[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ފޮނިކަން ލިބުންވަނީ ރަމަޟާން މަހަށް ފަހު އަޅުކަމުގައި ދެމިހުރުމުން

މިއީ 1439 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހު މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ عبد المحسن بن محمد القاسم –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ

إنَّ الحمدَ لله، نحمدُه ونستعينُه ونستغفرُه، ونعوذُ باللهِ من شُرورِ أنفُسِنا ومن سيئاتِ أعمالِنا، من يهدِه الله فلا مُضِلَّ له، ومن يُضلِل فلا هادِيَ له، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له، وأشهدُ أن نبيَّنا محمدًا عبدُه ورسولُه، صلَّى الله عليه وعلى آلِه وأصحابِه، وسلَّمَ تسليمًا كثيرًا.

* ކިޔަމަންތެރިން ކޮށްފައިވާ އަޅުކަންތަކުގެ ނަތީޖާއިން ކޮންމެވެސް މިންވަރެއް، މިދުނިޔެގޭގައި ދެއްކެވުމަކީ ސުވަރުގޭގައި ﷲ ތަޢާލާ އެބައިމީހުންނަށް ދެއްވުމަށް ވަޢުދުވެވޮޑިގެންވާ ޘަވާބު ލިބޭނެކަން އެބައިމީހުންނަށް ކަށަވަރުވެގެންދާ ކަމެކެވެ. ރޯދަމަހުގައި މިފަދަ ނިޢުމަތްތަކެއްގެ ރަހަ މުސްލިމުންނަށްވަނީ ކޮންމެވެސް ވަރަކަށް ލިބިފައެވެ.

* ފުރިހަމަ ނިއުމަތަކީ ޢިލްމާއި ޢަމަލުން އިސްލާމްދީނުގައި ހިފެހެއްޓުމެވެ. ފަހެ، އެކަމުގެ އަހުލުވެރިންވަނީ ދުނިޔެއާއި، ބަރުޒަޚާއި އާޚިރަތުގައިވެސް ދާއިމީ ނިޢުމަތުގައެވެ. އެއިލާހު ވަހީކުރައްވައެވެ.

﴿إِنَّ الْأَبْرَارَ لَفِي نَعِيمٍ﴾ [الانفطار: 13]، [المطففين: 22]

މާނައީ: “ހަމަކަށަވަރުން ހެޔޮލަފާ ކިޔަމަންތެރިންވަނީ ނިޢުމަތުގައެވެ.”

* ފަހެ، ދުނިޔޭގައި ﷲ ތަޢާލާވަނީ އެބައިމީހުންގެ މޭތައް އިސްލާމްދީނަށް ތަނަވަސްކޮށްދެއްވާފައެވެ. އަދި އެއިލާހުވަނީ އެބައިމީހުންނަށް ނޫރެއް ލައްވާފައެވެ. އެއިލާހު ވަހީކުރެއްވިއެވެ.

﴿أَوَمَنْ كَانَ مَيْتًا فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ كَمَنْ مَثَلُهُ فِي الظُّلُمَاتِ لَيْسَ بِخَارِجٍ مِنْهَا﴾ [الأنعام: 122]

މާނައީ: “(ކާފިރުކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންއިލާހު އެމީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭ ހެއްޔެވެ؟”

* އަދި ދެދުނިޔޭގައިވެސް އެބައިމީހުންނަށްޓަކައި ރަޙްމަތް ލިޔުއްވާފައިވެއެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ.

﴿أُولَئِكَ سَيَرْحَمُهُمُ اللَّهُ﴾ [التوبة: 71]

މާނައީ: “އެބައިމީހުންނަށް ﷲ ރަޙްމަތްލައްވާ ހުށްޓެވެ.”

* އަދި އާޚިރަތަށްޓަކައި ތައްޔާރުކުރެވިގެންވާ ކަންކަން މާ ހެޔޮވެފައި މަތިވެރިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿لِلَّذِينَ أَحْسَنُوا فِي هَذِهِ الدُّنْيَا حَسَنَةٌ وَلَدَارُ الْآخِرَةِ خَيْرٌ وَلَنِعْمَ دَارُ الْمُتَّقِينَ﴾ [النحل: 30]

މާނައީ: “މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި އާޚިރަތުގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި ތަޤުވާވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ!”

* ﷲ ތަޢާލާ، ދުނިޔޭގައި އެއިލާހުގެ އަޅުތަކުންނަށް ދެއްވާފައިވާ އެންމެ ބޮޑެތި ނިޢުމަތްތަކުގެ ތެރޭގައި: ދީނަށް އެބައިމީހުންގެ ހިތުގައި ލޯބިޖެއްސެވުމާއި، އެބައިމީހުންގެ ހިތްތަކުގައި އެކަން ޒީނަތްތެރިކޮށްދެއްވުމާއި، އެއިލާހަށް ކިޔަމަންތެރިކަން އަދާކުރުމުގެ ފޮނިކަން އެބައިމީހުންނަށް ދެއްވުމާއި، ދީނުގެ ޢަޤީދާއިން އެބައިމީހުންގެ އެތެރެފުށް ޒީނަތްތެރިވުމާއި އެއިލާހަށް ކިޔަމަންގަތުމުން އެބައިމީހުންގެ ބޭރުފުށް ޒީނަތްތެރިވުން ހިމެނެއެވެ. އެއިލާހު ވަހީކުރެއްވިއެވެ.

﴿وَلَكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ﴾ [الحجرات: 7]

މާނައީ: “އަދި އެހެނެއްކަމަކު ﷲ ތިޔަބައިމީހުން އީމާންކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ އީމާންކަން ޒީނަތްތެރިކުރެއްވިއެވެ.”

* އަދި މުއުމިނުންނަކީ މީސްތަކުންގެ ތެރެއިން ދިރިއުޅުމުގައި އެންމެ ހެޔޮވެގެންވާ މީހުންނެވެ. އަދި އެބައިމީހުންގެ ތެރެއިން މޭ އެންމެ ތަނަވަސްވެގެންވާ މީހުންނެވެ. އެއިލާހު ވަހީކުރެއްވިއެވެ.

﴿أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ [62] الَّذِينَ آمَنُوا وَكَانُوا يَتَّقُونَ [63]﴾ [يونس: 62، 63]

މާނައީ: “ދަންނާށެވެ! ހަމަކަށަވަރުން ﷲގެ ވަލީވެރިންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެބައިމީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. [62] އެބައިމީހުންނީ އީމާންވެ، ތަޤުވާވެރިވެ އުޅުނު މީހުންނެވެ. [63]”

*  އެބައިމީހުންގެ ބާއްޖަވެރިކަމުގެ ތެރޭގައި: ހިތާއި ހަށިގަނޑަށް ލިބިގެންވާ އަމާންކަމަކީ އެބައިމީހުންގެ ޙަޔާތުގެ އެކުވެރިޔާއެވެ. އެއިލާހު ވަހީކުރެއްވިއެވެ.

: ﴿الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَئِكَ لَهُمُ الْأَمْنُ وَهُمْ مُهْتَدُونَ﴾ [الأنعام: 82]

މާނައީ: “އެބައިމީހުންނަކީ އީމާންވެތިބެ، އެބައިމީހުންގެ އީމާންކަމުގެ ތެރެއަށް (ޝިރުކުގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ އެބައިމީހުންނަށެވެ. އަދި އެބައިމީހުންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.”

* ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަތުމަށްވުރެ ބޮޑު ނިޢުމަތެއް އަދި ލައްޒަތެއް ދުނިޔޭގައި ނުވެއެވެ. ފަހެ، އަޅާއަށް އޭނާގެ ރައްބު ދެނެގަނެވޭހިނދު، އެފަރާތަށް ލޯބިކޮށް އަޅުކަން ކުރެއެވެ. ﷲ އެއްކައުވަންތަކުރުމުން މޭ ތަނަވަސްވެ ބާއްޖަވެރިވެގެންދާ ފަދައިން އެހެން އެއްވެސް ކަމަކުން އެކަން ޙާޞިލު ނުވެއެވެ. މީހެއްގެ އުފާވެރިކަން ގުޅިފައިވަނީ އެކަމާއެވެ. އެއިލާހު ވަހީކުރެއްވިއެވެ.

﴿قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ﴾ [يونس: 58]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ގެ ފަޟްލުވަންތަ ކަމާއި، އެއިލާހުގެ ރަޙްމަތަށްޓަކައި (އެބަހީ: އިސްލާމްދީނާއި ޤުރުއާނަށްޓަކައި) ފަހެ، އެބައިމީހުން އުފާކުރާހުށިކަމެވެ! އެބައިމީހުން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.”

*  ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެވޭ ވަރަކުން އޭނާ، ﷲ ދެކެ ލޯބިވާ މިންވަރު އިތުރުވެގެންދެއެވެ. ﷲ އަށް ލޯބިވެ، އެއިލާހު ލޯބިވެވޮޑިގަންނަވާ ކަންކަމުން އެއިލާހަށް ކުއްތަންވުމުން މެނުވީ އަޅާއަށް އުފާވެރިކަމެއް ނުވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ آمَنُوا أَشَدُّ حُبًّا لِلَّهِ﴾ [البقرة: 165]

މާނައީ: “އަދި އީމާންވި މީހުން ﷲ ދެކެ ލޯބިވުން މާބޮޑެވެ.”

* ﷲ އަށް އެކަނި އަޅުކަންކުރުމަކީ ޚަލްޤުކުރެއްވުމާއި އަމުރުކުރެއްވުމުގެ މަޤްޞަދެވެ. އަޅުތަކުންނަށް ނިޢުމަތްތަކާއި ކަރާމާތް ލިބެނީ އެކަމުންނެވެ. ފަހެ، ނަމާދަކީ މުސްލިމުންގެ ލޯތަކުގެ ފިނިކަމެވެ.

ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.

«وَجُعِلَتْ قُرَّةُ عَيْنِي فِي الصَّلَاةِ» [رواه أحمد وصححه الألباني]

މާނައީ: ” ތިމަންކަލޭގެފާނުގެ ލޮލުގެ ފިނިކަން ލެއްވިގެންވަނީ ނަމާދުގައެވެ.” 

* ޒަކާތްވަނީ ނަމާދާއެކުގައެވެ. ރުހިގެންވާ ޙާލު ޒަކާތް ނެރޭމީހާ ދަންނައެވެ. އީމާންކަމުގެ ފޮނިކަން އޭނާއަށް ލިބޭނެއެވެ. އެއީ އޭނާގެ ނަފްސަށްވާ ހެވެކެވެ.

* އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ޞަދަޤާތްކުރާމީހާ ދަންނައެވެ. އޭނާ ކުރާ ކޮންމެ ޞަދަޤާތަކުން އޭނާގެ ހިތާއި މޭ ތަނަވަސްވެއެވެ. އަދި އުފާވެރިކަން އިތުރުވެއެވެ. ޞަދަޤާތްކުރުމުގައި މިނޫން އެހެން ފައިދާއެއް ނުވި ނަމަވެސް، މިކަމަށްޓަކައި އަޅާ މިކަން ގިނަކުރުމާއި މިކަމަށް އަވަސްވެގަތުން ޙައްޤެވެ.”  [الوابل الصيب]

* އަދި ރޯދައިގައި އޭގެ އަހުލުވެރިންނަށް ލައްޒަތާއި އުފާވެރިކަން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«لِلصَّائِمِ فَرْحَتَانِ: فَرْحَةٌ عِنْدَ فِطْرِهِ، وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ» [متفق عليه]

މާނައީ: “ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. އޭނާ ރޯދަ ވީއްލާހިނދު އުފާކުރެއެވެ. އަދި އޭނާގެ ރައްބާ ބައްދަލުވާހިނދު އުފާކުރެއެވެ.”

* އަދި ޙައްޖުކުރުމަށްޓަކައި ނަފްސުތައް އެދި އޭގެ ސަބަބުން ބާއްޖަވެރިވެގެންދެއެވެ.

* ކާމިޔާބު ލިބުންވަނީ އަޅުކަންތަކާއި ރިވެތި އަޚްލާޤުން ނަފްސު ޠާހިރުކޮށްގެންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قَدْ أَفْلَحَ مَنْ زَكَّاهَا﴾ [الشمس: 9]

މާނައީ: “އެ ނަފްސު ޠާހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.”

* ﷲ ގެ މަގަށް ގޮވާލާމީހާ އެވަނީ ކާމިޔާބުވެފައެވެ. ނިޢުމަތާއި ބާއްޖަވެރިކަން އެފަދަ މީހަކަށް ހުއްޓެވެ.  އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَأُولَئِكَ هُمُ الْمُفْلِحُونَ﴾ [آل عمران: 104]

މާނައީ: “ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް އަމުރުކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެބައިމީހުންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.”

* ފައިދަހުރި ޢިލްމުން މޭ ތަނަވަސްވެ، ރައްބާ ކުއްތަންވެވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ﴾ [فاطر: 28]

މާނައީ: “ﷲ އަށް ބިރުވެތިވާކަން ކަށަވަރީ، އެއިލާހުގެ އަޅުންގެ ތެރެއިން ޢިލްމުވެރިންނެވެ.”  

* ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.

“އީމާންކަމާއި (ﷲ މަޢުރިފާކޮށް) ދެނެގަތުމުގެ ނިޢުމަތް މެނުވީ ދުނިޔޭގައި އާޚިރަތުގެ ނިޢުމަތާ އެއްގޮތް ނިޢުމަތެއް ނުވެއެވެ.” [مجموع الفتاوى]

* ﷲ ގެ ޛިކުރުކުރުމުން މޭ ތަނަވަސްވެއެވެ. އަދި ހިތަށް ނިޢުމަތް ލިބެއެވެ. އަދި އެއީ ޢަމަލުތަކުންކުރެ އެންމެ ލުއި ޢަމަލެވެ. އަދި އެންމެ ބޮޑަށް އުފާވެރިކަން ގެނެސްދޭ ކަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ﴾ [الرعد: 28]

މާނައީ: “އެބައިމީހުންނީ އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން އެބައިމީހުންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ!”   

* އެންމެ މަތިވެރި ޛިކުރަކީ ކީރިތި ޤުރުއާނެވެ. އެއީ މުއުމިނުންނަށްވާ ހިދާޔަތަކާއި ޝިފާއަކާއި ރަޙުމަތެކެވެ. އެއީ އެއާމެދު އަޅުތަކުން އުފާކުރާ، ﷲ ގެ ފަޟުލުވަންތަކަމާއި ރަޙްމަތެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَفْرَحُونَ بِمَا أُنْزِلَ إِلَيْكَ﴾ [الرعد: 36]

މާނައީ: “ތިމަންއިލާހު ފޮތް ދެއްވި މީހުން، ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު އުފާކުރެއެވެ.”  

* ﷲ ގެ އާޔަތްތައް ކިޔަވާ އަޑު މުއުމިނު އަޅާއަށް އިވުމުން އެކަމުން އުފާވެރިކަމުގެ ޚަބަރު ލިބިގަނެ އެއާމެދު އުފާކުރެއެވެ. އެއީ އޭގެ ސަބަބުން އޭނާގެ ހިތަށް ލިބޭ ހަމަޖެހުމާއި ހަމަހިމޭންކަމުގެ ސަބަބުންނެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَإِذَا مَا أُنْزِلَتْ سُورَةٌ فَمِنْهُمْ مَنْ يَقُولُ أَيُّكُمْ زَادَتْهُ هَذِهِ إِيمَانًا فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَانًا وَهُمْ يَسْتَبْشِرُونَ﴾ [التوبة: 124]

މާނައީ: “ސޫރަތެއް ބާވައިލައްވައިފިނަމަ، އެސޫރަތުން އެމީހެއްގެ އީމާންކަން އިތުރުވީ ތިޔަބައިމީހުންގެ ތެރެއިން ކާކުހޭ ބުނެއުޅޭ މީހުން އެބައިމީހުންގެ ތެރެއިންވެއެވެ. ފަހެ، އީމާންވެއްޖެ މީސްތަކުން ދަންނާށެވެ! ފަހެ، އެބައިމީހުން (އެކަމަށްޓަކައި) އުފާކުރާޙާލު، އެބައިމީހުންގެ އީމާންކަން އިތުރުވިއެވެ.”

* އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.

“ﷲ ދެކެ މީހަކު ލޯބިވާ މިންވަރު ދެނެގަންނަން ބޭނުންނަމަ ދަންނާށެވެ. އޭނާ ޤުރުއާނަށް ހުރި ލޯތްބާއި، އެއަޑުއެހެމުން އޭނާއަށް ލިބޭ އުފަލަކީ ކޮބާތޯ ބަލާށެވެ.” [الجواب الكافي لمن سأل عن الدواء الشافي]

* ކިޔަމަންތެރި އަޅުންނަށް ލިބޭނެ އެންމެ ބޮޑު ލައްޒަތަކީ ސުވަރުގޭގައި ﷲ ތަޢާލާ ފެނުމުގެ ފުރުޞަތު ލިބި އެއިލާހުގެ ބަސްފުޅު އަޑުއިވުމެވެ.

ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.

«وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ، وَالشَّوْقَ إِلَى لِقَائِكَ» [رواه النسائي وصححه الألباني]

މާނައީ: “އަދި އިބައިލާހުގެ ވަޖުހުފުޅު ދުށުމުގެ ލައްޒަތު ދެއްވުން އެދި އިބައިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި އިބައިލާހާ ބައްދަލުކުރުމުގެ ޝައުޤުދެއްވުމަށް އެދިވެސްމެއެވެ.”

* އީމާންކަމުގެ ފޮނިކަން ލިބިއްޖެމީހަކަށް އެކަމުން އޭނާގެ ހިތެއް ނުފުރޭނެއެވެ. އަދި ކިޔަމަން ގަތުމުގައި އޭނާ އުޅޭނެއެވެ. އަދި އޭނާގެ ދުލާއި ގުނަވަންތަކުން އޭގެ އަޘަރު ފާޅުވާނެއެވެ. އަދި އޭނާގެ ދީން ފަސާދަވާ ކޮންމެ ކަމަކުން ސަލާމަތްވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَلَكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ أُولَئِكَ هُمُ الرَّاشِدُونَ﴾ [الحجرات: 7]

މާނައީ: “އަދި އެހެނެއްކަމަކު ﷲ، ތިޔަބައިމީހުން އީމާންކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ އީމާންކަން ޒީނަތްތެރިކުރެއްވިއެވެ. އަދި ކާފިރުކަމާއި، ފާސިޤުކަމާ އަދި އުރެދުމަށް ތިޔަބައިމީހުން ނުރުހުންތެރިކުރެއްވިއެވެ. އެބައިމީހުންނީ، ހަމަ ތެދުމަގު ލިބިގެންވާ މީހުންނެވެ.”

* އީމާންކަމުގެ ނިޢުމަތް ލިބުމުގެ ޝަރުޠަކީ ﷲ އަށް އިޚްލާޞްތެރިވުމެވެ.

ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.

«ثَلَاثٌ لَا يَغِلُّ عَلَيْهِنَّ قَلْبُ مُسْلِمٍ إِخْلَاصُ الْعَمَلِ لِلَّهِ وَالنَّصِيحَةُ لِلْمُسْلِمِينَ وَلُزُومُ جَمَاعَتِهِمْ» [صححه الألباني في مشكاة المصابيح]

މާނައީ: “މުސްލިމެއްގެ ހިތަށް ތިން ކަމެއްގެ ޚިޔާނާތްތެރިކަން ވަނަ ނުދޭށެވެ. (އެބަހީ: މިތިންކަމުގައި އޭނާގެ ހިތް ސާފުކޮށް ބަހައްޓާ ހުށިކަމެވެ.) (އެއީ) ﷲއަށް އިޚްލާޞްތެރިވުމާއި، މުސްލިމުންނަށް ނަސޭޙަތްތެރިވުމާ އަދި އެބައިމީހުންގެ (އެބަހީ: މުސްލިމުންގެ) ޖަމާޢަތާ އެކުގައިވުމެވެ.”

* އީމާންކަމުގެ ފޮނިކަން ތަބާވަނީ އަޅާ އޭނާގެ ރައްބުދެކެ ވާ ލޯބިގެ ފުރިހަމަކަމަށެވެ. އެއީ އެކަން ފުރިހަމަ ކުރުމާއެކު އެކަން ނަފީކުރާ ކަންކަމުން ދުރުހެލިވެގެންނެވެ.

ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.

«ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ: أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ المَرْءَ لاَ يُحِبُّهُ إِلَّا لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ» [متفق عليه]

މާނައީ: “ތިން ކަމެއް އެމީހެއްގެ ކިބައިގައި ހުރެއްޖެ އީމާންކަމުގެ ފޮނިކަން ލިބޭނެއެވެ. (އެއީ) އެހެން އެއްވެސް ފަރާތަކަށްވުރެ ބޮޑަށް އޭނާ ލޯބިވަނީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކަމުގައި ވުމާއި، އޭނާ މީހަކު ދެކެ ލޯބިވާ ކަމުގައި ވަނީ ނަމަ ﷲ އަށްޓަކައި މެނުވީ ލޯބި ނުވުމާ އަދި އަލިފާންގަނޑަކަށް އެއްލައިލެވުމަށް ނުރުހޭ ފަދައިން، ކާފިރުކަމަށް އެނބުރި ދިޔުމަށް ނުރުހުންވެގެންވުމެވެ.”

* ޤަޟާ ޤަދަރަށް އީމާންވާމީހާއަށް ބައްޖާވެރިކަން ލިބޭނެއެވެ.

* އަޅާއަށް ބާއްޖަވެރިކަން ޙާޞިލުވުމުން ﷲ ތަޢާލާ އޭނާއަށް ނިޢުމަތް ދެއްވާހިނދު ޝުކުރުވެރިވެއެވެ. އަދި މުޞީބާތެއް ޖެހޭހިނދު ކެތްތެރިވެއެވެ. އަދި ފާފައެއް ކުރެވޭހިނދު ފާފަފުއްސެވުން އެދި ދަންނަވައެވެ.

* ސުންނަތް އަޅުކަންތައް ކުރުން ގިނަކޮށް ކެތްތެރިކަމާއި ނަމާދުން ވާތްގަށް އެދުމުން، އަޅާއަށްޓަކައި ނިޢުމަތުގެ ދޮރުތައް ހުލުވެއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

«وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ» [رواه البخاري]

މާނައީ: “އަދި ތިމަންއިލާހާ ކުއްތަންވުމުގެ ގޮތުން ސުންނަތްތައް އަދާކުރުމުގެ މަތީ އެއަޅާ ދެމިހުރިހާ ހިނދަކު، އެއަޅާދެކެ ތިމަންއިލާހު ލޯބިވެވޮޑިގަންނަވަމެވެ.”   

* ތިބާގެ މޭ ތަނަވަސްވެފައިނުވާނަމަ، އަދި އީމާންކަމުގެ ފޮނިކަމާއި ހިދާޔަތުގެ ނޫރު ތިބާއަށް ޙާޞިލުވެފައިނުވާނަމަ، ފަހެ ތިބާ ތައުބާވެ ފާފަ ފުއްސެވުން އެދި ދެންނެވުން ގިނަކުރާށެވެ. އަދި ވީވަރަކުން ގަދައަޅާ މަސައްކަތްކުރާށެވެ. ފަހެ، ހަމަކަށަވަރުން ﷲ ވަޙީކުރެއްވިއެވެ.

﴿وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا﴾ [العنكبوت: 69]

މާނައީ: “ތިމަންއިލާހުގެ މަގުގައި ޖިހާދުކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެބައިމީހުންނަށް ތިމަންއިލާހުގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ.”

* ﴿مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ [النحل: 97]

މާނައީ: “މުއުމިނަކު ކަމުގައިވާޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިހު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންއިލާހު ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެބައިމީހުން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެބައިމީހުންނަށް، ތިމަންއިލާހު ޖަޒާ ދެއްވާހުށީމެވެ.”

باركَ الله لي ولكم في القرآنِ العظيم، ونفَعَني الله وإياكم بما فيه من الآياتِ والذكرِ الحكيم، أقولُ قَولِي هذا، وأستغفرُ الله لي ولكم ولجميعِ المُسلمين من كل ذنبٍ، فاستغفِروه، إنه هو الغفورُ الرحيمُ.

ދެވަނަ ޚުޠުބާ

الحمدُ للهِ على إحسانِه، والشُّكرُ له على توفيقِهِ وامتِنانِه، وأشهدُ أن لا إله إلا اللهُ وحده لا شريكَ له تعظِيمًا لشأنِه، وأشهدُ أنَّ نبيَّنا محمدًا عبدُه ورسولُه، صلَّى الله عليه وعلى آلهِ وأصحابِه، وسلَّمَ تسليمًا مزيدًا.

* ޢީދު ދުވަހަކީ މުސްލިމުންގެ އުފާކަން އާލާވާ ދުވަހެކެވެ. ޢީދު ދުވަހުގައި ފާޅުކުރާ އުފަލުގައި ﷲ އަށް ބިރުވެތިވާށެވެ. އަދި އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާށެވެ.

* އަނބީންނަށްއޮތީ އެކަނބަލުންގެ ފިރިންގެ ހިތްތަކަށް އުފާވެރިކަން ވައްދައިދިނުމެވެ. އަދި އެބައިމީހުންނާއެކު ހެޔޮގޮތުގައި ދިރިއުޅުމެވެ. އަދި ދަރިން ބަލަހައްޓާ ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމެވެ. އަންހެނުންނަށްއޮތީ ލަދުވެރިކަމާއި، ނިވާވުމާއި، ޢިއްފަތްތެރިވުމާ އަދި ކިޔަމަންތެރިކަން އަދާކުރުމުން އެކަނބަލުންގެ ވެރިރައްބުގެ ރުއްސެވުން ލިބިގަތުމެވެ.

* ކިޔަމަންތެރިކަން އަދާކުރުމުގެ މައްސަރަށްފަހު، އުރެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. އެއިލާހުގެ އަޅުތަކުންގެ ތެރެއިން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭ މީހުންދެކެ އެއިލާހު ލޯބިވެވޮޑިގަންނަވައެވެ. އެއީ މަދުން ޢަމަލުކުރެވުނު ކަމުގައި ވިޔަސްމެއެވެ.

* އެމަހުގެ ރޯދަ ފުރިހަމަކޮށްފިމީހާ، އެއާވިދިގެން ޝައްވާލުމަހު ހަރޯދަ ހިފާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އޭރުން އެއްއަހަރު ދުވަހުގެ ރޯދަ ހިފިފަދައެވެ.

اللهم صلِّ وسلِّم وبارِك على نبيِّنا محمدٍ، وارضَ اللهم عن خُلفائِه الراشِدين، الذين قضَوا بالحقِّ وبه كانُوا يعدِلُون: أبي بكرٍ، وعُمرَ، وعُثمان، وعليٍّ، وعن سائِرِ الصحابةِ أجمعين، وعنَّا معهم بجُودِك وكرمِك يا أكرَم الأكرَمين.

اللهم أعِزَّ الإسلامَ والمُسلمين، وأذِلَّ الشركَ والمُشرِكين، ودمِّر أعداءَ الدين، واجعَل اللهم هذا البلدَ آمنًا مُطمئنًّا رخاءً، وسائِرَ بلاد المُسلمين.

اللهم تقبًّل منَّا صِيامَنا وقِيامَنا.

﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201]، ﴿رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ﴾ [الأعراف: 23].

اللهم وفِّق إمامَنا لهُداك، واجعَل عملَه في رِضاك، ووفِّق جميعَ وُلاة أمورِ المسلمين للعمل بكتابِك يا ذا الجلال والإكرام.

سُبحان ربِّك ربِّ العِزَّة عما يصِفُون، وسلامٌ على المُرسَلين، والحمدُ لله ربِّ العالمين.


ޚުޠުބާގެ އަޞްލު