[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރްއާން އުނގެނުމުގެ މާތްކަމާއި ޛިކުރުގެ މަޖްލިސްތަކުގެ މާތްކަން

ކީރިތި ޤުރްއާން އުނގެނުމުގެ މާތްކަން

 

(1) ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ» [رواه البخاري]

މާނައީ: “ތިޔަބައިމީހުންކުރެ އެންމެ ހެޔޮވެގެންވާ މީހަކީ، ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ.” [ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله]

 

(2) ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَثَلُ الَّذِي يَقْرَأُ القُرْآنَ، وَهُوَ حَافِظٌ لَهُ مَعَ السَّفَرَةِ الكِرَامِ البَرَرَةِ، وَمَثَلُ الَّذِي يَقْرَأُ، وَهُوَ يَتَعَاهَدُهُ، وَهُوَ عَلَيْهِ شَدِيدٌ فَلَهُ أَجْرَانِ» [رواه البخاري]   

މާނައީ: “ޤުރްއާން ހިތުދަސް ޙާލު ރިވެތިކޮށް ތަރުތީލުކޮށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާއެކުގައެވެ. އަދި ދަތިއުނދަގުލާއެކު ހަނދާންނެތިދާނެތީ ތަކުރާރުކޮށް އެ ކިޔަވާ މީހާއަށް، ދެދަރުމަވެއެވެ.” [ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله]

 

(3) ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لِأَصْحَابِهِ» [رواه مسلم]  

މާނައީ: “ތިޔަބައިމީހުން ޤުރްއާން ކިޔަވާށެވެ! ފަހެ، ހަމަކަށަވަރުން އެ ކިޔަވައިއުޅުނު މީހުންނަށް ޝަފާޢަތްތެރިޔަކު ކަމުގައި ޤިޔާމަތް ދުވަހުން އެ އަންނަ ހުއްޓެވެ.” [ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]

 

 

ޛިކުރުގެ މަޖްލިސްތަކުގެ މާތްކަން

 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللهِ، يَتْلُونَ كِتَابَ اللهِ، وَيَتَدَارَسُونَهُ بَيْنَهُمْ، إِلَّا نَزَلَتْ عَلَيْهِمِ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلَائِكَةُ، وَذَكَرَهُمُ اللهُ فِيمَنْ عِنْدَهُ» [رواه مسلم]   

މާނައީ: “އަދި ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި (އެބަހީ: މިސްކިތެއްގައި) ބަޔަކު އެއްވެ، ﷲގެ ފޮތް ކިޔަވާ އަދި އެބައިމީހުންގެ މެދުގައި އުނގެނި ދަސްކުރާ ބަޔަކު ދަންނައެވެ. އެބައިމީހުންގެ މައްޗަށް މަޑުމޮޅިކަން ބާވައިލައްވާނެއެވެ. އަދި ރަޙްމަތުން ވަށާލެވޭނެއެވެ. އަދި (އެބައިމީހުންނަށް މާތްކޮށް ހިއްތެވުމުގެ ގޮތުން) މަލާއިކަތުން އެބައިމީހުން ވަށައިލައްވާނެވެ. އަދި ﷲ، އެއިލާހުގެ ޙަޟްރަތުގައިވާ މަލާއިކަތުންގެ އަރިހުގައި އެބައިމީހުންގެ (ވާހަކަ) ޛިކުރުކުރައްވާނެއެވެ.” [ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]

 

*********************

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލް ޤާސިމް حفظه الله –

ގުޅުންހުރި ލިޔުންތައް