[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބު – 2

ﷲ ވަޙީ ކުރައްވާފައިވެއެވެ.

﴿الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ﴾ [سورة الأنعام ٨٢]

މާނައީ: “އީމާންވެ، އެބައިމީހުންގެ ޢަމަލުތައް، އަނިޔާއަކާއި، (އެބަހީ: ޝިރުކަކާއި) މަސްހުނިނުކުރި މީހުން ދަންނައެވެ.އެބައިމީހުންނީ އެއީ އަމާންކަން ލިބިގެންވާ މީހުންނެވެ. އަދި ހިދާޔާތް ލިބިގެންވާ މީހުންނީ ހަމަ އެބައިމީހުންނެވެ.”

 

 

ސުވާލު 3: – އަންނަނިވި ކަލިމަތަކުގެ މާނަ ބަޔާންކޮށްދޭށެވެ؟ آمنوا،  يلبسوا، إيمانهم، بظلم

– ދެން އެއަށްފަހު މި އާޔަތް ޝަރަޙަ ކޮށްދޭށެވެ.

– އަދި މި އާޔަތް މިބާބާއި މުނާސަބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟

ޖަވާބު:

– آمنوا: އެއްކައުވަންތަކޮށް އަދި ތެދުކުރުން

يلبسوا: އެއްކޮށްލުން

إيمانهم: އެބައިމީހުންގެތައުޙީދާ

بظلم: ޝިރުކާއެކު

 

– އާޔަތުގެ ޝަރަޙަ: މިއާޔަތުގައި ﷲ ވަޙީކުރައްވަނީ ﷲ އަށް ކުރާ އަޅުކަމުގައި އިޚްލާޞްތެރިވެ، އެއިލާހު އެއްކައުވަންތަކޮށް އަދި އެއިލާހާއި އެއްވެސް އެއްޗެއް ޝަރީކު ނުކުރި މީހުންނަކީ ޤިޔާމަތްދުވަހު އަމާންކަން ލިބޭނެ މީހުންނެވެ. އަދި ދުނިޔެއާއި އާޚިރަތުގައި ހިދާޔަތް ލިބިގެންވާ މީހުންނެވެ.

 

– މިއާޔަތް މިބާބާއި މުނާސަބުވާ ގޮތް: މި އާޔަތުން އެނގޭގޮތުގައި ބޮޑެތި ފާފަތަކުގެ މަތީގައި ދެމިނުހުރެ، ތައުޙީދުގެ މަތީ މަރުވާ މީހާއަށް އާޚިރަތުގެ ޢަޛާބުން އަމާންކަން ލިބިގެންވެއެވެ. މިއިގެން އެނގެނީ ތައުޙީދުގެ މާތްކަމެވެ.

 

*  *  *  *

 

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް