الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ތައުޙީދަކީ ﷲގެ ޙައްޤުތަކުގެ ތެރެއިން އަޅުތަކުންގެ މައްޗަށްވާ އެންމެ ބޮޑު ޙައްޤެވެ. އެހެންކަމުން ތައުޙީދު ދެނެގަނެ އޭގެ މަތީގައި ޘާބިތުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ތައުޙީދަކީ ހުރިހާ އަޅުކަމެއްގެ އަސާސަށް ވީހިނދު، ތައުޙީދާ ނުލާ އެއްވެސް އަޅުކަމެއް، ﷲ ޤަބޫލެއް ނުކުރައްވާނެތެވެ.
ފަހެ، މިމައުޟޫޢަކީ ޢިލްމުވެރިން ވަރަށް ތަފްޞީލުކޮށް ފޮތްތައް ލިޔުއްވާފައިވާ މައުޟޫޢެކެވެ. ހުރިހާ އެންމެންނަކީ ޢިލްމީ ގޮތުންނާއި، ވިސްނުމުގެ ގޮތުން އެއް ފަންތިއެއްގެ މީހުން ކަމުގައި ނުވާތީ، އެފަދަ ތަފްޞީލީ ބޮޑެތި ފޮތްތައް ހުރިހާ އެންމެންނަކަށް ނުވެސް ކިޔޭނެއެވެ. އެހެންކަމުން މިމަޢުޟޫގައި، ޚުލާޞާ ފޮތެއް އޮތުމަކީވެސް ގިނަ ބަޔަކަށް މިޢިލްމުގެ ފައިދާ ލިބިގެންދާނެކަމެކެވެ.
ފަހެ، މިކުޑަކުޑަ ފޮތަކީ، މިމައުޟޫޢުގެ ޚުލާޞާއެކެވެ. ތައުޙީދުގެ މުހިންމު މަޢުލޫމާތުތައް މިފޮތުގައި ހިމަނާފައިވާނެއެވެ. މިފޮތް ލިޔެފައިމިވަނީ ކިޔާލަން ފަސޭހަ މިންވަރަކަށެވެ. މިފޮތުގައި ތައުޙީދުގެ މުހިންމު މަޢުލޫމާތުގެ އިތުރުން، ތައުޙީދުގެ އިދިކޮޅުކަމުގައިވާ ޝިރުކުގެ މުހިންމު މަޢުލޫމާތުތައްވެސް ހިމަނާފައިވާނެއެވެ. އެއީ ތައުޙީދު ރަނގަޅަށް އެނގޭނީ، އޭގެ އިދިކޮޅުވެސް އެނގިގެން ކަމުގައިވާތީއެވެ.
ފޮތުގެ ނަން | مُلَخَّصُ التَّوْحِيْدِ – ތައުޙީދުގެ ޚުލާޞާ |
ލިޔުއްވީ | الشيخ محمد إبراهيم (ނައިފަރު) |
ޞަފްޙާގެ ޢަދަދު | 154 ޞަފްޙާ، A5 ސައިޒް |
ފައިލް ސައިޒް | 5.03 mb |