މިއީ 16 ޖުމާދަލްއޫލާ 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާ
ޚުޠުބާ ދެއްވީ: الشيخ علي بن عبد الرحمن الحذيفي – حفظه الله –
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
الحمدُ لله، الحمدُ لله الحيِّ القيُّوم الذي لا يمُوت، ذي المُلك والملَكُوت، والعِزَّة والجبَرُوت، أحمدُ ربِّي وأشكُرُه، وأتوبُ إليه وأستغفِرُه، وأشهدُ أن لا إله إلا الله وحده لا شريك له القاهِرُ فوق عبادِه يفعَلُ ما يشاء، ويحكُمُ ما يُريد، وأشهدُ أنَّ نبيَّنا وسيِّدَنا مُحمدًا عبدُه ورسولُه، اللهم صلِّ وسلِّم وبارِك على عبدِك ورسولِك مُحمدٍ المُجتبَى، وعلى آلِه وصحبِه الحُنفاء.
* ކޮންމެ މީހަކުވެސް މިޙަޔާތް ވޭތުކުރަންވާނީ އޭނާއަށް ފައިދާކުރި ކަމެއްގައެވެ. އަދި އޭނާގެ ދިރިއުޅުމުގެ ކަންކަން އިޞްލާޙުކުރުމުގައެވެ. ފަހެ، އޭނާގެ ދުނިޔަވީ ޙަޔާތާއެކު އޭނާގެ ދީން އިޞްލާޙުކުރާ މީހުން އޭގެ ތެރޭގައިވެއެވެ. އެއީ ﷲ ތަޢާލާ އެބަޔަކަށް ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން މިންވަރުކުރައްވާ، އަދި ނަރަކައިން ދިންނަވާފައިވާ މީހުންނެވެ.
އަދި ދުނިޔެއާއިގެން ކުރިއަށް ގޮސް އާޚިރަތް ހަލާކުކުރި މީހުންވެސް އޭގެ ތެރެއިން ވެއެވެ. އެއީ އުފަލުގެ މަސްތުގައި، ނަޢަމްސޫފި ފަދައިން ކައިބޮއެ އުޅުނު މީހުންނެވެ. އަދި އެމީހުން ދާނޭ ތަނަކީ ނަރަކައެވެ.
ފިކުރު ބޮޑުވަނިވި ކޮންމެ ކަމަކާ އަދި ކޮންމެ ޢަމަލަކަށްވެސް އަޖަލެއްވެއެވެ. އެއަޖަލު ޖެހުމުން އެކަމެއް ނިމޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَأَنَّ إِلَى رَبِّكَ الْمُنْتَهَى﴾ [النجم: 42]
މާނައީ: “އަދި (ހުރިހާކަމެއްގެ) ނިމުންވަނީ، ކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތަށެވެ.”
* ފަހެ، އަޅަމެންގެ ވެރިރައްބުގެ ހުސްޠާހިރުވަންތަކަމާއެވެ. އެއީ ކޮންމެ ހިތެއްގައިމެ މަޝްޣޫލުވާނެ ކަންތައްތަކަކާއި އެދުންތަކެއްލެއްވި އަދި ކޮންމެ މީހަކަށްމެ ޢަޒުމްތަކެއް ޚަލްޤުކުރެއްވި ފަރާތެވެ. އެއިލާހު އިރާދަކުރެއްކަމެއް ކުރައްވައެވެ. އަދި އިރާދަކުރެއްވިކަމެއް ދޫކޮށްލައްވައެވެ. ﷲ تبارك وتعالى ގެ އިރާދަފުޅާލައިގެން މެނުވީ އެއްވެސްކަމެއް ނުކުރެވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ﴾ [التكوير: 29]
މާނައީ: ” ޢާލަމްތަކުގެ ވެރި ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ.”
ފަހެ، ﷲ އިރާދަކުރެއްވިކަމެއް ވެއެވެ. އަދި އެއިލާހު އިރާދަނުކުރައްވާކަމެއް ނުވާނެއެވެ.
* މަރަކީ ބިމުގައިވާ ކޮންމެ މަޚްލޫޤެއްގެ ނިމުމެވެ. އަދި އެއީ މިދުނިޔޭގައި ދިރިހުރި ކޮންމެ އެއްޗެއްގެ ވެސް ނިމުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿كُلُّ مَنْ عَلَيْهَا فَانٍ [26] وَيَبْقَى وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ [27]﴾ [الرحمن: 26، 27]
މާނައީ: “އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. [26] އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރައްބުގެ ވަޖުހުފުޅު ދެމިވޮޑިގެންވެއެވެ. [27]”
* މަރަކީ ދުނިޔޭގެ ޙަޔާތުގެ ނިމުމެވެ. އަދި އާޚިރަތުގެ ގޮވަތީގެ ފެށުމެވެ. އެހިސާބުން ދުނިޔޭގެ ޙަޔާތާ ގުޅުން ކެނޑެއެވެ. ބޮޑުވެގެންވާ ނިޢުމަތް ނުވަތަ ވޭންދެނިވި ޢަޛާބު މަރުވުމަށްފަހު ފެންނާނެއެވެ.
މަރަކީ ﷲ عزّ وجل ގެ ކުޅަދުންވަންތަކަމާ އަދި އެއިލާހުގެ މަޚްލޫޤުންގެ މައްޗަށް ގަދަވެވޮޑިގެންވާކަން ދަލީލުކުރާ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَهُوَ الْقَاهِرُ فَوْقَ عِبَادِهِ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّى إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ﴾ [الأنعام: 61]
މާނައީ: “އަދި އެއިލާހީ، އެއިލާހުގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ އިލާހެވެ. އެއިލާހު ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރަނިވި މަލާއިކަތުން ފޮނުއްވަވަތެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަންއިލާހު ފޮނުއްވަވާ މަލާއިކަތުން އެމީހެއްގެ ފުރާނަ ހިއްޕަވަތެވެ. އެ މަލާއިކަތުން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ.”
* މަރަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަދުލުވެރިކަމުގެ ތެރެއިންވާ ކަމެކެވެ. ހުރިހާ މަޚްލޫޤުން އެކަމުގައި ހަމަހަމަ ވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ثُمَّ إِلَيْنَا تُرْجَعُونَ﴾ [العنكبوت: 57]
މާނައީ: “ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަކުރައްވާހުށީ، ތިމަންއިލާހުގެ ޙަޟްރަތަށެވެ.”
* މަރަކީ ލައްޒަތުތައް ކަނޑާލާ އެއްޗެކެވެ. އަދި ހަށިގަނޑުގެ ހަރަކާތްތައް ނިމުމަކަށް ގެންނަ އެއްޗެކެވެ. އަދި ޖަމާޢަތާ ވަކިކުރުވާ އެއްޗެކެވެ. އަދި އޭނާގެ އެދުންތަކަށް ހުރަސްއަޅާ އެއްޗެކެވެ. މަރުގެންނެވުމާއި ދިރުއްވުމަކީ އެއިލާހަށް މިލްކުވޮޑިގެންވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَهُوَ الَّذِي يُحْيِي وَيُمِيتُ وَلَهُ اخْتِلَافُ اللَّيْلِ وَالنَّهَارِ أَفَلَا تَعْقِلُونَ﴾ [المؤمنون: 80]
މާނައީ: “އަދި ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ އެއިލާހެވެ. އަދި ރެޔާއި ދުވާލު ތަފާތުކުރެއްވުން މިލްކުވެގެންވަނީވެސް، އެއިލާހަށެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟”
* ދޮރުވާނުންނަކަށް މަރަކަށް ހުރަހެއް ނޭޅޭނެއެވެ. އަދި ފާރަވެރިންނަށްވެސް މަރުން ދިފާއުކޮށެއް ނުދެވޭނެއެވެ. މަރުއައިސް ބައްދަލުކުރުމުން މުދަލާ، ދަރިންނާއި ގާތްމީހުންނަށް އެއްވެސް ކަމެއްކޮށް ނުދެވޭނެއެވެ. އަދި ބޮޑުމީހެއް، ކުޑަކުއްޖެއް، މުއްސަންޖެއް، ފަޤީރެއް، ނުރައްކާތެރިމީހެއް އަދި ނިކަމެއްޗެއްކަމުގައިވިޔަސް މަރުން ސަލާމަތެއް ނުވެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿أَيْنَمَا تَكُونُوا يُدْرِكْكُمُ الْمَوْتُ وَلَوْ كُنْتُمْ فِي بُرُوجٍ مُشَيَّدَةٍ﴾ [النساء: 78]
މާނައީ: “އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ﴾ [الجمعة: 8]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހުގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެއިލާހު އަންގަވާނެތެވެ.”
* ކުރިން އެނގުމަކާނުލާ، ކަނޑައެޅިފައިވާ އަޖަލު ޖެހުމުން މަރުއައިސް ބައްދަލުކުރާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَنْ يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ﴾ [المنافقون: 11]
މާނައީ: “އަދި ﷲ، އެއްވެސް ނަފްސެއް، އޭގެ އަޖަލު އަންނަހިނދު، ފަހެއް ނުކުރައްވާނެތެވެ. އަދި ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”
* އާދަމުގެ ދަރިން ދުނިޔެއިން ނުކުންނަން އޮތް މަގަކީ މަރުކަމުގައި ﷲ ތަޢާލާ އިރާދަކުރެއްވިއެވެ. އެއީ އޭނާ ދުނިޔެއާ އޮތް ގުޅުން ކަނޑާލާ ކަމެކެވެ. ފަހެ، މުއުމިނަކު މަރުވުމުން ދަންނައެވެ. އޭނާގެ އެންމެ އިސްތައްޓެއްގެ މިންވަރުވެސް އެދުނިޔެއަށް އެނބުރި ދިޔުމަށް އޭނާ ނޭދޭނެއެވެ.
* މަރަކީ އެއާ ބައްދަލުނުވެ ނުދާނެ މުޞީބާތެކެވެ. އޭގެ ގަދަފަދަކަމުން އެއްވެސް މީހަކަށް މަރުގެ ވޭން ޞިފަކޮށް ނުދެވޭނެއެވެ. ފަހެ، ނާރުތަކާއި މަސްތަކުން އޭނާގެ ރޫޙު ވަކިވެއެވެ. ފަހެ، ގަދަފަދަ ވޭނަކަށް ވުރެ މަރުގެ ވޭން މާ ބޮޑެވެ.
* މަރު މަތިން ހަނދާންކުރުންމަތީ ދެމިހުންނަ މީހާ ދަންނައެވެ. އޭނާގެ ހިތް މަޑުމޮޅިވެއެވެ. އަދި އޭނާގެ ޢަމަލުތައް އިޞްލާޙުވެއެވެ. އަދި ފާފަތަކުން ދުރުހެލިވެއެވެ. އަދި ފަރުޟުތަކަށް ރައްކާތެރިވެއެވެ. އަދި ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން ނުދެއެވެ. އަދި ނިޢުމަތުގެ ސުވަރުގޭގައި އޭނާގެ ރައްބާ ބައްދަލުވުމަށް އެދިއެދި ހުރެއެވެ.
މަރު ހަނދާން ނައްތާލައިފި މީހާ ދަންނައެވެ. އޭނާގެ ހިތް ހަރުވެއެވެ. އަދި ދުނިޔޭގައި ޤާއިމުވެ ހުރުމަށް އެދެއެވެ. އަދި އޭނާގެ ޢަމަލުތައް ނުބައި ވެގެންވެއެވެ. އަދި އޭނާގެ އެދުންތައް ގިނަވެގެންވެއެވެ. ފަހެ، އެންމެ މަތިވެރި ނަސޭޙަތަކީ މަރު ހަނދާންކޮށްދިނުމެވެ.
އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«أَكْثِرُوا مِنْ ذِكْرِ هَاذِمِ اللَّذَاتِ الْمَوْتِ» [رواه الترمذي والنسائي، وصحَّحه ابنُ حبَّان]
މާނައީ: “ލައްޒަތްތައް ނެތިކޮށްލާ ކަންތަކުގެ މަތިން ގިނައިން ހަނދުމަކުރާށެވެ. (ދަންނާށެވެ.) އެއީ މަރެވެ.”
* އަބުއްދަރްދާއު رضي الله عنه ވިދާޅުވިއެވެ. “ވާޢިޡަކަށް މަރު ފުދެއެވެ. އަދި ވަކިވަކި ކުރާ އެއްޗަކަށް ޒަމާން ފުދެއެވެ. މިއަދު ތިބޭނީ ގޯތިގެދޮރުގައެވެ. މާދަމާ ކަށްވަޅުގައެވެ.” [رواه ابن عساكر]
* މަރަށް ތައްޔާރުވުމުގެ ގޮތުން ޢާލަމްތަކުގެ ވެރިރައްބު އެއްކައުވަންތަކޮށް، އެއިލާހަށް އެކަނި އަޅުކަން ޚާލިޞްކޮށް، އެއިލާހާ ޝަރީކުކުރުމުން ދުރުވާށެވެ.
އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ތަޢާލާ (ޤުދުސިއް ޙަދީޘެއްގައި) ވަޙީކުރެއްވިކަމަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
«يَا ابْنَ آدَمَ، إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا، ثُمَّ لَقِيتَنِي لَا تُشْرِكُ بِي شَيْئًا، لَأَتَيْتُكَ بِقُرَابِهَا مَغْفِرَةً» [رواه الترمذي، وقال: “حديثٌ حسن”]
މާނައީ: “އޭ އާދަމުގެ ދަރިޔާއެވެ! ބިންފުރޭހާ ފާފަތަކާއިގެން ތިމަންއިލާހުގެ ޙަޟްރަތަށް ތިބާ އައިކަމުގައިވިޔަސް، ތިމަންއިލާހާ ޝަރީކުކޮށްފައިނުވާނަމަ، ބިން ފުރޭހާ ފާފަފުއްސެވުން ގެނެސްދެއްވާހުށީމެވެ.”
* މަރަށް ތައްޔާރުވުމުގެ ގޮތުން ޙައްދުތަކާއި ފަރުޟުތަކަށް ރައްކާތެރިވާށެވެ. އަދި ބޮޑެތި ފާފަތަކުން ދުރުހެލިވާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالْحَافِظُونَ لِحُدُودِ اللَّهِ وَبَشِّرِ الْمُؤْمِنِينَ﴾ [التوبة: 112]
މާނައީ: “އަދި (މުއުމިނުންނަކީ) ﷲ ކަނޑައަޅުއްވާފައިވާ އިންތަކަށް ރައްކާތެރިވާ މީހުންނެވެ. ކަލޭގެފާނު މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ!”
﴿إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كَرِيمًا﴾ [النساء: 31]
މާނައީ: “ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންއިލާހު ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެޔަށް) ތިމަންއިލާހު، ތިޔަބައިމީހުން ވައްދަވާހުށީމެވެ.”
* މަރަށް ތައްޔާރުވުމުގެ ގޮތުން އިހުމާލުވުމެއް، ލަސްކުރުމެއް ނެތި މީސްތަކުންގެ ޙައްޤުތައް އަދާކުރާށެވެ. ފަހެ، ﷲ ގެ ޙައްޤުތަކާމެދު ދަންނައެވެ. ޝިރުކު ފިޔަވާ އެހެން ފާފަތައް އެއިލާހު ފުއްސަވައިދެއްވާނެއެވެ. އަދި މީސްތަކުންގެ ޙައްޤުތަކާމެދު ދަންނައެވެ. ފަހެ، އަނިޔާވެރިކަމުން މީހެއްގެ އަތުން އަތުލައިގަނެފި އެއްޗެއް އެއަނިޔާވެރި ވެވުނު މީހާއަށް ރައްދުކުރުމުން، ނުވަތަ އެމީހާ މާފުކުރުމުން މެނުވީ ﷲ ތަޢާލާ ޢަފޫ ނުކުރައްވާނެއެވެ.
* އަދި ވަސިއްޔަތް ލިޔެ މަރަށް ތައްޔާރުވާށެވެ. އެކަމަށް ފަރުވާކުޑަ ނުކުރާށެވެ.
* އަދި ހަމަކަށަވަރުން، ކޮންމެ ވަޤުތެއްގައިވެސް މަރު އަތުވެދާނެކަން ދަނެ އެކަމަށް ތައްޔާރަށް ހުންނާށެވެ.
* ހެޔޮކަމުގައި ވަނިކޮށް މަރާ ބައްދަލުކުރިމީހަކަށް ބާއްޖަވެރިކަން ހުއްޓެވެ.
* މުޢާޛު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ» [رواه أبو داود والحاكمُ بإسنادٍ صحيح]
މާނައީ: “އެމީހެއްގެ އެންމެ ފަހު ބަހަކީ لَا إِلَهَ إِلَّا الله ކަމުގައި ހަދައިފިމީހާ ދަންނައެވެ. އެމީހަކު ސުވަރުގެ ވަންނާނެއެވެ.”
* މަރަށް ޙާޟިރުކުރެވިފައިވާ މީހާއަށް އޯގާތެރިކަމާ މަޑުމައިތިރިކަމާއެކު ޝަހާދަތް ލައިދޭށެވެ. އެގޮތުން ކައިރީގައި ހުންނަ މީހާ އެވަޤުތު ޝަހާދަތް ކިޔާށެވެ. އޭރުން މަރުވަމުންދާ މީހާއަށް އޭގެ މަތިން ހަނދާންވާނެއެވެ. މަރުވާ ވަޤުތު، މަރާ ބައްދަލުކުރާމީހާވާނީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ.
އަބޫ ސަޢީދު އަލްޚުދަރިއްޔު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللهُ» [رواه مسلم]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މަރަށް ޙާޟިރުކުރެވޭ މީހުންނަށް لاَ إِلٰهَ إِلاَّ اللهُ ލައިދޭށެވެ.”
* އަބާއްޖަވެރިކަމަކީ މަރުގެ މަތިން ހަނދުމަ ނައްތާލުމެވެ. އަދި އެއަށް ތައްޔާރުވުން ދޫކޮށްލުމެވެ. އަދި ކެރުންތެރިކަމާއެކު ފާފަތައް ކުރުމެވެ. އަދި ﷲ އެއްކައުވަންތަކުރުން ދޫކޮށްލުމެވެ. އަދި ޙުރުމަތްތެރިވެގެންވާ ލޭ އޮހޮރާލާ އަނިޔާވެރިވުމެވެ. އަދި ޙަރާމް މުދަލުގައި ހިފުމެވެ. އަދި އަޅުތަކުންގެ ޙައްޤުތައް ނަގާލުމެވެ. އަދި ޙަރާމް ލައްޒަތުތަކުގައި ޝަހުވަތްތަކުގައި ޣަރަޤުވުމެވެ. އެއީ އޭނާގެ ގާތަށް މަރުއަތުވެއްޖައުމަށް ދާންދެނެވެ. އޭރުން ހިތާމަކުރުމަކުން ވާނޭ ފައިދާއެއް ނެތެވެ. އަދި އަޖަލަކީ ފަސްކުރެވޭނެ އެއްޗެއް ނޫނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿حَتَّى إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ [99] لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ كَلَّا إِنَّهَا كَلِمَةٌ هُوَ قَائِلُهَا وَمِنْ وَرَائِهِمْ بَرْزَخٌ إِلَى يَوْمِ يُبْعَثُونَ [100]﴾ [المؤمنون: 99، 100]
މާނައީ: “އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަން ދާނދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރައްބު! ތިމަންއަޅާ (ދުނިޔޭގެ ޙަޔާތަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ! [99] (އެއީ) ތިމަން ފަހަތަށް ދޫކުޅަ ކަންތަކުގައި ޞާލިޙު ޢަމަލު ކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ. [100]”
* މަރުވުމަށްފަހު ޤިޔާމަތް ދުވަހު ހިތާމަވެރިކަން ބޮޑުވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَاتَّبِعُوا أَحْسَنَ مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ مِنْ قَبْلِ أَنْ يَأْتِيَكُمُ الْعَذَابُ بَغْتَةً وَأَنْتُمْ لَا تَشْعُرُونَ (55) أَنْ تَقُولَ نَفْسٌ يَا حَسْرَتَا عَلَى مَا فَرَّطْتُ فِي جَنْبِ اللَّهِ وَإِنْ كُنْتُ لَمِنَ السَّاخِرِينَ (56) أَوْ تَقُولَ لَوْ أَنَّ اللَّهَ هَدَانِي لَكُنْتُ مِنَ الْمُتَّقِينَ (57) أَوْ تَقُولَ حِينَ تَرَى الْعَذَابَ لَوْ أَنَّ لِي كَرَّةً فَأَكُونَ مِنَ الْمُحْسِنِينَ (58) بَلَى قَدْ جَاءَتْكَ آيَاتِي فَكَذَّبْتَ بِهَا وَاسْتَكْبَرْتَ وَكُنْتَ مِنَ الْكَافِرِينَ﴾ [الزمر: 55- 59]
މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ބާވައިލެއްވި އެންމެމޮޅު ވަޙީއަށް (އެބަހީ: ޤުރުއާނަށް) ތިޔަބައިމީހުން ތަބާވާށެވެ! ތިޔަބައިމީހުންނަށް ނުވެސްއެނގި ތިއްބައި، ކުއްލިޔަކަށް ތިޔަބައިމީހުންނަށް ޢަޛާބު އައުމުގެ ކުރިންނެވެ. [55] ﷲ ގެ ފަރާތަށް (އަދާކުރަންޖެހޭ ވާޖިބުތަކުގައި) މިއަޅާ ފަރުވާކުޑަކުރި ކަމަށްޓަކައި، މިއަޅާޔަށްހުރި ހިތާމައިގެ ބޮޑުކަމާއޭ ތިޔަބައިމީހުންކުރެ މީހަކަށް ބުނަންޖެހިދާނެތީއެވެ. އަދި ހަމަކަށަވަރުން، މިއަޅާވީ (ދީނަށް) ފުރައްސާރަކުރާ މީހުންގެ ތެރެއިންނެވެ. [56] ނުވަތަ ﷲ މިއަޅާޔަށް ތެދުމަގު ދެއްކެވިނަމަ، މިއަޅާވީހީ، ތަޤުވާވެރިންގެ ތެރެއިންކަން ކަށަވަރޭ އެމީހަކު ބުނަންޖެހިދާނެތީއެވެ. [57] ނުވަތަ އެމީހަކަށް ޢަޛާބު ފެނިގެން އަންނަހިނދު، މިއަޅާޔަށް އަދި އެއްފަހަރު (ދުނިޔެއަށް) ރުޖޫޢަވުމެއް ލިބޭނެނަމައޭ ބުނަންޖެހިދާނެތީއެވެ. ފަހެ، އޭރުން ތިމަންއަޅާ ވާހުށީ، އިޙްސާންތެރިންގެ ތެރެއިންނެވެ. [58] އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންއިލާހުގެ އާޔަތްތައް ކަލޭގެ ގާތަށްއައެވެ. ފަހެ، ކަލޭ އެ އާޔަތްތައް ދޮގުކުރީމުއެވެ. އަދި ބޮޑާވެގަތީމުއެވެ. އަދި ކަލޭވީ، ކާފިރުންގެ ތެރެއިންނެވެ. [59]”
بارك الله لي ولكم في القرآن العظيم، ونفَعَني وإياكم بما فيه من الآياتِ والذكرِ الحكيم، ونفَعَنا بهديِ سيِّد المُرسَلين وقولِه القَويم، أقولُ قولي هذا وأستغفِرُ الله لي ولكم وللمُسلمين، فاستغفِروه إنه هو الغفورُ الرحيم.
ދެވަނަ ޚުޠުބާ
الحمدُ لله ربِّ العالمين، الملكِ الحقِّ المُبين، له الحكمةُ التامَّة والحُجَّةُ البالِغة فلو شاءَ لهدى الناسَ أجمَعين، أحمدُ ربي وأشكرُه، وأتوبُ إليه وأستغفِرُه، وأشهدُ أن لا إله إلا الله وحدَه لا شريكَ له القويُّ المتين، وأشهدُ أن نبيَّنا وسيِّدَنا محمدًا عبدُه ورسولُه صادقُ الوعد الأمين، اللهم صلِّ وسلِّم وبارِك على عبدِك ورسولِك محمدٍ، وعلى آلهِ وصحبِه والتابعين لهم بإحسانٍ إلى يوم الدين.
* ފަހެ، ތަޤުވާވެރިވާށެވެ. ތަޤުވަވެރިންނަށް މެނުވީ ކާމިޔާބެއް ނެތެވެ. ބާޠިލުގޮތުގައިވި، ހައްދުފަހަނައަޅާ ދިޔަމީހުންނަށް މެނުވީ ގެއްލުމާ ހަލާކެއް ނެތެވެ.
* އޭ މުސްލިމުންނޭވެ! ހެޔޮ ނިމުމަކަށް މަގުފަހި ކުރުވާ ކަންކަމަށް ރައްކާތެރިވާށެވެ. އެއީ އިސްލާމުކަމުގެ ފަސް ރުކުނަށް ރައްކާތެރިވެ، ފާފަތަކާއި އަނިޔާވެރިކަމުން ދުރުވުމުންނެވެ.
* ހެޔޮ ނިމުމަކަށް މަގުފަހިކޮށްދޭނެ އެންމެ މަތިވެރި ކަމަކީ ހެޔޮ ނިމުމެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ﴾ [غافر: 60]
މާނައީ: “ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާ ކުރާށެވެ! ތިމައިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންއިލާހަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.”
* ފަހެ، ދުޢާގައި ހުރިހާ ހެޔޮކަމެއް ޖަމާވެފައިވެއެވެ. ނުޢުމާނު ބުން ބަޝީރު رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الدُّعَاءُ هُوَ العِبَادَةُ» [رواه أبو داود والترمذي، وقال: “حديثٌ حسنٌ صحيح”]
މާނައީ: “އަޅުކަމަކީ ދުޢާއެވެ.”
* ނުބައި ނިމުމެއްގެ ސަބަބުތަކުގެ ތެރޭގައި:
– ﷲ ތަޢާލާގެ ޙައްޤުތަކާއި މީސްތަކުންގެ ޙައްޤުތައް އަދާނުކުރުން.
– ބޮޑެތި ފާފަތަކާއި އުރެދުންތަކުގައި ދެމިހުރުން.
– ﷲ ތަޢާލާގެ މަތިވެރިކަމާމެދު ކުޑައިމީސްކޮށް ދެކުން.
– ދުނިޔޭގައި ޤަރާރުވެ ހުރުމަށް އެދުން.
– އާޚިރަތް ހަނދާން ނައްތާލުން.
اللهم صلِّ على محمدٍ وعلى آل محمدٍ، كما صلَّيتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيدٌ، اللهم بارِك على محمدٍ وعلى آل محمدٍ، كما بارَكتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، وسلِّم تسليمًا كثيرًا.
اللهم وارضَ عن الصحابةِ أجمعين، وعن الخلفاء الراشدين، الأئمة المهديين: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن سائر أصحاب نبيِّك أجمعين، وعن التابعين ومن تبِعَهم بإحسانٍ إلى يوم الدين، اللهم وارضَ عنَّا معهم بمنِّك وكرمِك ورحمتِك وفضلِك يا أرحم الراحمين، ويا أكرم الأكرمين.
اللهم أعزَّ الإسلام والمُسلمين، اللهم أعزَّ الإسلام والمُسلمين، اللهم أعزَّ الإسلام والمُسلمين يا رب العالمين، وأذلَّ الكفرَ والكافرين يا ذا الجلال والإكرام.
اللهم انصُر دينَك، اللهم انصُر دينَك، اللهم انصُر دينَك، وكتابَك، وسُنَّةَ نبيِّك مُحمدٍ – صلى الله عليه وسلم -.
اللهم أظهِر هذا الدينَ على الدين كلِّه ولو كرِهَ الكافِرُون يا رب العالمين.
اللهم إنا نسألُك يا رب العالمين أن تُوفِّقَنا، وأن تمُنَّ علينا بالتمسُّك بسُنَّة نبيِّك محمدٍ – صلى الله عليه وسلم – حتى نلقاك وأنت راضٍ عنَّا يا رب العالمين.
اللهم أعِنَّا على ذِكرِك وشُكرِك وحُسن عبادتِك.
اللهم إنا نسألُك فعلَ الخيرات، وتركَ المُنكرات، نسألُك اللهم الجنةَ وما قرَّبَ إليها من قولٍ وعمل، ونعوذُ بك من النار وما قرَّبَ إليها من قولٍ أو عمل.
اللهم يا ذا الجلال والإكرام نسألُك اللهم لا إله إلا أنت، نسألُك أن تُعيذَنا مِن شُرور أنفسِنا، ومِن سيِّئات أعمالِنا، اللهم أعِذنا وأعِذ ذريَّاتنا من إبليس وذريَّته وشياطينه وأوليائِه وجنوده يا رب العالمين، اللهم أعِذ المُسلمين وذريَّاتهم من الشيطان الرجيم إنك على كل شيء قدير، يا رب العالمين، أنت الذي يُستعاذُ بك، وأن تُجِيرُ ولا يُجارُ عليك يا أكرمَ الأكرمين، ويا أرحم الراحمين.
اللهم إنا نسألُك أن ترفعَ ما نزلَ بالمُسلمين مِن الشدائِد والكُرَب يا أحرم الراحمين، اللهم ارفَع ما نزلَ بالمُسلمين يا رب العالمين مِن الشدائِد والكُرَب في اليمَن، وفي فلسطين، وفي الشام، وفي سُوريا، وفي كل مكانٍ يا رب العالمين ظُلِمَ فيه المُسلِمون مِن أعداءِ الدين إنك على كل شيء قدير، يا أرحم الراحمين.
اللهم أطعِم جائِعَ المُسلمين، اللهم واكسُهم مِن عريٍ يا رب العالمين، اللهم آوِهم مِن تشرُّد إنك على كل شيء قدير، اللهم أنزِل الأمنَ والطُّمأنينةَ والإيمانَ في بلاد المُسلمين يا رب العالمين.
اللهم إنا نسألُك أن تغفِرَ لنا ما قدَّمنا وما أخَّرنا، وما أسرَرنا وما أعلنَّا، وما أنت أعلمُ به منَّا، أنت المُقدِّم وأنت المُؤخِّر، لا إله إلا أنت يا أرحم الراحمين.
اللهم أغِثنا، اللهم أغِثنا، اللهم أغِثنا، اللهم ارحَمنا، اللهم لا تمنَع عنَّا فضلَك بسببٍ مِنَّا أو بسببٍ مِن غيرِنا يا رب العالمين، أنت أرحم الراحمين، وأكرم الأكرمين.
اللهم وفِّق خادمَ الحرمين الشريفين لما تحبُّ وترضَى، اللهم وفِّقه لهُداك، واجعل عملَه في رِضاك يا رب العالمين، وانصُر به دينَك، اللهم أعِنه على كل خيرٍ يا رب العالمين، اللهم ألهِمه الرأيَ السديد، ووفِّقه للعمل الرشيد، اللهم وفِّق وليَّ عهدِه لما تُحبُّ وترضَى، اللهم وفِّقه لهُداك، واجعل عملَه في رِضاك، وأعِنه على كل خيرٍ يا رب العالمين، اللهم إنا نسألُك أن تنصُر بهما الإسلامَ والمُسلمين.
اللهم ادفَع عنَّا الغلا والوباء، والرِّبا والزِّنا، والزلازِلَ والمِحَن، وسُوءَ الفتن إنك على كل شيء قدير.
اللهم تولَّ أمرَ كلِّ مُؤمنٍ ومُؤمنة، وتولَّ أمرَ كلِّ مُسلمٍ ومُسلمة يا أرحم الراحمين.
﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201].
عباد الله:
﴿إِنَّ اللّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴾ [النحل: 90].
واذكُروا الله العظيمَ الجليلَ يذكُركُم، واشكُروه على نعمِه وفضلِه يزِدكم، ولذِكرُ الله أكبر، والله يعلمُ ما تصنَعون.
***************