[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބު – 7

ސުވާލު 11: – لاَ إِلٰهَ إِلَّا اللَّهُ ގެ ޝަރުތުތަައް ބަޔާންކޮށްދޭށެވެ؟

– އަދި އެޝަރުތުތަކުގެ އިދިކޮޅު މާނަވެސް ބަޔާންކޮށްދޭށެވެ؟

 

 ޖަވާބު: لاَ إِلٰهَ إِلَّا اللَّهُ ގެ ޝަރުތުތަައް

(1) ޖާހިލުކަން ނަފީކުރާ ޢިލްމު

(2) ޝައްކުކަން ނަފީކުރާ ޔަޤީންކަން

(3) ޝިރުކު ނަފީކުރާ ޢިޚްލާޞްތެރިކަން

(4) ދޮގުވެރިކަން ނަފީކުރާ ތެދުވެރިކަން

(5) ނުރުހުންތެރިކަމާއި ނަފްތަތްތެރިކަން ނަފީކުރާ ލޯބިވުން

(6) ދޫކޮށްލުން ނަފީކުރާ ބޯލަބައި ކިޔަމަންގަތުން

(7) ރައްދުކުރުން ނަފީކުރާ ޤަބޫލުކުރުން

 

މަތީގައި ބަޔާންކުރެވިފައިވާ ޝަރުތުތައް އަންނަނިވި ބައިތުގައި ޖަމާކުރެވިފައި ވެއެވެ.

عِلْمٌ يَقِيْنٌ وَإِخْلَاصٌ وَصِدْقُكَ مَعْ … مَحَبَّةٍ وَانْقِيَادٍ والْقَبُوْلِ لَهَا

 މާނައީ: “ޢިލްމާއި، ޔަޤީންކަމާއި، އިޚްލާޞްތެރިކަމާ އަދި ތިބާ ތެދުކުރުމާއެކު ލޯބިކޮށް، ބޯލަނބާ އަދި ޤަބޫލުކުރުމެވެ.”

 

[ނޯޓު: މަތީގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ފުރިހަމަވުގެންވާ ޙާލު لاَ إِلٰهَ إِلَّا اللَّهُ ކިޔާ މުސްލިމަކަށް އެކަލިމައިގެ ފައިދާ ކުރާނެއެވެ. އެހެނީ لاَ إِلٰهَ إِلَّا اللَّهُ މިކަލިމައަށް އިޤްރާރުވުން އިސްލާމްދީން ގެނެސްދެއްވި ހުރިހާ ކަމެއް ޤަބޫލުކޮށް އެއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމްކުރެއެވެ. އަދި لاَ إِلٰهَ إِلَّا اللَّهُ ހަމައެކަނި ދުލުން ކިޔުމަށްފަހު، لاَ إِلٰهَ إِلَّا اللَّهُ ލާޒިމްކުރާ ކަންތައްތައް ފުރިހަމައަށް ޤަބޫލު ނުކުރެވި ނުވަތަ لاَ إِلٰهَ إِلَّا اللَّهُ ލާޒިމްކުރާ ކަންތައްތައް ފުރިހަމައަށް ޢަމަލު ނުކުރެވޭނަމަ އެއިން އެއިންސާނާއަށް އެންމެ އެދެވޭ ފައިދާއެއް ނުކުރާނެއެވެެ. ފައިދާ ކުރާނީ މަތީގައި ބަޔާންވެފައިވާ ޝަރުތުތަކާއި އެކު لاَ إِلٰهَ إِلَّا اللَّهُ ކިޔުމުންނެވެ.  والله أعلم]

 

*  *  *  *

 

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް