[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޛިކުރުތައް – 2

މިސްކިތަށް ވަންނައިރާއި މިސްކިތުން ނިކުންނައިރު

 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا دَخَلَ أَحَدُكُمُ الْمَسْجِدَ، فَلْيَقُلْ: اللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ، وَإِذَا خَرَجَ، فَلْيَقُلْ: اللهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ» [رواه مسلم]

މާނައީ: “ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް ވަންނަހިނދު މިފަދައިން ކިޔާށެވެ.

«اللهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ»

(މާނައީ: “އޭ ﷲ! އިބައިލާހުގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުއްވައިދެއްވާނދޭވެ!”)

އަދި ތިޔަބައިމީހުންކުރެ މީހަކު މިސްކިތުން ނިކުންނަހިނދު މިފަދައިން ކިޔާށެވެ.

«اللهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ»

(މާނައީ: “އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބައިލާހުގެ ފަޟްލަވަންތަވެރިކަމުން ދެއްވުމަށްއެދި ދަންނަވަމެވެ.”)” [ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]

*********************

 

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –

 

ގުޅުންހުރި ލިޔުންތައް