[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްކަމުގެ ރުކުންތައް

އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ:

  1. ﷲ މެނުވީ ޙައްޤުވެގެންވާ އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަމަށާއި ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި ރަސޫލާކަމަށް ހެކިވުން
  2. ނަމާދު ޤާއިމްކުރުން
  3. ޒަކާތް ދިނުން (މުދަލު ޒަކާތް)
  4. ރަމަޝާންމަހު ރޯދަ ހިފުން
  5. ކުޅަދާނަކަން ލިބިގެންވާމީހާ ގެފުޅަށް ޙައްޖުވުން

 

 

* އިންސާނާ މުސްލިމަކަށްވާނީ ކިހިނެތް ހެއްޔެވެ؟

  1. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވުން
  2. ﷲ މެނުވީ ޙައްޤުވެގެންވާ އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަމަށާއި ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި ރަސޫލާކަމަށް ހެކިވުން
  3. ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުން އަދި އެއިލާހަށް ކުރާ އަޅުކަމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރިނުކުރުން
  4. ޠާޢޫތުންނަށް ކާފިރުވުމާ އަދި އިންސާނާގެ ހިތްވެސް ޝިރުކުގެ  އެންމެހާ ވައްތަރުތަކުން ސަލާމަތްކުރުން

 

 

* އިސްލާމްކަމަކީ ކޮބައި ހެއްޔެވެ؟

އިސްލާމްކަމަކީ ތައުޙީދައިގެން (އެބަހީ: ﷲ އެއްކައުވަންތަކަމައިގެން) ﷲ އަށް ބޯލަނބައި ކިޔަމަންތެރިވުމެވެ. އަދި ޝިރުކުން ދުރުހެލިވުމެވެ.

 

 

***************

މަޞްދަރު: أركان الإسلام للمزيد والشري

 

ގުޅުންހުރި ލިޔުންތައް