[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަޤީޤީ މުވައްޙިދުން އެއްވެސް ހިސާބަކާނުލާ ސުވަރުގެ ވަންނާނެކަން ނަންގަތް ބާބު – 3

عن حُصَيْن بْن عَبْدِ الرَّحْمَنِ، قَالَ: كُنْتُ عِنْدَ سَعِيدِ بْنِ جُبَيْرٍ، فَقَالَ: أَيُّكُمْ رَأَى الْكَوْكَبَ الَّذِي انْقَضَّ الْبَارِحَةَ؟ قُلْتُ: أَنَا، ثُمَّ قُلْتُ: أَمَا إِنِّي لَمْ أَكُنْ فِي صَلَاةٍ، وَلَكِنِّي لُدِغْتُ، قَالَ: فَمَاذَا صَنَعْتَ؟ قُلْتُ: ارْتَقَيْتُ[1]، قَالَ: فَمَا حَمَلَكَ عَلَى ذَلِكَ؟ قُلْتُ: حَدِيثٌ حَدَّثَنَاهُ الشَّعْبِيُّ فَقَالَ: وَمَا حَدَّثَكُمُ الشَّعْبِيُّ؟ قُلْتُ: حَدَّثَنَا عَنْ بُرَيْدَةَ بْنِ حُصَيْبٍ، أَنَّهُ قَالَ: لَا رُقْيَةَ إِلَّا مِنْ عَيْنٍ، أَوْ حُمَةٍ، فَقَالَ: قَدْ أَحْسَنَ مَنِ انْتَهَى إِلَى مَا سَمِعَ. [رواه البخاري ومسلم]

 މާނައީ: ޙުސައިން ބުން ޢަބްދުއްރަޙްމާންގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން އެއްދުވަހަކު  ސަޢީދު ބުން ޖުބައިރުގެ އަރިހުގައި ވަނިކޮށް އެކަލޭގެފާނު ވިދާޅުވިއެވެ. “ރޭގައި ވެއްޓުނު ތަރި ދެކުނީ ތިޔަބައިމީހުންގެ ތެރެއިން ކާކު ހެއްޔެވެ؟”  އަހުރެން ދެންނެވީމެވެ. “އަހުރެންނެވެ.” އަދި ދެންނެވީމެވެ. “އަހުރެން އެވަގުތު ހުރީ ނަމާދުކުރާކަށްވެސް ނޫނެވެ. އަދި ކިއެއްތަ! ކޮންމެވެސް އެއްޗެއް އަހުރެންގެ ގައިގާ ކަށިޖެހުމުން އެވަޤުތު ހޭލާ ހުރެވުނީއެވެ.” ދެން ސަޢީދު ބުން ޖުބައިރު ވިދާޅުވިއެވެ. “ކަށިޖެހުމުން ތިބާ ކަންތައް ކުރީ ކިހިނެއްތޯއެވެ؟” އަހުރެން ދެންނެވީމެވެ. “އެތާނގައި އަހަރެން މެތުރީއެވެ.” އެކަލޭގެފާނު (އެބަހީ: ސަޢީދު ބުން ޖުބައިރު) ވިދާޅުވިއެވެ. “ތިބާ އެކަންކުރަން ޖެހުނީ ކޮން ސަބަބަކާ ހުރެތޯއެވެ.” އަހުރެން ދެންނެވީމެވެ. “އެއީ ޝަޢުބީ، އަހުރެންނަށް ބަޔާންކޮށްދެއްވި ޙަދީޘް ބަސްފުޅެއްގެ ސަބަބުންނެވެ.” ސަޢީދު ބުން ޖުބައިރު ވިދާޅުވިއެވެ. “ޝަޢުބީ ތިބާއަށް ބަޔާންކޮށްދެއްވީ ކޮން ޙަދީޘްފުޅެއްތޯއެވެ.” އަހުރެން ދެންނެވީމެވެ. “އެކަލޭގެފާނު ބުރައިދާ ބުން ޙުސައިންގެ ކިބައިން އަހުރެމެންނަށް ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެސްފީނާ ޖެހިގެން ނުވަތަ ވިހަގަދަ ސޫތްޕެއް ކަށިޖެހުމުން މެނުވީ މެތުރުމެއް ނުވެއެވެ”.

ފަހެ، ސަޢީދު ބުން ޖުބައިރު ވިދާޅުވިއެވެ. “އެމީހަކު އަޑުއެހި ޙަދީޘްފުޅަކަށް ޢަމަލުކުރި މީހަކު އެކަންތައް ކުރީ ރަގަޅަށެވެ.” 

 

 

ސުވާލު 4:

– އަންނަނިވި ކަލިމަތިކުގެ މާނަ ބަޔާންކޮށްދޭށެވެ. الْكَوْكَب، انْقَضّ، الْبَارِحَة لُدِغْتُ، ارْتَقَيْتُ.

– މިޙަދީޘްގައި މިވާ ((لَا رُقْيَةَ إِلَّا مِنْ عَيْنٍ، أَوْ حُمَةٍ)) ( މާނައީ: “އެސްފީނާ ޖެހިގެން ނުވަތަ ވިހަގަދަ ސޫތްޕެއް ކަށިޖެހުމުން މެނުވީ މެތުރުމެއް ނުވެއެވެ.”) މީގެ މުރާދަކީ ކޮބައި ހެއްޔެވެ.؟

– އަދި މިތާ މިވާ عَيْنٍ  އާއި حُمَةٍ ގެ މުރާދަކީ ކޮބައި ހެއްޔެވެ؟

– ރުޤްޔާއަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު:

-(1)  الْكَوْكَب:  ތަރި

(2) انْقَضّ:  ވެއްޓުން

(3) الْبَارِحَة: ކުރީރޭ (ރޭގައި)

(4) لُدِغْتُ: ނަގުލަންދާއްޓެއް ނުވަތަ އެފަދަ އެއްޗެއް ކަށި ޖެހުން. (އެބަހީ: ވިހަލުން)

(5) إرتقيت : (އިމާމު މުސްލިމުގެ ރިވާޔަތުގައިވަނީ استرقيت މިފަދައިންނެވެ.) ރުޤްޔާ ކުރުމަށްޓަކައި ރުޤްޔާކުރާ މީހެއް ހޯދުން.

– އެސްފީނާ ޖެހިގެން ނުވަތަ ވިހަގަދަ ސޫތްޕެއް ކަށިޖެހުމުން، މެތުރުމަށްވުރެ (ރުޤްޔާ ކުރުމަށްވުރެ) ޝިފާލިބުން ޢައުލާ އެހެން ރުޤްޔާއެއް ނުވެއެވެ.

– عَيْن: އެސްފީނާ ޖައްސާ މީހާ، އަނެއް މީހާއަށް (އެސްފީނާޖެހޭ މީހާއަށް) ޖައްސަނީ އޭނާގެ ލޮލުންނެވެ.

حُمَة: ނަގުލަންދާއްޓެއް ނުވަތަ އެފަދަ އެއްޗެއް ވިހަލުން.

– ރުޤްޔާއަކީ: ޖިންނި މޮޔަވުން ނުވަތަ ހުންއައުންފަދަ ބައްޔެއްޖެހިފައިވާ މީހަކަށް ރައްކާތެރިކަން އެދިގެން ކުރާ ކަމެކެވެ.

 

 

ސުވާލު 5: “قَدْ أَحْسَنَ مَنِ انْتَهَى إِلَى مَا سَمِعَ” (މާނައީ: “އެމީހަކު އަޑުއެހި ޙަދީޘްފުޅަކަށް ޢަމަލުކުރި މީހަކު އެކަންތައް ކުރީ ރަނގަޅަށެވެ.”) މިބަސްފުޅު ޝަރަޙަ ކޮށްދޭށެވެ؟

 

ޖަވާބު: އޭނާއާއި ހިސާބަށް ފޯރި ޢިލްމުގައި، އޭނާ ހިފައި އެއަށް ޢަމަލުކުރިމީހާ ރަނގަޅަށް ކަންތައް ކޮށްފިއެވެ. ނަމަވެސް ނޭނގިހުރެ ޢަމަލުކުރިމީހާ އާއި އެނގިފައި ހުރި އެއްޗަކަށް ޢަމަލު ނުކުރާމީހާ އެކަންތައް ކުރީ ގޯސްކޮށެވެ. ނުވަތަ އޭނާ ފާފަވެރި ވެއްޖެއެވެ.

 

*  *  *  *

 

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް

 

[1]  الأصل في مسلم: ((اسْتَرْقَيْتُ))