[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކިތާބުއް ތައުޙީދު 4

ސުވާލު 9: ﴿وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا﴾ [سورة الإسراء ٢٣]

މާނައީ: “ހަމައެކަނި އެއިލާހަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރައްބު ކަނޑައަޅުއްވައި އެންގެވިއެވެ.”

މި އާޔަތް ޝަރަޙަ ކޮށްދޭށެވެ؟

– އަދި މައިންބަފައިންނަށް އިޙްސާންތެރިވުމަކީ ކޮބައިކަން ބަޔާން ކޮށްދޭށެވެ؟

– އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެއަށް އަޅުކަންކުރުމާއި ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަންގަވާފައިވަނީ ކީއްވެކަން ބަޔާންކޮށްދޭށެވެ؟

ޖަވާބު:

– މިއާޔަތުގައި ﷲ ޚަބަރުދެއްވާ އަމުރުކުރައްވާ ވަޞިއްޔަތް ކުރައްވަނީ ހަމައެކަނި އެކަލާނގެއަށް  އަޅުކަންކުރުމަށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށްވެސް އަމުރުކުރައްވާ، ވަސިއްޔަތްކުރެއްވިއެވެ.

 -މައިން ބަފައިންނަށް އިޙްސާންތެރިވުން: މައިން ބަފައިންނަށް އިޙްސާންތެރިވުމަކީ  އެދެމީހުންނަށް ހެޔޮކޮށް ކަންތައްތައް ކުރުމާއި އެދެމީހުންނަށް އަމުރަށް ކިޔަމަންތެރިވުމާއި އެދެމީހުންނަށް ތަވާޟުވެރިވުމެވެ. (ހިތްތިރިކުރުމެވެ.)

– ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެއަށް އަޅުކަންކުރުމާއި ވިދިގެން މައިންބަފައިންނަށް އިޙްސާންތެރިވުމުގެ ވާހަކަ ގެންނަވާފައިއެވަނީ އެދެމީހުން މާތްކަމާއި، އެދެމީހުންގެ ޙައްޤުގެ ބޮޑުކަމާއި، އަދި ﷲ ގެ ޙައްޤަށްފަހު ދެން (އިންސާނާ އަދާކުރަންޖެހޭ) އެންމެ ބޮޑު ޙައްޤަކީ މައިންބަފައިންގެ ޙައްޤުކަން ބަޔާންކުރެއްވުމަށްޓައެވެ.

 

 

ސުވާލު 10: ﴿وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا﴾ [النساء: 36]

މާނައީ: “ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!”

މި އާޔަތް ޝަރަޙަ ކޮށްދޭށެވެ؟

ޖަވާބު: މިއީ ﷲ ގެ ޙަޟްރަތުން އެކަލާނގެ އަޅުތަކުންނަށް އައިސްފައިވާ އަމުރެކެވެ. އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި އެކަލާނގެއަށް ކުރާ އަޅުކަމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށެވެ.

 

 

*  *  *  *

 

އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް