ސުވާލު 3: ތައުޙީދުލް އުލޫހިއްޔާގައި (އަޅުކަންކުރުމުގައި ހަމައެކަނި ﷲ އެއްކައުވަންތަ ކުރުމުގައި) ކިތައް ރުކުން ވޭ ހެއްޔެވެ؟ އަދި އެ ރުކުންތަކަކީ ކޮބައިކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު: ދެރުކުނެވެ. އެއީ ތެދުވެރިވުމާއި އިޚްލާޞްތެރި ކަމެވެ.
ސުވާލު 4: ޖިންނީންނާއި އިންސީން ޚަލްޤުކުރެއްވުމުގެ ޙިކްމަތަކީ ކޮބައި ހެއްޔެވެ؟ އަދި އެކަމުގެ ދަލީލަކީ ކޮބައި ހެއްޔެވެ؟
ޖަވާބު: ޖިންނީންނާއި އިންސީން ޚަލްޤުކުރެއްވުމުގެ ޙިކްމަތަކީ ހަމައެކަނި ﷲ އަށް އަޅުކަން އަދާކުރުމެވެ. އަދި އެކަލާނގެއަށް ކުރާ އަޅުކަމުގައި އެހެން ފަރާތެއް ބައިވެރި ނުކުރުމެވެ. މިކަމުގެ ދަލީލަކީ ﷲ ގެ ވަޙީ ބަސްފުޅެވެ.
﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ﴾ [سورة الذاريات 56]
މާނައީ: “ތިމަންއިލާހަށް (އިޚުލާޞްތެރިކަމާއެކު) އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ޚަލްޤުނުކުރައްވަމެވެ.”
ސުވާލު 5: ﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ﴾ [سورة الذاريات 56]
މާނައީ: “ތިމަންއިލާހަށް (އިޚުލާޞްތެރިކަމާއެކު) އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ޚަލްޤުނުކުރައްވަމެވެ.”
މި އާޔަތުގެ މުރާދަކީ ކޮބައި ހެއްޔެވެ؟
ޖަވާބު: މި އާޔަތުގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ އެ ޚަބަރު ދެއްވަނީ އެކަލާނގެ ޖިންނީންނާއި އިންސީން އުފެއްދެވީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައި ކަމެވެ. އަދި އެކަލާނގެއަށް އަޅުކަންކުރުމަކީ އެކަލާނގެއަށް ކިޔަމަން ގަތުމެވެ. އެއީީ އެކަލާނގެ އެންގެވި ކަންތައްތައް އަދާކޮށް، ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ.
ސުވާލު 6: ބަހުގެ ގޮތުންނާއި ޝަރުޢީގޮތުން އަޅުކަމުގެ މާނައަކީ ކޮބައި ހެއްޔެވެ؟
ޖަވާބު: ބަހުގެ ގޮތުން އަޅުކަމަކީ ދެރަވެ ނިކަމެތިވުމެވެ.
ޝަރުޢީގޮތުން އަޅުކަމަކީ ސިއްރާއި ފާޅުގައި ކުރެވޭ ޢަމަލުތަކާއި ބުނެވޭ ބަސްތަކުގެ ތެރެއިން ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާ އެންމެހާ ކަމެއް ޝާމިލުވެގެންވާ ނަމެކެވެ.
* * * *
އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.