[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޔޫނުސް ސޫރަތުގައިވާ މުހިންމު ނުކުތާތައް

މިއީ 29 ޝައްވާލު 1439 ވީ ހުކުރު ދުވަހު މަސްޖިދުޙަރާމްގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ صالح بن محمد آل طالب –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ

إن الحمدَ لله، نحمدُه ونستعينُه ونستغفِرُه، ونعوذُ بالله مِن شُرور أنفُسنا ومِن سيئاتِ أعمالِنا، مَن يهدِه اللهُ فلا مُضِلَّ له، ومَن يُضلِل فلا هادِيَ له، وأشهدُ أن لا إله إلا الله وحدَه لا شريكَ له عزَّ عن الشَّبيه وعن النِّدِّ وعن المَثِيل وعن النَّظِير، ﴿لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ﴾ [الشورى: 11]، وأشهدُ أن مُحمدًا عبدُ الله ورسولُه بلَّغ الرسالةَ، وأدَّى الأمانةَ، ونصَحَ الأمةَ، وجاهَدَ في الله حقَّ جِهادِه حتى أتاهُ اليَقين، صلَّى الله وسلَّم وبارَك عليه، وعلى آلِهِ وصحبِه أجمعين.

* ހަމަކަށަވަރުން ﷲ ގެ ރަސޫލާ، މުޙައްމަދު ބުން ޢަބްދުﷲ ބުން ޢަބްދުލްމުއްޠަލިބު އަލްޤުރަޝިއްޔު އަލްހާޝިމިއްޔު صلى الله عليه وسلم އަކީ ޚަލްޤާއި ޚުލްޤުގައި އެންމެ ހެޔޮ ފަރާތެވެ. ﷲ ތަޢާލާ އެކަލޭގެފާނު ޠާހިރުކުރައްވާ އިޚްތިޔާރު ކުރެއްވިއެވެ. އެކަލޭގެފާނުގެ ޒުވާން ދުވަސްވަރު އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަން އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެނގެއެވެ. އަދި ކިއެއްތަ، އެކަލޭގެފާނު ތުއްޕުޅު އިރުއްސުރެވެސް އެކަން އެބައިމީހުންނަށް އެނގެއެވެ. އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުގައި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ﷲ ތަޢާލާ އެކަލޭގެފާނު ފޮނުއްވިއެވެ.

* އުޑުން ވަޙީ ބާވައިލެއްވިއެވެ. އުޑުން ބާވައިލެއްވުނު އެނޫރު ފެށިގެން އައީ މައްކާގައި ހުރި ހިރާ ހޮހޮޅައިންނެވެ. ދެން މައްކާގެ ގޯތި ގެދޮރަށް އެނޫރު ވަނެވެ.

* އެބައިމީހުންގެ ތެރެއިން މީހަކަށް ވަޙީބާވައިލެއްވުމުން ޤުރައިޝުން އެކަމާ އަޖައިބުވިއެވެ. އަދި އެކަލޭގެފާނު ދޮގުކުރިއެވެ. އަދި އެބައިމީހުންވީ ހަމަޖެހުމެއް ނެތް ޙާލަތެއްގައެވެ. އެބައިމީހުން ބުންޏެވެ. “އެކަލޭގެފާނަކީ ސިޙުރުވެރިއެވެ. މޮޔައެކެވެ.” އަދި އެބައިމީހުން ބުންޏެވެ. “އެއީ އެވޭލާ މީހުން ދައްކައި އުޅުނު ފުލޯކު ވާހަކަތަކެވެ.” އަދި އެބައިމީހުން ބުންޏެވެ. “ތިޔަނޫން އެހެން ޤުރުއާނެއް ގެނެސްދެއްވާށެވެ! ނުވަތަ އެޤުރުއާނަށް ބަދަލުގެނެސް ދެއްވާށެވެ!”

* ޔޫނުސް ސޫރަތް ބާވައިލެއްވުމުން ޤުރުއާނުން ރަސޫލާ صلى الله عليه وسلم ގެ ރިސާލަތުގެ ތެދުކަން އިތުރަށް ސާބިތުކޮށްދިނެވެ. މިސޫރަތަކީ ރަސޫލާ صلى الله عليه وسلم ގެ ރަސޫލުކަން ސާބިތުކޮށްދިން ފުރިހަމަ ސޫރަތެކެވެ.

* މިސޫރަތް ބާވައިލެއްވުނީ މައްކާގައެވެ. މައްކާގައި ބާވައިލެއްވުނު ސޫރަތްތަކުގައި ތައުޙީދު ބަޔާން ކޮށްދެއްވާ، އަލުން ދިރުއްވުމާއި ޖަޒާދެއްވުމާއި، ރިސާލަތާއި ޤުރުއާނާއި އަދި ދެމަގުގެ އަހުލުވެރިންގެ (އެބަހީ: ހެޔޮކަމާއި ނުބައިކަމުގެ އަހުލުވެރިންގެ) ނިމުން ބަޔާންކޮށްދެއްވާފައިވެއެވެ.

* މިސޫރަތާމެދު ވިސްނައިފި މީހަކަށް، ނޫޙުގެފާނު އެކަލޭގެފާނުގެ ދަޢުވަތު ފާޅުކުރެއްވިކަމާއި މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން އެބައިމީހުންގެ ގެތައް ނަމާދުކުރާ ތަންތަންކަމުގައި ހެދުމަށް އެންގެވިކަން ފެނިގެންދާނެއެވެ. އަދި އެމީހަކަށް އެނގިގެންދާނީ މިސޫރަތަކީ މައްކާގައި އެންމެ ފުރަތަމަ ބާވައިލެއްވުނު ސޫރަތްތަކުގެ ތެރެއިން ސޫރަތެއްކަމެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ފާޅުގައި ދަޢުވަތު ދެއްވަން ފެއްޓެވުމުގެ ކުރިންނެވެ.

* ﴿الر﴾ އިން ފެށިފައިވާ ފަސް ސޫރަތްވެއެވެ. އެއިން ކޮންމެ ސޫރަތެއްގައި ނަބީބޭކަލެއްގެ ނަންވެއެވެ. އެއީ ޔޫނުސް، ހޫދު، ޔޫސުފް އަދި އިބްރާހީމެވެ. އަދި ފަސްވަނައީ އަލްޙިޖުރެވެ. އެއީ ޞާލިޙު عليه السلام ގެ ޤައުމު، ޘަމޫދުގެ ގެތަކެވެ.

* ﴿الر تِلْكَ آيَاتُ الْكِتَابِ الْحَكِيمِ [1] أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَا إِلَى رَجُلٍ مِنْهُمْ أَنْ أَنْذِرِ النَّاسَ وَبَشِّرِ الَّذِينَ آمَنُوا أَنَّ لَهُمْ قَدَمَ صِدْقٍ عِنْدَ رَبِّهِمْ قَالَ الْكَافِرُونَ إِنَّ هَذَا لَسَاحِرٌ مُبِينٌ [2]﴾ [يونس: 1، 2]

މާނައީ: “ا ل ر (މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) މިއީ ޙިކުމަތްތެރި ފޮތުގެ (އެބަހީ: ޤުރުއާނުގެ) އާޔަތްތަކެވެ. [1] މީސްތަކުންނަށް އިންޒާރުކުރެއްވުމަށާއި، އީމާންވެއްޖެ މީސްތަކުންނަށް އެބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުގައި އިސްކަމާއި، މަތިވެރި މަޤާމު ހުރިކަމުގެ އުފާވެރި ޚަބަރުދެއްވުމަށް، ތިމަންއިލާހު އެބައިމީހުންގެ ތެރެއިން ފިރިހެނަކަށް، ވަޙީ އިއްވެވިކަން މީސްތަކުންނަށް އަޖައިބަކަށްވީހެއްޔެވެ؟ ކާފިރުވި މީހުން ބުނެފިއެވެ. ހަމަކަށަވަރުން މިއީ (އެބަހީ: މުޙައްމަދުގެފާނީ) ފާޅުވެ ބަޔާންވެގެންވާ ސިޙުރުވެރިއެކެވެ. [2]”

* ހަމަކަށަވަރުން އެއީ އުފާވެރިކަމުގެ ޚަބަރާއި އިންޒާރެވެ. ރަސޫލުންގެ ވަޒީފާއަކީ އަދި ޤިޔާމަތާ ހަމައަށް އެބޭކަލުންނަށް ތަބާވީމީހުންގެ ވަޒީފާއަކީ އެނޫން މީސްތަކުންނަށް އިންޒާރުކުރުމެވެ. މީސްތަކުންނަށް އިންޒާރުދޭ ފަދައިން މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރުވެސް ދޭންޖެހެއެވެ. ދަޢުވަތުދޭމީހަކު އެތަނުން އެއްކަން ދޫކޮށްލައިގެން ނުވާނެއެވެ.

﴿إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا [45] وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُنِيرًا [46] وَبَشِّرِ الْمُؤْمِنِينَ بِأَنَّ لَهُمْ مِنَ اللَّهِ فَضْلًا كَبِيرًا [47]﴾ [الأحزاب: 45- 47]

މާނައީ: “އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން ތިމަންއިލާހު، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (މުއުމިނުންނަށް) އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި (ކާފިރުންނަށް) ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައެވެ. [45] އަދި އެއިލާހުގެ އަމުރުފުޅާއެކު، (މީސްތަކުންނަށް) ﷲ ގެ ދީނަށް، ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެބައިމީހުންގެ މަގަށް) އަލިކުރާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ. [46] އަދި ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުން ބޮޑުވެގެންވާ ފަޟުލުވަންތަކަން އެބައިމީހުންނަށް ހުރިކަމަށް މުއުމިނުންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރުދެއްވާށެވެ! [47]”

* މިމާތް ރަސޫލާ صلى الله عليه وسلم ގެ މުޢުޖިޒާތަކީ މިމަތިވެރި ޤުރުއާނެވެ. އެބޭކަލުންނަށް އެކަލޭގެފާނު އެޤުރުއާން ކިޔަވައިދެއްވިއެވެ. އަދި އެއަޑުއެއްސެވި ބޭކަލުން އެއުނގެނިވަޑައިގެންނެވިއެވެ. އަދި އެބޭކަލުން އޭގައި ގަދައަށް ހިފެހެއްޓެވިއެވެ.

﴿يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ [57] قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ [58]﴾ [يونس: 57، 58]

މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡައަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިންތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ. [57] ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ގެ ފަޟްލުވަންތަކަމާއި، އެއިލާހުގެ ރަޙްމަތަށްޓަކައި (އެބަހީ: އިސްލާމްދީނާއި ޤުރުއާނަށްޓަކައި) ފަހެ، އެބައިމީހުން އުފާކުރާހުށިކަމެވެ! އެބައިމީހުން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ. [58]”

﴿وَمَا كَانَ هَذَا الْقُرْآنُ أَنْ يُفْتَرَى مِنْ دُونِ اللَّهِ وَلَكِنْ تَصْدِيقَ الَّذِي بَيْنَ يَدَيْهِ وَتَفْصِيلَ الْكِتَابِ لَا رَيْبَ فِيهِ مِنْ رَبِّ الْعَالَمِينَ [37] أَمْ يَقُولُونَ افْتَرَاهُ قُلْ فَأْتُوا بِسُورَةٍ مِثْلِهِ وَادْعُوا مَنِ اسْتَطَعْتُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ [38] بَلْ كَذَّبُوا بِمَا لَمْ يُحِيطُوا بِعِلْمِهِ وَلَمَّا يَأْتِهِمْ تَأْوِيلُهُ كَذَلِكَ كَذَّبَ الَّذِينَ مِنْ قَبْلِهِمْ فَانْظُرْ كَيْفَ كَانَ عَاقِبَةُ الظَّالِمِينَ [39] وَمِنْهُمْ مَنْ يُؤْمِنُ بِهِ وَمِنْهُمْ مَنْ لَا يُؤْمِنُ بِهِ وَرَبُّكَ أَعْلَمُ بِالْمُفْسِدِينَ [40]﴾ [يونس: 37- 40]

މާނައީ: “ﷲ ނޫން ފަރާތަކުން ހަދައިގެން ގެންނަ އެއްޗަކަށް މި ޤުރުއާން ނުވެއެވެ. އެހެނެއްކަމަކު (އެ ޤުރުއާން ބާވައިލެއްވީ) އޭގެކުރީގައިވާ ފޮތްތައް ތެދުކުރުމަށާއި، ފޮތުގައިވާ ޙުކުމްތައް ތަފްޞީލުކޮށްދެއްވުމަށެވެ. އެ ފޮތާމެދު ޝައްކެއް ނެތެވެ. (އެ ފޮތް ބާވައިލެއްވީ) ޢާލަމްތަކުގެ ވެރިރައްބުގެ ޙަޟްރަތުންނެވެ. [37] އަދި ކިއެއްތަ! (އެ ޤުރުއާން) އެއީ، އެކަލޭގެފާނު ހައްދަވައިގެން އުޅުއްވާ އެއްޗެއްކަމަށް އެބައިމީހުން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ﷲ ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބަޔަކަށް ގޮވައިގެން ނަމަވެސް، އެއާ އެއްފަދަ ސޫރަތެއް ނިކަން ގެނެސްބަލާށެވެ! [38] އަދި ކިއެއްތަ! އެ ޤުރުއާނުގައިވާ އެއްޗެއް އެބައިމީހުންނަށް ނޭނގެނީސް، އަދި އޭގެ މާނަ އެބައިމީހުންނާ ހަމައަށް ނާންނަނީސް، އެބައިމީހުން އެ ޤުރުއާން ދޮގުކުރިއެވެ. ހަމަ އެފަދައިން އެބައިމީހުންގެ ކުރީގެ މީހުންވެސް (އެބައިމީހުންގެ ރަސޫލުން) ދޮގުކުރިއެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ގަންނަވާށެވެ! [39] އެބައިމީހުންގެ ތެރޭގައި އެ ޤުރުއާނަށް އީމާންވާ ބަޔަކުވެއެވެ. އަދި އެބައިމީހުންގެ ތެރޭގައި އެ ޤުރުއާނަށް  އީމާންނުވާ ބަޔަކުވެސްވެއެވެ. ކަލޭގެފާނުގެ ވެރިރައްބަކީ ފަސާދަކުރާމީހުން އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [40]”

* ފަހެ، ޤުރުއާނަކީ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ދެއްވުނު މުޢުޖިޒާތެކެވެ.

﴿وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا ائْتِ بِقُرْآنٍ غَيْرِ هَذَا أَوْ بَدِّلْهُ قُلْ مَا يَكُونُ لِي أَنْ أُبَدِّلَهُ مِنْ تِلْقَاءِ نَفْسِي إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ [15] قُلْ لَوْ شَاءَ اللَّهُ مَا تَلَوْتُهُ عَلَيْكُمْ وَلَا أَدْرَاكُمْ بِهِ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِنْ قَبْلِهِ أَفَلَا تَعْقِلُونَ [16]﴾ [يونس: 15، 16]

މާނައީ: “އަދި އެބައިމީހުންނަށް ތިމަންއިލާހުގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔަވައިދެއްވާހިނދު، ތިމަންއިލާހާ ބައްދަލުވުމަށް ނޭދޭމީހުން ބުނެއެވެ. ތިޔަ ނޫން އެހެން ޤުރުއާނެއް ގެނެސްދެއްވާށެވެ! ނުވަތަ އެޤުރުއާނަށް ބަދަލުގެނެސް ދެއްވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެބަދަލުކުރުމަކީ، ތިމަންކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ ވަޙީއަށް މެނުވީ، ތިމަންކަލޭގެފާނު ތަބާވެވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ވެރިރައްބަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ހަމަކަށަވަރުން ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަމެވެ. [15] ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވިނަމަ، ތިމަންކަލޭގެފާނު އެއާޔަތްތައް ތިޔަބައިމީހުންނަށް ކިޔައެއް ނުދެއްވީމުހެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް އެއާޔަތްތަކެއް ނުވެސް އެންގެވީހެވެ. ފަހެ، މީގެކުރިން ތިޔަބައިމީހުންގެ ތެރޭގައި އެތައްދުވަހެއް ވަންދެން (އެބަހީ: ސާޅީސް އަހަރު ވަންދެން) ހަމަކަށަވަރުން ތިމަންކަލޭގެފާނު ހުންނެވީމެވެ. (މިބާވަތުގެ ވާހަކައެއް ނުދައްކަވަމެވެ.) ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟ [16]”

މިއީ އެކަލޭގެފާނުގެ ނަބީކަމުގެ އެންމެ މަތިވެރި ދަލީލެވެ. އެކަލޭގެފާނަށް ވަޙީ ބާވައިލެއްވެވުމުގެ ކުރިން ސާޅީސް އަހަރު އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއެކު އުޅުއްވިއެވެ. އަދި އެބައިމީހުންނަށް އެކަލޭގެފާނުގެ ތެދުވެރިކަމާއި އަމާނާތްތެރިކަން އެނގެއެވެ.

* މިސޫރަތުގައި މާތްވެގެންވާ ތިން ރަސޫލު ބޭކަލޭއްގެ ވާހަކަ ﷲ ޛިކުރުކުރައްވަފައިވެއެވެ. އެއީ ނޫޙުގެފާނާއި، މޫސާގެފާނު އަދި ޔޫނުސްގެފާނެވެ. – عليهم وعلى نبيِّنا مُحمدٍ أفضلُ الصلاةِ والسلام – މިސޫރަތަކީ ރިސާލަތުގެ ތެދުކަން ސާބިތުކޮށްދޭ ސޫރަތަކަށްވީއިރު މިތިން ނަބީބޭކަލުންގެ ވާހަކަ މިކަމާ ވަރަށް މުނާސަބުވެގެންވެއެވެ. ފަހެ، ބިމުގެ އަހުލުވެރިން ޝިރުކުކުރަން ފެށުމުން އެބައިމީހުންގެ ގާތަށް އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލަކީ ނޫޙުގެފާނެވެ. އޭގެ ކުރިން އެންމެހާ މީސްތަކުން ތިބީ ތައުޙީދުގެ މަތީގައެވެ.

* އަދި މޫސާ عليه السلام ގެ ރިސާލަތަކީ ޤުރުއާނަށްފަހު އެންމެ މަތިވެރި ރިސާލަތެވެ. އެހެންކަމުން އެދެކަން އެކުގައި އެތައް ތަނެއްގައި ﷲ ތަޢާލާ ޛިކުރުކުރައްވާފައިވެއެވެ. އެއީ އެއިލާހުގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.

﴿فَلَمَّا جَاءَهُمُ الْحَقُّ مِنْ عِنْدِنَا قَالُوا لَوْلَا أُوتِيَ مِثْلَ مَا أُوتِيَ مُوسَى أَوَلَمْ يَكْفُرُوا بِمَا أُوتِيَ مُوسَى مِنْ قَبْلُ قَالُوا سِحْرَانِ تَظَاهَرَا وَقَالُوا إِنَّا بِكُلٍّ كَافِرُونَ [48] قُلْ فَأْتُوا بِكِتَابٍ مِنْ عِنْدِ اللَّهِ هُوَ أَهْدَى مِنْهُمَا أَتَّبِعْهُ إِنْ كُنْتُمْ صَادِقِينَ [49]﴾ [القصص: 48، 49]

މާނައީ: “ފަހެ، ތިމަންއިލާހުގެ ޙަޟްރަތުން އެބައިމީހުންގެގާތަށް ޙައްޤު ތެދުމަގު އައިހިނދު (އެބަހީ: ތެދުމަގާއިގެން މުޙައްމަދުގެފާނު ވަޑައިގަތްހިނދު) އެބައިމީހުން ބުންޏެވެ. މޫސާގެފާނަށް ދެއްވިފަދަ މުޢުޖިޒާތްތަކެއް އެކަލޭގެފާނަށް ނުދެއްވީ ކީއްވެގެން ހެއްޔެވެ؟ މީގެކުރިން މޫސާގެފާނަށް ދެއްވި އެއްޗަކަށް، އެބައިމީހުން ފަހެ، ކާފިރުވެފައެއް ނުވޭހެއްޔެވެ؟ އެބައިމީހުން ބުންޏެވެ. (ތައުރާތާއި ޤުރުއާނަކީ) އެކަތި އަނެކައްޗަށް ވާގިވެރިވާ ދެ ސިޙުރެކެވެ. އަދި އެބައިމީހުން ބުންޏެވެ. ހަމަކަށަވަރުން އެއިންކޮންމެ އެއްޗަކަށް ތިމަންމެން ކާފިރުވަމުއެވެ. [48] ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ފަހެ، އެދެފޮތަށްވުރެ ތެދުމަގު ދެއްކުންބޮޑު ފޮތެއް، ތިމަންކަލޭގެފާނު އެއަށް ތަބާވުމަށް، ﷲ ގެ ޙަޟްރަތުން ތިޔަބައިމީހުން ނިކަން ގެނެސްބަލާށެވެ! [49]”

* އަދި ޔޫނުސް عليه السلام އާމެދު ދަންނައެވެ. ފަހެ، އެކަލޭފާނަކީ ނައިނަވާގެ އަހުލުވެރިންގެ ގާތަށް ﷲ ތަޢާލާ ފޮނުއްވެވި މާތްވެގެންވާ ނަބީބޭކަލެކެވެ. އަދި އެބައިމީހުން އެކަލޭގެފާނު ދޮގުކުރުމުން އެކަލޭގެފާނަށް އެކަމަށް ކެތްތެރިވެ ވަޑައިނުގެންނެވުމުން، ކޯފާއިސްކުރައްވާ ނުކުމެ ވަޑައިގެންނެވިއެވެ. ފަހެ، ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ވަޙީކުރެއްވިއެވެ.

﴿فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُنْ كَصَاحِبِ الْحُوتِ﴾ [القلم: 48]

މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިރައްބުގެ ޙުކުމްފުޅަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ބޮޑުމަހުގެ އެކުވެރިޔާ (އެބަހީ: ޔޫނުސްގެފާނު) ފަދައިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!”

* އަދި ނޫޙުގެފާނާއި މޫސާގެފާނު – عليهما السلام – ގެ ވާހަކަ މިކަމާ މުނާސަބުވާ އެހެން ކަމެއްވެސް މިސޫރަތުގައި ﷲ ތަޢާލާ ޛިކުރު ކުރައްވާފައިވެއެވެ. އެއީ މުޝްރިކުން ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ބުނިހިނދެވެ.

﴿وَيَقُولُونَ لَوْلَا أُنْزِلَ عَلَيْهِ آيَةٌ مِنْ رَبِّهِ فَقُلْ إِنَّمَا الْغَيْبُ لِلَّهِ فَانْتَظِرُوا إِنِّي مَعَكُمْ مِنَ الْمُنْتَظِرِينَ﴾ [يونس: 20]

މާނައީ: “އަދި އެބައިމީހުން ބުނެއެވެ. އެކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތުން އެކަލޭގެފާނަށް މުޢުޖިޒާތެއް ބާވައިލައްވާފައި ނުވަނީ ކީއްވެގެންބާވައެވެ! ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ޣައިބުތައް ދެނެވޮޑިގަތުންވާކަން ކަށަވަރީ، ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން އިންތިޒާރު ކުރާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުވެސް ތިޔަބައިމީހުންނާއެކު އިންތިޒާރުކުރާ މީހުންގެ ތެރެއިން ވާހުށީމެވެ.”

* އަދި ނޫޙު عليه السلام ގެ ވާހަކަ ޛިކުރުކުރެއްވިއިރު އެކަލޭގެފާނަށް ދެއްވި އެއްވެސް މުޢުޖިޒާތެއްގެ ވާހަކަ ކީރިތި ޤުރުއާނުގައި ޛިކުރު ކުރައްވާފައެއް ނުވެއެވެ.

﴿قُلْ إِنَّ اللَّهَ قَادِرٌ عَلَى أَنْ يُنَزِّلَ آيَةً وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ﴾ [الأنعام: 37]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން މުޢުޖިޒާތެއް ބާވައިލެއްވުމަށްވެސް ﷲ ކުޅަދުންވަންތައެވެ. އެހެނެއްކަމަކު އެބައިމީހުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެއެވެ.”

﴿وَمَا مَنَعَنَا أَنْ نُرْسِلَ بِالْآيَاتِ إِلَّا أَنْ كَذَّبَ بِهَا الْأَوَّلُونَ﴾ [الإسراء: 59]

މާނައީ: “އިހުއުޅުނު މީހުން މުޢުޖިޒާތްތައް ދޮގުކުޅަކަން މެނުވީ، ތިމަންއިލާހުގެ މުޢުޖިޒާތްތައް ފޮނުއްވުން މަނާކުރާކަމެއް ނެތެވެ.”

* އަނެއްކަމަކީ، މިތިން ރަސޫލުންގެ ޤައުމުގެ ނިމުން އައިގޮތާއި އެބައިމީހުންގެ ޖަޒާ ތަފާތުވުމެވެ. ފަހެ، ނޫޙު عليه السلام ގެ ޤައުމުގެ މީހުން އެކަލޭގެފާނު ދޮގުކުރުމުން ﷲ ތަޢާލާ އެބައިމީހުން ޣަރަޤުކުރެއްވިއެވެ.

﴿وَمَا آمَنَ مَعَهُ إِلَّا قَلِيلٌ﴾ [هود: 40]

މާނައީ: “މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެނެއް ނުވެއެވެ.”

އަދި މޫސާ عليه السلام އާމެދު ދަންނައެވެ. ބަނޫ އިސްރާއީލުގެ މީހުން އެކަލޭގެފާނަށް އީމާންވިއެވެ. އެބައިމީހުންގެ އަދަދު ގިނަވެގެންވިއެވެ. އަދި ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުން އެކަލޭގެފާނު ދޮގުކުރިއެވެ. ދެން ފަހެ، ﷲ ތަޢާލާ އެބައިމީހުން ޣަރަޤުކުރެއްވިއެވެ.

* އަދި ޔޫނުސް عليه السلام އާމެދު ދަންނައެވެ. އެކަލޭގެފާނުގެ ޤައުމުގެ އެންމެން އީމާންވިއެވެ. އެއީ އެކަލޭގެފާނު އެބައިމީހުންގެ ތެރެއިން ނުކުމެވަޑައިގެންނެވުމުން، އެބައިމީހުންގެ މައްޗަށް އޮތް ޢަޛާބު އެބައިމީހުންނަށް ފެނުމުން ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ، ދުޢާކުރުމުން، އެބައިމީހުންގެ ކިބައިން އެޢަޛާބު އުފުއްލެވިއެވެ.

﴿فَلَوْلَا كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَا إِيمَانُهَا إِلَّا قَوْمَ يُونُسَ لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَمَتَّعْنَاهُمْ إِلَى حِينٍ﴾ [يونس: 98]

މާނައީ: “ފަހެ، ރަށެއްގެ މީހުން، އެބައިމީހުންގެ އީމާންކަމުން މަންފާކުރާނޭ ގޮތުގައި، އީމާންވީނަމަ ކިހާރަނގަޅު ހެއްޔެވެ! އެހެނެއްކަމަކު، ޔޫނުސްގެފާނުގެ ޤައުމުގެމީހުން އީމާންވުމުން، ތިމަންއިލާހު އެބައިމީހުންގެ ކިބައިން ދުނިޔޭގެ ޙަޔާތުގައި ނިކަމެތިކަމުގެ ޢަޛާބު ދުރުކުރެއްވީމެވެ. އަދި އެބައިމީހުންގެ އަޖަލު ޖެހިއްޖައުމަށް ދާނދެން، އެބައިމީހުން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.”

* އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް އޮތީ އެބައިމީހުންނަށް ދަޢުވަތު ދެއްވާ އެބައިމީހުންނަށް އެދަޢުވަތު ފޯރުކޮށްދެއްވުންކަމާއި، އަދި އެބައިމީހުންނަށް ހިދާޔަތު ދެއްކެވުމާއި އެބައިމީހުންގެ ކަންކަމަށް ޖަޒާދެއްވުން އޮތީ ﷲ ތަޢާލާ އަށްކަން ވަރަށް ސާފުކޮށް މިސޫރަތުގައި ބަޔާންކޮށްދެއްވާފައިވެއެވެ.

﴿وَإِمَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا مَرْجِعُهُمْ ثُمَّ اللَّهُ شَهِيدٌ عَلَى مَا يَفْعَلُونَ﴾ [يونس: 46]

މާނައީ: “އެބައިމީހުންނަށް ތިމަންއިލާހު ވަޢުދުކުރެއްވި ބައެއްކަންތައް ކަލޭގެފާނަށް ދެއްކެވިޔަސް، ނުވަތަ (އޭގެކުރިން) ތިމަންއިލާހު ކަލޭގެފާނު މަރުގެންނެވިޔަސް ފަހެ، އެބައިމީހުންގެ ރުޖޫޢަވުންވަނީ ތިމަންއިލާހުގެ ޙަޟްރަތަށެވެ. ދެން އެބައިމީހުން ކޮށްއުޅުނު ކަންތަކުގެ މައްޗަށް ﷲ ހެކިވެވޮޑިގަންނަވާނެއެވެ.” 

* އަނެއްކަމަކީ، ނޫޙް އާއި މޫސާ عليهما السلام އަކީ أُولُو الْعَزْمِ ގެ ރަސޫލުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ދެބޭކަލުންނެވެ. އެއީ ﷲ ގެ އަމުރުފުޅުތަކަށް ތަބާވުމާއި ކެތްތެރިކަން ޖަމާކުރެވިފައިވާ ބޭކަލުންނެވެ. ﷲ ތަޢާލާ ވަނީ އެބޭކަލުން ކަންތައް ކުރެއްވިފަދައިން ކަންތައްކުރެއްވުމަށް މުޙައްމަދު صلى الله عليه وسلم އަށް އަމުރުކުރައްވަފައެވެ.

﴿فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ﴾ [الأحقاف: 35]

މާނައީ: “ފަހެ، ރަސޫލުންގެ ތެރެއިން ގަދަހިތްވަރުފުޅުގެ ވެރި ރަސޫލުން (އެބަހީ: أُولُو الْعَزْمِ ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ!”

* ފަހެ، ނޫޙު عليه السلام އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވާލެއްވުމުގައި 950 އަހަރު ހުންނެވިއެވެ. އެކަލޭގެފާނު ރެއާއި ދުވާލު އެކަމުގައި ހޭދަކުރެއްވިއެވެ. އެކަލޭގެފާނު ތެދުމަގަށް ގޮވައިލެއްވިވަރަކަށް، އެބައިމީހުން ދިޔައީ އެކަލޭގެފާނުގެ ދަޢުވަތާ ދުރަށެވެ.

* އަދި ﷲ ތަޢާލާ މޫސާ عليه السلام ފޮނުއްވީ ފިރުޢައުނަށް ދަޢުވަތު ދެއްވުމަށެވެ. ދެން އެވީކަންތައްތަކެއް ވެދިޔައެވެ. އަދި ބަނޫ އިސްރާޢީލުގެ މީހުންނާ އެކަލޭގެފާނާދެމެދު އެހިނގާ ދިޔަ ކަންތައްތަކެއް ހިނގާދިޔައެވެ. އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އުނދަގޫ ކުރެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«يَرْحَمُ اللَّهُ مُوسَى لَقَدْ أُوذِيَ بِأَكْثَرَ مِنْ هَذَا فَصَبَرَ» [رواه البخاري]

މާނައީ: “ﷲ މޫސާގެފާނަށް ރަޙްމަތް ލައްވާށިއެވެ. އެކަލޭގެފާނަށް މިއަށްވުރެ ބޮޑަށް އުނދަގޫކުރެވުނެވެ. ފަހެ، އެކަލޭގެފާނު ކެތްތެރިވެ ވަޑައިގެންނެވިއެވެ.”

* މިއިން ކޮންމެ ރަސޫލުބޭކަލަކާމެދު އައިސްފައިވާ ޚަބަރުގައި ފެނުގެ ވާހަކަވެއެވެ. ފަހެ، ނޫޙު عليه السلام އާމެދު ދަންނައެވެ. ﷲ ތަޢާލާ، އެކަލޭގެފާނުގެ ޤައުމުގެ މީހުން ޣަރަޤުކުރެއްވީ ބޯކޮށް އޮހިގެންއައި ފެނަކާއި، ބިންގަނޑު ފެޅިގެން އުފެދުނު ފެންއާރުތަކަކުންނެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ. ފަހެ، ބަރާވެވިފައިވާ ނާކޮޅުގައި ﷲ ތަޢާލާ، އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވީ މީހުން ސަލާމަތް ކުރެއްވިއެވެ. ފިލާތަކަކާއި، މޮހޮރުތަކަކުން ހަދާފައިވާ ނަވެއްގައެވެ.

* އަދި މޫސާ عليه السلام އާމެދު ދަންނައެވެ. ﷲ ތަޢާލާ ކަނޑު ދެފަޅިކުރެއްވުމުން ބަނޫ އިސްރާޢީލުގެ މީހުން އެކަނޑު ހުރަސްކުރިއެވެ. ދެން އެއަށްފަހު، ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުން ޣަރަޤުކުރެއްވިއެވެ.

* އަދި ޔޫނުސް عليه السلام އާމެދު ދަންނައެވެ. އެކަލޭގެފާނު ބަރާވެގެންވާ ނަވެއްގައި ކަނޑުމައްޗަށް އަރާވަޑައިގެންނެވިއެވެ. އަދި ބޮޑު މަހުގެ ބަނޑު ތެރޭގައި ކަނޑުގެ އަނދިރި ކަމުގައި އެކަލޭގެފާނުވިއެވެ.

* ރަސޫލުﷲ صلى الله عليه وسلم އަކީ މީސްތަކުންނަށް ނުހަނު ރަޙުމްކުރައްވާ އޯގާތެރި ފަރާތެކެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވާލެއްވިއެވެ. އަދި އެމީހުންނަށް ތެދުމަގު ލިބުމަށް ނުހަނު ބޮޑަށް އެދިވަޑައިގެންނެވިއެވެ. ފަހެ، އެކަލޭގެފާނަށް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَلَا تَحْزَنْ عَلَيْهِمْ﴾ [الحجر: 88]

މާނައީ: “އަދި އެބައިމީހުންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ!”

﴿لَعَلَّكَ بَاخِعٌ نَفْسَكَ أَلَّا يَكُونُوا مُؤْمِنِينَ﴾ [الشعراء: 3]

މާނައީ: “އެބައިމީހުން މުއުމިނުންކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ!)”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَإِنْ كَانَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ اسْتَطَعْتَ أَنْ تَبْتَغِيَ نَفَقًا فِي الْأَرْضِ أَوْ سُلَّمًا فِي السَّمَاءِ فَتَأْتِيَهُمْ بِآيَةٍ وَلَوْ شَاءَ اللَّهُ لَجَمَعَهُمْ عَلَى الْهُدَى فَلَا تَكُونَنَّ مِنَ الْجَاهِلِينَ﴾ [الأنعام: 35]

މާނައީ: “އެބައިމީހުން އެނބުރި ފުރަގަސްދިނުން ކަލޭގެފާނަށް ބޮޑުކަމަކަށް ވެއްޖެނަމަ، އެބައިމީހުންނަށް މުޢުޖިޒާތެއް ގެނެސް ދެއްވުމަށްޓަކައި ބިމުގެ އަޑީގައި ބިންގަރާހެއް ނުވަތަ އުޑަށް އަރާނެ ސިޑިއެއް ހޯއްދެވުމަށް ކަލޭގެފާނަށް ކުޅަދާނަވެގެންވާނަމަ، އެކަންކުރައްވައި ބައްލަވާށެވެ! (އެބަހީ: ކަލޭގެފާނަކަށް އެކަމެއް ނުކުރެއްވޭނެއެވެ. ކަލޭގެފާނަށް އޮތްކަމަކީ ﷲ ގެ ޙުކުމްފުޅު އަތުވެއްޖައުމަށް ދާނދެން ކެތްކުރެއްވުމެވެ.) ﷲ އިރާދަކުރެއްވިނަމަ، ތެދުމަގުގެ މައްޗަށް އެބައިމީހުން އެއްކުރައްވައިފީހެވެ. ފަހެ، ހަމަކަށަވަރުން، ޖާހިލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!”  

* ޔޫނުސް ސޫރަތުގައި އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَلَوْ شَاءَ رَبُّكَ لَآمَنَ مَنْ فِي الْأَرْضِ كُلُّهُمْ جَمِيعًا أَفَأَنْتَ تُكْرِهُ النَّاسَ حَتَّى يَكُونُوا مُؤْمِنِينَ [99] وَمَا كَانَ لِنَفْسٍ أَنْ تُؤْمِنَ إِلَّا بِإِذْنِ اللَّهِ وَيَجْعَلُ الرِّجْسَ عَلَى الَّذِينَ لَا يَعْقِلُونَ [100]﴾ [يونس: 99، 100]

މާނައީ: “ކަލޭގެފާނުގެ ވެރިރައްބު އިރާދަކުރައްވައިފިނަމަ، ބިމުގައި ވާހާ އެންމެން އީމާންވެއްޖައީހެވެ. ފަހެ، ކަލޭގެފާނު މީސްތަކުންނަށް އެބައިމީހުން މުއުމިނުން ކަމުގައިވުމަށް މަޖުބޫރު ކުރައްވަނީތޯއެވެ؟ [99] އަދި ﷲ ގެ އިޛުނަފުޅަށް މެނުވީ، އީމާންވުމެއް އެއްވެސް ނަފްސަކަށް ނެތެވެ. އަދި ނުވިސްނާ މީހުންނަށް، އެއިލާހު ޢަޛާބު ދެއްވާހުށްޓެވެ. [100]”

* އޭނާއަށް އެންމެހާ މީސްތަކުންނަށް ހިދާޔަތް ދެއްކިދާނެކަމަށް ނުވަތަ އެންމެހާ މީސްތަކުން ޙައްޤު ކަލިމައިގެ މައްޗަށް ޖަމާކުރެވިދާނެކަމަށް ހީވެއްޖެމީހާ ދަންނާށެވެ. އޭނާ އެވަނީ ކުށް ހީއެއްގައެވެ. ހަމަކަށަވަރުން އެއީ ﷲ ތަޢާލާގެ ސުންނަތާއި އެއިލާހުގެ ތަޤްދީރާ ޚިލާފުކަމެކެވެ. އަދި އެއީ އިންސާނުންނަށް ކުޅަދާނަކަން ލިބިގެންވާ ކަމެއް ނޫނެވެ.

﴿وَلَا يَزَالُونَ مُخْتَلِفِينَ﴾ [هود: 118]

މާނައީ: “ނަމަވެސް ޚިލާފުވުމުގައި އެބައިމީހުން ފިލައިނުދެއެވެ.”

﴿فَلَا تَكُونَنَّ مِنَ الْجَاهِلِينَ﴾ [الأنعام: 35]

މާނައީ: “ފަހެ، ހަމަކަށަވަރުން، ޖާހިލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!”

* ފަހެ، ދަޢުވަތު ދޭމީހާގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ ތަޢާލާގެ އަމުރުފުޅުގެ މަތީގައި ދެމިހުރުމެވެ. އަދި މީސްތަކުންނަށް ދަޢުވަތު ފޯރުކޮށްދިނުމެވެ.

﴿إِنْ عَلَيْكَ إِلَّا الْبَلَاغُ﴾ [الشورى: 48]

މާނައީ: “އިއްވެވުންމެނުވީ ކަލޭގެފާނުގެ މައްޗަކަށް ނުވެއެވެ.”

ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އަށް ބުނުމަށް އަމުރުކުރެއްވިފަދައިން ބުނާށެވެ.

﴿قُلْ يَا أَيُّهَا النَّاسُ إِنْ كُنْتُمْ فِي شَكٍّ مِنْ دِينِي فَلَا أَعْبُدُ الَّذِينَ تَعْبُدُونَ مِنْ دُونِ اللَّهِ وَلَكِنْ أَعْبُدُ اللَّهَ الَّذِي يَتَوَفَّاكُمْ وَأُمِرْتُ أَنْ أَكُونَ مِنَ الْمُؤْمِنِينَ [104] وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًا وَلَا تَكُونَنَّ مِنَ الْمُشْرِكِينَ [105] وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ فَإِنْ فَعَلْتَ فَإِنَّكَ إِذًا مِنَ الظَّالِمِينَ [106]﴾

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ދީނާމެދު ޝައްކެއްގައި ވާނަމަވެސް، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް، ތިމަންކަލޭގެފާނު އަޅުކަން ނުކުރައްވާހުށީމެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާހުށީ، ﷲ އަށެވެ. އެއިލާހީ ތިޔަބައިމީހުން މަރުގަންނަވާ އިލާހެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވަނީ، މުއުމިނުންގެ ތެރެއިން ވުމަށެވެ. [104] އަދި ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބާވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމްދީނާ ކުރިމަތިކުރައްވާށެވެ! އަދި ކަލޭގެފާނު މުޝްރިކުންގެ ތެރެއިން ވެވަޑައި ނުގަންނަވާހުށިކަމެވެ! [105] އަދި ﷲ ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދެވޭ، އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! ފަހެ، ކަލޭގެފާނު އެކަންކުރައްވައިފިނަމަ، ހަމަކަށަވަރުން، އޭރުން ކަލޭގެފާނު ވާނީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ. [106]”

* ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އަށް އަމުރުކުރެއްވި ފަދައިން ބުނާށެވެ.

﴿قُلْ يَا أَيُّهَا النَّاسُ قَدْ جَاءَكُمُ الْحَقُّ مِنْ رَبِّكُمْ فَمَنِ اهْتَدَى فَإِنَّمَا يَهْتَدِي لِنَفْسِهِ وَمَنْ ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا وَمَا أَنَا عَلَيْكُمْ بِوَكِيلٍ [108] وَاتَّبِعْ مَا يُوحَى إِلَيْكَ وَاصْبِرْ حَتَّى يَحْكُمَ اللَّهُ وَهُوَ خَيْرُ الْحَاكِمِينَ [109]﴾ [يونس: 108، 109]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ޙައްޤު އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތެދުމަގު ލިބިގެންފި މީހަކު ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފްސަށެވެ. އަދި މަގުފުރެދިއްޖެ މީހަކު މަގުފުރެދޭކަން ކަށަވަރީ، އެމީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށެވެ. އަދި ތިޔަބައިމީހުންގެ ކަންތައްތައް ހަވާލުކުރައްވާފައިވާ ވަކީލަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ. [108] އަދި ކަލޭގެފާނަށް ވަޙީކުރައްވާ އެއްޗަކަށް، ކަލޭގެފާނު ތަބާވެވަޑައިގަންނަވާށެވެ! އަދި (އެބައިމީހުންނާމެދު) ﷲ ޙުކުމްކުރައްވައިފުމަށް ދާނދެން (ދީނަށް ގޮވައިލެއްވުމުގައި) ކެތްކުރައްވައިގެން ހުންނަވާށެވެ! އެއިލާހީ ޙުކުމްކުރައްވާ އެންމެ ހެޔޮ އިލާހެވެ. [109]”

*މިއީ މަތިވެރިގެންވާ ދެ އުޞޫލެވެ.

﴿وَاتَّبِعْ مَا يُوحَى إِلَيْكَ وَاصْبِرْ﴾

މާނައީ: “އަދި ކަލޭގެފާނަށް ވަޙީކުރައްވާ އެއްޗަކަށް، ކަލޭގެފާނު ތަބާވެވަޑައިގަންނަވާށެވެ! އަދި (ދީނަށް ގޮވައިލެއްވުމުގައި) ކެތްކުރައްވައިގެން ހުންނަވާށެވެ!”

ވަޙީއަށް ތަބާވެ އެކަމުގައިވާ ބުރަތަކަށް ކެތްތެރިވުން އެމީހެއްގެ ކިބައިގައި ޖަމާވެއްޖެމީހާ ދަންނައެވެ. އޭނާ އެތަބާވަނީ ނަބީބެކަލުންގެ މަގާއި އެބޭކަލުންގެ ދަޢުވަތަށެވެ. އަދި އެދެކަން އެމީހެއްގެ ކިބައިގައި ނެތްމީހާ ދަންނައެވެ. ނަބީބޭކަލުންނަށް ތަބާވުމުގައި އެމީހާގެ ކިބައިގައި އުނިކަންވެއެވެ.

* ﴿وَإِذَا تُتْلَى عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا ائْتِ بِقُرْآنٍ غَيْرِ هَذَا أَوْ بَدِّلْهُ قُلْ مَا يَكُونُ لِي أَنْ أُبَدِّلَهُ مِنْ تِلْقَاءِ نَفْسِي إِنْ أَتَّبِعُ إِلَّا مَا يُوحَى إِلَيَّ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ﴾ [يونس: 15]

މާނައީ: “އަދި އެބައިމީހުންނަށް ތިމަންއިލާހުގެ އާޔަތްތައް ބަޔާންވެގެންވާގޮތުގައި ކިޔަވައިދެއްވާހިނދު، ތިމަންއިލާހާ ބައްދަލުވުމަށް ނޭދޭމީހުން ބުނެއެވެ. ތިޔަނޫން އެހެން ޤުރުއާނެއް ގެނެސްދެއްވާށެވެ! ނުވަތަ އެ ޤުރުއާނަށް ބަދަލުގެނެސް ދެއްވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ ބަދަލުކުރުމަކީ، ތިމަންކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ ވަޙީއަށް މެނުވީ، ތިމަންކަލޭގެފާނު ތަބާވެވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ވެރިރައްބަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަމެވެ.”

بارَك الله لي ولكم في القرآن والسنَّة، ونفَعَنا بما فِيهما مِن الآياتِ والحِكمة، أقولُ قولِي هذا، وأستغفِرُ الله تعالى لي ولكم.

ދެވަނަ ޚުޠުބާ

الحمدُ لله ربِّ العالمين، الرحمنِ الرحيم، مالِك يوم الدين، وأشهَدُ أن لا إله إلا الله وحده لا شريكَ له الملِكُ الحقُّ المُبِين، وأشهدُ أن محمدًا عبدُه ورسولُه الصادِقُ الأمين، صلَّى الله وسلَّم وبارَك عليه، وعلى آله الطيبين الطاهِرين، وصحابتِه الغُرِّ الميامِين، والتابِعين ومَن تَبِعَهم بإحسانٍ إلى يوم الدين.

* ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މާތް މީހުންނަކީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނެވެ. އެއާއެކުވެސް އެބޭކަލުންގެ މުޅި ޙަޔާތްޕުޅު، ވަކިން ޚާއްޞަކޮށް ރަސޫލުކަމައިގެން ފޮނުއްވުމަށްފަހު، ހޭދަވަގެންދިޔައީ މުޝްރިކުންނާ ދެކޮޅުވެރިވުމާއި އެބައިމީހުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރުމާއި އެބައިމީހުން އުޅޭ ތަންތަނަށް ގޮސް އުޅުމުގައެވެ.

* އެބޭކަލުންގެ ޤައުމުގެ މީހުންގެ ކިބައިން ނުރުހުންތެރިވާފަދަ ބަސްތައް އެބޭކަލުންނަށް އިވެއެވެ. އެބޭކަލުންނަށް ޝިރުކާއި އެހެނިހެން މުންކަރާތްތައް ފެނުމުން އެކަމާ ކޯފާ އިސްކުރެއްވިއެވެ. އެބޭކަލުންނީ އެންމެ ރަނގަޅަށް ﷲ ތަޢާލާގެ މަތިވެރިކަން ދަންނަ ބޭކަލުންނެވެ. އަދި އެއިލާހު ޙުރުމަތްތެރިކުރެއްވި ކަންކަމަށް އެންމެ ޣީރަތްތެރި ބޭކަލުންނެވެ. އެހެނަސް އޭގެ ސަބަބަން އެބޭކަލުން ދަޢުވަތުދެއްވުމުގައި ފަސްޖެހިވަޑައި ނުގަންނަވައެވެ. އަދި ނަސޭޙަތްދެއްވުމާއި އޯގާތެރިވުމުގައިވެސްމެއެވެ.

* އަދި އެއާއެކު މުންކަރާތްތައް ފެތުރިގެންދިޔުމުން އެކަމާ ހިތާމަކުރުމަކީ ޞާލިޙުންގެ ގޮތެވެ. ނަމަވެސް ޢަމަލުކުރުން ދޫކޮށްލާވަރަށް އެކަމުގައި މާޔޫސްވުންވަނީ ނަހީ ކުރައްވާފައެވެ.

﴿فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ﴾ [فاطر: 8]

މާނައީ: “ފަހެ، އެބައިމީހުންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ ނަފްސު ހަލާކުވިޔަނުދެއްވާށެވެ!”

﴿فَلَعَلَّكَ بَاخِعٌ نَفْسَكَ عَلَى آثَارِهِمْ إِنْ لَمْ يُؤْمِنُوا بِهَذَا الْحَدِيثِ أَسَفًا﴾ [الكهف: 6]

މާނައީ: “އެބައިމީހުން މި ޤުރުއާނަށް އީމާން ނުވިނަމަ، އެބައިމީހުން ކަލޭގެފާނަށް މޫނު އަނބުރާލައި ދިޔަކަމުގެ މައްޗަށް ހިތާމައިން ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލައްވަނީތޯއެވެ؟ (އެބަހީ: އެހެން ނުހައްދަވާށެވެ!)”

﴿وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ﴾ [يوسف: 103]

މާނައީ: “އަދި ކަލޭގެފާނު ކިތަންމެވަރަކަށް ޝައުޤުވެރިވެވަޑައިގަތަސް، މީސްތަކުންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައެއް ނުވެއެވެ.”

* ކުފުރާއި ފާސިޤުކަމުގެ ސަބަބުން ދުނިޔަވީ ޙަޔާތުގައި ދެ ބަޔަކު އިމްތިޙާނު ކުރެވެއެވެ. ފަހެ އެއީ އެކަމުގެ ތެރޭގައި އުޅޭ މީހުންނާއި އެފަދަ ކަންކަމުގައި އުޅޭ މީހުންގެ ސަބަބުން އިމްތިޙާނުކުރެވޭ ޞާލިޙުންނެވެ. އޭގެ ބޭނުމަކީ އެބައިމީހުން ޘާބިތުވެ ނަސޭޙަތްތެރިވެ އިޞްލާޙުކުރާ ގޮތް ބެއްލެވުމަށެވެ.

* ރަނގަޅު މުޖުތަމަޢެއްގައި އުޅޭ މީހަކަށް ޢާންމުކޮށް ނުފެންނަފަދަ މުންކަރާތެއް ފެނުމުން އޭނާއަށް އެކަމުން ވަރަށް ބޮޑަށް އަސަރުކޮށްފާނެއެވެ. އެހެނަސް ދަންނަންވީ ކަމަކީ އެންމެ ހެޔޮ ބޭކަލުންނަށްވެސް އެއަށްވުރެ ނުބައި ކަންކަން ފެނިފައިވާނެކަމެވެ. އަދި އެއާއެކުވެސް އެބޭކަލުންވަނީ އެބޭކަލުންގެ ވާޖިބު އަދާކޮށްފައެވެ. އެކަމުގެ މޭވާވަނީ ﷲ ތަޢާލާގެ ޙަޟްރަތުންކަމުގައި އެބޭކަލުންނަށް އެނގިވަޑައިގަންނަވާތީ އެބޭކަލުންވަނީ ﷲ އަށް ވަކީލުކޮށްގެންނެވެ. ފަހަރުގައި މާ އަޅާފައި މޭވާ ނުލިބިވެސް ހިނގައިދާނެއެވެ. އެހެނަސް ހުރިހާ ޙާލަތެއްގައިވެސް ނަސޭޙަތްދީ ދަޢުވަތު ދޭންވާނެއެވެ. އަދި ކެތްތެރިކަމާއި އަޖުރަށް އުންމީދުކުރުން ދޫކޮށްލައިގެން ނުވާނެއެވެ.

* އިންސާނާއަށް ކުޅަދާނަކަން ލިބިފައިވާ މިންވަރަށް އިންސާނާ މަސައްކަތް ކުރާނީއެވެ. އެއްވެސް ނަފްސަކަށް ނުއުފުލޭ ވަރުގެ ތަކުލީފެއް ﷲ ނުޖައްސަވައެވެ.

* އުނދަގޫތަކާ ކުރިމަތި ލުމަށާއި ބުރަތައް އުފުލުމަށާއި ބަޔާންކޮށްދިނުމަށް ނަފްސު ހާނަން ވާނެއެވެ.

* މިދީނަށް މީސްތަކުން އަންނަ ވަގުތާ ފުރަގަސްދޭ ވަގުތުތައް އަންނާނެއެވެ. އެކަމުގައި އަންނަ އުނިކަމުގެ މާނައަކީ މިދީނާއި ދީންވެރިކަން ނިމުމެއް ނޫނެވެ. އެހެނަސް އެއީ ކައުނުގައި ﷲ ތަޢާލާ ލައްވާފައިވާ ސުންނަތެކެވެ. މިއުންމަތަށް ދިމާވާ އެކި މަރުހަލާތަކެވެ. އެކަމުގެ ޙިކުމަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އޭގެ ސަބަބުން ރަނގަޅު މީހުންނާ ނުބައި މީހުން ވަކިވެގެންދާނެއެވެ. އަދި މީސްތަކުން އިމްތިޙާނުކުރައްވާނެއެވެ. އެއީ މުއުމިނުން ފާޅުވެ ކާފިރުން ނެތިކުރެއްވުމަށެވެ.

* ޔޫނުސް ސޫރަތުގައިވާ މިފަދަ މާނަތައް އެނގުމަކީ ޔަޤީންކަމާއި ޘާބިތުކަން އިތުރުކޮށްދޭނެކަންކަމެވެ. އަދި ދުނިޔެއަށް މިއަންނަ ބަދަލުތައް ވިސްނައިގަނެ، އެއާ މުޢާމަލާތްކުރުމަށް ފަސޭހަވެގެންދާނެކަމެކެވެ.

﴿وَاتَّبِعْ مَا يُوحَى إِلَيْكَ وَاصْبِرْ حَتَّى يَحْكُمَ اللَّهُ وَهُوَ خَيْرُ الْحَاكِمِينَ﴾ [يونس: 109]

މާނައީ: “އަދި ކަލޭގެފާނަށް ވަޙީކުރައްވާ އެއްޗަކަށް، ކަލޭގެފާނު ތަބާވެވަޑައިގަންނަވާށެވެ! އަދި (އެބައިމީހުންނާމެދު) ﷲ ޙުކުމްކުރައްވައިފުމަށް ދާނދެން (ދީނަށް ގޮވައިލެއްވުމުގައި) ކެތްކުރައްވައިގެން ހުންނަވާށެވެ! އެއިލާހީ ޙުކުމްކުރައްވާ އެންމެ ހެޔޮ އިލާހެވެ.”

اللهم اجعَلنا مِن أهل طاعتِك ومحبَّتِك، وأتباعِ رسولِك الصابِرين المُوقِنِين.

هذا وصلُّوا وسلِّمُوا على مَن أرسلَه الله رحمةً للعالمين، وهَديًا للناسِ أجمعين.

اللهم صلِّ وسلِّم وبارِك على عبدِك ورسولِك محمدٍ، وعلى آله الطيبين الطاهرين، وصحابَتِه وأزواجِه ومَن تبِعَهم بإحسانٍ إلى يوم الدين، وارضَ عنَّا معهم برحمتِك يا أرحم الراحمين.

اللهم أعزَّ الإسلامَ والمسلمين، واخذُل الطُّغاةَ والملاحِدةَ والمُفسِدين، اللهم انصُر دينَك وكِتابَك، وسُنَّة نبيِّك، وعِبادَك المُؤمنين.

اللهم مَن أرادَ الإسلامَ والمُسلمين ودِينَهم ودِيارَهم بسُوءٍ فأشغِله بنفسِه، ورُدَّ كيدَه في نَحرِه، واجعَل دائِرةَ السَّوء عليه يا رب العالمين.

اللهم انصُر المُجاهِدين في سبيلِك في فلسطين، وفي كل مكانٍ يا رب العالمين، اللهم فُكَّ حِصارَهم، وأصلِح أحوالَهم، واكبِت عدوَّهم.

اللهم إنا نسألُك باسمِك الأعظَم الذي إذا سُئِلت به أعطَيتَ، وإذا دُعِيتَ به أجَبتَ أن تلطُفَ بإخوانِنا المُسلمين في كل مكان، اللهم كُن لهم في فلسطين، وسُوريا، وفي العِراق، واليمَن، وبُورما، وفي كل مكانٍ، اللهم الْطُف بهم، وارفَع عنهم البلاءَ، وعجِّل لهم بالفرَج، اللهم أصلِح أحوالَهم، واجمَعهم على الهُدَى، واكفِهم شِرارَهم، اللهم اكبِت عدُوَّهم.

اللهم عليك بالطُّغاةَ الظالمين ومَن عاونَهم.

اللهم وفِّق وليَّ أمرِنا خادمَ الحرمين الشريفَين لما تُحبُّ وترضَى، وخُذ به للبِرِّ والتقوَى، اللهم وفِّقه ونائِبَه وأعوانَهم لِما فيه صلاحُ العباد والبلاد.

اللهم احفَظ وسدِّد جُنودَنا المُرابِطين على ثُغورنا وحُدودِ بلادِنا، والمُجاهِدين لحِفظِ أمنِنا وأهلِنا ودِيارِنا المُقدَّسة، اللهم كُن لهم مُعينًا ونصيرًا وحافِظًا.

اللهم انشُر الأمنَ والرخاءَ في بلادِنا وبلادِ المُسلمين، واكفِنا شرَّ الأشرار، وكيدَ الفُجَّار.

اللهم بارِك في مُؤتمر العُلماء الذين اجتَمَعُوا في مكَّة المُكرَّمة لتحقيقِ المُصالَحة الأفغانيَّة، وتحقيقِ الأمنِ والسِّلم والاستِقرار في أفغانِستان، ووفِّق المُؤتمِرِين وأهلَ بلادِهم كافَّةً حكومةً وشعبًا لما فيه مصلَحةُ بلادِهم، وإصلاحُ ذاتِ بينِهم، ووحدة صفِّهم، ونبذُ الفُرقة والخِلاف.

وشكَرَ الله لخادمِ الحرمَين الشريفَين حِرصَه ودعوتَه لهذا المُؤتمر عند بيتِ الله الحرام، ودعمَ المملكة لأمنِ واستِقرارِ أفغانِستان، والشُّكرُ لكل العُلماء مِن عالَمنا الإسلاميِّ لتحقيقِ الأمنِ وجمع الكلِمة.

اللهم ﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201].

اللهم اغفِر ذنوبَنا، واستُر عيوبَنا، ويسِّر أمورَنا، وبلِّغنا فيما يُرضِيك آمالَنا، اللهم اغفِر للمُؤمنين والمُؤمنات، والمُسلمين والمُسلمات، الأحياء مِنهم والأموات.

اللهم اغفِر لنا ولوالدِينا ووالدِيهم وذُريَّاتهم، وأزواجِنا وذريَّاتِنا، إنك سميعُ الدعاء.

ربَّنا تقبَّل منَّا إنك أنت السميعُ العليم، وتُب علينا إنك أنت التوابُ الرحيم.

سُبحان ربِّنا ربِّ العزَّة عما يصِفُون، وسلامٌ على المُرسلين، والحمدُ لله رب العالمين.


ޚުޠުބާގެ އަޞްލު