އޮހޮރުވާލި، ހިތްތަކަށް މަޑުމޮޅިކަން ގެނެސްދިން ވަޢުޡު ނަސޭހަތެއް ދެއްވިއެވެ. ދެންފަހެ ތިމަންބޭކަލަކު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ތިޔައީ އަލްވަދާޢު ކިޔަން އުޅޭ މީހެއްގެ ވަޢުޡު ނަސޭހަތެއް ފަދައެވެ. ފަހެ، ކަލޭގެފާނު ތިމަންބޭކަލުންނަށް ވަޞިއްޔަތް ކުރައްވަނީ ކޮންކަމަކަށްތޯއެވެ. ދެންފަހެ، ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ﷲއަށް ބިރުވެތިވެ ތަޤުވާވެރިވުމަށާއި، (ވެރިމީހާއަކީ) ޙަބަޝީ އަޅެއް ކަމުގައިވިއަސް (އޭނާއަށް) އަޑުއަހާ ކިޔަމަންވުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ. ފަހެ ހަމަކަށަވަރުން، ތިމަންކަލޭގެފާނަށްފަހު ދިރިތިބޭ ބަޔަކަށް، ގިނަ ޚިލާފުތަކެއް ފެންނާނެތެވެ. ފަހެ (އެވަގުތުގައި) ތިމަންކަލޭގެފާނުގެ ސުންނަތާއި، ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާވެރި ބޭކަލުންގެ ގޮތުގައި، ތިޔަބައިމީހުންގެ ކޮލުދަތްތަކުން ހިފަހައްޓާށެވެ. އަދި (ދީނުގައި) އަލަށް ތަޢާރަފުކުރެވޭ ކަންތައްތަކަށް ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން (ދީނަށް ތަޢާރަފުކުރެވޭ) ކޮންމެ އާކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”
فاللهم صلِّ وسلِّم وبارِك وأنعِم على عبدِك ورسولِك نبيِّنا وحبيبِنا وسيِّدنا وقُدوتِنا محمدٍ، وعلى آلِه وأزواجه وذريَّاته، وصحابَتِه الكرامِ، وخُصَّ مِنهم: أبا بكرٍ الصدِّيق، وعُمرَ الفارُوق، وعُثمانَ ذَا النُّورَين، وعليًّا أبا الحسَنَين، والتابِعِين لهم بإحسانٍ إلى يوم الدين.
اللهم أعِزَّ الإسلامَ والمسلمين، اللهم أعِزَّ الإسلامَ والمسلمين، وأذِلَّ الشركَ والمُشركين.
اللهم انصُر إخوانَنا المُسلِمين المُستضعَفين في كل مكانٍ، اللهم انصُرهم في فلسطين، اللهم انصُرهم في بيت المقدِس وأكناف بيت المقدِس.
اللهم عليك باليهود المُحتلِّين الغاصِبين، اللهم عليك باليهود المُحتلِّين الغاصِبين، أرِنا فيهم عجائِبَ قُدرتِك، واقتُلهم بَددًا، وأحصِهم عددًا بقوتِك يا قويُّ يا عزيز.
اللهم انصُر إخوانَنا المُسلِمين المُستضعَفين في سوريا، وفي العراق، وفي اليمَن، وفي أراكان، وفي كل مكان يا رب العالمين.
اللهم انصُر إخوانَنا المُجاهِدين المُرابِطِين على الحدود، اللهم انصُر إخوانَنا المُجاهِدين المُرابِطِين على الحدود، اللهم كُن لهم عونًا ونصيرًا، ومُؤيِّدًا وظهيرًا بقُوَّتِك يا قويُّ يا عزيز.
اللهم وفِّق جميعَ وُلاة المُسلمين للعمل بكتابِك وسُنَّة نبيِّك – صلى الله عليه وآله وسلم -، واجعَلهم رحمةً على رعاياهم وشعوبهم يا رب العالمين.
اللهم وفِّق وليَّ أمرنا لما تُحبُّه وترضَاه، اللهم وفِّق وليَّ أمرنا لما تُحبُّه وترضَاه، اللهم وفِّقه ونائِبَه لِمَا فيه صلاحُ العبادِ والبلادِ، واجعَلهم مفاتيحَ للخيرِ مغالِيقَ للشرِّ برحمتِك يا أرحمَ الراحمين.
اللهم اغفِر لنا ولوالِدِينا، اللهم اغفِر لنا ولوالِدِينا ولجميع المسلمين والمُسلمات، الأحياء منهم والأموات برحمتِك يا أرحم الراحمين.
اللهم اغفِر لنا وارحَمنا، وعافِنا واعفُ عنَّا، وارزُقنا واجبُرنا، وارفَعنا ولا تضَعنا، وأكرِمنا ولا تُهِنَّا، وأعطِنا ولا تحرِمنا، وزِدنا ولا تنقُصنا، وآثِرنا ولا تُؤثِر علينا، وكُن معنا ولا تكُن علينا، وانصُرنا ولا تنصُر علينا، اللهم انصُرنا على مَن ظلَمَنا، اللهم انصُرنا على مَن عادانا، اللهم انصُرنا على مَن بغَى علينا، اللهم لا تُشمِت بنا عدوًّا ولا حاسِدًا، اللهم لا تُشمِت بنا عدوًّا ولا حاسِدًا.
ربَّنا تقبَّل توبَتَنا، واغسِل حَوبَتَنا، واهدِ قُلوبَنا، وثبِّت حُجَّتَنا، وسدِّد ألسِنَتَنا، واسلُل سخائِمَ صُدورِنا برحمتِك يا أرحم الراحمين.
وصلَّى الله وسلَّم وبارَك على نبيِّنا وحبيبِنا مُحمدٍ، وعلى آلِهِ وصحبِه أجمعين.
***************