ސުވާލު: މައްކާއަށް އައިސް އުޅޭ މީހެއްގެ ޢާއިލާގެ މީހުން ރިޔާޟްގައި ތިބިނަމަ އެމީހުންގެ މަތިން އޭނާ ފިޠުރު ޒަކާތްދައްކާނީ މައްކާގައި ހެއްޔެވެ؟
ޖަވާބު: އެމީހެއްގެ ޢާއިލާ މީހުން އޭނާއާއެކު ނެތަސް، އޭނާ އެހުރި ތަނެއްގައި އެމީހުންގެ ފަރާތުން ފިޠުރު ޒަކާތް ދެއްކުމަކީ ހުއްދަކަމެކެވެ. (މިސާލަކަށް) އޭނާ މައްކާގައި ހުރެފައި އޭނާގެ ޢާއިލާ މީހުން ރިޔާޟްގައި ތިބިނަމަ އެމީހުންގެ ފަރާތުން މައްކާގައި ފިޠުރު ޒަކާތް ދެއްކުމަކީ ހުއްދަކަމެކެވެ. އެހެނަސް އެންމެ މޮޅުއިތުރީ ކޮންމެ މީހަކުވެސް ވަޤުތު ޖެހޭއިރު (އެބަހީ: ޢީދު އަންނައިރު) އެހުރިތަނެއްގައި އެމީހެއްގެ ފިޠުރު ޒަކާތް ނެރުމެވެ.
މައްކާގައި ހުއްޓާ އެވަޤުތު ޖެހިއްޖެނަމަ މައްކާގައި ނެރޭނީއެވެ. ރިޔާޟްގައި ހުއްޓާ އެވަޤުތު ޖެހިއްޖެނަމަ ރިޔާޟްގައި ނެރޭނީއެވެ. ޢާއިލާގެ އެއްބަޔަކު މައްކާގައި ތިބެފައި އަނެއްބަޔަކު ރިޔާޟްގައި ތިބިނަމަ ރިޔާޟްގައި ތިބި މީހުން ރިޔާޟްގައި ދައްކާނީއެވެ. އަދި މައްކާގައި ތިބި މީހުން މައްކާގައި ދައްކާނީއެވެ. އެހެނީ ‘ފިޠުރު ޒަކާތް ތަބާވާނީ އެމީހެއްގެ ހަށިގަނޑާއެވެ.’ (އެބަހީ: ފިޠުރު ޒަކާތް ނެރޭނީ އެމީހަކު ހުރި ތަނެއްގައެވެ.)
__________________________________________
ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން – رحمه الله –
مجموع الفتاوى لعثيمين (18/327)