[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަޤީޤީ މުވައްޙިދުން އެއްވެސް ހިސާބަކާނުލާ ސުވަރުގެ ވަންނާނެކަން ނަންގަތް ބާބު – 5

ސުވާލު 8:

– މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ ބުން ޢައްބާސްގެ މި ޙަދީޘް މިބާބާ (ޙަޤީޤީ މުވައްޙިދުން އެއްވެސް ހިސާބަކާނުލާ ސުވަރުގެ ވަންނާނެކަން ނަންގަތް ބާބާ) މުނާސިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟

– މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ ބުން ޢައްބާސްގެ ޙަދީޘްފުޅާއި ކުރިން ބަޔާންކުރެވިފައިވާ ޙުޞައިން ބުން ޢަބްދުއް ރަޙުމާންގެ ޙަދީޘްފުޅުން ލިބޭ ފައިދާތަކަކީ ކޮބައިކަން ބަޔާންކޮށްދޭށެވެ؟

ޖަވާބު: މި ޙަދީޘް މިބާބާ (ޙަޤީޤީ މުވައްޙިދުން އެއްވެސް ހިސާބަކާނުލާ ސުވަރުގެ ވަންނާނެކަން ނަންގަތް ބާބާ) މުނާސިބުވަނީ :

މި ޙަދީޘްފުޅުގައި ސިފަކުރެވިގެންއެވާ މުއުމިނުންނަށް އެއްވެސް ޙިސާބެއް ނެތި ސުވަރުގެއަށް ވަދެވެނީ އެބައިމީހުންގެ ވަކީލުކުރުމުގެ ވަރުގަދަކަމާއި އެބައިމީހުނންގެ ތައުހީދުގެ ސަބަބުންނާއި އެބައިމީހުންގެ އިޚްލާޞްތެރިކަމުގެ ސަބަބުންނާ އަދި އެބައިމީހުން ހަމައެކަނި ﷲ އަށް ބަރޯސާވާލެއް ބޮޑު ކަމުންނެވެ.

– މިދެ ޙަދީޘްފުޅުން ލިބޭ ފައިދާތަކަކީ:

(1) އިންސާނާ ކިބައިގައި ނުވާ ސިފައަކުން އިންސާނާއަށް ތަޢުރީފުކުރުމަކީ ސަލަފުއްޞާލިހުން އެކަމަކުން މުޅިން ދުރުހެލިވެވަޑައިގެންފައިވާ ކަމެއްކަން ބަޔާންވެގެންވުން.

(2) އެސްފީނާ ޖެހިގެން ނުވަތަ އެއްޗެއް ކަށިޖަހައިގެން  ރުޤްޔާކުރުމަކީ (މެތުރުމަކީ) ހުއްދަކަމެއްކަން.

 (3)ރުޤްޔާކުރުން ދޫކޮށްލުމާއި كَيّ (ދޮންކޮށްފައިވާ އެއްޗެއް ފަރުވާއަށްޓަކައި ޖެއްސުން) ދޫކޮށްލުމަކީ ތައުޙީދު ތަޙްޤީޤްކުރުމުގެ (ޤާއިމްކުރުމުގެ) ތެރެއިންވާ ކަމެއްކަން.

(4) ޞަޙާބީބޭކަލުންގެ މަތިވެރިކަމާއި ހެޔޮކަންތައްތަކަށް އެބޭކަލުން ޖޯޝާއި ފޯރި ހުންނެވިވަރު އެނގިގެން ދިއުން. އަދި އެބޭކަލުންގެ ޢިލްމުގެ ބޮޑުކަމާ އަދި އަދަބު އަޚްލާޤުގެ ފުރިހަމަކަން އެނގިގެން ދިޔުން.

(5) އަދަދުގެ ގޮތުންނާއި ކައިފިއްޔަތުގެ ގޮތުން މިއުންމަތުގެ މާތްކަން އެނގިގެންދިޔުން. އަދި މިއުންމަތަކީ އެންމެ ގިނަމީހުން އެބައިމީހުންގެ ނަބިއްޔާއަށް ތަބާވި އުންމަތްކަން.

(6) މޫސާ عليه السلام ގެ އަޞްޙާބު ބޭކަލުންގެ މާތްކަން އެނގިގެން ދިއުން.

(7) މާތް ﷲ ރުއްސުންލެއްވި ޢުއްކާޝާ ބިން މިޙްޞަންގެ މާތްކަން އެނގިގެން ދިޔުން.

(8) ރަސޫލާ صلى الله عليه وسلم ގެ އަޚްލާޤުގެ މަތިވެރިކަން އެނގިގެން ދިއުން.

(9) މިޢިލްމުގެ ފައިދާއަކީ މީހުން ގިނަވުމުގެ ސަބަބުން ކެހިވެރި މަޅީގައި ނުޖެހުމާއި، މީހުންން މަދުވުމުގެ ކުޑައިމީސްކޮށް ނުދެކުން..

*  *  *  *

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް