[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ލޯތްބާއެކު ދަރިން ތަރުބިއްޔަތުކުރުން

މިއީ 23 ޖުމާދަލްއޫލާ 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާ

 

 

ޚުޠުބާ ދެއްވީ: الشيخ عبد البارئ بن عواض الثبيتي – حفظه الله    –

 

ޚުޠުބާގެ ޚުލާޞާ:

ފުރަތަމަ ޚުޠުބާ

 

الحمدُ لله، الحمدُ لله الذي جعلَ القرآن أفضلَ مسالِك التربية، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له وبآياتِه تنالُ القلوبُ التزكِية، وأشهدُ أن سيِّدَنا ونبيَّنا محمدًا عبدُه ورسولُه طهَّر النفوسَ بمزيدِ إيمانٍ وتخلِية، صلَّى الله عليه وعلى آله وصحبِه الذين قادُوا الأمةَ إلى العِزِّ ومرافِئِ الطُّهر والتنقِية.

* އިސްލާމްދީންވަނީ މަސްއޫލިއްޔަތު އަދާކުރުމުގެ ރޫޙު މުސްލިމުންގެ ކިބައިގައި އަށަގެންނެވުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން އެންމެ މަތިވެރި އެއް މަސްއޫލިއްޔަތަކީ އިސްލާމްދީނުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމެވެ. އެއީ އެކަމަކުން ހުރިހާ ހެވެއް ނުކުމެގެން އަންނަ އާރެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«كُلُّكُمْ رَاعٍ وَكُلُّكُمْ مَسْؤُولٌ عَنْ رَعِيَّتِهِ» [متفق عليه]

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރިޔެކެވެ. އަދި ކޮންމެ މީހަކީވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކާމެދު ސުވާލު ކުރެވޭނެ މީހެކެވެ.”

* ދެވޭ ތަރުބިއްޔަތު ރަނގަޅު ނުވެއްޖެނަމަ، އެފަދަ ތަރުބިއްޔަތެއްގެ ދަށުން ނުކުންނަ ކުދިންގެ އެންމެ ބޮޑު މަޤްޞަދަކަށްވާނީ ހައިހޫނުކަން ފިލުވާލުމާއި އެދުންތަކާއި ލައްޒަތުތަކުގެ ފަހަތުން ދިޔުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ وَالَّذِينَ كَفَرُوا يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ الْأَنْعَامُ وَالنَّارُ مَثْوًى لَهُمْ﴾ [محمد: 12]

މާނައީ: “ހަމަކަށަވަރުން، އީމާންވެ ޞާލިޙު ޢަމަލުތައްކުޅަ މީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ﷲ (އެބައިމީހުން) ވައްދަވާނެއެވެ. އަދި ކާފިރުވިމީހުން (ދުނިޔޭގެ ދިރުއުޅުމުގައި) އެއުރެން ފަސޭހަކަމާއި އަރާމު ލިބިގަނެ، ނަޢަމްސޫފި ކައިއުޅޭފަދައިން އެއުރެން ކައިއުޅެތެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ.”

* ތަރުބިއްޔަތުގައި އެންމެ ބޮޑަށް އަޘަރުކުރާ އެކައްޗަކީ އިންސާނާގެ ހިތެވެ. ފަހެ، ހިތް ރަނގަޅުވެއްޖެނަމަ މީހާގެ މުޅި ހަށިގަނޑު ރަނގަޅުވެއެވެ. އަދި ހިތް ނުބައިވެއްޖެނަމަ މުޅި ހަށިގަނޑު ނުބައިވެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَكِنْ تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ﴾ [الحج: 46]

މާނައީ: “އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ.”

* ހިތް ރަނގަޅުވުމުން ބުއްދިއާ ވިސްނުމަށް އަލިކަންލިބި ތަސައްރުފު ފުދެއެވެ. އަދި ހަށިގަނޑަށް ދިރުންލިބެއެވެ. އަދި ގުނަވަންތައް އެއަށް އިޖާބަދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ﴾ [الحديد: 16]

މާނައީ: “ﷲ ހަނދުމަކުރުމަށާއި، ޙައްޤުބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށް، އީމާންވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީ ހެއްޔެވެ!” 

* ހަމަކަށަވަރުން ލޯތްބަކީ ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަތުގެ މައިގަނޑު އެއް އަޞްލުކަމާމެދު ޝައްކެއް ނެތެވެ. އެއީ ރޫޙުގެ ބަސްމޮށުމެވެ. އަދި އެއީ ތަރުބިއްޔަތުކުރުމާއި އިޞްލާޙުކުރުމުގައި އެއް ހިތުން އަނެއް ހިތަށް ފޮނުވާ މެސެޖެވެ.

ﷲ ތަޢާލާވަނީ މައިންބަފައިންގެ ހިތުގައި، އެބައިމީހުން ބަލާބޮޑުކުރާ ކުދިންނަށްޓަކައި، ލޯބި ލައްވާފައެވެ.

އުސާމާ ބުން ޒައިދު رضي الله عنه ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم، ތިމަންކަލޭގެފާނު ނަންގަވާ އެކަލޭގެފާނުގެ އުނގުފުޅުގެ އެއްފަރާތުގައި ބައިންދަވައެވެ. އަދި އަނެއް ފަރާތުގައި އަލްޙަސަން އަދި އަލްޙުސައިން ބައިންދަވައެވެ. އަދި އެދެބޭކަލުންގެ (އެބަހީ: އަލްޙަސަން އަދި އަލްޙުސައިންގެ) ގައިކޮޅުގައި ބައްދަވާލައްވާ ޙަދީޘްކުރައްވައެވެ.

«اللَّهُمَّ ارْحَمْهُمَا فَإِنِّي أَرْحَمُهُمَا» [رواه البخاري]

މާނައީ: “އޭ ﷲ! އެދެކުދިންނަށް ރަޙްމަތްލައްވާނދޭވެ. ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނު އެދެކުދިންނަށް ރަޙުމްކުރައްވަމެވެ.”

އެހެން ރިވާޔަތެއްގައިވެއެވެ.

«اللَّهُمَّ إِنِّي أُحِبُّهُمَا فَأَحِبَّهُمَا» [رواه البخاري]

މާނައީ: “އޭ ﷲ! އެދެކުދިންނަށް ލޯބިވެވޮޑިގަންނަވާނދޭވެ! ފަހެ، ތިމަންކަލޭގެފާނު އެދެކުދިންދެކެ ލޯބިވެ ވަޑައިގަންނަވަމެވެ.”

* ދަރިން ކުޑައިރު އެކުދިންނަށް ބޮސްދިނުމާއި އެކުދިންގެ ގައިގައި ބައްދާލާ ހެދުމަކީ ލޯތްބާއެކު ތަރުބިއްޔަތު ކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އަލްއަޤްރަޢު ބުން ޙާބިސް އައްތަމީމީ އިންނަވަނިކޮށް އެކަލޭގެފާނު އަލްޙަސަނުގެފާނަށް ބޮސްދެއްވިއެވެ. ފަހެ، އަލްއަޤްރަޢު ދެންނެވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ދިހަ ފިރިހެން ދަރިންވެއެވެ. އެއިން އެއްވެސް ކުއްޖަކަށް ތިމަންކަލޭގެފާނު ބޮސްނުދެއްވަމެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّهُ مَنْ لَا يَرْحَمْ لَا يُرْحَمْ» [رواه مسلم]

މާނައީ: ” ފަހެ، ހަމަކަށަވަރުން (އެހެން މީހުންނަށް) ރަޙުމު ނުކުރާ މީހަކަށް، ރަޙުމެއް ނުލިބޭނެއެވެ.” 

* ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުންނަށް ޚުޠުބާ ދެއްވަން ހުންނަވަނިކޮށް އަލްޙަސަންއާއި އަލްޙުސައިން (އެދެބޭކަލުންގެ ތުއްޕުޅުކަމުން) ވެއްޓެމުން ހިންގަވާފަ އެތަނަށް ވަޑައިގެންނެވިއެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم މިންބަރުން ފައިބާވަޑައިގެން އެދެބޭކަލުން ނަންގަވާ އުރުވެޑުއްވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ.

«صَدَقَ اللَّهُ ﴿إِنَّمَا أَمْوَالُكُمْ وَأَوْلاَدُكُمْ فِتْنَةٌ﴾ [التغابن: 15]، نَظَرْتُ إِلَى هَذَيْنِ الصَّبِيَّيْنِ يَمْشِيَانِ وَيَعْثُرَانِ فَلَمْ أَصْبِرْ حَتَّى قَطَعْتُ حَدِيثِي وَرَفَعْتُهُمَا» [رواه الترمذي وصححه الألباني]

މާނައީ: “ﷲގެ ބަސްފުޅު ތެދުވެގެންވެއެވެ. ﴿إِنَّمَا أَمْوَالُكُمْ وَأَوْلاَدُكُمْ فِتْنَةٌ﴾ [التغابن: 15] [މާނައީ: “ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، ފިތުނައެއްކަމުގައެވެ.”] މިދެކުދިން (އެދެބޭކަލުންގެ ތުއްޕުޅުކަމުން) ވެއްޓެމުން ހިންގަވާފަ ވަޑައިގެންނެވި ތަން ފެނިވަޑައިގަތުމުން، ފަހެ، ތިމަންކަލޭގެފާނަށް ކެތްތެރިވެ ވަޑައިނުގެންނެވުނެވެ. އެހެންކަމުން ތިމަންކަލޭގެފާނު ދައްކަވަމުން ގެންދެވި ވާހަކަ މެދުކަނޑާލެއްވުމަށްފަހު އެދެކުދިން ނެންގެވީއެވެ.”

* ރަސޫލުﷲ صلى الله عليه وسلم ކުޑަކުދިންނާއެކު މަޖާކުރައްވާ، އެކުދިންގެ ކަންކަމުގައި އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މުއާމަލާތްކުރައްވައެވެ.

* ލޯތްބާއެކު ތަރުބިއްޔަތުކުރުމުގައި އެންމެ ފައިދާކުރާ އަދި އެންމެ ބޮޑަށް އަސަރުކުރާކަމަކީ އެކުދިންނަށް ހިދާޔަތު ދައްކަވާ، ތައުފީޤުދެއްވާ، އިޞްލާޙުކޮށްދެއްވާ އަދި ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރުން މަތީ ދެމިހުރުމެވެ. ފަހެ، ރަޙްމާނުވަންތަ އިލާހުގެ އަޅުން ދަންނަވައެވެ.

﴿رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ﴾ [الفرقان: 74]

މާނައީ: “އަޅަމެންގެ ވެރިރައްބެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ!”

އަދި ޒަކަރިއްޔާގެފާނު ދެންނެވިއެވެ.

﴿فَهَبْ لِي مِنْ لَدُنْكَ وَلِيًّا [5] يَرِثُنِي وَيَرِثُ مِنْ آلِ يَعْقُوبَ وَاجْعَلْهُ رَبِّ رَضِيًّا [6]﴾ [مريم: 5، 6]

މާނައީ: “ފަހެ، އިބައިލާހުގެ ރަޙްމަތްފުޅުން މިއަޅާއަށް ވާތިޘަކު ދެއްވައިފާނދޭވެ! [5] މިއަޅާއާއި، ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅުން ވާރުތަވާނޭ ބޭކަލެކެވެ. އަދި މިއަޅާގެ ވެރިރައްބެވެ! އިބައިލާހު ރުހިވޮޑިގެންވާ އަޅަކު ކަމުގައި، އެދަރިކަލުން ލައްވައިފާނދޭވެ! [6]”

އަދި އިބްރާހީމުގެފާނު ދެންނެވިއެވެ.

﴿رَبِّ هَبْ لِي مِنَ الصَّالِحِينَ﴾ [الصافات: 100]

މާނައީ: “އަޅުގެ ވެރިރައްބެވެ! މިއަޅާއަށް ޞާލިޙުންގެ ތެރެއިންވާ ދަރިޔަކު ދެއްވާނދޭވެ!”

﴿رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِنْ ذُرِّيَّتِي﴾ [إبراهيم: 40]

މާނައީ: “އަޅުގެ ވެރިރައްބެވެ! އަޅާއީ، ނަމާދު ޤާއިމުކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ.”

* ބަދުދުޢާކުރުމާމެދު ދަންނައެވެ. އެކަންވަނީ ނަހީކުރައްވާފައެވެ. ރަސޫލުﷲ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ.

«لَا تَدْعُوا عَلَى أَنْفُسِكُمْ، وَلَا تَدْعُوا عَلَى أَوْلَادِكُمْ، وَلَا تَدْعُوا عَلَى أَمْوَالِكُمْ، لَا تُوَافِقُوا مِنَ اللهِ سَاعَةً يُسْأَلُ فِيهَا عَطَاءٌ، فَيَسْتَجِيبُ لَكُمْ» [رواه مسلم]

މާނައީ: “ތިޔަބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ ދަރިންގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. އަދި ތިޔަބައިމީހުންގެ މުދަލުގެ މައްޗަށް ބަދުދުޢާ ނުކުރާށެވެ. ﷲ ގެ ޙަޟްރަތުގައި ކަމަކަށް ދެންނެވުމުން އިޖާބަކޮށްދެއްވާފަދަ ވަޤުތުވެއެވެ. އެފަދަ ވަޤުތަކާ ދިމާވެއްޖެނަމަ ފަހެ، އެދުޢާ އިޖާބަކުރައްވަފާނެއެވެ.”

* ރިވެތިވެގެންވާ ނަމޫނާއަކީ ތަރުބިއްޔަތުގެ އަސާސެވެ. އަދި އެއީ ނަފްސު ތަޒްކިޔާކުރުމުގެ ނޫރެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ﴾ [آل عمران: 31]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާވާށެވެ! އޭރުން ﷲ، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ.”

* ރިވެތި ނަމޫނާ ދެއްކުމަކީ ހަމައެކަނި އަނގަބަހުން ބުނާ ބުނުމަކަށްވުރެ އަދި އެއްޗަކުން ކިޔާލުމަށްވުރެ މާ ބޮޑަށް އަސަރުކުރާކަމެކެވެ. ނަމޫނާ ދެއްކުމުގެ މުހިންމުކަމާ އަދި ބަހާއި ޢަމަލު ދިމާނުވުމުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ [2] كَبُرَ مَقْتًا عِنْدَ اللَّهِ أَنْ تَقُولُوا مَا لَا تَفْعَلُونَ [3]﴾ [الصف: 2، 3]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ [2] ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، ﷲ ގެ ޙަޟްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ. [3]”

* ނުރަނގަޅު ކަމެއް ކުރެވުމުން ނުވަތަ ފާފައަކަށް އަރައިގަނެވުމުން، އެފަދަ ހިނދެއްގައިވެސް ލޯތްބާއި އޯގާތެރިކަން ފިލައިނުދާކަމީ ނަބިއްޔާ صلى الله عليه وسلم  ގެ ހިދާޔަތުން ފެންނަން އޮތްކަމެކެވެ.

جَاءَهُ رَجُلٌ فَقَالَ: يَا رَسُولَ اللَّهِ هَلَكْتُ. قَالَ: «مَا لَكَ؟» قَالَ: وَقَعْتُ عَلَى امْرَأَتِي وَأَنَا صَائِمٌ،

فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «هَلْ تَجِدُ رَقَبَةً تُعْتِقُهَا؟» قَالَ: لاَ، قَالَ: «فَهَلْ تَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ»، قَالَ: لاَ، فَقَالَ: «فَهَلْ تَجِدُ إِطْعَامَ سِتِّينَ مِسْكِينًا». قَالَ: لاَ، قَالَ: فَمَكَثَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَبَيْنَا نَحْنُ عَلَى ذَلِكَ أُتِيَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِعَرَقٍ فِيهَا تَمْرٌ – وَالعَرَقُ المِكْتَلُ – قَالَ: «أَيْنَ السَّائِلُ؟» فَقَالَ: أَنَا، قَالَ: «خُذْهَا، فَتَصَدَّقْ بِهِ» فَقَالَ الرَّجُلُ: أَعَلَى أَفْقَرَ مِنِّي يَا رَسُولَ اللَّهِ؟ فَوَاللَّهِ مَا بَيْنَ لاَبَتَيْهَا – يُرِيدُ الحَرَّتَيْنِ – أَهْلُ بَيْتٍ أَفْقَرُ مِنْ أَهْلِ بَيْتِي، فَضَحِكَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ حَتَّى بَدَتْ أَنْيَابُهُ، ثُمَّ قَالَ: «أَطْعِمْهُ أَهْلَكَ» [رواه البخاري]

މާނައީ: އެކަލޭގެފާނުގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! ތިމަން ހަލާކުވެއްޖެއެވެ.” އެކަލޭގެފަނު ޙަދީޘްކުރެއްވިއެވެ. “ކިހިނެތްވީ ހެއްޔެވެ؟” އެމީހާ ދެންނެވިއެވެ. “ރޯދައަށް ހުރެ ތިމަންގެ އަންހެނުންނާއެކު ޖިމާޢުވީއެވެ.” ފަހެ، ރަސޫލުﷲ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ. “ތިބާއަށް އަޅަކު މިނިވަންކުރެވޭނެ ހެއްޔެވެ؟” އެމީހާ ދެންނެވިއެވެ. “ނޫނެކެވެ.” ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ، ތިބާއަށް ވިދިވިދިގެން ދެމަހު ރޯދަ ހިފޭނެހެއްޔެވެ؟” އެމީހާ ދެންނެވިއެވެ. “ނޫނެކެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ، ތިބާއަށް ފަސްދޮޅަސް މިސްކީނުންނަށް ކާންދެވޭނެ ހެއްޔެވެ؟” އެމީހާ ދެންނެވިއެވެ. “ނޫނެކެވެ.” (ޙަދީޘް ރިވާކުރެއްވި ރާވީ) ވިދާޅުވިއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم  މަޑުކުރެއްވިއެވެ. އަދި ތިމަންބޭކަލުންވެސް އެގޮތުގައި ތިއްބަވަނިކޮށް، ކަދުރު އަޅާފައިހުރި އެއްޗެއް ނަބިއްޔާ صلى الله عليه وسلم  އަރިހަށް ގެނެވުނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ސުވާލުކުރިމީހާ ކޮބާ ހެއްޔެވެ؟” ފަހެ، އެމީހާ ދެންނެވިއެވެ. “(ސުވާލުކުރީ) ތިމަންނައެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މީގައި ހިފާށެވެ. ފަހެ، ތިބާ މިއިން ޞަދަޤާތް ކުރާށެވެ.” ފަހެ، އެމީހާ ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! ތިމަންނައަށްވުރެ ފަޤީރު މީހުންނަށް ހެއްޔެވެ؟ ފަހެ، ﷲ ގަންދީ ބުނަމެވެ. ތިމަންގެ އަހުލުންނަށްވުރެ ފަޤީރު ބައެއް ދެލާބައިގެ ދެމެދުގައި (އެބަހީ: މަދީނާގައި) ނުވެއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم  އެކަލޭގެފާނުގެ ފޭރާދަތްޕުޅު ފެންނަވަރަށް ހިނިވަރުނަ ކުރެއްވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ. “އޭގެން ތިބާގެ އަހުލުންނަށް ކާން ދޭށެވެ.”

 * ޙިކުމަތާއި، ރިވެތި ވަޢުޡާއި ދޫދިނުމުގެ ބަސްތަކާއި، އޯގާތެރިކަމާއެކު ލޯބީގެ ހިޔަލުގައި ތަރުބިއްޔަތު ކުރާށެވެ. ހަރުކަށިކަމާއި، އެއްޗެހި ކިޔުމުން ދުރުވާށެވެ. ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم  އަށް ވަޙީކުރެއްވިއެވެ.

﴿ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ﴾ [النحل: 125]

މާނައީ: ” ޙިކުމަތާއި، ރިވެތި ވަޢުޡާއެކު، ކަލޭގެފާނުގެ ވެރިރައްބުގެ މަގަށް ކަލޭގެފާނު ގޮވައިލައްވާށެވެ!”

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ اللهَ رَفِيقٌ يُحِبُّ الرِّفْقَ، وَيُعْطِي عَلَى الرِّفْقِ مَا لَا يُعْطِي عَلَى الْعُنْفِ، وَمَا لَا يُعْطِي عَلَى مَا سِوَاهُ» [رواه مسلم]

މާނައީ: “ހަމަކަށަވަރުން ﷲއީ އޯގާވަންތަ އިލާހެވެ. އެއިލާހު އޯގާތެރިކަމަށް ލޯބިވެވޮޑިގެންވެއެވެ. އަދި ހަރުކަށިކަމަށާ އަދި އެހެން އެއްވެސް ކަމަކަށްވެސް ނުދެއްވާފަދައިން އޯގާރެތިކަމަށް ދެއްވައެވެ.”

އަދި މިސްކިތް ތެރެއަށް ޢައުރާބިއަކު ކުޑަކަމުދިޔުމުން އެކަމާބެހެގޮތުން ޙަދީޘްކުރެއްވިއެވެ.

«دَعُوهُ وَهَرِيقُوا عَلَى بَوْلِهِ سَجْلًا مِنْ مَاءٍ، أَوْ ذَنُوبًا مِنْ مَاءٍ، فَإِنَّمَا بُعِثْتُمْ مُيَسِّرِينَ، وَلَمْ تُبْعَثُوا مُعَسِّرِينَ» [رواه البخاري]

މާނައީ: “އޭނާ ދޫކޮށްލާށެވެ. އަދި އޭނާ ކުޑަކަމުދިޔަ ތަނަށް ބާލިދީއަކުން ފެންއަޅާށެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ފޮނުއްވުނީ ފަސޭހަކޮށްދެއްވާ ބައެއްގެ ގޮތުގައެވެ. އަދި ދަތިކުރާ ބައެއްގެ ގޮތަކު ނޫނެވެ.”

* ތަރުބިއްޔަތުކުރާ ކުދިންނަށް އިޙްތިރާމުކުރުމާއި އެކުދިންނަށް އުފަލާއެކު މަރުޙަބާ ކިޔުމަކީ ނަބަވީ އިރުޝާދުގެ ތެރެއިންވާ ކަމެކެވެ. ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ.

((أَقْبَلَتْ فَاطِمَةُ تَمْشِي كَأَنَّ مِشْيَتَهَا مَشْيُ النَّبِيِّ صَلَّى اللّهُ عَلَيْهِ وَسَلَّمَ فَقَالَ النَّبِيُّ صَلَّى اللّهُ عَلَيْهِ وَسَلَّمَ «مَرْحَبًا بِابْنَتِي» ثُمَّ أَجْلَسَهَا عَنْ يَمِينِهِ أَوْ عَنْ شِمَالِهِ)) [رواه البخاري]

މާނައީ: “ފާޠިމަތުގެފާނު ވަޑައިގެންނެވިއެވެ. އެކަމަނާގެ ހިންގެވުން ނަބިއްޔާ صلى اللّه عليه وسلم ގެ ހިންގެވުމާ ވަރަށް ވައްތަރެވެ. ފަހެ، ނަބިއްޔާ صلى اللّه عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ދަރިކަނބަލުންނަށް މަރުޙަބާއެވެ.” ދެން އެކަލޭގެފާނުގެ ކަނާތްފަރާތުގައި ނުވަތަ ވާތްފަރާތުގައި އެކަމަނާ ބޭންދެވިއެވެ.”

* އެކުދިންގެ ހިތްތައް ހުޅުވިފައިވާ ވަޤުތުތައް ބޭކާރުކޮށްނުލާ، އެކުދިންގެ ވިސްނުމާއި ކުޅަދާނަކަމަށް ރިޢާޔަތްކޮށް އެހިތްތަކުގައި އަގުހުރި މުޑުވަށް އިންދާށެވެ. ފަހެ، އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ.

«يَا غُلَامُ إِنِّي أُعَلِّمُكَ كَلِمَاتٍ، احْفَظِ اللَّهَ يَحْفَظْكَ، احْفَظِ اللَّهَ تَجِدْهُ تُجَاهَكَ» [رواه الترمذي وصححه الألباني]

މާނައީ: “އޭ ކޮއިފުޅާއެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ބަސްފުޅުތަކެއް އުނގަންނަވައި ދެއްވާނަމެވެ. ﷲ ގެ ކިބައަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން އެއިލާހު ތިބާ ރައްކާތެރި ކުރައްވާނެއެވެ. ﷲ ގެ ކިބައަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ.

* ލޯތްބާއެކު ތަރުބިއްޔަތު ކުރުމަށް އެކުވެރިކަމާއެކު ގުޅިގެން އުޅެވޭނެ ޢާއިލި މާހައުލެއް ބޭނުންވެއެވެ. އެތަނުގައި އުފާވެރިކަމުގެ ރޫޙުވެއެވެ. އަދި އެތަނުގައި ޝަރުޢީ ޙުދޫދުގެ ތެރޭގައި އުފާ ޙާޞިލުކުރެވޭނެއެވެ.

* ލޯތްބާއެކު ތަރުބިއްޔަތުކުރުމުގައި ދަރިންދެކެ ލޯބިވުމުގައި ޢަދުލުވެރިވުމަށް ސަމާލުކަންދޭންވާނެއެވެ. ފަހެ، ވަކި ކުއްޖެއް ޚާއްޞަކުރުމެއް ނެތި ހުރިހާ ކުދިންގެ މައްޗަށް  ލޯބީގެ ހިޔާ އެޅެންވާނެއެވެ.

* ހަމަކަށަވަރުން ބައްޕައަކު އެންމެ ދަރިއަކަށް ހިބަކޮށްދިނުމުން އެކަމަށް ހެކިވެވަޑައިގަތުމަށް ރަސޫލުﷲ صلى الله عليه وسلم އިންކާރުކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.

«لَا أَشْهَدُ عَلَى جَوْرٍ» [متفق عليه]

މާނައީ: “އަނިޔާވެރި ޢަމަލަކަށް ތިމަންކަލޭގެފާނު ހެކިވެވަޑައިނުގަންނަވާނަމެވެ.”

* ލޯތްބާއެކު ތަރުބިއްޔަތުކުރުމާއި އިޙްސާސްތައް ދެނެގަތުމާއި ޝުޢޫރުތަކަށް ރިޢާއަތްކުރުމަކީ ނަބަވީ ހިދާޔަތެވެ. އަދި އެއީ ފިޠުރީ ޙާޖަތެކެވެ. އަދި އަންހެން ދަރިން ތަރުބިއްޔަތުކުރުމުގައި މިއީ ވަރަށް މުހިންމުކަމެކެވެ.  ރަސޫލުﷲ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ.

* އަންހެން ދަރިންނަށް ކިޔަވައިދޭށެވެ. އަދި ޢިއްފަތްތެރިކަންމަތީ އެކުދިން ބޮޑުކުރާށެވެ. އަދި ޢައުރަނިވާނުކުރުމާއި ހިލޭފިރިހެނުންގެ ކުރިމަތީގައި މޫނު ކަޝްފުކުރުންފަދަ، ﷲ ޙަރާމްކުރައްވާފައިވާ ކަންކަމުން އެކުދިން ދުރުކުރާށެވެ. އަދި ފިރިހެންކުދިންނަށް ފައިދާހުރި ޙަރަކާތްތަކުގައި އެކުދިން ބައިވެރިކުރާށެވެ. އޭގެ ތެރޭގައި މީސްތަކުންނަށް ލާބައާ މަންފާހުރިކަންތައްތައް ހިމެނެއެވެ. އޭގެ ސަބަބުން އެކުދިންގެ ޢަޒުމުވަރުގަދަވެ، ނޭނގާނީ ކަންކަމުގެ ތެރެއަށް ވަނުމުން ދުރުހެލިވާނެއެވެ.

* ލޯތްބާއެކު ތަރުބިއްޔަތު ކުރުން ނަފީކުރާ ބައެއް ކަންކަމަކީ:

– އެކުދިން ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދިނުން.

– އަދަބުވެރިކުރުމަށް އިހުމާލުވުން.

– އެކުދިންކުރާ ކުށްތައް އިޞްލާޙު ނުކުރުން.

ފަހެ، ބައެއްފަހަރު މައިންބަފައިން ކަންކަމުގައި ދޫނުދިނުމަކީވެސް ލޯތްބާއެކު ތަރުބިއްޔަތު ކުރުމުގެ ތެރެއިންވާ ކަމެކެވެ. އަދި ކުދިންގެ ކުރިމަތީގައި އެކުދިންގެ މަންމައަށް ނުބައިކޮށް ހިތުމަކީ އެކުދިންގެ ކިބައިގާހުންނަ ލޯތްބާއި ކުލުނުގެ ސިފަ ނެތިކޮށްލާކަމެކެވެ.

* ފާޅުކަމާއެކު ފާފަތައްކޮށް، ދީނާ ޚިލާފު ކަންތައްތައްކުރާ ބައްޕައިން ދަންނައެވެ. އެއީ ތަރުބިއްޔަތު ނެތިކޮށްލާކަމެކެވެ.

باركَ الله لي ولكم في القرآن العظيم، ونفعَني وإياكُم بما فِيه مِن الآياتِ والذِّكرِ الحكيم، أقولُ قَولِي هذا، وأستغفِرُ اللهَ العظيمَ لي ولكُم، فاستغفِرُوه، إنه هو الغفورُ الرحيمُ.

ދެވަނަ ޚުޠުބާ

 

الحمدُ لله حمدًا كثيرًا طيبًا مُبارَكًا فيه كما يُحبُّ ربُّنا ويرضَى، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له وهو العليُّ الأعلَى، وأشهدُ أن محمدًا عبدُه ورسولُه النبيُّ الأزكَى، صلَّى الله عليه وعلى آلِهِ وصحبِه ومَن اقتَفَى.

* އަދުގެ ދުނިޔޭގައި ފާޅުވެފައިވާ ވަސީލަތްތައް މިވަނީ ވަރަށް ކުރިއަރާފައެވެ. މީސްތަކުންގެ ވިސްނުމާއި ފިކުރާއި ސުލޫކަށް އޭގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އެބައާދެއެވެ. އަދި ތަރުބިއްޔަތުކުރުމުގައި ޢާއިލާއިން އަދާކުރަމުން އައި ދައުރާ މިއަދު އެވަސީލަތްތައް އެދަނީ ވާދަކުރަމުންނެވެ.

* ކުދިންނަށް ލޯބިދީގެން އަދި ގާތްކޮށްގެން ތަރުބިއްޔަތުކުރުމުގެ އަހައްމިއްޔަތު މިއަދު މިވަނީ ވަރަށް ބޮޑުވެފައެވެ. މިއަދުމިވަނީ އިތުބާރު އުފެއްދުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައެވެ. އަދި އުސްލޫބުތައް ބަދަލުކޮށް، އަޚްލާޤީ މިންގަނޑުތައް ޤާއިމުކޮށް އަދި ތަޢުލީމާއި ތަރުބިއްޔާގެ މުއައްސަސާތައް މިއަދު އިތުރަށް މަސައްކަތްކުރަން ޖެހެއެވެ. އަދި ޒުވާނުންގެ އުންމީދުތަކާއި ވޭނާ އަދި ކަންބޮޑުވާ ކަންކަމަށް ސަމާލުކަންދޭން ޖެހެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ﴾ [التحريم: 6]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ.”

اللهم صلِّ على مُحمدٍ وعلى آل مُحمدٍ، كما صلَّيتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، وبارِك على محمدٍ وعلى آل مُحمدٍ، كما باركتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد.

وارضَ اللهم عن الخلفاء الأربعة الراشِدين: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن الآلِ والصحبِ الكرامِ، وعنَّا معهم بعفوِك وكرمِك يا أرحَم الراحِمين.

اللهم أعِزَّ الإسلامَ والمسلمين، اللهم أعِزَّ الإسلامَ والمسلمين، وأذِلَّ الكُفرَ والكافرين، ودمِّر اللهم أعداءَك أعداءَ الدين، واجعَل اللهم هذا البلدَ آمِنًا مُطمئنًّا، وسائِرَ بلاد المُسلمين.

اللهم مَن أرادَنا وأرادَ الإسلامَ والمُسلمين بسُوءٍ فأشغِله بنفسِه، واجعَل تدبيرَه تدميرَه يا سميعَ الدُّعاء، اللهم مَن أرادَنا وأرادَ الإسلامَ والمُسلمين بسُوءٍ فأشغِله بنفسِه، واجعَل تدبيرَه تدميرَه يا سميعَ الدُّعاء، اللهم مَن أرادَنا وأرادَ الإسلامَ والمُسلمين بسُوءٍ فأشغِله بنفسِه، واجعَل تدبيرَه تدميرَه يا سميعَ الدُّعاء.

اللهم انصُر المُجاهِدين لإعلاء كلمتِك في كل مكانٍ، اللهم كُن لهم مُؤيِّدًا ونصيرًا وظَهيرًا، اللهم كُن للمُسلمين المُستضعَفين في كل مكانٍ، اللهم إنهم جِياعٌ فأطعِمهم، وحُفاةٌ فاحمِلهم، وعُراةٌ فاكسُهم، ومظلُومُون فانتصِر لهم يا قويُّ يا عزيز.

اللهم انصُر إخوانَنا المُجاهدين في كل مكان، اللهم انصُر جُنودَنا المُرابِطين على الثُّغور، اللهم انصُرهم بنصرِك يا ربَّ العالمين، اللهم احفَظهم في أموالِهم وأعراضِهم يا ربَّ العالمين، اللهم احفَظ رِجالَ أمنِنا، وقوِّ عزائِمَهم يا قويُّ يا متين.

اللهم إنا نسألك الجنةَ وما قرَّبَ إليها مِن قولٍ وعملٍ، ونعوذُ بك من النار وما قرَّبَ إليها مِن قولٍ وعملٍ.

اللهم إنا نسألُك مِن الخير كلِّه عاجِله وآجِله، ما علِمنا منه وما لم نعلَم، ونعوذُ بك مِن الشرِّ كلِّه عاجِله وآجِله، ما علِمنا منه وما لم نعلَم.

اللهم أصلِح لنا دينَنا الذي هو عِصمةُ أمرِنا، وأصلِح لنا دُنيانا التي فِيها معاشُنا، وأصلِح لنا آخرتَنا التي إليها معادُنا، واجعَل الحياةَ زيادةً لنا في كل خيرٍ، والموتَ راحةً لنا مِن كل شرٍّ يا رب العالمين.

اللهم إنا نسألُك الهُدى والتُّقَى والعفافَ والغِنَى.

اللهم إنا نسألُك فواتِحَ الخير وخواتِمَه وجوامِعَه، وأولَه وآخرَه، ونسألُك الدرجات العُلَى مِن الجنة يا رب العالمين.

اللهم أعِنَّا ولا تُعِن علينا، وانصُرنا ولا تنصُر علينا، وامكُر لنا ولا تمكُر علينا، واهدِنا ويسِّر الهُدَى لنا، وانصُرنا على مَن بغَى علينا.

اللهم اجعَلنا لك ذاكرين، لك شاكرين، لك مُخبِتين، لك أوَّاهِين مُنيبين، اللهم تقبَّل توبتَنا، واغسِل حَوبَتَنا، وثبِّت حُجَّتَنا، وسدِّد ألسِنَتَنا، واسلُل سخِيمةَ قُلوبِنا.

اللهم إنا نعُوذُ بك مِن زوالِ نِعمتِك، وفُجاءَة نِقمتِك، وجميع سخَطِك.

اللهم اغفِر لنا ذنوبَنا، وإسرافَنا في أمرِنا يا رب العالمين.

اللهم ابسُط لنا مِن بركاتِك ورحمتِك وفضلِك ورِزقِك.

اللهم ارحَم موتانا، واغفِر لوالدِينا، واشفِ مرضانا يا قويُّ يا عزيز.

اللهم بارِك لنا في أعمالِنا وأعمارِنا وأزواجِنا وذرِّيَّاتِنا وأموالِنا وأهلِينا، واجعَلنا مُبارَكين يا رب العالمين.

اللهم أنت الله لا إله إلا أنت، أنت الغنيُّ ونحن الفُقراء، أنزِل علينا الغيثَ ولا تجعَلنا مِن القانِطين، اللهم أغِثنا، اللهم أغِثنا، اللهم أغِثنا، اللهم سُقيا رحمةٍ، لا سُقيا عذابٍ ولا بلاءٍ ولا هدمٍ ولا غرقٍ برحمتِك يا أرحم الراحمين.

اللهم وفِّق إمامَنا خادمَ الحرمَين الشريفَين لِما تُحبُّ وترضَى، وخُذ بناصيتِه للبرِّ والتقوَى، ووفِّق وليَّ عهدِه لكل خيرٍ يا أرحم الراحمين، ووفِّق جميعَ وُلاة أمور المُسلمين للعمل بكتابِك وتحكيمِ شرعِك يا رب العالمين.

﴿رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ﴾ [الأعراف: 23]، ﴿رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ﴾ [الحشر: 10].

﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201].

﴿إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴾ [النحل: 90].

فاذكُروا اللهَ يذكُركم، واشكُرُوه على نِعمِه يزِدكم، ولذِكرُ الله أكبر، والله يعلَمُ ما تصنَعُون.

***************

ޚުޠުބާގެ އަޞްލު