މިއީ 25 ޝަޢުބާން 1439 ވީ ހުކުރު ދުވަހު މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ حسين بن عبد العزيز آل الشيخ –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
الحمدُ للهِ العليِّ الأعلَى، وأشهدُ أن لا إله إلا اللهُ وحدَه لا شريك له في الآخرة والأُولى، وأشهدُ أن نبيَّنا محمدًا عبدُه ورسولُه النبيُّ المُصطَفى، والرسولُ المُجتبَى، اللهم صلِّ وسلِّم وبارِك عليه وعلى آلِه وأصحابهِ أهلِ العلمِ والتَّقوَى.
* ﷲ ތަޢާލާގެ ރިވެތިވެގެންވާ އިސްމުފުޅުތަކާއި މަތިވެރި ޞިފަފުޅުތަކަށް އީމާންވުމަކީ ތައުޙީދު ބެހިފައިވާ ތިންބައިންކުރެ އެއްބައެވެ. އަދި ﷲ جلَّ وعلا އަށް އީމާންވުމުގެ ތެރޭގައި ހިމެނޭކަމެކެވެ. އެއިސްމުފުޅުތަކާއި ޞިފަފުޅުތައް އުނގެނި، އޭގެ ޛަރީޢާއިން އެއިލާހަށް އަޅުކަންކުރުމަކީ މަތިވެރިވެގެންވާ ކަމެކެވެ.
* މުއުމިނުން، ﷲ جلَّ وعلا ގެ އެންމެ ރިވެތި ނަންފުޅުތަކާއި އެންމެ މަތިވެރި ޞިފަފުޅުތައް އެއިލާހު ޚަބަރު ދެއްވާފައިވާގޮތަށް އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ޚަބަރު ދެއްވާފައިވާގޮތަށް އެއިލާހަށް ސާބިތުކުރެއެވެ. މުއުމިނުން އެއިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވަނީ އެއިލާހު ޚަލްޤުކުރެއްވި އެއްވެސް އެއްޗަކާ ވައްތަރުކުރުމަކާ ނުލާ، ކައިފިއްޔަތު ބަޔާންކުރުމަކާ ނުލާ (އެބަހީ: އެއީ ކިހިނެތް ހިނގާކަމެއްތޯ ބެލުމަކާ ނުލާ) އަދި ތަޙްރީފުކުރުމަކާ ނުލާ (އެބަހީ: ބަދަލުކުރުމަކާ ނުލާ) ސާބިތުވެފައިވާ ގޮތަށެވެ.
* އަދި ހަމައެފަދައިން އުނިކަންކަމާއި ޢައިބުތަކުން އެއިލާހު ހުސްޠާހިރުވަންތަވެވޮޑިގެންވާކަމަށާއި، ތަޢުޠީލު ކުރުމަކާ ނުލާ (އެބަހީ: އެއިލާހަށް ސާބިތުވެގެންވާ އެއްވެސް އިސްމުފުޅަކާއި ޞިފަފުޅެއް ނަފީކުރުމަކާ ނުލާ) މުއުމިނުން ޤަބޫލުކުރެއެވެ. އެބައިމީހުން ނަފީކުރަނީ އެއިލާހު އެއިލާހުގެ ނަފްސުފުޅަށް ނަފީކުރައްވާފައިވާ، އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ނަފީކުރައްވާފައިވާ އިސްމުފުޅުތަކާއި ޞިފަފުޅުތަކެވެ.
* ފަހެ، އެއިލާހުގެ ވަޙީބަސްފުޅުގައިވެއެވެ.
﴿لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ﴾ [سبأ: 3]
މާނައީ: “ޛައްރެއްގެ މިންވަރުވެސް އެއިލާހަށް ވަންހަނާވެގެންނެއް ނުވެއެވެ.”
އެއިލާހުގެ ޢިލްމުފުޅުގެ ފުރިހަމަކަމަށް އަޅަމެން އީމާންވެ، އެކަން ސާބިތުކުރަމެވެ.
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَمَا مَسَّنَا مِنْ لُغُوبٍ﴾ [ق: 38]
މާނައީ: “އަދި ތިމަންއިލާހަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވައެވެ.”
އެއިލާހުގެ ކުޅަދުންވަންތަކަމުގެ ފުރިހަމަކަމަށް އަޅަމެން އީމާންވެ، އެކަން ސާބިތުކުރަމެވެ.
* އަޅުގަނޑުމެން އީމާންވަނީ ޝަރުޢީ ނައްޞުތަކުގައި އައިސްފައިވާ ގޮތަށެވެ. ތަޙްރީފުކުރުމަކާ ނުލާ (އެބަހީ: ބަދަލުކުރުމަކާ ނުލާ)، ކައިފިއްޔަތު ބަޔާންކުރުމަކާ ނުލާ (އެބަހީ: އެއީ ކިހިނެތް ހިނގާކަމެއްތޯ ބެލުމަކާ ނުލާ)، ތަޢުޠީލުކުރުމަކާ ނުލާ (އެބަހީ: ނަފީކުރުމަކާ ނުލާ)، ތަޝްބީހާއި ތަމްޘީލުކުރުމަކާ ނުލައެވެ. (އެބަހީ: މަޚްލޫޤޫންނާ ވައްތަރުކުރުމާ ނުލައެވެ.) ފަހެ، އެއިލާހުގެ ޛާތުފުޅުގައިވެސް، އެއިލާހުގެ ޞިފަފުޅުތަކުގައިވެސް އަދި އެއިލާހުގެ ޢަމަލުފުޅުތަކުގައިވެސް އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އެހެނެއްކަމަކު އެއިލާހީ ޞިފަފުޅުތަކާއި އިސްމުފުޅުތަކާ އަދި ޢަމަލުފުޅުތަކުއި އެންމެ ފުރިހަމަ ފަރާތެވެ.
﴿لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ﴾ [الشورى: 11]
މާނައީ: “އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”
* އިބްނު ޢަބްދުލްބައްރު رحمه الله ވިދާޅުވިއެވެ.
“ކީރިތި ޤުރުއާނާއި ސުންނަތުގައި ވާރިދުވެފައިވާ ޞިފަފުޅުތަކަށް އިޤުރާރުވުމަށް ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންވަނީ އިޖްމާޢުވެފައެވެ. އަދި އޭގެ މަޖާޒީ މާނަތައް ދޫކޮށްލާފައި ޙަޤީޤީ މާނައިގައި އީމާންވުމަށްވެސްމެއެވެ. އަދި އެބައިމީހުން އެސިފަތަކުގެ ކައިފިއްޔަތު ބަޔާންނުކުރެއެވެ. އަދި އެއިލާހުގެ ޞިފަފުޅަކަށް ވަކި މިންވަރެއްވާކަމުގައި ނުބުނެއެވެ.”
* ﴿الرَّحْمَنُ عَلَى الْعَرْشِ اسْتَوَى﴾ [طه: 5]
މާނައީ: “ރަޙްމާންވަންތަ އިލާހު ޢަރުޝީގެ މައްޗަށް استواء ވެ ވޮޑިގެންވިއެވެ.”
ﷲ ތަޢާލާގެ މިވަޙީބަސްފުޅުގައިވާ استَوَى އާ ބެހޭގޮތުން މާލިކު رحمه الله އާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ.
“الاستواء އަކީ ކޮބާކަން އެނގިގެންވެއެވެ. އަދި އޭގެ ކައިފިއްޔަތެއް ނޭނގެއެވެ. އަދި އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާ ބެހޭގޮތުން ސުވާލުކުރުމަކީ ބިދުޢައެކެވެ.”
އަދި އުންމު ސަލަމާއާއި މާލިކުގެ ޝައިޚު ރަބީޢާގެ އަރިހުންވެސް އެފަދައިން ރިވާވެގެންވެއެވެ.
* އެއިލާހުގެ ރިވެތިވެގެންވާ އިސްމުފުޅުތަކާއި މަތިވެރިވެގެންވާ ޞިފަފުޅުތަކަކީ އެއިލާހަށް އަޅުކަންކުރުމުގެ އަސާސެވެ. އެއީ އެއިލާހަށް ލާއިޤުވެގެންވާ ގޮތަށް އެއިލާހު ހުސްޠާހިރުވަންތަ ކުރުމާއި އެއިލާހަށް ޙަމްދުކުރުމާ އަދި އެއިލާހަށް ޘަނާ ކިޔުމެވެ. އަޅުގަނޑުމެންގެ ވެރިރައްބު جلَّ وعلا ވަޙީކުރެއްވިއެވެ.
﴿وَلِلَّهِ الْأَسْمَاءُ الْحُسْنَى فَادْعُوهُ بِهَا﴾ [الأعراف: 180]
މާނައީ: “އެންމެ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ ﷲ އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެއިލާހުގެ ޙަޟްރަތަށް ދުޢާ ކުރާށެވެ!”
އެބަހީ: އަޅުކަމާއި ކަންކަމަށް އެދި ދެންނެވުމުގެ ޝާމިލުވެގެންވާ ދުޢާއެވެ. އަދި ކަންކަމަށް އެދި ދެންނެވުމުގައި އެދޭ ކަމަކާ މުނާސަބު ގޮތެއްގައި ދެންނެވުމެވެ. ފަހެ، މިސާލަކަށް:
اللهُمَّ اغْفِرْ لِيْ وَارْحَمْنِيْ إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْم
މާނައީ: “އޭ ﷲ! މިއަޅާގެ ފާފަފުއްސަވައި ރަޙްމަތްލައްވާނދޭވެ. ހަމަކަށަވަރުން އިބައިލާހީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ އިލާހެވެ.”
وتُبْ عَلَيَّ يَا تَوَّابُ
މާނައީ: “އޭ ތައުބާލައްވާ އިލާހެވެ! މިއަޅާއަށް ތައުބާލައްވާނދޭވެ!”
وَارْزُقْنِيْ يَا رَزَّاقُ
މާނައީ: “އޭ ރިޒުޤުދެއްވާ އިލާހެވެ! މިއަޅާއަށް ރިޒުޤުދެއްވާނދޭވެ!”
މިފަދައިންނެވެ.
* ފަހެ، الصَّمَد އަކީ ﷲ ގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ.
﴿قُلْ هُوَ اللَّهُ أَحَدٌ [1] اللَّهُ الصَّمَدُ [2] لَمْ يَلِدْ وَلَمْ يُولَدْ [3] وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ [4]﴾ [الإخلاص: 1- 4]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ ﷲ އެވެ. [1] އެންމެހާ ތަކެތި އެއިލާހަށް ބޭނުންޖެހިގެންވާ އަދި އެއްވެސް އެއްޗަކަށް ބޭނުންޖެހިވޮޑިގެންނުވާ ސާހިބުވަންތަ ﷲ އެވެ. [2] އެއިލާހަށް އެއްވެސް ދަރިކަލަކު އުފަންވެވޮޑިގެންނުވެއެވެ. އަދި އެއްވެސް ފަރާތަކަށް ދަރިކަލެއްކަމުގައި އެއިލާހު އުފަންވެވޮޑިގެންނުވެއެވެ. [3] އަދި އެއިލާހާ ކުފޫހަމަވެގެންވާ ހަމަ އެއްވެސް ފަރާތެއް ނުވެއެވެ.”
ފަހެ، ތިބާ ކަމަކަށް ބޭނުންޖެހުމުންނާއި ތިބާ ނޭދޭފަދަ ކަމެއް ތިބާއާ ކުރިމަތިވުމުންނާއި ކަންބޮޑުވުންތަކުން ތިބާ ވަށަލާހިނދު الأحَد الصَّمَد އަށް ރުޖޫޢަވާށެވެ. ފަހެ، ފަސޭހައާއި އުނދަގޫ ޙާލުގައިވެސް އެއިލާހަށް ރުޖޫޢަވުމުގެ މުރާދަކީ އެއީއެވެ. މުޞީބާތް ޖެހުމުންނާއި ކަންކަމަށް އެދުމުގައި ރުޖޫޢަވާ ހަމައެކަނި ފަރާތަކީ އެއީއެވެ.
* ފަރުދުންނާއި މުޖުތަމަޢުތައް އެހެން ހުރިހާ ފަރާތެއްދޫކޮށްލާފައި ހަމައެކަނި ﷲ ގެ ޙަޟްރަތަށް އަޅުގަނޑުމެންގެ ހިތްތަކުން ރުޖޫޢަވެ، ނިކަމެތިވެ، އެއިލާހުގެ އިސްމުފުޅުތަކުންނާއި ޞިފަފުޅުތަކުގެ ޛަރީޢާއިން ދެންނެވުމަށް މިއަދު މިވަނީ ވަރަށް ބޮޑަށް ބޭނުންޖެހިފައެވެ. އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿هُوَ الْحَيُّ لَا إِلَهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾ [غافر: 65]
މާނައީ: “އެއިލާހީ ދިރިދެމިވޮޑިގެންވާ އިލާހެވެ. އެއިލާހު ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އިލާހަކު ނުވާ އިލާހެވެ. ފަހެ، ތިޔަބައިމީހުން އެއިލާހަށް އަޅުކަން ޚާލިޞްކުރާ ޙާލު، އެއިލާހަށް ދުޢާކޮށް އަޅުކަން ކުރާށެވެ! ޙަމްދު ހުރީ ޢާލަމްތަކުގެވެރި ﷲ އަށެވެ.”
* އަޅުގަނޑުމެންގެ ޙާލަތަށް މިއަދު ވިސްނާލާއިރު ރެކެން އުނދަގޫވާފަދަ ނުރައްކާތެރިކަމާ އެބަ ދިވާމެއެވެ. މިކަންކަމުގައި ސަލާމަތްވެވެން އޮތީ އަޅަމެން ރައްކާތެރިކުރައްވާ ގަދަގަދަ އިލާހުގެ ޙަޟްރަތަށް ރުޖޫޢަވެގެންނެވެ.
* އޭ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތަށް ދުޢާކުރާށެވެ. އަދި ތިބާގެ ދުޢާގައި އެއިލާހަށް އިޚްލާޞްތެރިވާށެވެ. އަދި އަޅުކަންތަކުގައިވެސް ތިބާ އެއިލާހަށް އިޚްލާޞްތެރިވާށެވެ. އަދި ވަކީލުކުރުމާއި، އުންމީދާއެކު އެދުމާއި، ބިރުގަތުމާއި، ލޯބިވުމާއި، ތައުބާވުމާއި، ފަސްޖެހި ބިރުވެތިވުމާއި މަޑުމޮޅިވެ މަޑުމައިތިރިވުމުގައިވެސް އެއިލާހަށް އިޚްލާޞްތެރިވާށެވެ.
﴿فَإِذَا فَرَغْتَ فَانْصَبْ [7] وَإِلَى رَبِّكَ فَارْغَبْ [8]﴾ [الشرح: 7، 8].
މާނައީ: “ފަހެ، ކަލޭގެފާނު (ޒިންމާތަކުން) އަވަދިވެވަޑައިގެންފިހިނދު ފަހެ، (އަޅުކަން ކުރެއްވުމުގައި) ޤާއިމުވެ ހުންނަވާހުށިކަމެވެ! [7] އަދި ހަމައެކަނި ކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތަށް ފަހެ، އުންމީދު ކުރައްވާހުށިކަމެވެ! [8]”
ފަހެ، އެހިނދުން އަޅުގަނޑުމެން އެދި ދަންނަވާ އެންމެހާ ކަމެއްގައި ޢިއްޒަތާއި، ނަޞްރު ލިބޭނެއެވެ.
* އޭ މަގުތައް ދަތިވެ، ނިކަމެތިވެފައިވާ މީހާއެވެ! ތިބާގެ ވެރިރައްބުގެ ދޮރުކޮޅު އެދޭށެވެ. އަދި އެއިލާހަށް އެކަން ހުށަހަޅާށެވެ. ފަހެ، ތިބާގެ ޙާލަތު އުނދަގޫވާ ދުވަހެއްގައި ބައިވެރިޔަކު ނުވާ، އެއްކައުވަންތަ، އެންމެ މަތިވެރި އިލާހަށް ފުރިހަމައަށް އިތުބާރުކުރާށެވެ. ފަހެ އެއީ އެއިލާހުގެ އަޅުތަކުން ހީވެސް ނުކުރާފަދަ ގޮތްގޮތަށް ހެވާއި ލާބަހުރި ކަންތައްތައް ފޯރުކޮށްދެއްވާ އިލާހެވެ. އެއީ އެއިލާހުގެ ޢިލްމުފުޅުން ސިއްރާއި ފާޅުގައިވާ ކަންކަން ދެނެވޮޑިގެންވާ އިލާހެވެ.
﴿إِنَّ اللَّهَ لَطِيفٌ خَبِيرٌ﴾ [الحج: 63]
މާނައީ: “ހަމަކަށަވަރުން ﷲ އީ ނުހަނު އޯގާވަންތަ، ސިއްރުވެސް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”
﴿إِنَّ رَبِّي لَطِيفٌ لِمَا يَشَاءُ﴾ [يوسف: 100]
މާނައީ: “ހަމަކަށަވަރުން ތިމަންގެ ވެރިރައްބަކީ އެއިލާހު އިރާދަކުރައްވާ ކަމަކަށް ނުހަނު އޯގާވަންތަ އިލާހެވެ.”
* ފަހެ، ތިބާއަށް ހިތާމައާއި މުޞީބާތްތައް ޖެހި ކަންކަން އުނދަގޫވުމުން، ސާހިބުވަންތަ ޖައްބާރުވަންތަ އިލާހަށް ރުޖޫޢަވާށެވެ. އެއީ އެކަންކަމުން މިންޖުވުމަށް ތިބާއަށް ވާގިވެރިވެވޮޑިގަންނަވާ ފަރާތެވެ. އަދި މުޞީބާތަކާއި ދަތި އުނދަގޫތައް ފިއްލަވާ ފަރާތެވެ.
﴿أَمَّنْ يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ﴾ [النمل: 62]
މާނައީ: “ނުވަތަ ދަތި އުނދަގޫ ޙާލުޖެހިފައިވާ މީހާ، އެއިލާހަށް ދުޢާކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވާ، ނުބައިކަން ދުރުކުރައްވާ، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ އިލާހު ހެއްޔެވެ؟”
﴿قُلِ اللَّهُ يُنَجِّيكُمْ مِنْهَا وَمِنْ كُلِّ كَرْبٍ﴾ [الأنعام: 64]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުންވެސް އަދި ކޮންމެ ހިތާމައަކުންވެސް ތިޔަބައިމީހުން ސަލާމަތްކުރައްވާނީ ﷲ އެވެ.”
* ތިބާގެ ރައްބުގެ ޙަޟްރަތަށް ރުޖޫޢަވާށެވެ. އެއިލާހަށް ރުޖޫޢަވުމުން ތިބާއަށް ހަމަޖެހުން ލިބި އެއިލާހަށް ކުއްތަންވެވޭނެއެވެ. އަދި ސަލާމަތްކަމާއި ޠާހިރުވުމާއި ކާމިޔާބާއި ހަމަޖެހުން ލިބޭނެއެވެ.
﴿إِنَّ اللَّهَ مَعَ الَّذِينَ اتَّقَوْا وَالَّذِينَ هُمْ مُحْسِنُونَ﴾ [النحل: 128]
މާނައީ: “ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތަޤުވާވެރިވި މީހުންނާ އެކުގައެވެ. އަދި އިޙްސާންތެރިންނާވެސް އެކުގައެވެ.”
أقولُ هذا القولَ، وأستغفِرُ اللهَ لي ولكم ولسائرِ المُسلمين مِن كل ذنبٍ، فاستغفِرُوه إنه هو الغفورُ الرحيمُ.
ދެވަނަ ޚުޠުބާ
الحمدُ لله حمدًا يلِيقُ بجلالِه وجمالِه وعظمتِه، وأشهدُ أن لا إله إلا الله وحدهُ لا شَريكَ له، وأشهدُ أن نبيَّنا محمدًا عبدُه ورسولُه، اللهم صلِّ وسلِّم وبارِك عليه وعلى آلِهِ وأصحابِهِ.
* ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގެ މާނަތަކާމެދު ވިސްނާ އެއިން ކޮންމެ މުސްލިމެއްގެ ހިތް ފުރާލުމަށް މިވަނީ ބޭނުންޖެހިފައެވެ. އޭރުން އީމާންކަމުގެ އަޖައިބުތަކުގެ މޭވާއާއި ފުރިހަމަ ޔަޤީންކަމުގެ މޭވާ އެމީހަކަށް ލިބިގެންދާނެއެވެ. އޭރުން ތިބާއަށް ފެނިގެންދާނީ އެފަދަ މީހަކު އެއްވެސް ކަމެއްގައި ﷲ ނޫން ފަރާތަކަށް ނުދަންނަވާ ތަނެވެ. އަދި އޭނާގެ ހިތް ގުޅިފައިވާނީ ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަތުމާއި އެއިލާހު މަތިވެރިކުރުމާއި އެއިލާހުދެކެ ލޯބިވުމާވެ. އަދި އޭނާގެ މުޅި ދިރިއުޅުންވާނީ ﷲ އަށެވެ. އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ (162) لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ﴾ [الأنعام: 162، 163]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ޛަބަޙަކުރުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމްތަކުގެ ވެރި ﷲ އަށެވެ.”
اللهم صلِّ وسلِّم وبارِك على عبدِك ورسولِك نبيِّنا محمدٍ، وارضَ اللهم عن الخُلفاء الراشدين، وعن الآلِ والصحابَة أجمَعِين، وعن التابِعين ومَن تبِعَهم بإحسانٍ إلى يوم الدين.
اللهم إنا نسألُك بأنَّنا نشهَدُ أن لا إله إلا أنت يا أحَدُ يا صمَدُ يا فردُ، يا ذا الجلال والإكرام، اللهم أنت الأحَدُ الصَّمَدُ الذي لم يلِد ولم يُولَد، ولم يكُن له كُفُوًا أحَد، يا حيُّ يا قيُّوم، يا ذا الجلال والإكرام، نسألأُك أن تُنقِذَ أمَّتَنا مِن كربِها، اللهم أنقِذ أمَّتَنا مِن شدَّتِها ولأوائِها.
اللهم فرِّج هُمومَ المُسلمين في كل مكان، اللهم نفِّس كُرُباتِهم، اللهم نفِّس كُرُباتِهم، اللهم بلِّغنا وإيَّاهم رمضَان والنصرُ حلِيفَهم يا ذا الجلال والإكرام، يا حيُّ يا قيُّوم، اللهم مَن أرادَنا أو أرادَ المُسلمين بسُوءٍ فأشغِله في نفسِه، اللهم اجعَل تدميرَه في تدبيرِه، اللهم اجعَل تدميرَه في مُخطَّطاتِه يا حيُّ يا قيُّوم.
اللهم اغفِر للمُؤمنين والمُؤمنات، والمُسلِمين والمُسلِمات، الأحياء منهم والأموات.
اللهم بلِّغنا رمضان، اللهم بلِّغنا رمضان، وأعِنَّا فيه على الصِّيام والقِيام، اللهم أعِنَّا على ذِكرِك وعلى شُكرِك وعلى حُسن عبادتِك.
اللهم إنا نعوذُ بك مِن جَهدِ البلاء، ودَرَك الشَّقاء، وسُوء القضاء، وشماتَة الأعداء.
اللهم إنا نعوذُ بك مِن زوالِ نِعمتِك، وتحوُّل عافِيَتِك، وفُجاءَة نِقمتِك، وجميعِ سَخَطِك.
اللهم وفِّق خادِمَ الحرمَين لِمَا تُحبُّ وترضَى، اللهم وفِّقه ونائِبَه لما تُحبُّه وترضَى، اللهم ألبِسه لِباسَ الصحة والعافِية يا حيُّ يا قيُّوم.
اللهم وفِّق جميعَ ولاةِ أمورِ المُسلمين لما فِيه مصالِحُ رعاياهم، اللهم وفِّقهم لِما فيه صلاحُ رعاياهم، اللهم اجمَع كلمةَ المُسلمين على الحقِّ والتقوَى في كل مكان.
اللهم يا حيُّ يا قيُّوم آتِنا في الدنيا حسنة، وفي الآخرة حسنة، وقِنا عذابَ النار.
اللهم إنك عفُوٌّ كريمٌ تُحبُّ العفوَ فاعفُ عنَّا، اللهم إنك عفُوٌّ كريمٌ تُحبُّ العفوَ فاعفُ عنَّا، اللهم إنك عفُوٌّ كريمٌ تُحبُّ العفوَ فاعفُ عنَّا.
عباد الله:
اذكُروا الله ذِكرًا كثيرًا، وسبِّحُوه بُكرةً وأصيلًا.
وآخرُ دعوانا أن الحمدُ لله ربِّ العالمين.