[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމާއި ޢިލްމު އުނގަންނައިދޭ މީހުންނަށް އިސްލާމްދީނުގައި ދެވިފައިވާ މަޤާމް

މިއީ 09 ޖުމާދަލްއޫލާ 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާ

 

ޚުޠުބާ ދެއްވީ: الشيخ عبد الله بن عبد الرحمن البعيجان – حفظه الله  –

 

ޚުޠުބާގެ ޚުލާޞާ:

ފުރަތަމަ ޚުޠުބާ

 

الحمدُ لله، الحمدُ لله الذي علَّم بالقلَم، علَّم الإنسانَ ما لم يعلَم، أحمدُه على الآلاء والنِّعَم، وأشكُرُه على ما أولانَا مِن الفضل والكرَم، أشهدُ أن لا إله إلا الله وحدَه لا شريك له، وأشهدُ أن محمدًا خاتَمُ أنبيائِه ورسُلُه، اصطفاه الله على سائرِ الأُمم، وبعثَه رحمةً للعالمين إلى العرب والعجَم، فبلَّغ الرسالةَ، وأدَّى الأمانةَ، ونصحَ الأمة، وجاهَدَ في الله حقَّ الجِهاد حتى أتاه اليَقِين، صلَّى الله عليه وعلى آله وأصحابِهِ، ومَن تبِعَهم بإحسانٍ إلى يوم الدين.

 

 

* ފަހެ، ހަމަކަށަވަރުން ޤުރުއާނަކީ އެންމެ ހެޔޮ ބަސްފުޅެވެ. އަދި ﷲ ގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ. އަދި އެންމެ ރަނގަޅު ހިދާޔަތަކީ ނަބިއްޔާ عليه الصلاة والسلام  ގެ ހިދާޔަތެވެ.

﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ وَاخْشَوْا يَوْمًا لَا يَجْزِي وَالِدٌ عَنْ وَلَدِهِ وَلَا مَوْلُودٌ هُوَ جَازٍ عَنْ وَالِدِهِ شَيْئًا إِنَّ وَعْدَ اللَّهِ حَقٌّ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُمْ بِاللَّهِ الْغَرُورُ﴾ [لقمان: 33]

މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރައްބަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އަދި އެދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތިން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށްވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! ހަމަކަށަވަރުން، ﷲގެ ވަޢުދުފުޅަކީ، ޙައްޤު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި ޝައިޠާނާ، ތިޔަބައިމީހުން ﷲ އާމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!”

* ﷲ ތަޢާލާވަނީ ބިމުގައި ޚަލީފާވެރިކުރުމަށް އިންސާނުން އިޚްތިޔާރު ކުރައްވާފައެވެ. ފަހެ، އެއިލާހު އިންސާނުންނަށް ޢިލްމާއި ބުއްދިދެއްވިއެވެ.

﴿وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ﴾ [البقرة: 30]

މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރައްބު، ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވިއެވެ. އަޅަމެން އިބައިލާހަށް ޙަމްދާއެކު ތަސްބީޙަކިޔައި، އިބައިލާހަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބައިލާހު، އެ ބިމުގައި ލައްވަނީތޯއެވެ؟ އެއިލާހު ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންއިލާހު ދެނެވޮޑިގެންވަމެވެ.”

* އެއަށްފަހު ޢިލްމަކީ މަތިވެރި އަދި ޝަރަފުވެރި އެއްޗެއްކަން އެއިލާހު ބަޔާންކުރެއްވިއެވެ.

﴿وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ فَقَالَ أَنْبِئُونِي بِأَسْمَاءِ هَؤُلَاءِ إِنْ كُنْتُمْ صَادِقِينَ [31] قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا إِنَّكَ أَنْتَ الْعَلِيمُ الْحَكِيمُ [32] قَالَ يَاآدَمُ أَنْبِئْهُمْ بِأَسْمَائِهِمْ فَلَمَّا أَنْبَأَهُمْ بِأَسْمَائِهِمْ قَالَ أَلَمْ أَقُلْ لَكُمْ إِنِّي أَعْلَمُ غَيْبَ السَّمَاوَاتِ وَالْأَرْضِ وَأَعْلَمُ مَا تُبْدُونَ وَمَا كُنْتُمْ تَكْتُمُونَ [33]﴾ [البقرة: 31- 33]

މާނައީ: “އަދި އާދަމުގެފާނަށް ހުރިހާ ތަކެތީގެ ނަންތައް އެއިލާހު އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތްތަކެވެ.) ދެން، އެއިލާހު އެތަކެތި މަލާއިކަތުންނަށް ހުށަހަޅުއްވައި، ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ ދަޢުވާގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންއިލާހަށް ނިކަން ޚަބަރު ދީބަލާށެވެ! [31] އެ މަލާއިކަތުން ދެންނެވިއެވެ. އިބަ އިލާހު ހުސްޠާހިރުވަންތަކަމާއެވެ! އިބައިލާހު އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބައިލާހީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ އިލާހެވެ. [32] އެ އިލާހު ވަޙީކުރެއްވިއެވެ. އޭ އާދަމުގެފާނެވެ! ކަލޭގެފާނު، އެ މަލާއިކަތުންނަށް އެތަކެތީގެ ނަންތަކުން ޚަބަރު ދެއްވާށެވެ! ދެން އެކަލޭގެފާނު، އެ މަލާއިކަތުންނަށް އެތަކެތީގެ ނަންތަކުން ޚަބަރު ދެއްވިހިނދު، އެއިލާހު ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން، ތިމަންއިލާހު އުޑުތަކާއި ބިމުގެ ޣައިބު ދެނެވޮޑިގެންވަމޭ، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ، ތިޔަބައިމީހުންނަށް ވަޙީ ނުކުރައްވަން ހެއްޔެވެ؟ [33]”

* ފަހެ، ހަކަށަވަރުން ޢިލްމަކީ އެންމެ އަސާސީ ބިންގަލެވެ. އަދި އެއީ އިންސާނާއަށް އޭނާގެ ދީން ދެނެގަނެވޭނެ ވަސީލަތެވެ. އަދި އެއީ އޭނާގެ ރައްބަށް ކިޔަމަންގަންނާނެގޮތް އަންގައިދޭ ވަސީލަތްވެސްމެއެވެ. އަދި އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު عليه الصلاة والسلام ގެ އަރިހަށް، ޖިބްރީލުގެފާނު އެއަމުރަކައިގެން އެންމެ ފުރަތަމަ ވަޑައިގެންނެވި އަމުރަކީ އުނގެނުމަށް ކުރައްވާފައިވާ އަމުރެވެ. ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތަކީ ﴿اقْرَأْ﴾ އެވެ. މާނައީ: “ކިޔަވާ ވިދާޅުވާށެވެ!” 

* ޤުރުއާނުގައި އުނގެނުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި ޢިލްމު ފިޔަވާ އެހެން އެއްވެސް އެއްޗެއް އިތުރުކޮށްދެއްވުން އެދި ދަންނަވަން، ﷲ ތަޢާލާ، އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އަށް އަމުރު ނުކުރައްވައެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَقُلْ رَبِّ زِدْنِي عِلْمًا﴾ [طه: 114]

މާނައީ: ” އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރައްބެވެ! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!”

* އަދި ޢިލްމުވެރިންގެ މަޤާމަށް ސަނާކިޔުއްވާ އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ﴾ [فاطر: 28]

މާނައީ: ” ﷲއަށް ބިރުވެތިވާކަން ކަށަވަރީ، އެއިލާހުގެ އަޅުންގެ ތެރެއިން ޢިލްމުވެރިންނެވެ.”

* އަދި ﷲގެ އެއްކައުވަންތަކަމަށް ހެކިވުމުގައި، އެއިލާހާއި އެއިލާހުގެ މަލާއިކަތުންނާ އަދި ޢިލްމުވެރިން ޛިކުރުކުރައްވާފައިވެއެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ.

﴿شَهِدَ اللَّهُ أَنَّهُ لَا إِلَهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لَا إِلَهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ﴾ [آل عمران: 18]

މާނައީ: “ހަމަކަށަވަރުން، ﷲ، އެއިލާހު ފިޔަވައި (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެއިލާހު ހެއްދެވި ތަކެތި ތަދުބީރު ކުރެއްވުމުގައި) ޢަދުލުވެރި ކަމާއިގެން އެއިލާހު ޤާއިމުވެ ވޮޑިގެންވެއެވެ. އެއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) އިލާހަކު ނުވެއެވެ. (އެ އިލާހީ) ޢަޒީޒުވަންތަ، ޙަކީމުވަންތަ އިލާހެވެ.”

* އަދި ޢިލްމުވެރިންގެ މަތިވެރިކަން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ.

﴿قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ﴾ [الزمر: 9]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟”

* އަދި ޢިލްމުވެރިންނަށް ރުޖޫޢަވުމަށް އަމުރުކުރައްވާ ވަޙީކުރެއްވިއެވެ.

﴿فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ﴾ [النحل: 43]

މާނައީ: “ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ!”

* ރަސޫލުﷲ صلى الله عليه وسلم ވަނީ ޢިލްމު އުނގެނުމަށް ބާރުއަޅުއްވާފައެވެ. އަދި އެއީ ހެޔޮކަމުގެ ޢަލާމާތެއްކަންވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ» [متفق عليه] 

މާނައީ: “ﷲ ތަޢާލާ މީހަކަށް ހެޔޮގޮތެއް އިރާދަކުރައްވާނަމަ، އެމީހަކަށް ދީނުގެ ހެޔޮވިސްނުން ދެއްވައެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

«مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ طَرِيقًا إِلَى الجَنَّةِ» [رواه الترمذي وصححه الألباني] 

މާނައީ: “(ޝަރުޢީ) ޢިލްމު ޙާޞިލުކުރުމުގެ ގޮތުން މަގަކުން ހިނގައިފިމީހާ ދަންނައެވެ. އޭގެ ސަބަބުން އޭނާއަށް ސުވަރުގެދިޔުމުގެ މަގެއް ﷲ ތަނަވަސްކޮށްދެއްވާނެއެވެ.”

 

* ފަހެ، ތިޔަބައިމީހުންގެ ވަޤުތުތަކުގެ ތެރެއިން ޢިލްމަށްޓަކައި ކަނޑައެޅިގެންވާ ވަކިވަޤުތުތަކެއް ހަމަޖައްސާށެވެ. އަދި ދަރިންނަށް ޢިލްމު ހޯދުމުގައި ގަދައަޅާ މަސައްކަތްކުރުމަށް ބާރުއަޅާށެވެ. ފަހެ، އެއީ ތަރުބިއްޔަތުގައި އެންމެ ފައިދާކުރުވަނިވި ވަސީލަތެވެ. އަދި ނަފްސު ޠާހިރުކުރުމުގައި އެންމެ ބޮޑު ޔަޤީންކަމެވެ. އަދި ފިތުނައިން އަމާންކަން ގެނެސްދޭ އެންމެ ބޮޑު ވަސީލަތެވެ. އަދި އިމްތިޙާނުގެ ވަޤުތުގައި އެންމެ ސާބިތުކަން ބޮޑު ވަސީލަތެވެ. އަދި މުޞީބާތުގެ ވަޤުތުގައި ކެތްތެރިކަމަށް އޮތް ވަސީލަތެވެ. އަދި އެއީ އެންމެ މަތިވެރި ހެޔޮކަމެވެ. އަދި ﷲ އަށް ކުއްތަންވެވެން އޮތް އެންމެ މާތް ވަސީލަތެވެ. އަދި އެންމެ މަތީ ދަރަޖަތަކުގެ ތެރެއިން ދަރަޖައެކެވެ.

* އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.  ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ: صَدَقَةٌ جَارِيَةٌ، وَعِلْمٌ يُنْتَفَعُ بِهِ، وَوَلَدٌ صَالِحٌ يَدْعُو لَهُ» [رواه الترمذي وصححه الألباني]

މާނައީ: “އިންސާނާ މަރުވުމުން އޭނާގެ ހުރިހާ ޢަމަލެއް ކެނޑިގެން ދެއެވެ. ތިންކަމެއް ފިޔަވައެވެ. އެއީ ދެމިގެންދާ ޞަދަޤާތަކާއި، ފައިދާކުރަނިވި ޢިލްމާ އަދި އޭނާއަށްޓަކައި ދުޢާކުރާނޭ ޞާލިޙު ދަރިއެކެވެ.”

* ޢިލްމު އުނގެނޭ ކުއްޖާގެ ނިޔަތް ޚާލިޞްކުރުން ހުއްޓެވެ. އަދި އަޒުމުގައި ތެދުވެރިވުން ހުއްޓެވެ. އަދި ނަފްސު ޠާހިރުކުރުން ހުއްޓެވެ. އަދި އެކަމަށް ހުރަސްއަޅާ ކަންކަމުން ދުރުހެލިވުން ހުއްޓެވެ. “ބާލީސްމަތީގައި އަބަދު އޮންނަ މީހަކަށް ދުވަހަކުވެސް މަތިވެރިކަމެއް ނުލިބޭނެއެވެ.”

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَا كَانَ الْمُؤْمِنُونَ لِيَنْفِرُوا كَافَّةً فَلَوْلَا نَفَرَ مِنْ كُلِّ فِرْقَةٍ مِنْهُمْ طَائِفَةٌ لِيَتَفَقَّهُوا فِي الدِّينِ وَلِيُنْذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ﴾ [التوبة: 122]

މާނައީ: “އަދި އެންމެން އެކުގައި ހަނގުރާމަޔަށް ނުކުތުމެއް، މުއުމިނުންނަކަށް ނެތެވެ. ފަހެ، އެއުރެންގެ ތެރެއިން ކޮންމެ ޤަބީލާއަކުން ބަޔަކު ހަނގުރާމަޔަށް ނުކުތްނަމަ ކިހާރަނގަޅު ހެއްޔެވެ. (އެއީ) އެއުރެން (އެބަހީ: ނުގޮސްތިބި މީހުން) ދީން އުނގެނި ދަސްކުރުމަށެވެ. އަދި އެއުރެންގެ ޤައުމުގެ މީހުން (އެބަހީ: ހަނގުރާމަޔަށް ނުކުތް މީހުން) އެއުރެންގެ ގާތަށް އެނބުރި އަތުވެއްޖެހިނދު، އެއުރެންނަށް އިންޛާރު ކުރުމަށްޓަކައެވެ. (އެއީ) އެއުރެން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ.”

* ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«يَحْمِلُ هَذَا الْعِلْمَ مِنْ كُلِّ خَلَفٍ عُدُولُهُ يَنْفُونَ عَنْهُ تَحْرِيفَ الْغَالِينَ وَانْتِحَالَ الْمُبْطِلِينَ وَتَأْوِيلَ الْجَاهِلين»  [رواه البيهقي وصححه الألباني]

މާނައީ: “މިޢިލްމު އުފުލާނީ ކޮންމެ ޖީލެއްގެވެސް އެންމެ ޢަދުލުވެރި މީހުންނެވެ. ހައްދުފަހަނައަޅާ މީހުންގެ އޮޅުވާޅުންތަކާއި ބާޠިލު ދަޢުވާތައްކުރާމީހުންނާ އަދި ޖާހިލުންގެ ތައުވީލުތައް (އެބަހީ: އެބައިމީހުން ޤުރުއާނާއި ސުންނަތުން ނަގާ ނުރަނގަޅު މާނަތައް) އެބައިމީހުން އޭގެން ދުރުކުރާނެވެ.”

* ފަހެ، ހަމަކަށަވަރުން ފައިދާކުރަނިވި ކޮންމެ ޢިލްމެއްވެސް އުނގެނުން ޝަރުޢުވެގެންވެއެވެ. އެގޮތުން އޭގެ މަޞްދަރަކީ ޤުރުއާނާ ސުންނަތްކަމުގައިވާ ޢަޤީދާއާއި، ތަފްސީރާއި، ޙަދީޘާއި، ފިޤުހާއި، އެނޫން ޢިލްމުތައްވެސް ހިމެނެއެވެ. އަދި އޭގެ މަޞްދަރަކީ ތަޖުރިބާއާއި ކައުނާއި ދިރިއުޅުމުގެ ކަންތައްތައް ދިރާސާކުރުން ކަމުގައިވާ ޑޮކްޓަރީ ޢިލްމާއި، ފިޒިކްސްއާއި، އިންޖިނިއަރިންއާއި އެނޫން ޢިލްމުތައްވެސް ހިމެނެއެވެ.

* ﴿هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِنْهُمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِنْ كَانُوا مِنْ قَبْلُ لَفِي ضَلَالٍ مُبِينٍ [2] وَآخَرِينَ مِنْهُمْ لَمَّا يَلْحَقُوا بِهِمْ وَهُوَ الْعَزِيزُ الْحَكِيمُ [3] ذَلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ وَاللَّهُ ذُو الْفَضْلِ الْعَظِيمِ [4]﴾ [الجمعة: 2- 4]

މާނައީ: ” އުންމިއްޔުންގެ ތެރެއަށް، އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވީ އެއެއިލާހެވެ. އެއިލާހުގެ އާޔަތްތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން ޠާހިރުކުރައްވަތެވެ. އަދި ފޮތާއި، ޙިކުމަތް އެއުރެންނަށް އުނގަންނައިދެއްވަތެވެ. އޭގެކުރިން އެއުރެން ތިބީ ފާޅުވެ ބަޔާންވެގެންވާ އުރެދުމެއްގައިކަން ކަށަވަރެވެ. [2] އަދި (އެކަލޭގެފާނު ފޮނުއްވީ) އެއުރެންގެ ތެރެއިން އެހެން ބަޔެއްގެ ގާތަށްވެސްމެއެވެ. އެއުރެންނީ، އެމީހުންގެ ތެރެއަށް އަދި ނާންނަ ބަޔެކެވެ. އަދި އެއިލާހީ، ޢަޒީޒުވަންތަ ޙަކީމުވަންތަ އިލާހެވެ. [3] އެއީ ﷲ ގެ ފަޟުލުވަންތަކަމެވެ. އެއިލާހު އިރާދަކުރައްވާ މީހަކަށް އެއިލާހު އެކަން ދެއްވަތެވެ. އަދި ﷲ އީ، ބޮޑުވެގެންވާ ފަޟުލުވަންތަކަމުގެ ވެރި އިލާހެވެ. [4]”

 

 

ދެވަނަ ޚުޠުބާ

 

الحمدُ لله حمدًا يليقُ بجلالِه، وأشهدُ أن لا إله إلا الله وحدَه لا شريكَ له في عظمتِه وكمالِه، وأشهدُ أن مُحمدًا عبدُه ورسولُه، صلَّى الله عليه وعلى آلِه وأصحابِه، وسلَّم تسليمًا كثيرًا إلى يوم الدين.

 

 

* ހަމަކަށަވަރުން ޢިލްމު އުނގަންނައިދޭ މީހުންނަކީ ތަރުބިއްޔަތާއި އުނގަންނައިދިނުމުގެ ވަޒީފާގައި ނަބީބޭކަލުންނާއި ޢިލްމުވެރިންގެ ފިޔަވަޅުމަތިން ހިނގާ ބަޔެކެވެ.

* ލޮބުވެތި މުދައްރިސުންނާއި މުދައްރިސާއިންނެވެ! ތިޔަބައިމީހުން ރިވެތި ނަމޫނާ ދައްކަވާށެވެ. ޢިލްމާއި އޭގެ އަދަބު އަޚުލާޤުން ޒީނަތްތެރިވާށެވެ. ތިޔަބައިމީހުންގެ ދަރިވަރުން ނަމޫނާއަށް ބަލާނީ ތިޔަބައިމީހުންނަށެވެ. އެކުދިންނަށް އަމުރުކުރާ ކަންތައްތަކަށް ޢަމަލުކުރާ ބަޔަކަށް ތިޔަބައިމީހުންވާށެވެ.

لا تَنهَ عَن خُلُقٍ وَتَأتيَ مِثلَهُ  ***  عارٌ عَلَيكَ إِذا فَعَلتَ عَظيمُ

“ކަމެއްނުކުރާން ބުނެފައި އެކަމެއް ތިބާ އަމިއްލައަށް ނުކުރާށެވެ. އެއީ ހާދަހާ ބޮޑު ޢައިބެކެވެ. ތިބާ އެކަން ދަންނަނަމައެވެ.”

* ލޮބުވެތި މުދައްރިސުންނާއި މުދައްރިސާއިންނެވެ! މަސްއޫލިއްޔަތު ވަރަށް ބޮޑެވެ. އެކަމުގެ އަމާނާތްތެރިކަންވަނީ ތިޔަބައިމީހުންގެ ކޮނޑުގައި އެޅިފައެވެ. އުންމަތުގެ މުސްތަޤުބަލު ގުޅިފައިވަނީ ތިޔަބައިމީހުންގެ މަސްއޫލިއްޔަތާއެވެ. ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ތިޔަބައިމީހުންނަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާ ބެހޭގޮތުން ސުވާލުވެވޭނެއެވެ.

* ލޮބުވެތި ކިޔަވާކުދިންނޭވެ! ކަނުލާ އަޑުއަހާށެވެ. ކިޔަވާދޭ މީހާއަށް އިޙްތިރާމުކުރުމާއި މާތްކޮށްހިތުމަކީ ޝަރުޢީ އަދަބުއަޚްލާޤުގެ ތެރެއިންވާކަމެކެވެ. އަދި އަޚްލާޤީ ވާޖިބެކެވެ. އަދި ޢިލްމީ ތަރުބިއްޔަތުގައިވާ ކާމިޔާބެކެވެ. މޫސާގެފާނާއި ޚަޟިރުގެފާނު – عليهما السلام – ގެ ވާހަކައިގައި އަޅުގަނޑުމެންނަށް ޢިބުރަތާއި ނަސޭޙަތާއި ހަނދުމަކޮށްދިނުންވެއެވެ.

މޫސާގެފާނު ވިދާޅުވިއެވެ.

﴿هَلْ أَتَّبِعُكَ عَلَى أَنْ تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا﴾ [الكهف: 66]

މާނައީ: “ކަލޭގެފާނަށް ދެއްވާފައިވާ ޢިލްމުން ތިމަންކަލޭގެފާނަށް އުނގަންނަވައި ދެއްވާނެކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު ތަބާ ވަންތޯއެވެ؟”

ޖަވާބުގައި އެކަލޭގެފާނުގެ މުދައްރިސް (ޚަޟިރުގެފާނު) ވިދާޅުވިއެވެ.

﴿إِنَّكَ لَنْ تَسْتَطِيعَ مَعِيَ صَبْرًا [67] وَكَيْفَ تَصْبِرُ عَلَى مَا لَمْ تُحِطْ بِهِ خُبْرًا [68]﴾ [الكهف: 67، 68]

މާނައީ: ” ހަމަކަށަވަރުން، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުޅަދާނަފުޅެއް ނުވާނެތެވެ!  [67] އަދި ކަލޭގެފާނަށް އެކަމެއްގެ ޙަޤީޤަތް އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދައަކުންތޯއެވެ؟ [68]”

އަދި ކިޔަވައިދޭ މީހުންގެ ޙައްޤު މޫސާގެފާނަށް އެނގިވަޑައިގަންނަވާކަން ބަޔާންކުރައްވާ އެކަލޭގެފާނު ވިދާޅުވިއެވެ.

﴿قَالَ سَتَجِدُنِي إِنْ شَاءَ اللَّهُ صَابِرًا وَلَا أَعْصِي لَكَ أَمْرًا﴾ [الكهف: 69]

މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް، ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ.”

* ހަމަކަށަވަރުން ކިޔަވައިދޭ މީހުންނަކީ ވަރަށް މާތް ބައެކެވެ. އެބައިމީހުންގެ ހެޔޮކަމަށް ބަދަލުދެވޭނީ ހަމައެކަނި ހެޔޮކަމުންނެވެ. މިއުންމަތުގެ ސަލަފުންގެ ކިބައިގައި މިކަމުގެ ރިވެތި ނަމޫނާވެއެވެ.

* އިމާމު ޝާފިޢީގެ ދަރިވަރެއްކަމުގައިވާ އައްރަބީޢު ވިދާޅުވިއެވެ.

“އިމާމު ޝާފިޢީއަށް ކުރައްވާ އިޙްތިރާމުގެ ބޮޑުކަމުން އެކަލޭގެފާނު ބައްލަވަނިކޮށް ފެން ފޮދެއް ބޯންވެސް ތިމަންކަލޭގެފާނަށް ކެރިވަޑައިނުގަންނަވައެވެ.”

 

وفَّقكم الله ونفَعَ بكم، ورزقَكم العلمَ النافعَ، والعملَ الصالِحَ.

اللهم أعِزَّ الإسلام والمُسلمين، وانصُر عبادَك المُوحِّدين، واجعَل اللهم هذا البلدَ آمنًا مُطمئنًّا وسائرَ بلاد المُسلمين.

اللهم آمِنَّا في أوطانِنا، اللهم آمِنَّا في أوطانِنا، وأصلِح أئمَّتَنا ووُلاةَ أمرِنا، اللهم وفِّق وليَّ أمرِنا خادمَ الحرمَين الشريفَين بتوفيقِك، وأيِّده بتأيِيدك، اللهم وفِّقه ووليَّ عهدِه لما تُحبُّ وترضَى، وخُذ بناصِيتِهما للبِرِّ والتقوَى، اللهم ارزُقهما البِطانةَ الصالحةَ الناصِحةَ يا رب العالمين.

اللهم احفَظ جُنودَنا المُرابِطين على الحُدود، اللهم احفَظهم بحفظِك، واكلأهم برِعايتِك، اللهم اشفِ مريضَهم، واجبُر كسِيرَهم، وتقبَّل موتاهم، اللهم تقبَّل موتاهم في الشُّهداء، اللهم ارفَع درجاتِهم في المهديِّين، واخلُفهم في عقِبِهم في الغابِرِين، واغفِر لنا ولهم يا رب العالمين.

اللهم أنت الله لا إله إلا أنت، اللهم أنت الله لا إله إلا أنت، أنت الغنيُّ ونحن الفُقراء، أنت الغنيُّ ونحن الفُقراء، أنت الغنيُّ ونحن الفُقراء، أنزِل علينا الغيثَ ولا تجعَلنا مِن القانِطين.

اللهم أغِثنا، اللهم أغِثنا، اللهم أغِثنا، اللهم أغِثنا غيثًا هنيئًا مريئًا، سحًّا غدَقًا، نافعًا مُجلِّلًا غيرَ ضارٍّ، اللهم تُحيِي به البلاد، وتجعلُه بلاغًا للحاضِر والباد برحمتِك يا أرحم الراحمين.

اللهم إنا نستغفِرُك إنك كنتَ غفَّارًا، اللهم إنا نستغفِرُك إنك كنتَ غفَّارًا، فأرسِل السماءَ علينا مِدرارًا، اللهم أرسِل السماءَ علينا مِدرارًا.

اللهم اسقِ عبادَك وبهائِمَك، اللهم اسقِ عبادَك وبهائِمَك، وانشُر رحمتَك، وأحيِي بلدَك الميِّت برحمتِك يا أرحم الراحمين.

اللهم صلِّ على محمدٍ وعلى آلِه وصحبِه أجمعين.

 

***************

ޚުޠުބާގެ އަޞްލު