މިއީ 02 ޖުމާދަލްއޫލާ 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާ
ޚުޠުބާ ދެއްވީ: الشيخ عبد البارئ بن عواض الثبيتي – حفظه الله –
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
الحمدُ لله، الحمدُ لله الذي مَنَّ على الصادِقين بالإخلاص، ورزقَهم البركةَ، أحمدُه – سبحانه – وأشكرُه على نعمةِ فضلِ الإنفاقِ والصدقة، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له جعلَ النارَ مثوَى المُشركين الكفَرَة، وأشهدُ أن سيِّدَنا ونبيَّنا محمدًا عبدُه ورسولُه كشَفَ زيغَ الدجَّالين السَّحَرَة، صلَّى الله عليه وعلى آله وصحبِه ذوي الفضائِلِ المهَرَة.
* އަޅުތަކުންގެ ޙަޔާތުގައި ޤަރާރުވެ ތިބޭ ތަނެއްގެ ގޮތުގައި، ﷲ ތަޢާލާވަނީ ބިން ލެއްވިއެވެ. އަދި އެތަނުގައި ބަރަކާތްލެއްވިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَجَعَلَ فِيهَا رَوَاسِيَ مِن فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ أَيَّامٍ﴾ [فصلت: 10]
މާނައީ: “އަދި އެއިލާހު، ހަތަރު ދުވަހުގެ ތެރޭގައި، އެ ބިމުގެ މަތީގައި އުފުލިފައިވާ، ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި އެ ބިމުގައި ބަރަކާތްލައްވައި، އަދި އެ ބިމުގައި ވާހާތަކެތީގެ ރިޒްޤު މިންވަރުކުރެއްވިއެވެ.”
* ﷲ ތަޢާލާ އެއިލާހުގެ ނަބީބޭކަލުން އިޚްތިޔާރު ކުރެއްވިއެވެ. އަދި އެބޭކަލުންގެ ޙަޔާތުގައާއި އެބޭކަލުންގެ ޢަމަލުފުޅުތަކުގައި ބަރަކާތްލައްވާ ނިޢުމަތް ދެއްވިއެވެ. ނޫޙު عليه السلام އާ ބެހޭގޮތުން އެއިލާހު ވަޙީކުރެއްވިއެވެ.
﴿قِيلَ يَا نُوحُ اهْبِطْ بِسَلَامٍ مِنَّا وَبَرَكَاتٍ عَلَيْكَ وَعَلَى أُمَمٍ مِمَّنْ مَعَكَ﴾ [هود: 48]
މާނައީ: “އެންގެވިއެވެ. އޭ ނޫޙުގެފާނެވެ! ތިމަންއިލާހުގެ ޙަޟްރަތުން އަމާންކަމަކާއެކު، އަދި ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ އުންމަތްތަކަށް ބަރަކާތާއެކު (ނާކޮޅުން) ފައިބައިވަޑައިގަންނަވާށެވެ!”
އަދި ޢީސާ عليه السلام އާބެހޭގޮތުން ވަޙީކުރެއްވިއެވެ.
﴿وَجَعَلَنِي مُبَارَكًا أَيْنَ مَا كُنْتُ﴾ [مريم: 31]
މާނައީ: “އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، ބަރަކާތްލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ.”
އަދި ނަބިއްޔާ صلى الله عليه وسلم ގެ ބަރަކާތް ޘާބިތުވެގެންވެއެވެ. އަދި ޞަޙާބީން -رضوانُ الله عليهم-، އެބޭކަލުންގެ ލޯފުޅުތަކުން އެކަން ދެކެވަޑައިގެންނެވިއެވެ.
* އަދި ޤުރުއާނަށް ތަބާވެ އެއަށް ޢަމަލުކުރުމުން ބަރަކާތް ޙާޞިލުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَهَذَا كِتَابٌ أَنْزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُوا لَعَلَّكُمْ تُرْحَمُونَ﴾ [الأنعام: 155]
މާނައީ:”މި ޤުރުއާނަކީ، ތިމަންއިލާހު ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް ތަބާވާށެވެ! އަދި ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތްލެއްވުމަށްޓަކައެވެ.”
* ބަރަކާތަކީ އިތުރުވުމެވެ. އަދި ފާޅުވުމެވެ. މަދު އެއްޗެއްގައި ބަރަކާތްލެއްވުމުން އެ ގިނަވެއެވެ. އަދި ތަނެއްގައި ބަރަކާތްލެއްވުމުން އެތަނުގެ އަޘަރު ފާޅުވެ، އެތަނުގެ ހެޔޮކަން މަތިވެރިވެއެވެ. އަދި މުދަލާއި، ދަރިންނާއި، ވަޤުތާއި، ޢިލްމާއި ޢަމަލުތަކާ އަދި ގުނަވަންތަކުގައި ބަރަކާތްލެއްވުމުން އެތަކެތީގެ ނަފާ އިތުރުވެއެވެ.
* ﷲ ތަޢާލާ البَيْتُ الْعَتِيْق (އެބަހީ: ކަޢުބާ)ގައި ބަރަކާތްލެއްވިއެވެ. އަދި طَيْبَةُ الطَّيْبَة (އެބަހީ: މަދީނާ)ގައި ބަރަކާތްލެއްވިއެވެ. އަދި މަސްޖިދުލްއަޤްޞާއާއި އެތަނުގެ ވަށައިގެން ބަރަކާތް ލެއްވިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِلْعَالَمِينَ﴾ [آل عمران: 96]
މާނައީ: “ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތްލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، ޢާލަމްތަކަށް ތެދުމަގެއް ކަމުގައެވެ.”
* ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ.
«اللَّهُمَّ اجْعَلْ بِالْمَدِينَةِ ضِعْفَيْ مَا جَعَلْتَ بِمَكَّةَ مِنَ البَرَكَةِ» [رواه البخاري]
މާނައީ: “އޭ ﷲ! މައްކާގައި ލެއްވި ބަރަކާތުގެ ދެގުނަ މަދީނާގައި ލައްވާނދޭވެ.”
* ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا﴾ [الإسراء: 1]
މާނައީ: ” މާނައީ: “އެއިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އެއިލާހީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ.”
* ﷲ ތަޢާލާވަނީ ނަބިއްޔާ صلى الله عليه وسلم ގެ އުންމަތުގައި ބަރަކާތްލައްވާފައެވެ. ފަހެ، އެއިލާހުވަނީ މިއުންމަތްގެ އަލިކަން އެހެން ހުރިހާ އުންމަތްތަކެއްގެ މައްޗަށް ގަދަކުރައްވާފައެވެ.
* ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«اقْرَءُوا الْبَقَرَةَ؛ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلَا يَسْتَطِيعُهَا الْبَطَلَةُ» [رواه أحمد]
މާނައީ: “ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން އެސޫރަތް ކިޔެވުމަކީ ބަރަކާތެކެވެ. އަދި ނުކިޔަވާ ދޫކޮށްލުމަކީ ގެއްލުމެކެވެ. އަދި ސިޙުރުވެރިންނަށް އެސޫރަތް ކިޔަވާ މީހެއްގެ މައްޗަށް ގަދަ ނުވެވޭހުއްޓެވެ.”
* އިސްތިޣުފާރުކުރުމުގައި ދެމިހުރުމަކީ ބަރަކާތް ޙާޞިލުވާނެ ކަމެކެވެ. ނޫޙު عليه السلام ގެ ދަޢުވަތުގެ ވާހަކަ ބަޔާންކުރައްވާ ﷲ عزَّ وَجَل ވަޙީކުރައްވާފައިވެއެވެ.
﴿فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا [10] يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا [11] وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا [12]﴾ [نوح: 10- 12]
މާނައީ: “ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ އިލާހުކަމުގައިވެއެވެ. [10] (އޭރުން) އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. [11] އަދި އެއިލާހު ތިޔަބައިމީހުންނަށް މުދާލާއި ދަރިން އިތުރުކޮށްދެއްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. [12]”
* ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށް ރައްކާތެރިވުމަކީ، މުއުމިނުންނަށް ބަރަކާތް ޙާޞިލުވާން އޮތް މަގެކެވެ. އެކަމުގައި ބޮޑުވެގެންވާ ކާމިޔާބުވެއެވެ. އަދި ހެނދުނުގެ ވަޤުތުގައިވާ ބަރަކާތް އެކަމުން ޙާޞިލުވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«اللَّهُمَّ بَارِكْ لِأُمَّتِي فِي بُكُورِهَا» [رواه أبو داود]
މާނައީ: “އޭ ﷲ! ތިމަންކަލޭގެފާނުގެ އުންމަތަށް ހެނދުނުގެ ވަޤުތުތަކުގައި ބަރަކާތް ލައްވާފަނދޭވެ!”
* ކަންކަމުގައި ބަރަކާތްލެއްވުން އެދި ދުޢާކުރުމަކީ އެކަމުން ހެޔޮކަން ލިއްބައިދޭނެކަމެކެވެ. ޢަޤީލް ބުން އަބީ ޠާލިބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.
އެކަލޭގެފާނު ކައިވެނި ބައްލަވައިގެންނެވުމުން މީސްތަކުން އެކަލޭގެފާނަށް ދެންނެވިއެވެ. “ކަލޭގެފާނަށް ހެޔޮރަނގަޅު ދިރިއުޅުމަކާއި ދަރިން ދެއްވާށިއެވެ.” ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “ތިފަދައިން ކަންތައް ނުކުރާށެވެ.” (އެބަހީ: ތިފަދައިން ނުބުނާށެވެ.) އެބައިމީހުން ދެންނެވިއެވެ. “އޭ އަބޫ ޒައިދެވެ. ފަހެ ތިމަންމެން ބުނަންވީ ކީކޭ ހެއްޔެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “ތިޔަބައިމީހުން ބުނާށެވެ.
«بَارَكَ اللَّهُ لَكُمْ، وَبَارَكَ عَلَيْكُمْ»
މާނައީ: “ﷲ، ތިޔަބައިމިހުންނަށްޓަކައި އަދި ތިޔަބައިމީހުންގެ މައްޗަށްވެސް ބަރަކާތްލައްވާނދޭވެ!” [މިފަދައިން ބަރާކަތް ލެއްވުމަށް އެދި ދުޢާކުރައްވާފައި އެވަނީ އެޢިބާރާތުގެ ޝާމިލުކަން އިތުރުކުރެއްވުމަށެވެ.]
ހަމަކަށަވަރުން ތިމަންބޭކަލުންނަށް އަމުރުވެވިގެންވަނި އެފަދައިންނެވެ.”
* އިސްލާމުދީނަށް އަދި ބަރަކާތްލެއްވިގެންވާ މިއުންމަތަށް، ޚާއްޞަ ސަލާމުން ސަލާމްކުރުމަކީ ބަރަކާތް ލިބިގެންދާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿فَإِذَا دَخَلْتُمْ بُيُوتًا فَسَلِّمُوا عَلَى أَنْفُسِكُمْ تَحِيَّةً مِنْ عِنْدِ اللَّهِ مُبَارَكَةً طَيِّبَةً﴾ [النور: 61]
މާނައީ: “ފަހެ، ތިޔަބައިމީހުން ގޭގެއަށް ވަންނައިރު، ﷲގެ ޙަޟްރަތުންވާ ބަރަކާތްތެރި ރަނގަޅު ސަލާމަކުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ސަލާމްކުރާށެވެ!”
* އަދި ވިޔަފާރީގައި ތެދުވެރިވުމަކީވެސް ބަރަކާތް ޙާޞިލުވާނެކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«البَيِّعَانِ بِالخِيَارِ مَا لَمْ يَتَفَرَّقَا، فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا، وَإِنْ كَتَمَا وَكَذَبَا مُحِقَتْ بَرَكَةُ بَيْعِهِمَا» [رواه البخاري]
މާނައީ: “ދެ ވިޔަފާރިވެރިން (އެބަހީ: ގަންނަމީހާއާއި ވިއްކާމީހާ) ވަކިވެގެން ނުދާހާ ހިނދަކު އެދެމީހުންނަށް އިޚްތިޔާރު ލިބިގެންވެއެވެ. ފަހެ އެދެމީހުންވެސް ތެދުވެރިވެ، ބަޔާންކޮށްދީފިނަމަ އެދެމީހުންގެ ވިޔަފާރީގައި ބަރަކާތް ލެއްވެއެވެ. އަދި އެދެމީހުންވެސް ވަންހަނާކޮށް ދޮގުހަދައިފިނަމަ އެދެމީހުންގެ ވިޔަފާރީގެ ބަރަކާތް ކެނޑެއެވެ.
* އަދި ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ އުމުރު ދިގުވެ ރިޒްޤުގައި ބަރަކާތްލެއްވޭކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِي رِزْقِهِ، أَوْ يُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» [رواه البخاري]
މާނައީ: “ރިޒްޤުތަނަވަސްވުމަށް އެދޭމީހާ އަދި އަޖަލުފަސްވުމަށް އެދޭމީހާ ދަންނައެވެ. ފަހެ އެމީހެއްގެ ރަޙިމުގެ ގުޅުން ޤާއިމުކުރާ ހުށިކަމެވެ.”
* ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން، އެކަލޭގެފާނުގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ. އެއީ އެބޭކަލުން ކޭންބެއްލެވިޔަސް ބަނޑު ނުފުރޭކަމުގެ ޝަކުވާއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«اجْتَمِعُوا عَلَى طَعَامِكُمْ، وَاذْكُرُوا اسْمَ اللَّهِ، يُبَارَكْ لَكُمْ»
މާނައީ: “ކެއުމަށްޓަކައި ތިޔަބައިމީހުން އެއްވެ، ބިސްމިކިޔާށެވެ. އޭރުން ތިޔަބައިމީހުންނަށްޓަކައި ބަރަކާތްލެއްވޭނެއެވެ.”
* ނިކަމެތިންނަށް ހެޔޮކޮށް ހިތުމަކީވެސް ބަރަކާތް ޙާޞިލުވާނެކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«هَلْ تُنْصَرُونَ وَتُرْزَقُونَ إِلَّا بِضُعَفَائِكُمْ» [رواه البخاري]
މާނައީ: “ތިޔަބައިމީހުންނަށް ނަޞްރު ލިބެނީ އަދި ރިޒްޤު ލިބެނީ ނިކަމެތިންގެ ސަބަބުން ނޫން ހެއްޔެވެ.”
* ހެޔޮޢަމަލު ކުރުންމަތީ ޢުމުރު ދިގުވެފައިވުމަކީ ބަރާކާތް ލެއްވިގެންވުމުގެ ޞިފައެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الْبَرَكَةُ مَعَ أَكَابِرِكُمْ»
މާނައީ: “ބަރަކާތްވަނީ ތިޔަބައިމީހުންކުރެ ޢުމުރުން ދޮށީ މީހުންނާއެކުއެވެ.”
* ﷲ ތަޢާލާ ނުރުއްސަވާފަދަ ކަމެއްގައި މުދާ ހޭދަކުރުމަކީ އަދި މުދަލުގައިވާ ﷲ ތަޢާލާގެ ޙައްޤު އަދާނުކުރުމަކީ އޭގެ ބަރަކާތް ކެނޑޭ ސަބަބެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ﴾ [البقرة: 276].
މާނައީ: “ﷲ ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި، ޞަދަޤާތް އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ ބަރަކާތް އިތުރު ކުރައްވައި، އާޚިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި، ކޮންމެ ކާފިރަކު ދެކެ، ﷲ ލޯބިވެ ވޮޑިގެނެއް ނުވެއެވެ.”
باركَ الله لي ولكم في القرآن العظيم، ونفعَني وإياكُم بما فِيه مِن الآياتِ والذِّكرِ الحكيم، أقولُ قَولِي هذا، وأستغفِرُ اللهَ العظيمَ لي ولكُم ولسائِرِ المُسلمين مِن كل ذنبٍ، فاستغفِرُوه، إنه هو الغفورُ الرحيمُ.
ދެވަނަ ޚުޠުބާ
الحمدُ لله حمدًا لا حدَّ لمُنتهاه، وهو – سبحانه – لا يذِلُّ مَن والاه، ولا يعِزُّ مَن عاداه، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له ولا ربَّ لنا سِواه، وأشهدُ أن سيِّدنا ونبيَّنا محمدًا عبدُه ورسولُه ومُصطفاه، صلَّى الله عليه وعلى آلِهِ وصحبِه صلاةً دائمةً إلى يوم نَلقَاه.
* އިސްލާމީ އުންމަތަށް ބަރަކާތް ލިބޭތޯ މަސައްކަތްކުރުމަކީ ހުރިހާ މުސްލިމުންގެ މަސްއޫލިއްޔަތެކެވެ. އެކަން ޙާޞިލުވާނީ ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ މަންހަޖުގައި ބިން އާރާސްތުކުރުމުންނެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَلَوْ أَنَّ أَهْلَ الْقُرَى آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِمْ بَرَكَاتٍ مِنَ السَّمَاءِ وَالْأَرْضِ وَلَكِنْ كَذَّبُوا فَأَخَذْنَاهُمْ بِمَا كَانُوا يَكْسِبُونَ﴾ [الأعراف: 96].
މާނައީ: “ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންއިލާހު އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު، އެއުރެން ދޮގުކުރިއެވެ. ދެން، އެއުރެން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަންއިލާހު (ކޯފާގެ ޢަޛާބުން) އެއުރެން ހިއްޕެވީމެވެ.”
* ﷲ ތަޢާލާ ކަނޑައަޅުއްވާފައި މަންހަޖުން އެއްކިބާވުމަކީ ބަރަކާތްތައް ފިލައިގޮސް ހެޔޮކަމުން މަޙްރޫމުވާ ސަބަބެއްކަމުގައި އެއްވެސް ބުއްދިވެރިއަކު އިންކާރެއް ނުކުރާނެއެވެ. ﷲ ތަޢާލާވަނީ، ސަބާގެ މީހުންގެ ޚަބަރު އަޅުގަނޑުމެންނަށް އަންގަވާފައެވެ. އެބައިމީހުންނަށް ބަރަކާތް ލިބުމަށްފަހުވަނީ ބަރަކާތް ނެތިގޮސްފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿لَقَدْ كَانَ لِسَبَإٍ فِي مَسْكَنِهِمْ آيَةٌ جَنَّتَانِ عَنْ يَمِينٍ وَشِمَالٍ كُلُوا مِنْ رِزْقِ رَبِّكُمْ وَاشْكُرُوا لَهُ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ [15] فَأَعْرَضُوا فَأَرْسَلْنَا عَلَيْهِمْ سَيْلَ الْعَرِمِ وَبَدَّلْنَاهُمْ بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَيْ أُكُلٍ خَمْطٍ وَأَثْلٍ وَشَيْءٍ مِنْ سِدْرٍ قَلِيلٍ [16]﴾ [سبأ: 15، 16].
މާނައީ: “ހަމަކަށަވަރުން، ސަބާގެ އަހުލުވެރިން އުޅުނުތަނުގައި، އެއުރެންނަށް ކުޅަދުންވަންތަކަމުގެ ހެތްކެއްވިއެވެ. (އެއީ) ދެ ބަގީޗާއެކެވެ. (އެރަށުގެ) ކަނާތްފަރާތުންނާއި، ވާތްފަރާތުންނެވެ. (އަންގަވާފަދައެވެ.) ތިޔަބައިމީހުންގެ ވެރިރައްބު ދެއްވި ރިޒްޤުން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން އެއިލާހަށް ޝުކުރުވެރިވާށެވެ! (ތިޔަބައިމީހުންގެ ރަށަކީ) ރަނގަޅު، މޮޅު ރަށެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރައްބަކީ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ. [15] ދެން އެއުރެން (އެއިލާހުގެ ނިޢުމަތަށް) ފުރަގަސްދިނެވެ. ދެން ތިމަންއިލާހު އެއުރެންގެމައްޗަށް ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު (އެބަހީ: سيل العرِم) ފޮނުއްވީމެވެ. އަދި އެއުރެންގެ ދެ ބަގީޗާގެ ބަދަލުގައި، އެއުރެންނަށް ކާން ނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެތަންމިތަނުގައި ވަރަށް މަދު ކުންނާރު ގަސްތަކެއްހުރި ދެ ބަގީޗާ ދެއްވީމެވެ. [16]”
اللهم صلِّ على مُحمدٍ وأزواجِه وذريَّته، كما صلَّيتَ على آل إبراهيم، وبارِك على محمدٍ وأزواجِه وذريَّته، كما باركتَ على آل إبراهيم، إنك حميدٌ مجيد.
وارضَ اللهم عن الخلفاء الأربعة الراشِدين: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن الآلِ والصحبِ الكرامِ، وعنَّا معهم بعفوِك وكرمِك وإحسانِك يا أرحَم الراحِمين.
اللهم أعِزَّ الإسلامَ والمسلمين، اللهم أعِزَّ الإسلامَ والمسلمين، اللهم أعِزَّ الإسلامَ والمسلمين، وأذِلَّ الكُفرَ والكافرين، ودمِّر اللهم أعداءَك أعداءَ الدين، واجعَل اللهم هذا البلدَ آمِنًا مُطمئنًّا، وسائِرَ بلاد المُسلمين.
اللهم مَن أرادَنا وأرادَ الإسلامَ والمُسلمين بسُوءٍ فأشغِله بنفسِه، واجعَل تدبيرَه تدميرَه يا سميعَ الدُّعاء.
اللهم كُن للمُسلمين المُستضعَفين في كل مكانٍ، اللهم كُن لهم مُؤيِّدًا ونصيرًا وظَهيرًا، اللهم إنهم جِياعٌ فأطعِمهم، وحُفاةٌ فاكسُهم، ومظلُومُون فانتصِر لهم يا رب العالمين، يا قويُّ يا متين.
اللهم إنا نسألك الجنةَ، ونعوذُ بك من النار.
اللهم إنا نسألُك مِن الخير كلِّه عاجِله وآجِله، ما علِمنا منه وما لم نعلَم، ونعوذُ بك مِن الشرِّ كلِّه عاجِله وآجِله، ما علِمنا منه وما لم نعلَم.
اللهم أصلِح لنا دينَنا الذي هو عِصمةُ أمرِنا، وأصلِح لنا دُنيانا التي فِيها معاشُنا، وأصلِح لنا آخرتَنا التي فِيها معادُنا، واجعَل الحياةَ زيادةً لنا في كل خيرٍ، والموتَ راحةً لنا مِن كل شرٍّ يا رب العالمين.
اللهم أعِنَّا ولا تُعِن علينا، وانصُرنا ولا تنصُر علينا، وامكُر لنا ولا تمكُر علينا، واهدِنا ويسِّر الهُدَى لنا، وانصُرنا على مَن بغَى علينا.
اللهم اجعَلنا لك ذاكرين، لك شاكرين، لك مُخبِتين، لك أوَّاهِين مُنيبين، اللهم تقبَّل توبتَنا، واغسِل حَوبَتَنا، وثبِّت حُجَّتَنا، وسدِّد ألسِنَتَنا يا رب العالمين.
اللهم إنا نسألُك فواتِحَ الخير وخواتِمَه وجوامِعَه، وأولَه وآخرَه، وظاهِرَه وباطِنَه، ونسألُك الدرجات العُلَى مِن الجنة يا رب العالمين.
اللهم إنا نعُوذُ بك مِن زوالِ نِعمتِك، وفُجاءَة نِقمتِك، وجميع سخَطِك.
اللهم ابسُط لنا مِن بركاتِك ورحمتِك وفضلِك ورِزقِك.
اللهم بارِك لنا في أعمالِنا وأعمارِنا وأزواجِنا وذرِّيَّاتِنا وأموالِنا، واجعَلنا مُبارَكين أينما كُنَّا.
اللهم إنا نسألُك حُسنَ الخِتام، والعفوَ عمَّا سلَفَ وكان مِن الذنوبِ والعِصيَان.
اللهم ارحَم موتانا، واشفِ مرضَانا، وتولَّ أمرَنا يا رب العالمين.
اللهم وفِّق إمامَنا لِما تُحبُّ وترضَى، اللهم وفِّقه لهُداك، واجعَل عملَه في رِضاك، ووفِّق وليَّ عهدِه لكل خيرٍ يا أرحم الراحمين، اللهم وفِّق جميعَ وُلاة أمور المُسلمين للعمل بكتابِك وتحكيم شرعِك يا رب العالمين.
﴿رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ﴾ [الأعراف: 23]، ﴿رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ﴾ [الحشر: 10].
﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201].
﴿إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴾ [النحل: 90].
فاذكُروا اللهَ يذكُركم، واشكُرُوه على نِعمِه يزِدكم، ولذِكرُ الله أكبر، والله يعلَمُ ما تصنَعُون.
***************