ސުވާލު 7: ރަސޫލުބޭކަލުން ފޮނުއްވުމުގެ ޙިކުމަތަކީ ކޮބައި ހެއްޔެވެ؟ އަދި އެކަމުގެ (ރަސޫލުބޭކަލުން ފޮނުއްވުމުގެ ޙިކުމަތުގެ) ދަލީލަކީ ކޮބައި ހެއްޔެވެ؟
ޖަވާބު: ރަސޫލުބޭކަލުން ފޮނުއްވުމުގެ ޙިކުމަތަކީ އެއީ އެބޭކަލުން ފޮނުއްވުނު އުއްމަތްތަކުގެ އަހުލުވެރިންނަށް ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށް ގޮވައިލެއްވުމަށެވެ. އަދި ﷲ ފިޔަވާ އަޅުކަންކުރެވޭ އެހެން ފަރާތްތަކާއި ދުރުހެލިވުމަށް އެންގެވުމަށެވެ. މިކަމުގެ ދަލީލަކީ ﷲ ގެ ވަޙީ ބަސްފުޅެވެ.
﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ﴾ [سورة النحل ٣٦]
މާނައީ : “ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތާ ދުރުހެލިވުމަށް އެންގެވުމަށެވެ.”
ސުވާލު 8: އަންނަނިވި ކަލިމަތަކުގެ މާނަ ބަޔާންކޮށްދޭށެވެ. “بعثنا، أمة، رسول، اعبدوا الله، اجتنبوا، الطاغوت”
– ދެން އެއަށްފަހު މި އާޔަތް ޝަރަޙަ ކޮށްދޭށެވެ.
﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ﴾ [سورة النحل ٣٦]
މާނައީ : “ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތާ ދުރުހެލިވުމަށް އެންގެވުމަށެވެ.”
– އަދި މިއާޔަތުން ލިބޭ ފައިދާތައް ބަޔާންކޮށްދޭށެވެ؟
ޖަވާބު:
*بعثنا: ތިމަންއިލާހު ފޮނުއްވީމެވެ. ނުވަތަ ލއްވީމެވެ. .
*أمة: މީސްތަކުންގެ ޖަމާޢަތެއް.
* رسول: ވަޙީގެ ޛަރީޢާއިން ވަކި ޝަރީޢަތެއް ބާވައިލެއްވި އަދި އެޝަރީޢަތް މީސްތަކުންނަށް ފޯރުކޮށްދިނުމަށް އަމުރުކުރެވިގެންވާ ބޭކަލުން.
* اعبدوا الله: ﷲ އެއްކައުވަންތަ ކުރުން
* اجتنبوا: ދުރުހެލިވުން
* الطاغوت: ބަހުގެ ގޮތުން ޠާޢޫތަކީ ޙައްދު ފަހަނައަޅައި ދިއުމެވެ. ޝަރުޢީ ގޮތުން ޠާޢޫތަކީ “އެ އެއްޗަކާއި މެދު ﷲ ގެ އަޅާ ޙައްދުފަހަނައަޅައި ދާ ކޮންމެ އެއްޗެކެވެ. އެއީ ތަބާވެވޭ އެއްޗެއް ކަމުގައި ވިޔަސް، ނުވަތަ އެއީ އަޅުކަންކުރެވޭ އެއްޗެއް ކަމުގައި ވިޔަސް ނުވަތަ ކިޔަމަންތެރިވެވޭ ފަރާތެއް ކަމުގައި ވިޔަސްމެއެވެ.”
– ﴿وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ﴾ [سورة النحل ٣٦]
މާނައީ : “ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތާ ދުރުހެލިވުމަށް އެންގެވުމަށެވެ.”
– މިއާޔަތުގެ ޝަރަޙަ:
މިއާޔަތުގައި ﷲ ޚަބަރުދެއްވަނީ މީސްތަކުންގެ ތެރެއިން ކޮންމެ ބަޔެއްގެ ގާތަށްވެސް ﷲ ރަސޫލެއް ފޮނުއްވިކަމެވެ. އަދި އެ ރަސޫލުބޭކަލުން ހަމައެކަނި ﷲ އަށް އަޅުކަން ކުރުމަށް ގޮވާލެއްވިކަމެވެ. އަދި ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ނުކުރުމަށް ގޮވައިލެއްވި ކަމެވެ.
– މިއާޔަތުން ލިބިދޭ ފައިދާތައް:
(1) ހުރިހާ ބައެއްގެ ގާތަށްވެސް ރިސާލަތެއް ބާވައިލެއްވިކަން. (ރަސޫލުބޭކަލެއް ފޮނުއްވައި ޝަރީޢަތެއް ބާވައިލެއްވެން)
(2) ހުރިހާ ނަބީބޭކަލުންގެ ދީނަކީ އެއް ދީނެއްކަން. އެއީ ﷲ އެއްކައުވަންތަ ކުރުމެވެ.
(3) ޠާޢޫތުންނަށް ކާފިރުވެގެން މެނުވީ އަޅުކަންތައް ޞައްޙަވެގެން ނުވާނެކަން.
* * * *
އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.