މިއީ 11 ޝަޢުބާން 1439 ވީ ހުކުރު ދުވަހު މަސްޖިދުލްޙަރާމްގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ خالد بن علي الغامدي –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
الحمدُ لله، الحمدُ لله الذي أتَمَّ علينا نِعمتَه، وأحسَنَ إلينا بشريعتِه، وأفاضَ علينا بكرمِه ومِنَّتِه، أحمدُه سبحانه وأشكُرُه، وأُثنِي عليه وأُمجِّدُه، وأشهدُ أن لا إله إلا الله وحدهُ لا شريكَ له وسِعَ كلَّ شيءٍ رحمةً وعلمًا، وأحصَى كلَّ شيءٍ عددًا، وأشهدُ أن سيِّدنا محمدًا عبدُه ورسولُه خيرُ نبيٍّ ونذير، وأشرفُ رسولٍ وبشير، صلَّى الله عليه وعلى أهل بيتِه الطاهِرين أزواجًا وذريَّة، وعلى الصحابةِ الكرامِ البَرَة، والتابعين لهم بإحسانٍ إلى يوم الدين وسلَّم تسليمًا كثيرًا.
* އަޅުތަކުންގެ ޙައްޤުތަކުގެ ތެރެއިން މީސްތަކުން ވަރަށް ބޮޑަށް ފަރުވާކުޑަކޮށްލާފައިވާ އެއްކަމަކީ ދަރަނީގެ ކަންކަމެވެ. އެއީ މުސްލިމުންގެ މުޖުތަމަޢުތަކާއި އެނޫން މުޖުތަމަޢުތަކުގައިވެސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެކެވެ. ދަރަނި ދޭމީހުންނާއި ދަރަނި ނަގާމީހުން ކޮންމެ މުޖުތަމަޢަކުންވެސް ފެންނާނެއެވެ. އެހެންކަމުން މިކަމަކީ ތެދުވެރިކަމާއެކު މިކަމުގެ ޙުކުމްތައް ބަޔާންކޮށްދީ، އިރުޝާދުދީ އަދި ނަސޭހަތްތެރިވެ، ހަނދާންކޮށްދިނުމަށް ބޭނުން ޖެހިފައިވާ ކަމެކެވެ.
* ގިނަ މީހުންވަނީ އެބައިމީހުންގެ ނަފްސުތަކުގެ މައްޗަށް ދަރަނީގެ ދޮރު ހުޅުވާލާ، އެކަމުން އިސްރާފުކޮށް، އެކަމުގެ ތެރޭގައި މީހާ މާޔޫސްވެ ވަރުބަލިވެފައެވެ. އެބައިމީހުންނަށް ތަހަންމަލު ކުރެވިދާނެ ކަންކަމުގައިވެސް އެބައިމީހުން އަވަސްއަރުވާލާ، ވަރަށް ފަސޭހައިން މީހެއްގެ އަތުން ފަހުންދޭ ގޮތަށް އެއްޗެހި ނަގައެވެ. އެކަމާމެދު ވިސްނާ، ހިސާބުކޮށް ބެލުމަށް މަޑުކުރުމެއް ނެތި އަވަސްއަރުވާލައެވެ. ޝަރުޢީ ގޮތުން ދަރަނީގެ ޙުކުމްތަކާއި އަދަބުތައްވެސް ނޭނގޭ ޙާލެވެ. އެބައިމީހުން އެކަމުގައި ފަރުވާކުޑަކޮށްލައެވެ. އެއިން ސަލާމަތްވެވެން އޮތް އިރުވެސް، ނިމުމެއް ނެތް ދަރަނިތަކާއި ޙައްޤުތަކުގެ ތެރޭގައި އެބައިމީހުންގެ ނަފްސުތައް ބަނދެވިފައިވެއެވެ.
* މުސްލިމުންނަށް ވާޖިބުވެގެންވަނީ މީސްތަކުންގެ މުދަލާއި ޙައްޤުތަކުން އެއްކިބާވެ ދަރަނި ނެގުމުންވެސް ރައްކާތެރިވުމެވެ. އެހެނީ މީސްތަކުންނާ ގުޅުންހުރި ޙައްޤުތަކުގައި ދުނިޔޭގައި އަޅަކަށް ސަލާމަތްވެވުނު ކަމުގައިވިޔަސް، އާޚިރަތުގައި ޢަދުލުވެރި ފަރާތުގެ ޙިސާބުބެއްލެވުމުން ސަލާމަތެއް ނުވެވޭނެއެވެ. މީސްތަކުންގެ ޙައްޤުތަކުގައި އަނިޔާވެރިވެފައިވާ މީހުންނާއި ޙައްދުފަހަނައަޅާފައިވާ ކޮންމެ މީހެއްގެ ކިބައިން ޤިޔާމަތްދުވަހުން ﷲ ތަޢާލާ ޤިޞާޞް ހިއްޕަވާނެއެވެ.
* ހަމަކަށަވަރުން ދަރަނީގެ ކަންކަމަކީ ﷲ ގެ ޙަޟްރަތުގައި ވަރަށް މަތިވެރި ކަމެކެވެ. ޤުރުއާނުގައިވާ އެންމެ ދިގު އާޔަތް އެއިލާހު ބާވައިލެއްވީ އެކަމާ ގުޅޭގޮތުންނެވެ. އެއީ ބަޤަރާ ސޫރަތުގެ ފަހުކޮޅުގައިވާ ދަރަނީގެ އާޔަތެވެ.
* ދަރަނީގެ ބުރައިންނާއި، މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ގަދަވެގެންފާނެތީއާއި ދަރަނިވެރިވުމުންނާ އަދި ފާފަކުރުމުން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށްއެދި ނަބިއްޔާ صلى الله عليه وآله وسلم ގިނަގިނައިން ދުޢާކުރައްވާކަން ޘާބިތުވެފައިވެއެވެ.
* ދެދީނާރުގެ ދަރަންޏެއް އޮތް މީހެއްގެ ދަރަނި އަދާކުރުމަށް އަބޫ ޤަތާދާ رضي الله عنه ހަވާލުވެވަޑައިގެންފުމަށްދާންދެން އޭނާގެ މައްޗަށް ކަށުނަމާދު ކުރެއްވުމަށް ނަބިއްޔާ صلى الله عليه وآله وسلم ދެކޮޅު ހެއްދެވިއެވެ. ދެން އެއަށްފަހު، އަބޫ ޤަތާދާ رضي الله عنه އެދަރަނި އަދާކުރެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«الْآنَ بَرَدَتْ عَلَيْهِ جِلْدُهُ» [رواه أحمد وحسنه الألباني]
މާނައީ: “މިހާރު އޭނާގެ ހަންގަނޑަށް ފިނިކަން ލިބިއްޖެއެވެ.”
* ދަރަންޏެއް ނުދައްކާ ވަނިކޮށް ޞަޙާބީ ބޭކަލަކު އަވަހާރަވުމުން އެކަލޭގެފާނުގެ އަޚާއަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ أَخَاكَ مَحْبُوسٌ بِدَيْنِهِ، فَاقْضِ عَنْهُ» [رواه أحمد وصححه الألباني]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ އަޚާ އެވަނީ ދަރަނީގެ ސަބަބުން ބަންދުކުރެވިފައެވެ. ފަހެ އޭނާގެ ކިބައިން ދަރަނި އަދާކޮށްދޭށެވެ.”
ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘްކުރެއްވިއެވެ.
«يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إِلَّا الدَّيْنَ» [رواه مسلم]
މާނައީ: “ޝަހީދުންގެ ހުރިހާ ފާފައެއް ފުއްސަވައިދެވޭނެއެވެ. ދަރަނި ފިޔަވައެވެ.”
* ދަރަނީގެ ކަންކަމުގައި ޝަރީޢަތުގައި އެހާ ވަރުގަދައަށް އައިސްފައިވަނީ މީސްތަކުންގެ މަސްލަޙަތާއި ޟަރޫރީކަންކަން ރައްކާތެރިކުރުމުގެ ގޮތުން އައިސްފައިވާ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުންނެވެ. އެފަދަ ޙައްޤުތަކުގެ ތެރޭގައި މުދާ ރައްކާތެރިކުރުން ހިމެނެއެވެ.
* ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘް ކުރެއްވިއެވެ.
«إِنَّ الرَّجُلَ إِذَا غَرِمَ، حَدَّثَ فَكَذَبَ، وَوَعَدَ فَأَخْلَفَ» [متفق عليه]
މާނައީ: “ހަމަކަށަވަރުން މީހަކު ދަރަނިވެރިވުމުން ވާހަކަދައްކާއިރު ދޮގުހަދައެވެ. އަދި ވަޢުދުވެފައި އެއާވެސް ޚިލާފުވެއެވެ.”
* މުސާރައިގެ ބޮޑުބައެއް ދަރަނި ފުއްދުމުގައި ހޭދަކުރަން ޖެހިދާނެއެވެ. އެހެންކަމުން އަނެއްކާވެސް ދަރަންޏަށް އެދެން އޭނާއަށް ޖެހިދާނެއެވެ. މިގޮތަށް އަބަދު ދަރަނި ނެގުމުގައި އުޅެން ޖެހިދާނެއެވެ. މިއީ އޭނާގެ އަމިއްލަ ނަފްސަށް ވެވޭ އިހާނެތިކަމެކެވެ. ތިބާގެ އަމިއްލަ ނަފްސު އިހާނެތިކޮށްލުމަކީ މުއުމިނުންނަށް އެކަށީގެންވާކަމެއް ނޫނެވެ.
* ދަރަނި ނަގާ މީހުންގެ ތެރެއިން ގިނަ މީހުންނަށް ފިކުރު ބޮޑުވުމާއި މާޔޫސްވުންފަދަ ކަންކަމާ ކުރިމަތިލާން ޖެހެއެވެ. އަދި އެކަމުގެ ސަބަބުން ބައެއް މީހުން ބަލިވެ، އެމީހުންގެ ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ. އަދި އެބައިމީހުންގެ ބުއްދިތަކާއި ހިތްތައް ދަރަންޏާއި ދަތި އުނދަގޫ ކަންކަމާއި މީސްތަކުންގެ ގާތުން އެދެންޖެހިފައިވާ އެދުންތަކުގެ ކަންކަމުގައި އަވަދިނެތިވުމުގެ ސަބަބުން ކިޔަމަންތެރިކަން އަދާކުރުމާއި ﷲ އަށް ކުއްތަންވުމުގެ ޢަމަލުތައް ކުރުމުން އޭނާ ޣާފިލުވެއެވެ.
* އަމީރުލް މުއުމިނީން ޢުމަރު رضي الله عنه ވިދާޅުވިއެވެ. “ތިޔަބައިމީހުން ދަރަންޏަށް ރައްކާތެރިވާށެވެ. އޭގެ ފުރަތަމަކޮޅުގައި އޮތީ ކަންބޮޑުވުމެވެ. އަދި ފަހުކޮޅުގައި އޮތީ ހަނގުރާމައެވެ.”
* ދަރަނީގެ ފަހުކޮޅުގައި ހަނގުރާމަވާކަމުގައި ޢުމަރުގެފާނު ވިދާޅުވެފައިވަނީ ދަރަނީގައި ފަރުވާކުޑަކުރުމަކީ މީސްތަކުންގެ މެދުގައި ގުޅުންކެނޑުމާއި ތިމާގެ މީހުންނާއި ރައްޓެހިންގެ މެދުގައި ޚިޔާލުތަފާތުވުންތައް ދިމާވާ އެންމެ ބޮޑު އެއްސަބަބަށް ވުމުންނެވެ. މިފަދަ ކަންކަމުގައި އެންމެފަހުން ކޯޓަށް ދާ ހިސާބަށް ހިނގައިދާނެއެވެ. އޭގެ ސަބަބުން މީހާއަށް ބޮޑެތި އުނދަގޫތަކާއި ނަފްސާނީ ގެއްލުންތައްވެސް ވެގެންދާނެއެވެ.
* މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ މީސްތަކުންގެ މުދަލާ ދުރުހެލިވުމެވެ. އަދި ދަރަނީގެ ދޮރު އޭނާގެ މައްޗަށް ހުޅުވާނުލުމެވެ. އެއީ ދުނިޔެއާއި އާޚިރަތުގައިވެސް އޭނާއަށް އެކަމުގައި ހުރި ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށެވެ. އަދި އޭނާގެ އަމިއްލަ ނަފްސާއި އޭނާގެ ޢާއިލާގެ މީހުންނަށް ފުދުންތެރިކަމާއި ކެތްތެރިކަމާއި ﷲ ތަޢާލާ ނިޔާކުރައްވާފައިވާ ގޮތަށް ރުހެން އާދަކުރުވުމެވެ.
* ހޭދަކުރުމުގައި މެދުމިންވަރަކަށް އިޤްތިޞާދުކޮށްލުމަށްވުރެ ބަރަކާތްތެރިކަން ބޮޑު ގޮތެއް ނުވެއެވެ. މުސްލިމުންގެ މައްޗަށް އޮތީ ބޭކާރުކަންކަމުގައި އިސްރާފުކުރުމުގެ އާފަތުން ދުރުހެލިވުމެވެ. އެއީ އެކަކު އަނެކަކުގެ މައްޗަށް ފަޚުރުވެރިވުމަށްޓަކައިވިޔަސް، ގިނަކުރުމަށްޓަކައިވިޔަސް އަދި އަލަށް ތަޢާރަފުކުރާ ތަކެތީގެ ފަހަތުން ދިޔުމަށްކަމުގައިވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން އެއީ ދަރަނީގެ ޖެހުމުގެ އެންމެ މައިގަނޑު ސަބަބުތަކެވެ.
* މިހުރިހާކަމަކާއެކުވެސް ދަންނަވާލަން އޮތީ ފަހެ ހަމަކަށަވަރުން ދަރަނި ނެގުމަކީ އިސްލާމީ ޝަރީޢަތުގައި އެކުއެކީ މަނާކުރެވިފައިވާ ކަމެއް ނޫނެވެ. އެހެނަސް އިރުޝާދުދެވިގެންވަނީ މިކަމުގައި ފައިދާކުރަނިވި މުހިންމު ވަޞިއްޔަތްތަކަކަށެވެ. އެއީ ދަރިނީގައި ހުރި ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށެވެ.
* ފަހެ، މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާއަށް ކޮންމެހެންވެސް ބޭނުން ޖެހިފައިވާ މުބާޙު ކަމެއްގައި މެނުވީ ދަރަނި ނުނެގުމެވެ. އަދި އޭނާއަށް ކޮންމެހެން ބޭނުން ޖެހިފައި ނުވާ ކަމެއް ނުވަތަ ﷲ ޙަރާމް ކުރައްވާފައިވާ އުރެދުމަކަށްނަމަ ދަރަނި ނެގުމުން ދުރުވުމެވެ.
* އޭނާގެ މައްޗަށް އޮތީ ދަރަނި ދިން މީހުންނަށް ދަރަނި އަދާކުރުމަށް ޔަޤީންކަމާއެކު ނިޔަތްގަނެ އަޒުމް ކަނޑައެޅުމެވެ. ޔަޤީންކަމާއެކު ނިޔަތްގަތުމަކީ ދަރަނި އަދާކުރުމާއި އަދި އެފަދަ މުބާޙު ކަންކަމުގައި ﷲ އޭނާއަށް ވާގިވެރިވެވޮޑިގަންނަވާނެ އެންމެ މުހިންމު ސަބަބެވެ.
* މުސްލިމަކަށް މަޖުބޫރުވެގެން ދަރަންޏެއް ނަގަންޖެހިއްޖެ ހިނދެއްގައި، ޝުބުހައާއި (އެބަހީ: ޝައްކުވާފަދަ މުޢާމަލާތްތަކާއި) މަކަރުން ދުރުވެ، މުބާޙު މަގުން އެކަން ކުރާށެވެ. އަދި ރިބާއިން ދުރުވާށެވެ. ޙަރާމް ގޮތުގައި ދަރަނި ނަގާމީހާ ދަންނައެވެ. ފަހެ، އެމީހަކަށް ﷲ ގެ ޙަޟްރަތުން ތައުފީޤެއް އަދި ވާތްގެއްވެސް ނުލިބޭނެއެވެ.
* ދަރަނީގެ އާޔަތުގައި ﷲ ތަޢާލާ އަމުރު ކުރައްވާފައިވާފަދައިން، އެކަން ލިޔެ އެކަމުގެ މައްޗަށް ހެކިވެރިން ހެކިކުރުމަށް ދަރަނި ނަގާމީހާއާއި ދަރަނި ދޭމީހާ ރައްކާތެރިވާންވާނެއެވެ.
* ދަރަނި ލިޔުމަށް ފަސްނުޖެހޭށެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއް ނުވަތަ ބޮޑު މިންވަރެއް ކަމުގައި ވިޔަސްމެއެވެ. ފަހެ، އެއީ ﷲ ގެ ޙަޟްރަތުގައި އެންމެ ޢަދުލުވެރި އަދި އެންމެ އިތުބާރު ހުރި ގޮތެވެ.
* އަދި ދަރަނި ނަގާމީހާ އޭގެ މުއްދަތު ހަމަވާންވާއިރަށް ދަރަނި އަދާކުރުމަށް ރައްކާތެރިވާށެވެ. އަދި ވީހާވެސް އަވަހަކަށް އެޒިންމާއިން ބަރީއަވާށެވެ. ފަހެ، މަރު އަންނަހުށީ ކުއްލިއަކަށެވެ. އަދި އެއަދާކުރުމުން އެއްކިބާކުރުވާ ކަންތައްތައް ވަރަށް ގިނައެވެ.
* ދަރަނި އަދާކުރެވޭ ވަރަށް އޭނާގެ އަތުގައި މުދާ ހުރިނަމަ، ދަރަނި ނުދައްކާ ލަސްކުރުން ހުއްދަވެގެން ނުވެއެވެ. ފަހެ، އެފަދައިން ލަސްކުރުމަކީ ދަރަނި ދިން ފަރާތަށް ކުރެވޭ އުނދަގުލެކެވެ. ދަރަނި ދިން ފަރާތަށް ޝުރުކު އަދާކޮށް އޭނާ އެކޮށްދިން ކަންތަކުގެ ބަދަލުގައި އޭނާގެ މުދާ ރައްދުކޮށްދޭން ވާނެއެވެ. އޭނާއަށް ކެހިދީ ދަރަނި އަދާކުރުން ލަސްކޮށްގެން ނުވާނެއެވެ.
ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘްކުރެއްވިއެވެ.
«مَطْلُ الغَنِيِّ ظُلْمٌ» [متفق عليه]
މާނައީ: “މުއްސަންޖަކަށް އަދާކުރަންޖެހޭ ފައިސާއެއްވިޔަސް، އެއަދާނުކޮށް (ޤަޞްދުގައި) ފަސްކުރުމަކީ އަނިޔާއެކެވެ.”
* ޙާޖަތެއް ޖެހިގެން ދަރަނި ނަގާމީހާ ޝަރީޢަތުގައި ހުއްދަކުރައްވާފައިވާ ގޮތުގައި އެކަންކުރާށެވެ. އަދި މީސްތަކުންގެ ޙައްޤުތައް އަދާކުރުމަސް އަޒުމްކަނޑައަޅާށެވެ. އަދި ﷲގެ ޙަޟްރަތުން ވާތްގާއި ތައުފީޤު ލިބޭނެކަމަށް އުންމީދުކުރާށެވެ. ފަހެ އެދަރަނި އަދާވަންދެން، ﷲ ތަޢާލާ އޭނާއާއެކު ވޮޑިގެންވެއެވެ.
* ދަރަނީގެ ސަބަބުން ވަރުބަލިވެފައިވާ މީހުންނަށް އޮތީ ފާފަފުއްސެވުމަށް އެދި ދެންނެވުމާއި ދަރަނި އަދާކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ގިނައިން ދެންނެވުމެވެ. އަދި ޢަލީގެފާނަށް ނަބިއްޔާ صلى الله عليه وسلم އުނގަންނަވައިދެއްވި މަތިވެރި ދުޢާއިން ދުޢާކުރުމެވެ. ޢަލީ ބުން އަބޫ ޠާލިބު ވިދާޅުވިއެވެ.
أَلَا أُعَلِّمُكَ كَلِمَاتٍ عَلَّمَنِيهِنَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَوْ كَانَ عَلَيْكَ مِثْلُ جَبَلِ صِيرٍ دَيْنًا أَدَّاهُ اللَّهُ عَنْكَ، قَالَ: «قُلْ: اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ» [رواه الترمذي وحسنه الألباني]
މާނައީ: ﷲ ގެ ރަސޫލާ صلى الله عليه وسلم ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވި ކަލިމަތަކެއް ކަލޭގެފާނަށް އުނގަންނަވައިދެއްވަން ހެއްޔެވެ. (އެކަލިމަތަށް ބޭނުންކޮށްގެން ދުޢާކުރުމުން) ޖަބަލު ޞީރު[1] ވަރުގެ ދަރަންޏެއް ތިބާގެ އޮތަސް ﷲ ތަޢާލާ އެ އަދާކޮށްދެއްވާނެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކިޔާށެވެ.
اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
މާނައީ: “އޭ ﷲ! އިބައިލާހުގެ ޙަލާލު ތަކެތީގެ ޛަރީޢާއިން، އިބައިލާހު ޙަރާމްކުރައްވާފައި ތަކެތިން ދުރުވުމަށް މިއަޅާއަށް ފުދުންތެރިކަން ދެއްވާފާނދޭވެ! އަދި އިބައިލާހުގެ ފަޟްލުވަންތަކަމުން ޛަރީޢާއިން، އިބައިލާހު ފިޔަވާ އެހެން ފަރާތަކަށް ބޭނުންޖެހުމުން މިއަޅާއަށް މުއްސަނދިކަން ދެއްވާނދޭވެ!”
* ދަރަނި ނަގާމީހާގެ މައްޗަށް އޮތީ އޭނާގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސާ، އޭނާއަށް ލިބޭ މިންވަރުން އިޤްތިޞާދުކޮށްގެން އުޅުމެވެ. އަދި ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު އޭނާގެ ކަންކަން ހެޔޮގޮތުގައި ކުރިއަށް ގެންދިއުމެވެ. އަދި އެންމެ މުހިންމު ކަންކަމަށް އިސްކަންދީގެން ކަންކަން ހަމަޖައްސަމުން ގޮސް ދަރަނި އޭގެ ޙައްޤުވެރިޔާއަށް ރައްދުކޮށްދިނުމެވެ.
[1] މިއީ ފަރުބަދައެއްގެ ނަމެކެވެ.
بارك الله لي ولكم في القرآن العظيم، ونفَعَنا بما فيه مِن الآياتِ والذِّكر الحكيم، أقولُ ما تسمَعُون، وأستغفِرُ الله العظيمَ الجليلَ لي ولكم ولسائرِ المسلمين من كلِّ ذنبٍ، فاستغفِرُوه، إنه هو الغفورُ الرحيمُ.
ދެވަނަ ޚުޠުބާ
الحمدُ لله، الحمدُ لله الذي أنزلَ القُرآن وعلَّمَه، وخلقَ الإنسانَ وبالعقل كرَّمَه، وفضَّلَه بالبيان وبالقلَم علَّمَه، وأُصلِّي وأُسلِّمُ على المبعُوثِ رحمةً للعالمين رسولِ المِلَّة، ونبيِّ الملحَمة، وشفيعِ الأمَّة، وعلى زوجاتِه وذريَّاتِه وصحابتِه وأتباعِه.
* ދަރަނި ދޭމީހާއަށް އޮތީ ޙާޖަތްޖެހިފައިވާ މީހުންނަށް ދަރަނި ދިނުމުގައި އޭނާގެ ނިޔަތް ރަނގަޅުކުރުމެވެ. އެގޮތުން ﷲ ގެ ވަޖުހުފުޅު އަދައިގެން އެކަން ކުރުމެވެ. އަދި ދެއްކުންތެރިކަމުން ދުރުވުމެވެ.
﴿إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنْكُمْ جَزَاءً وَلَا شُكُورًا﴾ [الإنسان: 9]
މާނައީ: “ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ.”
* ދަރަނިދޭމީހާގެ މައްޗަށް އޮތީ ދަރަނި ނަގާމީހުންނާމެދު ކެތްތެރިވުމެވެ. އަދި ކަލަ ނުގޮވުމެވެ. އަދި އެބައިމީހުންގެ މައްޗަށް ފަޚުރުވެރިވެ ނުގަތުމެވެ. އަދި ޙީލަތާއި ޤަޞްދުގައި ސަބަބަކާ ނުލާ ފަސްކުރުން އެމީހުންގެ ކިބައިން ނުފެންނަހާ ހިނދަކު އެބައިމީހުންނަށް މުހުލަތު ދިނުމެވެ. އަދި ދަރަނި ދިންމީހާގެ މައްޗަށް އެދެވިގެންވަނީ، ދަރަނި ނެގިމީހާ ދަތިވެގެން، ދަރަނި އަދާކުރަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް އެދިއްޖެނަމަ ފަސްކޮށްދިނުމެވެ. އަދި އޭނާއަށް ދަރަނި މަޢާފުކޮށްދިނުން ހެޔޮވެގެންވެއެވެ. މިއީ ދީލަތިކަމާއި ޝަރަފުވެރިކަމުގެ ތެރެއިންވާކަމެކެވެ.
* ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ أَنْظَرَ مُعْسِرًا فَلَهُ بِكُلِّ يَوْمٍ مِثْلِهِ صَدَقَةٌ» [رواه أحمد وصححه الألباني]
މާނައީ: “(ދަރަނިވެރިވެގެން) ދަތިވެފައިވާ މީހަކަށް ދަރަނި ފަސްކޮށްދިން މީހާ ދަންނައެވެ. އެކަންވާހުށީ އޭނާ ފަސްކޮށްދިން ކޮންމެ ދުވަހަކަށްޓަކައިވާ ޞަދަޤާތެއް ފަދައިންނެވެ. (އެބަހީ: އެފަދަ އަޖުރެއް އޭނާއަށް ލިބޭނެއެވެ.)”
* ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘްކުރެއްވިއެވެ.
«كَانَ رَجُلٌ يُدَايِنُ النَّاسَ، فَكَانَ يَقُولُ لِفَتَاهُ: إِذَا أَتَيْتَ مُعْسِرًا فَتَجَاوَزْ عَنْهُ، لَعَلَّ اللهَ يَتَجَاوَزُ عَنَّا، فَلَقِيَ اللهَ فَتَجَاوَزَ عَنْهُ» [متفق عليه]
މާނައީ: “މީސްތަކުންނަށް ދަރަނި ދީ އުޅުނު މީހަކު އުޅުނެވެ. އޭނާގެ ޚާދިމުންގެ ގާތު އޭނާ ބުނެއެވެ. ދަތިވެފައިވާމީހަކާ ބައްދަލުވެއްޖެއްޔާ އެމީހަކަށް މަޢާފުކުރާށެވެ. އޭރުން، ﷲ ތަޢާލާ އަހަރުމެންނަށްވެސް މަޢާފުކުރައްވަފާނެކަމަށް އުންމީދުކުރެވެއެވެ. ފަހެ، އޭނާ ﷲ ތަޢާލާއާ ބައްދަލުވުމުން އެއިލާހު އޭނާއަށް މަޢާފުކުރެއްވިއެވެ.”
* އިސްލާމީ ޝަރީޢަތުގައިވަނީ ޙާލުގައި ޖެހިފައިވާ މީހުންގެ ދަރަނިތައް އަދާކޮށްދިނުމަށް ބާރުއަޅުއްވާފައެވެ. އެއީ މުއްސަނދިންގެ ޒަކާތު ފައިސާއިންނާ އަދި އެނޫން ގޮތްގޮތުންވެސްމެއެވެ.
* ދަރަނި ދޭމީހުން، އެދަރަނި އަނބުރާ ރައްދުކުރާއިރު ރައުސުލްމާލަށްވުރެ އިތުރު ކުރުމަށް އެދުމުން ރައްކާތެރިވާށެވެ. ފަހެ، ހަމަކަށަވަރުން އެއީ ޞަރީޙަކޮށް ޖާހިލިއްޔަތުގެ ރިބާއެވެ. އަދި އެދަރަނީގެ ސަބަބުން، ދަރަނި ނެގި ފަރާތުން ތިބާއަށް ޙާޞިލުވާ އިތުރު އުޖޫރައެއް ނުވަތަ ފައިދާއަކުން ރައްކާތެރިވާށެވެ. އެހެނީ އެކަން ވަންނާނީ އަންނަނިވި މަޝްހޫރު ޤާޢިދާއަށެވެ.
«كلُّ قَرضٍ جرَّ نفعًا فهو رِبا»
މާނައީ: “ދަރަނި ދިނުމުގެ ސަބަބުން މަންފާއެއް ގެނެސްދޭ ކޮންމެ ދަރަންޏަކީ އެއީ ރިބާއެވެ.”
* ސަލަފުންގެ ތެރެއިން ގިނަ ބޭކަލުން، އެބޭކަލުން މީހަކަށް ދަރަންޏެއް ދެއްވައިފިނަމަ، އެދަރަނި އަދާކުރަންދެން އެމީހެއްގެ ފަރާތުން އެއްވެސް އެއްޗެއް ނުހިއްޕަވައެވެ. ކެއުމަކަށް ދަޢުވަތު ދެވުނު ކަމުގައި ވިޔަސްމެއެވެ. އެއީ އެބޭކަލުން އެދެއްވި އެއްޗަކުން އެމީހާއަށް ލިބުނު ފައިދާއަށް އަރައިގަނެވިދާނެކަމަށް ބިރުންނެވެ. މިއީ އެބޭކަލުންގެ ވަރަޢަވެރިކަމާއި ﷲ އަށް ބިރުވެތިވުމުގެ ފުރިހަމަކަމެވެ. رحمهم الله.
صلُّوا وسلِّمُوا على سيِّدنا رسولِ الله؛ فقد أمَرَنَا بذلك الله؛ حيث قال: ﴿إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56].
فاللهم صلِّ وسلِّم وبارِك على نبيِّنا وحبيبِنا وسيِّدنا وقُدوتِنا مُحمدٍ، وعلى آلِه وأزواجه وذريَّاته وصحابَتِه الكرامِ، وخُصَّ مِنهم: أبا بكرٍ الصدِّيق، وعُمرَ الفارُوق، وعُثمانَ ذَا النُّورَين، وعليًّا أبا الحسَنَين، والتابِعِين لهم بإحسانٍ إلى يوم الدين.
اللهم أعِزَّ الإسلامَ والمسلمين، اللهم أعِزَّ الإسلامَ والمسلمين، وأذِلَّ الشركَ والمُشركين، اللهم انصُر دينَك وكتابَك وسُنَّة نبيِّك وعبادَك الصالِحين.
اللهم انصُر إخوانَنا المُسلِمين المُستضعَفين في كل مكانٍ، اللهم انصُر إخوانَنا المُجاهِدين في كل مكانٍ، اللهم انصُرهم في فلسطين، اللهم انصُرهم في بيت المقدِس وأكناف بيت المقدِس، اللهم انصُرهم في الشام، وفي اليمَن بقوَّتك يا قويُّ يا عزيز.
اللهم انصُر إخوانَنا المُجاهِدين المُرابِطِين على الحدود، اللهم كُن لهم عونًا ونصيرًا، ومُؤيِّدًا وظهيرًا بقُوَّتِك يا قويُّ يا عزيز.
اللهم وفِّق وليَّ أمرنا لما تُحبُّه وترضَاه، اللهم وفِّق وليَّ أمرنا لما تُحبُّه وترضَاه، اللهم وفِّقه ونائِبَه لِمَا فيه صلاحُ العبادِ والبلادِ برحمتِك يا أرحمَ الراحمين.
اللهم اغفِر لنا وارحَمنا، وعافِنا واعفُ عنَّا، وارزُقنا واجبُرنا، اللهم اغفِر لنا ولوالِدِينا ولجميعِ المُسلمين والمُسلمات، والمُؤمنين والمُؤمنات، الأحياء منهم والأموات.
اللهم اكفِنا بحلالِك عن حرامِك، وأغنِنا بفضلِك عمَّن سِواك، اللهم اكفِنا بحلالِك عن حرامِك، وأغنِنا بفضلِك عمَّن سِواك برحمتِك يا أرحمَ الراحمين.
وصلَّى الله وسلَّم وبارَك على نبيِّنا مُحمدٍ، وآلِهِ وصحبِه أجمعين.