[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަށްވަޅުގައި ނިޢުމަތާއި ޢަޛާބު ލިބޭ ސަބަބުތައް

މިއީ 06 ރަޖަބު 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.

ޚުޠުބާ ދެއްވީ: الشيخ عبد البارئ بن عواض الثبيتي – حفظه الله –

ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ

الحمدُ لله، الحمدُ لله على نعمةِ الإيمانِ والصبر، وله – سبحانه – الشكرُ والفضل، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له، له الحُكمُ والأمر، وأشهدُ أن سيِّدَنا ونبيَّنا محمدًا عبدُه ورسولُه جلَّى للمُؤمنين حالَهم في القبر، صلَّى الله عليه وعلى آله وصحبِه الذين نالُوا السيادةَ والصدر.

* އިންސާނާގެ މިޙަޔާތުގެ ދަތުރުގެ މަންޒިލުތައް އާވަމުންދެއެވެ. އަދި މަރުޙަލާތައް ބަދަލުވަމުންދެއެވެ. އޭނާ ދުވަސްވަރެއްގައި އޭނާގެ މަންމަގެ ބަނޑުގައިވެއެވެ. އަދި ދުވަސްވަރެއްގައި ބިންމަތީގައި ވެއެވެ. އަދި ދުވަސްވަރެއްގައި ބިމުގެ ތެރޭގައިވެއެވެ. އެއީ އަލުން ދިރުއްވުމާ ހަމައަށެވެ.

* ފެންނަ ފެނުމަށް މިއީ ދިގު ރާސްތާއެކެވެ. ނަމަވެސް މިއީ ވަރަށް އަވަހަށް ނިމިދާ ދަތުރެކެވެ. އަދި ނިމިދިޔުން ގާތުގައިވާ ދަތުރެކެވެ. ފަހެ، ދުނިޔެއަކީ ދިރިތިބި މީހުންނަށް ދިރިއުޅެން އޮތް ތަނެއް ނޫނެވެ. ބުއްދިވެރިން އެތަނުގައި ބަދަލުވަމުންދާ ޙާލަތާއި، މާޒީވަމުންދާ ޢުމުރުތައް ހަނދާންކުރާނެއެވެ. ފަހެ، އޭނާގެ ހިތަށް އަސަރުކުރާނެއެވެ. އަދި މެއަށް މަޑުމޮޅިކަން އަންނާނެއެވެ. އަދި ކޮންމެވެސް ދުވަހެއްގައި ކޮންމެ ދަތުރުވެރިޔަކުވެސް ދާންޖެހޭ މަންޒިލަކީ އޭނާގެ ކަށްވަޅެވެ. އަދި ވަޢުޡެއްކަމުގައި އެތަން ފުދެއެވެ.

* ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ لِلْقَبْرِ ضَغْطَةً، لَوْ كَانَ أَحَدٌ نَاجِيًا مِنْهَا نَجَا سَعْدُ بْنُ مُعَاذٍ» [رواه أحمد وصححه الألباني]

މާނައީ: “ހަމަކަށަވަރުން ކަށްވަޅުގައި ފިއްތާލެވޭނެއެވެ. އެއްވެސް މީހަކު އެކަމުން ސަލާމަތްވާނެނަމަ، ސަޢުދު ބުން މުޢާޛު ސަލާމަތްވީހެވެ.”

* ޢުޘްމާން رضي الله عنه ޤަބުރެއްގެ ކައިރިއަށް ހުއްޓިވަޑައިގަންނަވާހިނދު، އެކަލޭގެފާނުގެ ތުނބުޅިފުޅު ތެމެންދެން ކީރިތި ކުރައްވައެވެ. ފަހެ، އެކަލޭގެފާނަށް ދެންނެވުނެވެ. ފަހެ، ކަލޭގެފާނު ސުވަރުގެއާއި ނަރަކަ ޛިކުރުކުރައްވާއިރު ކީރިތި ނުކުރައްވައެވެ. އަދި މިތަނުގައި ކީރިތި ކުރައްވަނީތޯއެވެ؟ ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ الْقَبْرَ أَوَّلُ مَنَازِلِ الْآخِرَةِ، فَإِنْ نَجَا مِنْهُ، فَمَا بَعْدَهُ أَيْسَرُ مِنْهُ، وَإِنْ لَمْ يَنْجُ مِنْهُ، فَمَا بَعْدَهُ أَشَدُّ مِنْهُ»

މާނައީ: “ހަމަކަށަވަރުން ކަށްވަޅަކީ އާޚިރަތުގެ ފުރަތަމަ މަންޒިލެވެ. ފަހެ، އެއިން ސަމާލަތްވެއްޖެމީހާ ދަންނައެވެ. ފަހެ، އޭގެފަހުން އޮތް ކަންކަން އެއަށްވުރެ ފަސޭހަވެގެންވެއެވެ. އަދި އެއިން ސަލާމަތް ނުވިމީހާ ދަންނައެވެ. ފަހެ، އޭގެފަހުން އޮތް ކަންކަން އެއަށްވުރެ އުނދަގޫވެގެންވެއެވެ.”

އަދި ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَا رَأَيْتُ مَنْظَرًا قَطُّ إِلَّا وَالْقَبْرُ أَفْظَعُ مِنْهُ» [رواه ابن ماجه وحسنه الألباني]

މާނައީ: “ކަށްވަޅަށްވުރެ ބިރުވެރި ތަނެއް ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ.”

* އާޚިރަތް ދުވަހަށް އީމާންވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި: ކަށްވަޅުގެ ޙަޤީޤަތްތަކަށް އީމާންވުން ހިމެނެއެވެ. އެއީ ކިޔަމަންތެރިކަން އަދާކުރިމީހުންނަށް ކަށްވަޅުގައި ލިބޭ ނިޢުމަތްތަކަށް އީމާންވުމާ އަދި ފާފައާއި ފާޖިރުކަމުގެ އަހުލުވެރިންގެ ތެރެއިން ކަށްވަޅުގައި ޢަޛާބު ޙައްޤުވާ މީހުންނަށް ހުރި ޢަޛާބަށް އީމާންވުމެވެ.

* ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«زُورُوا الْقُبُورَ فَإِنَّهَا تُذَكِّرُكُمُ الْآخِرَةَ» [رواه ابن ماجه وصححه الألباني]

މާނައީ: “ތިޔަބައިމީހުން ޤަބުރުތަކަށް ޒިޔާތަތްކުރާށެވެ. ފަހެ، ހަމަކަށަވަރުން އެކަމުން ތިޔަބައިމީހުންނަށް އާޚިރަތް ހަނދުމަކޮށްދޭނެއެވެ.”

* އަޅާ ކަފުންކޮށް ވަޅުލުމުން އަދި އޭނާގެ އަހުލުންނާއި މުދާތައް އޭނާ ދޫކޮށް ދިއުމުން އޭނާއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރާނީ ދެމަލާއިކަތުންނެވެ. އެއީ އޭނާ އިމްތިޙާނު ކުރުމަށެވެ.

* ބުއްދިވެރިޔަކީ މަރުވުމުގެ ކުރިން އެކަމަށް ތައްޔާރުވާ މީހާއެވެ. އަދި އޭނާގެ ކަށްވަޅުގެ ކަންތައްތަކަށް ތައްޔާރުވާމީހާއެވެ. އަދި އޭނާގެ ޢުމުރު ހެޔޮ ޢަމަލުކުރުމުގައި ހޭދަކުރާމީހާއެވެ. އެއީ ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށް ހެދުމަށެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ: عِلْمًا عَلَّمَهُ وَنَشَرَهُ، وَوَلَدًا صَالِحًا تَرَكَهُ، وَمُصْحَفًا وَرَّثَهُ، أَوْ مَسْجِدًا بَنَاهُ، أَوْ بَيْتًا لِابْنِ السَّبِيلِ بَنَاهُ، أَوْ نَهْرًا أَجْرَاهُ، أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ، يَلْحَقُهُ مِنْ بَعْدِ مَوْتِهِ» [رواه ابن ماجه وحسنه الألباني]

މާނައީ: “ހެޔޮކަންތައްތަކާއި ޢަމަލުތަކުގެ ތެރެއިން މުއުމިނަކު މަރުވުމަށްފަހު އޭނާއަށް އޭގެ ފައިދާ ޙާޞިލުވާނެ ކަންތައްތަކަކީ، އޭނާ އުނގަންނައިދިން އަދި ފަތުރައިދިން ޢިލްމަކާއި، އޭނާ ދޫކޮށްފައިދާ ޞާލިޙް ދަރިއަކާއި، އޭނާ ވާރުތައިގެ ގޮތުގައި ދޫކޮށްފައިވާ ޤުރުއާން މުޞްހަފެއް ނުވަތަ އޭނާ ބިނާކުރި މިސްކިތެއް ނުވަތަ ދަތުރުވެރިންނަށް އޭނާ ބިނާކޮށްދިން ގެއެއް ނުވަތަ އޭނާ ހަދައިދިން ކޯރެއް ނުވަތަ އޭނާ ދުޅަހެޔޮކަމާއެކީ ދިރިހުރެ އޭނާގެ މުދަލުން ނެރުނު ޞަދަޤާތެކެވެ. (މިހުރިހާ ކަމެއްގެ ދަރުމަ) އޭނާ މަރުވުމުން އޭނާއާއި ހަމައަށް ފޯރާނެއެވެ.”

* މަރު ހަނދާންކުރުން ގިނަކުރާ މީހާ، ހެޔޮ ކަންކަމުން އޭނާގެ ކަށްވަޅު އާބާދުކުރެއެވެ. އެހެނީ އޭނާ ހެނދުނުވުމުން، ހަވީރަށް އިންތިޒާރު ނުކުރެއެވެ. އަދި ހަވީރުވުމުން ހެނދުނަށް އިންތިޒާރު ނުކުރެއެވެ. ފަހެ، އެދެމެދުގައިވާ ވަގުތު ފަހަނައަޅާދިއުމުގެ ކުރިން އަޅުކަންތައްތައް އަދާކުރުމަށް އަވަސްވެގަނެއެވެ.

* ޢަމްރު ބުން އަލްޢާޞް އަށް މައްޔިތަކު ވަޅުލާ ތަން ފެނިވަދައިގެންނެވިއެވެ. ފަހެ، އެކަލޭގެފާނު އަވަހަށް މިސްކިތަށް ވަޑައިގެން ދެރަކުޢަތުގެ ނަމާދެއް ކުރެއްވިއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. “މިފަދައިން ކަންތައް ތިޔަކުރެއްވީ ކީއްވެގެން ހެއްޔެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “ގަބުރުސްތާނުގެ ސަބަބުންނެވެ! ﷲ ގެ ބަސްފުޅު ހަނދާންވީއެވެ. ﴿وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ﴾ [سبأ: 54] [މާނައީ: “އަދި އެބައިމީހުން އެދޭކަންތަކާއި، އެބައިމީހުންނާދެމެދު ހުރަސްއެޅުއްވިއެވެ”.] ތިމަންކަލޭގެފާނާއި ނަމާދާ ދެމެދަށް ހުރަސްއެޅުމުގެކުރިން އެކަމަށް އެދުނީއެވެ.”

* ކަށްވަޅުގެ ފިތުނައާއި ޢަޛާބުން ރައްކާތެރިކޮށްދޭ ކަންކަމުގެ ތެރޭގައި: މުލްކު ސޫރަތް ކިޔެވުމުގެ މަތީ ދެމިހުރުމާއި އެއާ އެއްގޮތަށް ޢަމަލުކުރުން ހިމެނެއެވެ.

ތިބާގެ ކަށްވަޅުގެ ކަންކަމުގައި ސާބިތުކަން ލިބުމަށްޓަކައި މުއުމިނުންނަށް ފާފަފުއްސެވުން އެދި ދަންނަވާ، އެބައިމީހުންނަށްޓަކައި ދުޢާކޮށްދޭށެވެ.

ރަސޫލުﷲ صلى الله عليه وسلم މައްޔިތަކު ވަޅުލާ ނިމުމުން، އެޤަބުރުގެ ކައިރީގައި ހުއްޓިވަޑައިގެން ހުންނަވާ ޙަދީޘްކުރައްވައެވެ.

«اسْتَغْفِرُوا لِأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الْآنَ يُسْأَلُ» [صححه الألباني في صحيح الجامع الصغير]

މާނައީ: “ތިޔަބައިމީހުންގެ އަޚާގެ ފާފަފުއްސެވުން އެދި ދަންނަވާށެވެ. އަދި އޭނާއަށް ޘާބިތުކަން ދެއްވުމަށް އެދޭށެވެ. ހަމަކަށަވަރުން މިހާރު އޭނާއާ އެބަ ސުވާލުކުރެވެއެވެ.”

* އަދި ކަށްވަޅުގެ ޢަޛާބުން ތިބާގެ ނަފްސު ރައްކާތެރިކުރުމަށް އެދޭނަމަ، ކޮންމެ ނަމާދެއްގައި ކަށްވަޅުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުން އެދި ދަންނަވާށެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم ވެސް ދުޢާކުރެއްވިފަދައިންނެވެ.

«اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ القَبْرِ، وَمِنْ عَذَابِ النَّارِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ» [رواه البخاري]

މާނައީ: “އޭ ﷲ! ހަމަށަވަރުން މިއަޅާ، ކަށްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ދިރިހުރުމާއި މަރުވުމުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި މަސީޙުއްދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ.”

باركَ الله لي ولكم في القرآن العظيم، ونفعَني وإياكُم بما فِيه مِن الآياتِ والذِّكرِ الحكيم، أقولُ قَولِي هذا، وأستغفِرُ اللهَ العظيمَ لي ولكُم ولسائرِ المُسلمين مِن كل ذنبٍ، فاستغفِرُوه، إنه هو الغفورُ الرحيمُ.

ދެވަނަ ޚުޠުބާ

الحمدُ لله كما ينبغي لجلال وجهِه وعظيمِ سُلطانِه، أحمدُه – سبحانه – حمدًا يلِيقُ بعطائِه، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له في أرضِه وسمائِه، وأشهدُ أن سيِّدنا ونبيَّنا محمدًا عبدُه ورسولُه قامَ بالعدل في حُكمِه وقضائِه، صلَّى الله عليه وعلى آلِهِ وصحبِه صلاةً دائِمةً إلى يوم لِقائِه.

* ފަހެ، ބުއްދިވެރި މުސްލިމަކާމެދު ދަންނައެވެ. އޭނާ ދިރިއުޅޭ ތަނާއި މުޖުތަމަޢުގެ ސަލާމަތްތެރިކަން ގެއްލި ހަލާކުވެދާފަދަ ކަންކަމުން ރައްކާތެރިވާނެއެވެ. އަދި އޭނާގެ ކަށްވަޅުގެ ފިތުނަތަކުންވެސް ރައްކާތެރިވާނެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން އިސްރާއާއި މިޢުރާޖުގެ ޙަދީޘްގައި ޖިބްރީލް عليه السلام ނަބިއްޔާ صلى الله عليه وسلم އަށް ބަޔާންކޮށްދެއްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

– ދޮގު ވާހަކަތައް ފެތުރުން.

«وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ، يُشَرْشَرُ شِدْقُهُ إِلَى قَفَاهُ، وَمَنْخِرُهُ إِلَى قَفَاهُ، وَعَيْنُهُ إِلَى قَفَاهُ، فَإِنَّهُ الرَّجُلُ يَغْدُو مِنْ بَيْتِهِ، فَيَكْذِبُ الكَذْبَةَ تَبْلُغُ الآفَاقَ» [رواه البخاري]

މާނައީ: “އަދި އެމީހެއްގެ ކޮލުން ފެށިގެން ފުއްކިބައާ ހަމައަށް އަދި ނޭފަތުން ފެށިގެން ފުއްކިބައާ ހަމައަށް އަދި ލޮލުން ފެށިގެން ފުއްކިބައާ ހަމައަށް ބުރިކޮށްލެވެމުން ދިޔަ މީހާއާމެދު ދަންނައެވެ. އޭނާއަކީ (ކޮންމެ ދުވަހަކުވެސް) ގެއިން ނުކުމެގެން ގޮސް، އުދަރެހާ ހަމައަށް ފޯރާވަރަށް ދޮގުހަދާ މީހާއެވެ.”

– ރިބާ ކެއުމާއި އެކަން ހުއްދަކުރުން.

«وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ يَسْبَحُ فِي النَّهَرِ وَيُلْقَمُ الحَجَرَ، فَإِنَّهُ آكِلُ الرِّبَا» [رواه البخاري]

މާނައީ: “އަދި ކޯރުގައި ފަތަމުން ހިލަތައް ދިރުވަމުންދިޔަ މީހާއާމެދު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެއީ ރިބާކާ މީހާއެވެ.”

– ފަރުޟު ނަމާދުތައް އަޅާފައި ނިދުމާއި ޤުރުއާނަށް ޢަމަލުކުރުން ދޫކޮށްލުން.

«أَمَّا الرَّجُلُ الأَوَّلُ الَّذِي أَتَيْتَ عَلَيْهِ يُثْلَغُ رَأْسُهُ بِالحَجَرِ، فَإِنَّهُ الرَّجُلُ يَأْخُذُ القُرْآنَ فَيَرْفُضُهُ وَيَنَامُ عَنِ الصَّلاَةِ المَكْتُوبَةِ» [رواه البخاري]

މާނައީ: “އަދި ކަލޭގެފާނާ އެންމެ ފުރަތަމަ ބައްދަލުވިމީހާއާމެދު ދަންނައެވެ. އެއީ ހިލައަކުން އެމީހެއްގެ ބޯ ޗިސްކޮށްލެވެމުން ދިޔަ މީހާއެވެ. ފަހެ ހަކަށަވަރުން އޭނާ ޤުރުއާން އުނގެނިފައި އެއާ ޚިލާފަށް އުޅެއެވެ. އަދި ފަރުޟު ނަމާދުތައް އަޅާފައި ނިދައެވެ.”

* ކަށްވަޅުގައި ޢަޛާބު ލިބޭ ކަންކަމުގެ ތެރޭގައި ހިމެނެނީ ދެބައޮޑުވަމުން މީސްތަކުންގެ ތެރޭގައި ހިނގުމާއި، ޠަހާރަތުގައި ފަރުވާކުޑަކުރުމެވެ.

ރަސޫލުﷲ ދެ ޤަބުރެއްގެ ކައިރިން ވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ.

«إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ، أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ البَوْلِ، وَأَمَّا الآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ» [رواه البخاري]

މާނައީ: “ހަމަކަށަވަރުން އެދެ ޤަބުރުގެ އަހުލުވެރިންނަށް އެދަނީ ޢަޛާބު ލިބެމުންނެވެ. އަދި އެދެ ޤަބުރުގެ އަހުލުވެރިންނަށް ޢަޛާބު ލިބެމުން އެދަނީ ބޮޑުކަމަކާ ހެދިއެއް ނޫނެވެ. (އެބަހީ: އެކަމަކީ އެއީ އެދެމީހުންނަށް މާބޮޑު ކަމެއް ނޫނެވެ.) އެތަނުން އެކަކީ ކުޑަކަމުދާ ތަކެތިން ރައްކާތެރިނުވާ މީހެއްކަމުގައި ވިއެވެ. އަދި އަނެއްމީހާއަކީ މީސްތަކުންގެ ތެރޭގައި ދެބައުޑުވަމުން ހިނގާ މީހެއްކަމުގައި ވިއެވެ.”

اللهم صلِّ على مُحمدٍ وعلى آل مُحمدٍ، كما صلَّيتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، وبارِك على محمدٍ وعلى آل مُحمدٍ، كما باركتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد.

وارضَ اللهم عن الخلفاء الأربعة الراشِدين: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن الآلِ والصحبِ الكرامِ، وعنَّا معهم بعفوِك وكرمِك وإحسانِك يا أرحَم الراحِمين.

اللهم أعِزَّ الإسلامَ والمسلمين، اللهم أعِزَّ الإسلامَ والمسلمين، اللهم أعِزَّ الإسلامَ والمسلمين، وأذِلَّ الكُفرَ والكافرين، ودمِّر اللهم أعداءَك أعداءَ الدين، واجعَل اللهم هذا البلدَ آمِنًا مُطمئنًّا، وسائِرَ بلاد المُسلمين.

اللهم مَن أرادَنا وأرادَ بلادَنا والإسلامَ والمُسلمين بسُوءٍ فأشغِله بنفسِه، واجعَل تدبيرَه تدميرَه يا سميعَ الدُّعاء، اللهم انصُر مَن نصرَ الدين، واخذُل اللهم مَن خذَلَ الإسلام والمُسلمين.

اللهم كُن للمُسلمين المُستضعَفين في كل مكانٍ، اللهم كُن لهم مُؤيِّدًا ونصيرًا وظَهيرًا، اللهم إنهم جِياعٌ فأطعِمهم، وحُفاةٌ فاحمِلهم، وعُراةٌ فاكسُهم، ومظلُومُون فانتصِر لهم، ومظلُومُون فانتصِر لهم، ومظلُومُون فانتصِر لهم يا قويُّ يا عزيز.

اللهم مُنزِل الكتاب، مُجرِيَ السحاب، هازِمَ الأحزاب اهزِم أعداءَ الدين، وانصُر المُسلمين عليهم يا رب العالمين.

اللهم إنا نسألك الجنةَ وما قرَّبَ إليها مِن قولٍ وعملٍ، ونعوذُ بك من النار وما قرَّبَ إليها مِن قولٍ وعملٍ.

اللهم أصلِح لنا دينَنا الذي هو عِصمةُ أمرِنا، وأصلِح لنا دُنيانا التي فِيها معاشُنا، وأصلِح لنا آخرتَنا التي فيها معادُنا، واجعَل الحياةَ زيادةً لنا في كل خيرٍ، والموتَ راحةً لنا مِن كل شرٍّ يا رب العالمين.

اللهم إنا نسألُك الهُدى والتُّقَى والعفافَ والغِنَى.

اللهم إنا نسألُك فواتِحَ الخير وخواتِمَه وجوامِعَه، وأولَه وآخرَه، وظاهِرَه وباطِنَه، ونسألُك الدرجات العُلَى مِن الجنة يا رب العالمين.

اللهم أعِنَّا ولا تُعِن علينا، وانصُرنا ولا تنصُر علينا، وامكُر لنا ولا تمكُر علينا، واهدِنا ويسِّر الهُدَى لنا، وانصُرنا على مَن بغَى علينا.

اللهم اجعَلنا لك ذاكرين، لك شاكرين، لك مُخبِتين، لك أوَّاهِين مُنيبين، اللهم تقبَّل توبتَنا، واغسِل حَوبَتَنا، وثبِّت حُجَّتَنا، واسلُل سخِيمةَ صُدورِنا يا رب العالمين.

اللهم إنا نعُوذُ بك مِن زوالِ نِعمتِك، وتحوُّل عافِيتِك، وفُجاءَة نِقمتِك، وجميع سخَطِك.

اللهم اغفِر لنا ما قدَّمنا وما أخَّرنا، وما أسرَرنا وما أعلنَّا، وما أنت أعلمُ به منَّا، أنت المُقدِّم، وأنت المُؤخِّرُ، لا إله إلا أنت.

اللهم ابسُط لنا مِن بركاتِك ورحمتِك وفضلِك ورِزقِك.

اللهم اغفِر لوالدِينا ولجميع أمواتِ المُسلمين يا رب العالمين، اللهم ارحَم موتانا، واشفِ مرضانا يا قويُّ يا عزيز.

اللهم وفِّق إمامَنا لِما تُحبُّ وترضَى، اللهم وفِّقه لهُداك، واجعَل عملَه في رِضاك يا رب العالمين، ووفِّق وليَّ عهدِه لما تُحبُّ وترضَى يا أرحم الراحمين، ووفِّق جميعَ وُلاة أمور المُسلمين للعمل بكتابِك وتحكيمِ شرعِك يا أرحم الراحمين.

﴿رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ﴾ [الأعراف: 23]، ﴿رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ﴾ [الحشر: 10].

﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201].

﴿إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴾ [النحل: 90].

فاذكُروا اللهَ يذكُركم، واشكُرُوه على نِعمِه يزِدكم، ولذِكرُ الله أكبر، والله يعلَمُ ما تصنَعُون.


ޚުޠުބާގެ އަޞްލު