މިއީ 25 ރަބީޢުލްއާޚިރު 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާ
ޚުޠުބާ ދެއްވީ: الشيخ صلاح البدير – حفظه الله –
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
الحمدُ لله أكرمَ مَن يُرجَى، وأعظمَ مَن يُنيلُ نوالًا، خلقَ الخلقَ تُمسِي وتُصبِحُ ترنُو البقاءَ وتُؤمِّلُ الآمالَا، والحادِثاتُ تنعَى المُنَى، وتُقرِّبُ الآجالَا، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له، وأشهدُ أن نبيَّنا وسيِّدنا محمدًا عبدُه ورسولُه، صلَّى الله عليه وعلى آلِه وأصحابِه صلاةً تَتْرَى وتبقَى وتتوالَى.
* ﷲ އަށް ތަޤުވާވެރިވާށެވެ. ފަހެ، ތަޤުވާއަކީ ޢިއްޒަތެކެވެ. އަދި ރައްކާތެރިކަމެކެވެ. އަދި ފާފައަކީ ސުންޕާކަމެކެވެ. އަދި ހަލާކުރަނިވި އެއްޗެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ﴾ [آل عمران: 102]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެއިލާހަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި، މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!”
* ދުނިޔޭގައި އެއްވެސް މީހަކު އަބަދަކު ދެމި ނުހުންނާނެއެވެ. މީސްތަކުންނަކީ ދަތުރުވެރިންނެވެ. ޒަމާނަކީ ރޭދުވާ ބަދަލުވަމުންދާ ދިޔުމެވެ. މަރަކީ އަންނާނެ އެއްޗެކެވެ. އަދި އެވަނީ ނުހަނު ގާތުގައެވެ.
* ދުވަސްތައް ވަރަށް ބާރަށް ދެއެވެ. އަހަރެމެންނާއިގެން މާޒީވެދެއެވެ. ކޮންމެ ދުވަހަކުމެ އުންމީދުތަކެއް ނިމުމަކަށް އާދެއެވެ.
* އޭ ޣާފިލުވެފައިވާ މީހާއެވެ! އަހަރެމެންނަކީ އިންސާނުންކަން ހަނދާން ނެތުނީ ހެއްޔެވެ؟! އަހަރެމެން މިވަނީ ދަތުރެއްގެ މަތީގައެވެ. ދާން އޮތް މަންޒިލަކީ ޤަބުރެވެ. މަރު އައިސް އަހަރެމެން ވަށާލާނެއެވެ. އަދި އަލުން ދިރުއްވުމުން އަހަރެމެން އެއްތަންކުރުވާނެއެވެ. އަދިވެސް ބިރުވެތިވާންވީ ވަޤުތު ނުޖެހެނީ ހެއްޔެވެ. ރޭ އަޅުކަން އެބަ ކުރެވޭ ހެއްޔެވެ؟!
* ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَمَا جَعَلْنَا لِبَشَرٍ مِنْ قَبْلِكَ الْخُلْدَ أَفَإِنْ مِتَّ فَهُمُ الْخَالِدُونَ (34) كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَنَبْلُوكُمْ بِالشَّرِّ وَالْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ (35)﴾ [الأنبياء: 34، 35]
މާނައީ: “ތިމަންއިލާހު، ކަލޭގެފާނުގެ ކުރިޔަކުންވެސް އާދަމުގެދަރިޔަކަށް (މަރުނުވެ) ދެމިހުރުމެއް ނުލައްވަމެވެ. ފަހެ، ކަލޭގެފާނު އަވަހާރަވެއްޖެނަމަ، އެއުރެންނީ ފަހެ، ދެމިތިބޭނޭ ބަޔެއް ހެއްޔެވެ؟ [34] ކޮންމެ ނަފްސަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންއިލާހު ތިޔަބައިމީހުން އިމްތިޙާނުކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން ރުޖޫޢަކުރައްވާހުށީ، ތިމަންއިލާހުގެ ޙަޟްރަތަށެވެ. [35]”
* މިއަދު ތިބާ ކުރުމަށް އެދޭކަމެއް ކުރެވިދާނެއެވެ. އަދި މާދަމާ ތިބާ މަރުވުމުން ގަލަންތައް އުފުލޭނެއެވެ.
* ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ﴾ [النور: 31]
މާނައީ: “ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ.”
* އަބޫ މޫސާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ اللهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ، وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ، حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا» [أخرجه مسلم]
މާނައީ: “ދުވާލު ފާފަކުރާ މީހުންނަށް ތައުބާ ލެއްވުމަށްޓަކައި ރޭގަނޑު، ﷲ ތަޢާލާ އެއިލާހުގެ އަތްޕުޅު ހުޅުވާލައްވައެވެ. އަދި ރޭގަނޑު ފާފަކުރާ މީހުންނަށް ތައުބާ ލެއްވުމަށްޓަކައި ދުވާލު، ﷲ ތަޢާލާ އެއިލާހުގެ އަތްޕުޅު ހުޅުވާލައްވައެވެ. އަދި ހުޅަނގު ފަރާތުން އިރު އަރައްޖައުމަށް ދާންދެން، މިގޮތަށް މިކަން ކުރިއަށް ދެއެވެ.”
* ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿قُلْ يَاعِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾ [الزمر: 53]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲއީ، އެންމެހާ ފާފަތައްފުއްސަވާ އިލާހެވެ. ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.”
وأستغفِرُ اللهَ فاستغفِرُوه، إنه كان للأوابِين غفورًا.
ދެވަނަ ޚުޠުބާ
الحمدُ لله الذي أكمَلَ لنا الدينَ وأتمَّ علينا النِّعمَة، أحمدُه على نِعمِه الجَمَّة، وأشهدُ أن لا إله إلا اللهَ وحدَه لا شريك له شهادةً تكونُ لمَن اعتصَمَ بها خيرَ عِصمَة، وأشهدُ أن نبيَّنا وسيِّدنَا محمدًا عبدُه ورسولُه أرسلَه ربُّه للعالمين رحمة، صلَّى الله عليه وعلى آله وأصحابِه صلاةً تبقَى، وسلامًا يَتْرَى.
* ﷲ އަށް ތަޤުވާވެރިވާށެވެ. އަދި އެއިލާހަށް ކިޔަމަންތެރިކަން އަދާކުރާށެވެ. އަދި އެއިލާހަށް ނުކިޔަމަންތެރި ނުވާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ﴾ [التوبة: 119]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!”
* އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ އަގުހުރި އެއްޗަކީ އަޅުގަނޑުމެންގެ ދީނެވެ. އެއީ ދެދުނިޔޭގައިވެސް އަޅުގަނޑުމެންނަށް ލިބިފައިވާ ޝަރަފެވެ.
* ފިތުނައިގެ ކޯރުތައް ދައުރުކުރަން ފަށައިފިއެވެ. އަދި އެކަމުން ގެއްލުންތައް ކުރިމަތިވާން ފަށައިފިއެވެ. އަދި ހަރުފަތައް އުސްތަންތަނުގައި ހޮރުހަދައިފިއެވެ. އަދި ބިމުއަޑީގައި އޮވެގެންވެސް ވިހަލާންފަށައިފިއެވެ. ނަގުލަންދާށިތައް ސިއްރިއްޔާތުގައި ކަންފަތްތަކަށް ވަންނަންފަށައިފިއެވެ. އަދި ވިހަލާ ސޫފިތައް ހިލަތައް ދޮށުގައި ބިސްއަޅަން ފަށައިފިއެވެ. (މިޖުމުލަތަކުގައި ޝައިޚު މިޘާލު ޖައްސަވާފައި އެވަނީ ނުބައިކަމުގެ އަހުލުވެރިން ޢާންމުވެފައިވާ މިންވަރަށެވެ.)
* މިދުނިޔޭގައި ހިނގާ ކަންތައްތައްވަނީ މުޞީބާތްތަކާއި ފިތުނަތަކާ ދެމެދުއެވެ. މުޞީބާތްތަކަށް ކެތްތެރިކަން ތައްޔާރުވާށެވެ.
* ޙުޛައިފާ رضي الله عنه ވިދާޅުވިއެވެ.
“ފަހެ، ހަމަކަށަވަރުން ތިބާގެ ދީން ތިބާއަށް އެނގިއްޖެނަމަ، އޭގެ ސަބަބުން ތިބާއަށް ގެއްލުމެއް ނެތެވެ. ފިތުނަވެރިކަމަކީ ޙައްޤާއި ބާޠިލު ވަކިކުރަން ނޭނގުމެވެ. އަދި އެއިން ތަބާވާންވީ ކޮން އެއްޗަކަށްކަން ނޭނގުން އެއީ ފިތުނަވެރިވުމެވެ.” [أخرجه ابن أبي شيبة]
* އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.
“ތިބާ ތިޔަހުރީ ފިތުނަވެރިވެފައިތޯ ދެނެގަންނަށް އެދޭނަމަ ދަންނާށެވެ. ފަހެ މީގެ ކުރިން ޙަރާމް ކަމެއްކަމުގައި ދެކުނު ކަމެއް އެއީ ޙަލާލުކަމެއްކަމުގައި މިހާރު ދެކޭތޯ ބަލާށެވެ. އެފަދައިން ދެކޭނަމަ އެވަނީ ފިތުނައިގައި ޖެހިފައެވެ. އަދި ކުރިން ޙަރާމްކަމަށް ދެކުނުކަމެއް އެއީ ޙަލާލުކަމެއްކަމުގައި މިހާރު ދެކޭނަމަވެސް އެވަނީ ފިތުނައިގައި ޖެހިފައެވެ.” [أخرجه الحاكم]
މީގެ މުރާދަކީ ހަވާނަފްސަށް ތަބާވެ އަދި އެދޭ އެދުންތަކާ އެއްގޮތަށް ދީނީ ރައުޔު ބަދަލުކުރުމެވެ. އެއީ އެއްވެސް ދަލީލެއް ނެތި ނުވަތަ ދިރާސާކުރުމެއް ނެތި ބަދަލުކުރާކުރުމެވެ.
* އަބޫ ބަކުރު رضي الله عنه ވިދާޅުވިއެވެ.
“ﷲ ގެ ރަސޫލާ صلى الله عليه وسلم ޢަމަލުކުރެއްވި އެއްވެސް ކަމަކަށް ޢަމަލުނުކޮށް ތިމަންކަލޭގެފާނު ދޫނުކުރައްވަމެވެ. ހަމަކަށަވަރުން އެކަލޭގެފާނުގެ އަމުރުފުޅެއްދޫކޮށްލައިފިނަމަ ތިމަންކަލޭގެފާނު މަގުފުރެދިގެން ހިނގައިދާނެކަމަށް ބިރުފުޅުގަންނަމެވެ.”
* އަޅުތަކުންނޭވެ! ފަހެ، ﷲ ގެ ފޮތާއި ރަސޫލުﷲ صلى الله عليه وسلم ގެ ސުންނަތުގައި ތިޔަބައިމީހުން ޘާބިތުވާށެވެ. އަދި ދީނާއި ޝަރީޢަތުގެ އަސާސްތަކާއި އަޚްލާޤީ މިންގަނޑުގައި ހިފަހައްޓާށެވެ. އަދި މަގުފުރެދިފައިވާ ފިތުނަވެރިންނަށް ރައްކާތެރިވާށެވެ.
﴿وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ﴾ [المائدة: 49]
މާނައީ: ” އަދި ﷲ، ކަލޭގެފާނަށް ބާވައިލެއްވި ބައެއް އާޔަތުން އެއްކިބާކޮށްފާނެކަމަށް، އެއުރެންނާމެދު ކަލޭގެފާނު ރައްކާތެރިވެ ވަޑައިގަންނަވާށެވެ!”
اللهم صلِّ وسلِّم على عبدِك ورسولِك محمدٍ، وارضَ اللهم عن الآلِ والأصحابِ، وعنَّا معهم يا كريمُ يا وهَّاب.
اللهم أعِزَّ الإسلام والمُسلمين، وأذِلَّ الشركَ والمُشرِكين، ودمِّر أعداءَ الدين، واجعَل هذا البلدَ آمنًا مُطمئنًّا، سخاءً رخاءً وسائرَ بلاد المُسلمين.
اللهم وفِّق إمامَنا ووليَّ أمرنا خادِمَ الحرمَين الشريفَين لما تُحبُّ وترضَى، وخُذ بناصِيتِه للبرِّ والتقوَى، اللهم وفِّقه وولِيَّ عهدِه لما فِيه عِزُّ الإسلام وصلاحُ المُسلمين يا رب العالمين.
اللهم إنا نعوذُ بك مِن زوالِ نِعمتِك، وتحوُّل عافِيَتِك، وفجأة نِقمتِك.
اللهم اجعَل رِزقَنا رغَدًا، ولا تُشمِت بنا أحدًا، ولا تجعَل لكافرٍ علينا يدًا.
اللهم اشفِ مرضانا، وعافِ مُبتلانا، وفُكَّ أسرانا، وارحَم موتانا، وانصُرنا على من عادانا يا رب العالمين.
اللهم انصُر جُنودَنا المُرابِطِين على ثُغورِنا وحُدودِنا يا رب العالمين.
اللهم كُن للمُستضعَفين مِن المُسلمين في كل مكان، اللهم اجعَل للمُستضعَفين مِن المُسلمين في كل مكانٍ فرَجًا ومخرَجًا يا ربَّ العالمين.
اللهم طيِّبنا للقائِك، وقنِّعنا بعطائِك، وارزُقنا الرِّضا بقضائِك، واكفِنا بحلالِك عن حرامِك، وبفضلِك عمَّن سِواك.
اللهم باعِد بيننا وبين الخطايا، وأجِرنا مِن الشيطان الرجيم.
يا عظيمَ العفو، يا واسِعَ المغفِرة اغفِر لنا أجمعين، اغفِر لنا أجمعين، اغفِر لنا أجمعين يا أرحم الراحمين.
اللهم اجعَل دعاءَنا مسمُوعًا، ونداءَنا مرفوعًا، يا كريمُ يا رحيمُ يا عظيمُ.
***************