ނަމާދުުކުރާއިރު އަދި ނަމާދުގައި ކިޔަވާ ކިޔެވުމުގައި ވަސްވާސް އައުން
ޢުޘްމާން ބުން އަބިލް ޢާޞް رضي الله عنه، ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހަށް ވަޑައިގެން ދެންނެވިއެވެ.
«يَا رَسُولَ اللهِ إِنَّ الشَّيْطَانَ قَدْ حَالَ بَيْنِي وَبَيْنَ صَلَاتِي وَقِرَاءَتِي يَلْبِسُهَا عَلَيَّ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «ذَاكَ شَيْطَانٌ يُقَالُ لَهُ خِنْزَبٌ، فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللهِ مِنْهُ، وَاتْفِلْ عَلَى يَسَارِكَ ثَلَاثًا»
قَالَ: فَفَعَلْتُ ذَلِكَ فَأَذْهَبَهُ اللهُ عَنِّي» [رواه مسلم]
މާނައީ: އޭ ﷲ ގެ ރަސޫލާ އެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ނަމާދާ އަދި ކިޔެވުމާއި ދެމެދަށް ޝައިތާނާ ވަދެ އޮޅުވައިލައެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެއީ ޚިންޒަބޭ ކިޔުނު ޝައިޠާނެކެވެ. ފަހެ، ތިބާއަށް އޭނާ އިޙްސާސްވާހިނދު އެސޮރުގެ ކިބައިން ރައްކާތެރިކޮށްދެއްވުންއެދި ދަންނަވާށެވެ. (އެބަހީ: “أَعُوْذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْم” ކިޔާށެވެ.) އަދި ތިންފަހަރު ވާތް ފަރާތަށް ފުމެލާށެވެ.[1]” [ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]
*********************
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –
[1] މިތާގައި ފުމެލުން ތަރުޖަމާކޮށްފައިމިވަނީ ޢަރަބި ލަފުޒެއްކަމަށްވާ “التَّفْلُ” އިންނެވެ. މިލަފުޒުގެ ޙަޤީޤީ މާނައަކީ ކުޑަކުޑަކޮށް ތެތްކަމެއް އަންނާނޭ ފަދައިން ފުމެލުމެވެ.