ފާޚާނާއަށް ވަންނަމުން ކިޔާ ދުޢާ
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الخَلاَءَ قَالَ: «اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ» [متفق عليه]
މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާއަށް ވަދެވަޑައިގަންނަވާހިނދު މިފަދައިން ޙަދީޘްކުރައްވައެވެ.
«اللهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ»
މާނައީ: “އޭ ﷲ! ނުބައިވެގެންވާ ފިރިހެން ޝައިތާނުންނާއި ނުބައިވެގެންވާ އަންހެން ޝައިތާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ ﷲ ޙަޟްރަތަށް ދަންނަވަމެވެ.” [ރިވާކުރެއްވީ އިމާމް ބުޚާރީ އަދި މުސްލިމު رحمهما الله]
ފާޚާނާއިން ނުކުންނަމުން ކިޔާ ދުޢާ
كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا خَرَجَ مِنَ الْغَائِطِ قَالَ: «غُفْرَانَكَ» [رواه أحمد]
މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާއިން ނިކުމެވަޑައިގަންނަވާހިނދު މިފަދައިން ޙަދީޘްކުރައްވައެވެ.
«غُفْرَانَكَ»
މާނައީ: “އޭ ﷲ! މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދި ދަންނަވަމެވެ.” [ރިވާކުރެއްވީ އިމާމް އަޙުމަދު رحمه الله]
ވުޟޫކޮށް ނިމިގެން ކިޔާ ދުޢާ
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُبْلِغُ – أَوْ فَيُسْبِغُ – الْوُضُوءَ ثُمَّ يَقُولُ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ إِلَّا فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ» [رواه مسلم]
މާނައީ: “ތިޔަބައިމީހުންކުރެ މީހަކު ވުޟޫކުރާހިނދު، އެކަންކުރަންވީ އެންމެ ފުރިހަމަ ގޮތުގައި ވުޟޫކުރުމަށްފަހު، ދެން މިފަދައިން ކިޔައިފިމީހާ ދަންނައެވެ.
أَشْهَدُ أَنْ لَا إِلٰهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ
(މާނައީ: “ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކުނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި، އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.”)
ފަހެ، އޭނާއަށްޓަކައި ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުވޭ ހުށްޓެވެ. އޭގެ ތެރެއިން އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެއަށް ވަންނަ ހުށްޓެވެ.” [ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]
*********************
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –