ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَالَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ﴾ [سورة المؤمنون ٥٩]
މާނައީ: “އަދި އެއުރެންނީ އެއުރެންގެ ވެރިރައްބަށް ޝަރީކު ނުކުރާ މީހުންނެވެ.”
ސުވާލު 3:
– މިއާޔަތް ޝަރަޙަ ކޮށްދޭށެވެ؟
– އަދި މިއާޔަތް ބާވައިލެއްވުނީ ކޮންބަޔަކާއި ބެހޭގޮތުންކަން ބަޔާންކޮށްދޭށެވެ؟
– އަދި މިއާޔަތުގައިވާ ނަފީއިން (އެބަހީ: ﴿لَا يُشْرِكُونَ﴾ އިން) ސާބިތުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟
– އަދި މިއާޔަތް މިބާބާ (އެބަހީ: ޙަޤީޤީ މުވައްޙިދުން އެއްވެސް ހިސާބަކާނުލާ ސުވަރުގެ ވަންނާނެކަން ނަންގަތް ބާބާ) މުނާސިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު:
– އެބައިމީހުން ﷲ އާއެކު އެހެން ފަރާތަކަށް އަޅުކަމެއް ނުކުރެއެވެ. އަދި ކިއެއްތަ! އެބައިމީހުން ﷲ އެއްކައުވަންތަ ކުރެއެވެ. އަދި އެބައިމީހުން އަޅުކަންކުރަނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަން އެބައިމީހުން ދަނެއެވެ.
– މި އާޔަތް ބާވައިލެއްވިފައިވަނީ މުއުމިނުންގެ ތެރެއިން ކުރިން ސުވަރުގެއަށް ވަންނަ މީހުންނާއި ބެހޭގޮތުންނެވެ.
– މިއާޔަތުގައިވާ ނަފީއިން (އެބަހީ: ﴿لَا يُشْرِكُونَ﴾ އިން) ސާބިތުކޮށްދެނީ އެނަފީވެފައިވާ ކަންތަކުގެ އިދިކޮޅެވެ. އެއީ ތައުޙީދެވެ.
– މިއާޔަތް މިބާބާ (އެބަހީ: ޙަޤީޤީ މުވައްޙިދުން އެއްވެސް ހިސާބަކާނުލާ ސުވަރުގެ ވަންނާނެކަން ނަންގަތް ބާބާ) މުނާސިބުވަނީ މިއާޔަތުގައި ބަޔާންވެފައިވާ މީހުން ސުވަރުގެއަށް ވަނީ އެބައިމީހުންގެ ތައުޙީދުގެ އިޙްލާޞްތެރިކަމުގެ ސަބަބުންނާއި ޝިރުކުން އެއްކިބާވެފައިވާތީއެވެ.
* * * *
– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.