[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހެއް ނުވާ ކަމަށާއި މުޙައްމަދު صلي الله عليه وسلم އީ ﷲގެ ރަސޫލާ އަދި އަޅާކަމަށް ހެކިވުން

* ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަމަށް ހެކިވުން ލާޒިމު ކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟

 

 

ޖަވާބު: އެކަން ލާޒިމު ކޮށްދެނީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމެވެ. އަދި އެއިލާހަށް ކުރާ އަޅުކަމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. އަދި އެއިލާހު ފިޔަވާ އެހެން ފަރާތްތަކަށް ކުރާ އަޅުކަންތައް ދޫކޮށްލުމެވެ.

 

* މުޙައްމަދު صلي الله عليه وسلم އީ ﷲގެ ރަސޫލާ އަދި އަޅާކަމަށް ހެކިވުން ލާޒިމު ކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟

 

 

ޖަވާބު: އެކަން ލާޒިމު ކޮށްދެނީ:

  1. ރަސޫލާ صلي الله عليه وسلم އަމުރު ކުރެއްވި ކޮންމެ ކަމަކަށް ކިޔަމަންގަތުމާއި އެކަލޭގެފާނު ނަހީ ކުރެއްވި ކޮންމެ ކަމަކުން ދުރުހެލިވުން.
  2. ރަސޫލާ صلي الله عليه وسلم ދެކެ ލޯބިވުމާއި، އެކަލޭގެފާނު ގެނެސްދެއްވި ދީނަށް (އިސްލާމް ދީނަށް) ލޯބިކުރުމާއި، އައުލިޔާއިންނަށް (ތަޤްވާވެރި މުއުމިނުންނަށް) ލޯބިކުރުމާ އަދި ރަސޫލާ صلي الله عليه وسلم ގެ އަދާވާތްތެރިންނަށް ނަފްރަތު ކުރުން.
  3. ކޮންމެ ހާލަތެއްގައިވެސް، ރަސޫލާ صلي الله عليه وسلم އަށް ނަޞްރުވެރިވުމާއި އަދި އެކަލޭގެފާނުގެ ސުންނަތަށް (އެކަލޭގެފާނު އުޅުއްވި ގޮތަށް) އަދި އެކަލޭގެފާނު ގެންނެވި ދީނަށް (އިސްލާމްދީނަށް) ނަޞްރު ވެރިވުން.
  4. ރަސޫލާ صلي الله عليه وسلم ބަޔާން ކޮށްދެއްވި ކޮންމެ ޚަބަރަކީ ޙައްޤު ތެދުކަން ޤަބޫލު ކުރުން. ފަހެ، އެކަލޭގެފާނު ގެނެސްދެއްވި އެއްވެސް ކަމަކަށް އިންކާރުކޮށްފި މީހާ ކާފިރުވެގެންދާނެއެވެ.
  5. ރަސޫލާ صلي الله عليه وسلم ގެނެސްދެއްވި ޝަރީޢަތަށް ޙުކުމް ކުރުން. އަދި ހުރިހާ ކަމެއްގެ ޙުކުމް ހޯދުމުގައިވެސް އެކަލޭގެފާނު ގެނެސްދެއްވި ޝަރީޢަތަށް ރުޖޫޢަވުން.

 

 

***************

މަޞްދަރު: أركان الإسلام للمزيد والشري

ގުޅުންހުރި ލިޔުންތައް