عن عبادة بن صامت رضى الله عنه قال : قال رسول الله- صلى الله عليه وسلم- «مَنْ شَهِدَ أَنْ لاَ إِلٰهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَأَنَّ عِيسَى عَبْدُ اللَّهِ وَرَسُولُهُ، وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ، وَالجَنَّةُ حَقٌّ، وَالنَّارُ حَقٌّ، أَدْخَلَهُ اللَّهُ الجَنَّةَ عَلَى مَا كَانَ مِنَ العَمَلِ» [رواه البخاري ومسلم]
މާނައީ: މާތް ﷲ ރުއްސުންލެއްވި ޢުބާދަތު ބުން ޞާމިތުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހެއް ނުވާ ކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި ރަސޫލާކަމަށް އަދި ޢީސާގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަދި މަރްޔަމްގެފާނު ހަށިކޮޅުގައި އެކަލާނގެ ލެއްވި (كن) [ވާށޭ] މިކަލިމަފުޅުގެ ނަތީޖާކަމާއި އެކަލާނގެ ހެއްދެވި ފުރާނަތަކުގެ ތެރެއިން ފުރާނައެއްކަމަށް އަދި ސުވަރުގެއަކީ ޙައްޤުވެގެންވާ ތަނެއްކަމާއި، ނަރަކައަކީ ޙައްޤުވެގެންވާ ތަނެއްކަމަށް ހެކިވެއްޖެމީހާ ދަންނައެވެ. ﷲ ތަޢާލާ އޭނާ ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށް ސުވަރުގެ ވައްދަވާނެއެވެ.”
أخرجاه ولهما في حديث عتبان:
އަދިވެސް ބުޚާރީއާއި މުސްލިމުގައި މާތް ﷲ ރުއްސުންލެއްވި ޢިތުބާނު ބުން މާލިކުގެ ކިބައިން ރިވާވެގެންވެއެވެ.
«فَإِنَّ اللَّهَ حَرَّمَ عَلَى النَّارِ مَنْ قَالَ: لاَ إِلٰهَ إِلَّا اللَّهُ، يَبْتَغِي بِذَلِكَ وَجْهَ اللَّهِ» [رواه البخاري ومسلم]
މާނައީ: “ހަމަކަށަވަރުން ﷲ ގެ ވަޖުހުފުޅު އަދައިގެން لاَ إِلٰهَ إِلَّا اللَّهُ ކިޔައިފިމީހާ ދަންނައެވެ. ފަހެ، މާތް ﷲ އެފަދަ މީހާ ނަރަކައަށް ޙަރާމް ކުރައްވައިފިއެވެ.”
ސުވާލު 4: – ރަސޫލާ صلى الله عليه وسلم އަންނަނިވި ބަސްފުޅު ޝަރަޙަކޮށްދޭށެވެ.
«مَنْ شَهِدَ أَنْ لاَ إِلٰهَ إِلَّا اللَّهُ»
މާނައީ: “ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަން ހެކިވާ މީހާ ދަންނައެވެ.”
– އަދި شَهِدَ މިލަފްޡު ދަލީލު ކޮށްދެނީ ކޮންކަމަކަށް ހެއްޔެވެ؟
– لاَ إِلٰهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ ގެ މާނައަކީ ކޮބައި ހެއްޔެވެ؟
– އަދި މިކަލިމައިގެ މާނަ ނޭނގި އަދި މިކަލިމަ ލާޒިމްކުރާ ކަންތައްތަކަށް ޢަމަލު ނުކޮށް، ހަމައެކަނި ދުލުން މިކަލިމަ ކިޔުމުން ފުދޭނެ ހެއްޔެވެ؟
ޖަވާބު: – لاَ إِلٰهَ إِلَّا اللَّهُ މިކަލިމައިގެ މާނަ ރަނގަޅަށް އެނގިހުރެ، މިކަލިމަ ލާޒިމްކުރާ ކަންތައްތައް ބޭރުފުށާއި އެތެރެފުށުން ކުރާ މީހާ ދަންނއެވެ..
– شَهِدَ މިލަފްޡު ދަލީލުކޮށްދެނީ ޝަހާދަތް ޞައްޙަވާނީ لاَ إِلٰهَ إِلَّا اللَّهُ ގެ މާނަ އެނގިހުރެ، ޔަޤީންކަމާ އަދި އިޚްލާޞްތެރިކަމާއިއެކު ތެދުވެރިކަމާއިއެކު އެކަލިމަ ކިޔުމުންނެވެ.
– لاَ إِلٰهَ إِلَّا اللَّهُ ގެ މާނައަކީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަމެވެ. وَحْدَهُ އެކަލިމައިގެ މާނަ އިތުރަށް ސާބިތުކޮށްދެއެވެ. (ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަމެވެ.) لاَ شَرِيكَ لَهُ (އެކަލާނގެއަށް ޝަރީކެއްނުވާކަމަށް) އިތުރަށް ނަފީކޮށްދެއެވެ.
– މިކަލިމައިގެ މާނަ އެނގުމަކާއި ނުލާ އަދި އެކަލިމައިގެ މާނަ ޔަޤީންކުރުމަކާއި ނުލާ، އަދި އެކަލިމަ ލާޒިމްކުރާ ކަންތައްތައް ކަމަށްވާ ޝިރުކުން ބަރީއަނުވެ، އިޚްލާޞްތެރިކަމާއެކު ބަސްބުނުމާއި، އިޚްލާޞްތެރިކަމާއެކު ޢަމަލުކުރުން ދޫކޮށްލުމަށްފަހު، ހަމައެކަނި މިކަލިމަ ކިޔާލުމުން މިކަލިމައިގެ މަންފާއެއް ނުކުރާނެއެވެ.
* * * *
– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.