[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤުވާވެރިންގެ ރޯދަ

މިއީ 09 ރަމަޟާން 1439 ވީ ހުކުރު ދުވަހު މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ صلاح البدير –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ

الحمدُ لله حمدًا يُوافِي نعمَه وعطاياه، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له ولا معبُودَ بحقٍّ سِواه، وأشهدُ أن نبيَّنا وسيِّدنا محمدًا عبدُه ورسولُه ونبيُّه وصفِيُّه ونجِيُّه ووليُّه ورضِيُّه ومُجتباه، صلَّى الله عليه وعلى آلِه وأصحابِه صلاةً دائمةً ما انفَلَقَ صُبحٌ وأشرَقَ ضِياه.

* ﷲ ރުހިވޮޑިގަންނަވާ ކަންކަންކޮށް، އެއިލާހަށް އުރެދުމުން ދުރުހެލިވެ، އެއިލާހަށް ތަޤުވާވެރިވާށެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ [البقرة: 183]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”

* އޭ ރޯދަވެރިންނޭވެ! ރޯދަމަހުގެ ކުރީކޮޅު މާޒީވެއްޖެއެވެ. މިމަސް ނިމުމުގެ ކުރިން ހެޔޮކަމުގައި ކުރިއަރައިގެންދާށެވެ.

* އޭ ރޯދަވެރިންނޭވެ! ރަމަޟާން މަސް އެމީހަކާ ބައްދަލުކޮށް، އެމީހެއްގެ ރޯދަ އިޞްލާޙު ނުކުރި މީހާއާއި، އޭނާގެ ރޭއަޅުކަމުން އަސަރެއް ނުކުރި މީހާއާއި އޭނާގެ ދުވަސްތަކަށް ބަދަލެއް ނައި މީހާއާމެދު އަޖައިބުވެއެވެ. ރަމަޟާން މަސް އެމީހަކާ ބައްދަލުކޮށް، ސުވަރުގެ އާއި ފާފަފުއްސެވުމަށް ނުހަނު އެދިއެދި ހުރުމަށްފަހު، ހަވާނަފްސުގެ އެދުންތަކާއި ނަހީކުރައްވާފައިވާ ކަންތައްތަކާ އަދި ޙަރާމްކުރައްވާފައިވާ ކަންތައްތަކުގައި ޣަރަޤުވެގެން ދިޔަ މީހާއާމެދު އަޖައިބުވެއެވެ.

* ރަމަޟާން މަހުގެ ހެޔޮކަން އެމީހަކަށް ނުލިބުނު މީހުންނޭވެ! އަދި ރަމަޟާން މަސް ނުލިބުނު އަބާއްޖަވެރިންނޭވެ!

އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَيَّ، وَرَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ، وَرَغِمَ أَنْفُ رَجُلٍ أَدْرَكَ عِنْدَهُ أَبَوَاهُ الكِبَرَ فَلَمْ يُدْخِلاَهُ الجَنَّةَ» [رواه الترمذي وصححه الألباني]

މާނައީ: “އެމީހެއްގެ ގާތު ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވި، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ނުކިޔައިފިމީހާގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ. އަދި ރަމަޟާން މަސް އެމީހަކާ ބައްދަލުވެ އެމަސް ނިމުނުއިރުވެސް އެމީހެއްގެ ފާފަ ނުފުއްސުނުމީހާގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ. އަދި މުސްކުޅި މަންމައަކާއި ބައްޕައެއް ލިބި، އެދެމީހުންގެ ސަބަބުން ސުވަރުގެއަށް ނުވަދެވުނުމީހާގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ.  (އެބަހީ: އެދެމީހުންނަށް ހެޔޮކޮށް ނުހިތުމުގެ ސަބަބުން ސުވަރުގެއަށް ނުވަދެވުނު މީހާއެވެ.)”

[رَغِمَ أَنْفُ رَجُلٍ މިޢިބާރާތަކީ އެފަދަމީހުން ނިކަމެތި ކޮށްދެއްވުމަށް އެދި، އެފަދަމީހުންގެ މައްޗަށް ކުރައްވާފައިވާ ބަދު ދުޢާއެކެވެ.]

* މަގުމަތީގެ ހިރަފުހާ އަދި އެނޫނަސް އެފަދަ ކުދިކުދި ކަންކަމުން ރޯދަ ފަސާދަ ވާނެތޯ ނުވަތަ ނޫންތޯ ސުވާލު ކުރާމީހުންނޭވެ! މިފަދަ ކުދިކުދި ކަންކަމާމެދު ފަރުވާތެރިވެ، އެއަށްވުރެ މަތިވެރި ކަންކަމާމެދު ފަރުވާކުޑަކުރާ މީހުންނޭވެ! ބޮޑުފާފަތަކާއި ފާޙިޝް ކަންކަމާމެދު ފަރުވާތެރިވާށެވެ. ތިބާގެ އަޚާގެ މުދާ ނުޙައްޤުން ކެއުމާ ދުރުހެލިވާށެވެ. އަދި އޭނާގެ އަބުރަށް އަރައިގަތުމުންވެސް ދުރުހެލިވާށެވެ. އަދި އޮޅުވާލުމާއި އަނިޔާވެރިވުމާއި ޚިޔާނާތްތެރިވުމާއި މަކަރާއި ޙީލަތް ހެދުމުންވެސްމެއެވެ.

* އެމީހެއްގެ ދަރިންނަށް އިހުމާލުވެފައި، އެއްވެސް އަޅާލުމެއް ނެތި، ޚަރަދުކުރުމެއް ނެތި ވަރިކުރި އަންހެނާ ގާތު އެކުދިން ބަހައްޓައިގެން އުޅޭ މީހާއެވެ. އެމީހަކު އެހިފަނީ ހަމަ ރޯދަހެއްޔެވެ!

އަދި ވަރިކުރެވިފައިވާ އަންހެނުންގެ ތެރެއިން، ދަރިން އެކުދިންގެ ބައްޕަ ދެކިލާށާއި ބައްދަލުކޮށްލުމަށްވެސް ހުއްދަ ނުދޭ، އަދި ނުކިޔަމަންތެރިވުމަށާއި ނުބައިކަމަށް އެކުދިންނަށް ހިތްވަރު ދޭ އަންހެނާއެވެ. ތިޔަ ހިފަނީ ހަމަ ރޯދަހެއްޔެވެ!

އަދި ވަރިކުރެވިފައިވާ އަންހެނާއަށް އޭނާގެ ދަރިން ދުށުމުގެ ފުރުޞަތު ނުދޭ މީހުން ހަމަ އެހިފަނީ ރޯދަ ހެއްޔެވެ! އަންހެނަކު އޭނާގެ ދަރިންނާ ދުރުކުރުމުން އޭނާއަށް މިދުނިޔެއިން ލިބޭނެ އުފަލެއް އޮންނާނެ ހެއްޔެވެ!

އެމީހެއްގެ އަނބިމީހާ އެކަހެރިކޮށްލައިގެން އުޅޭ މީހާއެވެ. އަދި އަނިޔާވެރިކަމާއެކީ ވަރިވެސް ނުކުރާންވެގެން އެގޮތަށް އަނބިމީހާ ގެންގުޅޭ މީހާއެވެ. ހަމަ ތިޔަ ހިފަނީ ރޯދަ ހެއްޔެވެ!

އަދި މައިންބަފައިންނަށް އިހާނެތިކޮށް ހިތައި، އެދެމީހުން އެކަހެރިކޮށް، އެދެމީހުންގެ މައްޗަށް ބަސްކިޔައި، ކަމެއް ކޮށްދޭން ޖެހުނީމަ ކުދިކިޔައި، ކަމަކު އެދިއްޖެއްޔާ ނުކޮށްދީ، ހޯދާއިރެއްގައި ފިލައިގެން އުޅޭ، ހަރުއަޑުން ނޫނީ ޖަވާބެއް ނުދޭ، ބިރުން ނޫނީ އެއްޗެއް ނުދޭ، “ފަހުންކޮށްދޭނަމޭ” އަބަދު ކިޔާ މީހާއެވެ. ތިޔަ ހިފަނީ ހަމަ ރޯދަ ހެއްޔެވެ!

ފަރުޟު ނަމާދުތަކުގެ ވަޤުތު ނިދާ، ވަޤުތު ފާއިތުވާފަހުން ތެދުވެ ނަމާދުކޮށް، އެއީ ރޯދަމަހުގެ ޢާދައެއްކަމުގައި ހަދައިފިމީހާއެވެ. ތިޔަ ހިފަނީ ހަމަ ރޯދަ ހެއްޔެވެ!

އެމީހެއްގެ އަޚުންނާއި އުޚްތުންނަށް ޙައްޤުވާ ވާރުތަމުދާ ގަދަކަމުން އަތުލައި، ޔަތީމުންނާއި މިސްކީނުންގެ ޙައްޤު ނަގާލާ، ވަޤުފުކުރެވިފައިވާ މުދަލުގެ މައްޗަށް ވެރިވެގަންނަމީހާއެވެ. ތިޔަ ހިފަނީ ހަމަ ރޯދަ ހެއްޔެވެ!

އާނއެކެވެ. އެފަދަމީހުންގެ ކިބައިންވެސް ރޯދައިގެ ވާޖިބުކަން ކެނޑި އެކަން ފިލައިގެން ގޮސްދާނެއެވެ. އެކަމަކު އެބައިމީހުންގެ ރޯދައިގެ ތެރެއަށް އެވަނީ ވަރަށް ގިނަ ނުބައިކަން ވަދެފައެވެ. އޭނާއަށް ރޯދައިން ލިބޭ ޘަވާބަށްވުރެ އެނުބައިކަންކަމުން ލިބޭ ފާފަ ބުރަވެދާނެއެވެ.

* އޭ ރޯދައަށް ހުރެ ރޯދަ ގެއްލޭފަދަ ނުވަތަ ރޯދަ ފާސިދުވާފަދަ ކަމެއް ކުރެވިފައިވާ މީހުންނޭވެ. ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. ތިޔަބައިމީހުން ކޮށްފައި ތިޔަވަނީ މުސްލިމުން ދުރުހެލިވުން ވާޖިބުވެގެންވާ ކަމެކެވެ.

* އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالعَمَلَ بِهِ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ» [رواه البخاري]

މާނައީ: “ހަޑި ހުތުރު ބަސްބުނުމާ، ނުބައި ޢަމަލުތައް ކުރުމުން އެއްކިބާ ނުވާމީހަކު، އޭނާ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް ﷲ ތަޢާލާ ބޭނުންވެވޮޑިގެން ނުވެއެވެ.”

* ޖާބިރު ބުން ޢަބްދުﷲ އަލްއަންޞާރީ رضي الله عنه ވިދާޅުވިއެވެ.

“إِذَا صُمْتَ فَلْيَصُمْ سَمْعُكَ، وبَصَرُكَ، وَلِسَانُكَ، عَنِ الْكَذِبِ، وَالْمَحَارِمِ، وَدَعْ أَذَى الْخَادِمِ، وَلْيَكُنْ عَلَيْكَ وَقَارٌ وَسَكِينَةٌ يَوْمَ صِيَامِكَ، وَلَا تَجْعَلْ يَوْمَ فِطْرِكَ وَصَوْمِكَ سَوَاءً” [شعب الإيمان]

މާނައީ: “ތިބާ ރޯދަ ހިފާއިރު، ތިބާގެ އިވުމާއި، ފެނުމާވެސް ރޯދައަށް ބަހައްޓާށެވެ. އަދި ދުލުން ދޮގުހެދުމާއި، ޙަރާމްކަންކަން ކުރުމުން ދުރުހެލިވާށެވެ. އަދި ޚާދިމުންނަށް އުނދަގޫ ކުރުމުން ދުރުވާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހު މަޑުމައިތިރިކަމާއެކު ހަމަޖެހިގެން އުޅޭށެވެ. ތިބާ ރޯދައަށް ހުންނަ ދުވަހާއި ރޯދައަށް ނުހުންނަ ދުވަސް އެއްފަދަ ނުކުރާށެވެ.”

* އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

«رُبَّ صَائِمٍ حَظُّهُ مِنْ صِيَامِهِ الْجُوعُ وَالْعَطَشُ، وَرُبَّ قَائِمٍ حَظُّهُ مِنْ قِيَامِهِ السَّهَرُ» [رواه أحمد وصححه الألباني]

މާނައީ: “ފަހަރުގައި ރޯދަވެރިއަކަށް ބަނޑުހައިކަމާއި ކަރުހިއްކުން ފިޔަވާ އިތުރު އެއްޗެއް އޭނާގެ ރޯދައިގެ ސަބަބުން ނުލިބިދާނެއެވެ. އަދި ފަހަރުގައި ރޭއަޅުކަންކުރާމީހަކަށް އޭނާގެ ރޭއަޅުކަމުގެ ސަބަބުން ރޭގަނޑު ހޭލާހުރުން ފިޔަވާ އިތުރު އެއްޗެއް ނުލިބިދާނެއެވެ.”

* ރަމަޟާންމަހުގައި ރޯދަހިފައި އެރޯދައަށް ރައްކާތެރިވުމުގެ ތައުފީޤުދެއްވާނދޭވެ! އަދި ފާފަކުރުމުގެ ސަބަބުން ކުރާ ޢަމަލުތައް ކިލަނބުކޮށްލާ ބަޔަކުކަމުގައި ނުލައްވާނދޭވެ!

أقولُ ما تسمَعُون، وأستغفِرُ اللهَ فاستغفِرُوه، إنه كان للأوابِين غفُورًا.

ދެވަނަ ޚުޠުބާ

الحمدُ لله آوَى مَن إلى لُطفِه أوَى، وأشهدُ أن لا إله إلا اللهَ وحدَه لا شريكَ له دَاوَى بإنعامِه مَن يئِسَ مِن أسقامِه الدوَا، وأشهدُ أن نبيَّنا وسيِّدنَا محمدًا عبدُه ورسولُه، صلَّى الله عليه وعلى آله وأصحابِه صلاةً تبقَى، وسلامًا يَترَى.

* މިއީ ރުޖޫޢަވުމުގެ ދުވަސްވަރެވެ. އަދި ފާފަތަކާ ދުރުހެލިވުމުގެ މައްސަރެވެ.

* އޭ ފާފަތައްކޮށްފައިވާ މީހާއެވެ. އަދި އެމީހަކަށް ކުރެވިފައިވާ ކުށްތަކަށް ހިތާމަކުރާ މީހާއެވެ. ތައުބާވާށެވެ. ރަޙުމްކޮށް ދީލަތިވެވޮޑިގެންނެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. އަދި ތައުބާވާ މީހުންނަށް ޢަފޫކުރެއްވުމަށްވެސް އެއިލާހު ލޯބިވެވޮޑިގެންވެއެވެ.

* އެމީހެއްގެ ފާފަތަކުން ލިބިފައިވާ ހަޑިކަން، ރަމަޟާންމަހުގައި ދޮވެ ފިލުވާލި މީހާއަށް ހެޔޮކަން ހުއްޓެވެ. އަދި ވަޤުތު ފާއިތުވުމުގެ ކުރިން ކުށްތަކުން ރުޖޫޢަވި މީހަކަށްވެސް ހެޔޮކަން ހުއްޓެވެ.

وصلُّوا على أحمدَ الهادِي شفيعِ الورَى طُرًّا؛ فمَن صلَّى عليه صلاةً واحدةً صلَّى الله عليه بها عشرًا.

اللهم صلِّ وسلِّم على عبدِك ورسولِك محمدٍ، وارضَ اللهم عن الآلِ والأصحابِ، وعنَّا معهم يا كريمُ يا وهَّاب.

اللهم أعِزَّ الإسلام والمُسلمين، وأذِلَّ الشركَ والمُشرِكين، ودمِّر أعداءَ الدين، واجعَل بلادَ المُسلمين آمنةً مُطمئنَّةً مُستقِرَّةً يا رب العالمين.

اللهم وفِّق إمامَنا ووليَّ أمرنا خادمَ الحرمَين الشريفَين لما تُحبُّ وترضَى، وخُذ بناصِيتِه للبرِّ والتقوَى، اللهم وفِّقه وولِيَّ عهدِه لِما فيه عِزُّ الإسلام وصلاحُ المُسلمين يا رب العالمين.

اللهم انصُر جُنودَنا المُرابِطِين على ثُغورِنا وحُدودِنا يا رب العالمين، اللهم احفَظ رِجالَ أمنِنا، اللهم احفَظ رِجالَ أمنِنا، واجزِهم خيرَ الجزاءِ وأوفاه يا رب العالمين.

اللهم اقبَل صِيامَنا وقِيامَنا، ولا ترُدَّ دُعاءَنا يا رب العالمين.

اللهم اشفِ مرضانا، وعافِ مُبتلانا، وارحَم موتانا، وفُكَّ أسرانا، وانصُرنا على مَن عادانا.

اللهم اجعَل دعاءَنا مسمُوعًا، ونداءَنا مرفوعًا يا كريمُ يا عظيمُ يا رحيمُ.



ޚުޠުބާގެ އަޞްލު