މިއީ 4 ޝަޢުބާން 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ عبد الله بن عبد الرحمن البعيجان –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
الحمدُ لله، الحمدُ لله ﴿الَّذِي جَعَلَ اللَّيْلَ وَالنَّهَارَ خِلْفَةً لِمَنْ أَرَادَ أَنْ يَذَّكَّرَ أَوْ أَرَادَ شُكُورًا﴾ [الفرقان: 62]، أشهدُ أن لا إله إلا الله وحدَه لا شريك له جعَلَ الشَّمسَ ضِياءً والقَمرَ نُورًا، وأشهدُ أن محمدًا عبدُه ورسولُه، أرسلَه بالهُدى ودينِ الحقِّ بشيرًا ونذيرًا، وداعِيًا إلى الله بإذنِه وسِراجًا مُنيرًا، صلَّى الله عليه وعلى آلِهِ وصحبِهِ وسلَّم تسليمًا كثيرًا.
* ފަހެ، ހަމަކަށަވަރުން އެންމެ ތެދު ބަސްފުޅަކީ ﷲ ގެ ފޮތެވެ. އަދި އެންމެ ހެޔޮ ހިދާޔަތަކީ މުޙައްމަދު صلى الله عليه وسلم ގެ ހިދާޔަތެވެ. އަދި އެންމެ ނުބައި ކަންކަމަކީ ދީނުގެ ތެރެއަށް އަލަށް ތަޢާރަފުކުރާ ކަންކަމެވެ. ދީނުގެ ތެރެއަށް އަލަށް ތަޢާރަފުކުރާ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކައިގައެވެ.
* ތިޔަބައިމީހުންނާއި އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވަޞިއްޔަތްކުރަނީ ﷲ جلَّ وعلا އަށް ތަޤުވާވެރިވުމަށެވެ. ފަހެ، އެއީ އެންމެ ފުރަތަމަ މީހުންނާއި އެންމެ ފަހުގެ މީހުންނަށްވެސް ﷲ ކުރެއްވި ވަޞިއްޔަތެވެ.
﴿وَلَقَدْ وَصَّيْنَا الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَإِيَّاكُمْ أَنِ اتَّقُوا اللَّهَ﴾ [النساء: 131]
މާނައީ: “އަދި ހަމަކަށަވަރުން ﷲއަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަންއިލާހު ވަޞިއްޔަތް ކުރައްވާ އެންގެވީމެވެ.”
* ހަމަކަށަވަރުން ﷲ ގެ ރަޙްމަތުން ބައްސަވާ ބެއްސެވުންތަކެއް ވެއެވެ. ފަހެ، އެލިބިގަންނާށެވެ. އަދި ހެޔޮކަމުގެ މޫސުންތައްވެއެވެ. ފަހެ، އެއަށް އެދޭށެވެ. އަދި މާތްވެގެންވާ ވަގުތުތަކެއް ވެއެވެ. ފަހެ، އެވަގުތުތަކަށް ރައްކާތެރިވާށެވެ.
* ޝަޢުބާން މަސް ތިޔަބައިމީހުންނާ ބައްދަލުކޮށްފިއެވެ. އެއީ މީސްތަކުން އެމަހަކާމެދު ޣާފިލުވެފައިވާ މަހެކެވެ.
* ފަހެ، އުސާމާ ބުން ޒައިދު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ.
“އޭ ﷲ ގެ ރަސޫލާއެވެ. ޝަޢުބާން މަހުގައި ކަލޭގެފާނު ރޯދަ ހިއްޕަވާފަދައިން އެހެން މަހެއްގައި ރޯދަ ހިއްޕަވަނިކޮށް ތިމަން ނުދެކެމެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ الْأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ» [رواه أحمد والنسائي وحسنه الألباني]
މާނައީ: “ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުވާ މަހަކީ މީސްތަކުން އެމަހަކާމެދު ޣާފިލުވެފައިވާ މަހެކެވެ. އެމަހަކީ ޢާލަމްތަކުގެ ވެރިރައްބުގެ ޙަޟްރަތަށް ޢަމަލުތައް އުފުއްލެވޭ މަހެވެ. ފަހެ، ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.”
* އަދި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ.
«كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ حَتَّى نَقُولَ: لاَ يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ: لاَ يَصُومُ، فَمَا رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ، وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ» [رواه البخاري]
މާނައީ: “އެކަލޭގެފާނު އެއްގޮތަކަށްވެސް ރޯދަ ނުވީއްލަވައޭ ތިމަންމެން ބުނަންދެން ރަސޫލުﷲ صلى الله عليه وسلم ރޯދަ ހިއްޕަވައެވެ. އަދި އެކަލޭގެފާނު އެއްގޮތަކަށްވެސް ރޯދަ ނުހިއްޕަވައޭ ބުނަންދެން ރަސޫލުﷲ صلى الله عليه وسلم ރޯދަ ނުހިއްޕަވައެވެ. ފަހެ، ރަމަޟާން މަސް ފިޔަވާ އެހެން މަހެއް އެއްކޮށް، ރަސޫލުﷲ صلى الله عليه وسلم ރޯދަ ހިއްޕެވި ތަނެއް، ތިމަންކަމަނާ ނުދެކެމެވެ. އަދި ޝަޢުބާން މަހުގައި ރޯދަ ހިއްޕަވާހާ ގިނައިން އެހެން މަހެއްގައި ރޯދަ ހިއްޕަވަނިކޮށްވެސް ތިމަންކަމަނާ ނުދެކެމެވެ.”
* ޝަޢުބާން މަހަކީ ރަމަޟާން މަހަށް އިސްތިޤުބާލު ކޮށް އެމަހަށް ތައްޔާރުވުމަށް އޮތް މައިދާނެކެވެ.
* ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާން މަހު ރޯދަ ހިފުން، ފަރުޟު ނަމާދުތަކާއެކުވާ ރަވާތިބު ސުންނަތްތައް ފަދައެވެ. ފަހެ، މިމަހުގައި ރޯދަ ހިފުމަކީ އިސްލާމްކަމުގެ އެއް ރުކުން ކަމުގައިވާ ރަމަޟާން މަހަށް ތައްޔާރުވުމެވެ.
* ރޯދައަކީ ކުއްތަންވެވޭ ޢަމަލުތަކުގެ ތެރެއިން އެންމެ މާތް ޢަމަލެވެ. އަދި ކިޔަމަންތެރިކަން އަދާކުރުމުގެ އެންމެ މަތީ ދަރަޖައެވެ. އަދި އަޅުކަމުގެ ތެރެއިން އެންމެ މަތިވެރި އަޅުކަމެވެ.
ފަހެ، އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«قَالَ اللهُ عَزَّ وَجَلَّ: كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ، وَالصِّيَامُ جُنَّةٌ، فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ، فَلَا يَرْفُثْ يَوْمَئِذٍ وَلَا يَسْخَبْ، فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ، فَلْيَقُلْ: إِنِّي امْرُؤٌ صَائِمٌ.
وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللهِ، يَوْمَ الْقِيَامَةِ، مِنْ رِيحِ الْمِسْكِ.
وَلِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا: إِذَا أَفْطَرَ فَرِحَ بِفِطْرِهِ، وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ» [رواه مسلم]
މާނައީ: “ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާ ކުރާ ކޮންމެ ޢަމަލެއްވެސްވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ފަހެ، ހަމަކަށަވަރުން އެރޯދަވަނީ ތިމަންއިލާހަށެވެ. އަދި އެރޯދައަށް ޖަޒާދެއްވާނީވެސް ތިމަންއިލާހީމެވެ. އަދި ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުން ކުރެ މީހަކު ރޯދައަށް ހުންނަ ދުވަހުގައި ހުތުރު ވާހަކަ ނުދައްކާށެވެ. އަދި ޒުވާބުކޮށް ހަޅޭއްލަވާ ނަހަދާށެވެ. ފަހެ މީހަކު ހަޑި ހުތުރު ބަހެއްބުނެފިނަމަ ނުވަތަ ތަޅާފޮޅައި ހަދައިފިނަމަ ބުނާށެވެ. ހަމަކަށަވަރުން އަހަރެންނަކީ ރޯދަވެރިއަކީމެވެ.
ތިމަން ކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ޙަދީޘް ކުރައްވަމެވެ. ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ މީރު ވަހެކެވެ.
ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. އޭނާ ރޯދަވީއްލާ ހިނދު އުފާކުރެއެވެ. އަދި އޭނާގެ ވެރިރައްބާ ބައްދަލުވާ ހިނދު އޭނާގެ ރޯދައާމެދު އުފާކުރެއެވެ.”
* ހެޔޮކަމުގެ ދޮރުތައް ވަނީ ހުޅުވިފައެވެ. ހެޔޮކަންކަންކުޅަ މީހެއްގެ ދަރުމަ، ހަމަކަށަވަރުން، ﷲ ގެއްލެނި ނުކުރައްވާހުށްޓެވެ. ހެޔޮ ޢަމަލުތައް ކުރުމަކީ ވަކި ޒަމާނަކާއި ވަކި ވަގުތަކަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. އަދި ކިޔަމަންތެރިކަން އަދާކުރުމުގެގޮތުން، އެވަގުތަކާ އެކަށީގެންވާ ގޮތެއްގެ މަތިން ތަފާތު ވައްތަރުތަކުގެ ގިނަގުނަ ޢަމަލުތަކެއް ކުރެވޭނެއެވެ. ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރެވޭ އަޅުކަންތަކަކީ ހަމައެކަނި ޝަޢުބާން މަހަށް ޚާއްޞަވެގެންވާ ކަންކަމެއް ނޫނެވެ. ނަމަވެސް އެމަހަކީ އެމަހެއްގައި ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. އެހެންކަމުން އެމަހުގައި ރޯދަ ހިއްޕެވުމަށް ރަސޫލުﷲ صلى الله عليه وسلم ލޯބި ކުރެއްވިއެވެ.
* ހަމަކަށަވަރުން ޣާފިލުކަމަކީ ދިގުދެމިގެންވާ ބައްޔެކެވެ. އަދި އޭގެ ސަބަބުން އަޅާއާއި އޭނާގެ ރައްބާ ދެމެދުވާ ގުޅުން ކަނޑުވާލައެވެ. ފަހެ، އޭނާއަށް ފާފައެއް ކުރެވޭކަމުގެ އިހުސާސެއް ނުކުރެވެއެވެ. އަދި އޭނާ ކުރާ ނުބައިކަމުން ދުރުހެލިނުވެއެވެ. އަދި އޭނާގެ ފާފައިން ތައުބާއެއް ނުވެއެވެ. ފަހެ، އޭނާއަށް ހެޔޮކަމެއް ނޭނގެއެވެ. އަދި މުންކަރާތެއް މަނާނުކުރެއެވެ. ހެޔޮކަމުގެ މޫސުންތަކާއި މާތްވެގެންވާ ވަގުތުތައް ފައިބައިގެން ދާއިރު އޭނާއަށް ހިލަމެއްވެސް ނުވެއެވެ. އޭނާވަނީ ޣާފިލުކަމުގެ ނިދީގައެވެ. ވަޢުޡުދެވުނަސް ހުއްޓައެއް ނުލައެވެ. ހަނދުމަކޮށްދެވުނަސް ހަނދުމަނުކުރެއެވެ.
* މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެކަމަށް ޣާފިލުވެފައިވިޔަސް، ޝަޢުބާން މަހުގައި ރޯދަ ހިއްޕެވުމަކީ ރަސޫލުﷲ صلى الله عليه وسلم ނުހަނު ބޮޑަށް ބާރުއެޅުއްވި ކަމެކެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ» [رواه أحمد والنسائي وحسنه الألباني]
މާނައީ: “ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުވާ މަހަކީ މީސްތަކުން އެމަހަކާމެދު ޣާފިލުވެފައިވާ މަހެކެވެ.”
* އޭ އެމީހެއްގެ އަމިއްލަ ނަފްސަށް ނަސޭހަތްތެރިވާން އެދޭމީހާއެވެ! އުންމީދުތައް މަދުކުރާށެވެ. ޣާފިލުކަމުން ހޭލާށެވެ. އަދި އަޖަލު ހަމަވުމުގެ ކުރިން ޙިސާބު ބެލުމަށް ތައްޔާރުވާށެވެ.
﴿وَاصْبِرْ نَفْسَكَ مَعَ الَّذِينَ يَدْعُونَ رَبَّهُمْ بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَنْ ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا﴾ [الكهف: 28]
މާނައީ: “އަދި އެބައިމީހުންގެ ވެރިރައްބުގެ ވަޖުހުފުޅު އެދިގެން، އެއިލާހަށް ހެނދުނާއި، ހަވީރު ދުޢާކޮށް އަޅުކަންކޮށްއުޅޭ މީހުންނާއެކު، ކަލޭގެފާނުގެ ނަފްސު ހިފަހައްޓަވައި، ކެތްކުރައްވާށެވެ! އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެބައިމީހުން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދި ތިމަންއިލާހު ހަނދުމަކުރުމުން އެމީހެއްގެ ހިތް ޣާފިލުކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް ތަބާވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!”
بارَكَ الله ولي ولكم في القرآن العظيم، ونفَعَني وإياكُم بما فِيه مِن الآياتِ والذِّكرِ الحكيم، أقولُ ما تسمَعُون، وأستغفِرُ اللهَ العظيمَ لِي ولكُم ولسائِرِ المُسلمين مِن كل ذنبٍ، فاستغفِرُوه، إنه هو الغفورُ الرحيم.
ދެވަނަ ޚުޠުބާ
الحمدُ لله حمدًا يلِيقُ بجلالِه، والصلاةُ والسلامُ على صَفوتِه مِن رُسُلِه وأنبيائِه، وعلى آلِهِ وأصحابِه وأتباعِه وأوليائِه.
* އެއިލާހަށް ކިޔަމަންތެރިކަން އަދާކުރުމަށާއި، އެއިލާހަށް އުރެދުމުން ދުރުހެލިވުމަށް މެނުވީ ﷲ އިންސާނުން ޚަލްޤުކުރައްވާ ޢުމުރު ދިގު ނުކުރައްވައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ﴾ [الذاريات: 56]
މާނައީ: “ތިމަންއިލާހަށް (އިޚުލާޞްތެރިކަމާއެކު) އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ޚަލްޤުނުކުރައްވަމެވެ.”
* ބައެއް ވަގުތުތައްވަނީ މަތިވެރި ކުރެވިގެންނެވެ. އަދި އެވަގުތުތަކުގައި ބަރަކާތް އިތުރުވެގެންވެއެވެ. އަދި ހެޔޮކަން ގިނަވެގެންވެއެވެ. އަދި އެވަގުތުތަކުގައި ކުރުމަށް ބައެއް ޢަމަލުތައް ޝަރުޢުކުރެއްވިގެންވެއެވެ.
* ހަމަކަށަވަރުން، ޝައިޠާނާއަކީ ތިޔަބައިމީހުންނަށްވާ ޢަދާވާތްތެރިޔެކެވެ. ފަހެ، އެ ޝައިޠާނާއީ ޢަދާވާތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ. ހެޔޮކަމުގެ މޫސުންތަކުގައްޔާއި މަތިވެރިވެރިގެންވާ ވަގުތުތަކުގައި މީސްތަކުން މަގުފުރެއްދުމަށް އެސޮރު ގަދައަޅާ މަސައްކަތްކުރެއެވެ. އަދި ބައެއް މީހުންނަށް ދީނީ ކަންތައްތައް އޮޅުވާލައިގެން މަގުފުރައްދާއިރު އަނެއްބައިމީހުން މަގުފުރައްދަނީ ޝަހުވަތްތަކުންނެވެ.
* ﴿لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّـهَ كَثِيرًا﴾ [الأحزاب: 21]
މާނައީ: “ހަމަކަށަވަރުން ﷲގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.”
ދީނަށް އަލަށް ތަޢާރަފުކުރާ ކަންކަމުގެ ތެރެއިން ނަބިއްޔާ صلى الله عليه وسلم އަމުރު ނުކުރައްވާ ކޮންމެ ކަމެއްވަނީ ރައްދު ކުރެވިގެންނެވެ.
* ފަހެ، ތިޔަބައިމީހުން ސުންނަތުގައި ހިފަހައްޓާށެވެ. އަދި ދީނުގެ ތެރެއަށް ތަޢާރަފުކުރާ ކޮންމެ އާކަމަކީ ބިދުޢައެއްކަން ދަންނާށެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކައިގައެވެ.
* މިދިޔަ ރަމަޟާން މަހުން ޤަޟާކުރަން ޖެހިފައިވާ ރޯދައެއް ވާމީހަކު ދަންނައެވެ. ރަމަޟާން މަސް އައުމުގެ ކުރިން އެރޯދަ ޤަޟާކުރުމަށް އަވަސްވެ ގަންނާށެވެ. ފަހެ، ވަގުތު ކުޑަތަންވެއްޖެއެވެ. މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ޤަޟާކުރުމުގައި އަވަސްވެގަތުމެވެ.
* ފަހެ، ހެޔޮކަމުގައި ވާދަކުރާށެވެ. އަދި ކިޔަމަންތެރިކަން އަދާކުރުމުގައި އަވަސްވެގަންނާށެވެ. ތިޔަބައިމީހުންގެ ވެރިރައްބުގެ ފާފަފުއްސެވުމާއި އުޑުތަކާއި ބިންހާ ތަނަވަސްވެގެންވާ ސުވަރުގެ ހޯދުމަށް އަވަސްވެގަންނާށެވެ.
* ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވަނީ އެންމެ މަތިވެރި ފޮތެވެ. އަދި ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވީ އެންމެ މަތިވެރި ރަސޫލާއެވެ. އަދި ދީން ފުރިހަމަކޮށްދެއްވާ، ތިޔަބައިމީހުންނަށްޓަކައި އެދީނަށް އެއިލާހު ރުހިވޮޑިގަތެވެ. އަދި އެދީން އެކީ އެކައްޗަކަށް ފާޅުކުރައްވާ ނިޢުމަތްތައް ފުރިހަމަ ކޮށްދެއްވިއެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ.
﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴾ [المائدة: 3]
މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހު ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”
އަދި އަޅަމެންގެ ރައްބަކީ ﷲ ކަމުގައި، އަދި އަޅަމެންގެ ދީނަކީ އިސްލާމްދީންކަމުގައި، އަދި އަޅަމެންގެ ނައްބިއްޔަކީ އަދި ރަސޫލަކީ މުޙައްމަދު صلى الله عليه وسلم ކަމުގައި އަޅަމެން ރުހިގެންވަމެވެ.
ونسألُ الله أن يُثبِّتَنا على ذلك بالقَولِ الثابِتِ في الحياةِ الدنيا وفي الآخرة، وأن يُجنِّبَنا الفِتنَ ما ظهرَ مِنها وما بطَن، وأن يرزُقنا التمسُّكَ بالسنَّة، وأن يصرِفَ عنَّا الغفلَةَ والخُذلان، وأن يُوفِّقَنا في شعبان، ويُبلِّغنا رمضان.
اللهم أعِزَّ الإسلام والمُسلمين، اللهم أعِزَّ الإسلام والمُسلمين، وانصُر عبادَك المُوحِّدين، واجعَل اللهم هذا البلدَ آمنًا مُطمئنًّا وسائرَ بلاد المُسلمين.
اللهم آمِنَّا في أوطانِنا، وأصلِح أئمَّتَنا ووُلاةَ أمورِنا، اللهم وفِّق وليَّ أمرِنا خادمَ الحرمَين الشريفَين بتوفيقِك، وأيِّده بتأيِيدك، اللهم وفِّقه ووليَّ عهدِه لما تُحبُّ وترضَى، وخُذ بناصيتِهما للبِرِّ والتقوَى، اللهم وفِّقهما لما فيه صلاحُ البلاد والعباد يا رب العالمين.
اللهم مَن أرادَ هذه البلادَ بسُوءٍ فأشغِله في نفسِه، ورُدَّ كيدَه في نَحرِه، واجعَل تدبيرَه تدميرَه يا قويُّ يا عزيز، اللهم اجعَلها آمنةً مُطمئنَّةً، وسائرَ بلادِ المُسلمين يا رب العالمين.
اللهم احفَظ جُنودَنا، اللهم اشفِ مُصابَهم، وتقبَّل شُهداءَهم يا رب العالمين.
اللهم بلِّغنا رمضان، اللهم بلِّغنا رمضان، وأعِنَّا فيه على الصِّيام والقِيام، وتقبَّله مِنَّا يا رب العالمين.
عباد الله:
صلُّوا وسلِّمُوا على مَن أمَرَكم الله بالصلاةِ والسلامِ عليه فقال: ﴿إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56].
اللهم صلِّ على مُحمدٍ وعلى آل مُحمدٍ، كما صلَّيتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، وبارِك على مُحمدٍ وعلى آل مُحمدٍ، كما بارَكتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد.
وارضَ اللهم عن الخُلفاء الراشِدين: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن سائرِ الصحابةِ أجمعين، وعنَّا معهم برحمتِك يا أرحم الراحمين.
عباد الله:
اذكُرُوا اللهَ العظيمَ الجليلَ يذكُركُم، واشكُرُوه على نِعمِه وآلائِه يزِدكم، ولذِكرُ الله أكبر، والله يعلَمُ ما تصنَعُون.