މިއީ 06 ޛުލްޙިއްޖާ 1439 ވީ ހުކުރު ދުވަހު މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ صلاح البدير –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
الحمدُ لله حمدًا يُوافِي نعمَه وعطاياه، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له ولا معبُودَ بحقٍّ سِواه، وأشهدُ أن نبيَّنا وسيِّدنا محمدًا عبدُه ورسولُه ونبيُّه وصفِيُّه ونجِيُّه ووليُّه ورضِيُّه ومُجتَبَاه، صلَّى الله عليه وعلى آلِه وأصحابِه صلاةً دائمةً ما انفَلَقَ صُبحٌ وأشرَقَ ضِيَاه.
* ﷲ އަށް ތަޤުވާވެރިވެ އެއިލާހު ރުއްސަވާ ކަންކަމަށް މަސައްކަތް ކުރާށެވެ. އަދި އުރެދުމުން ދުރުހެލިވާށެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ﴾ [آل عمران: 102]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެއިލާހަށް ތަޤުވާވެރިވުން ޙައްޤުވެގެންވާ ގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި، މުސްލިމުން ކަމުގައިވާ ޙާލުގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ!”
* ޙަރަމްފުޅު މާތްކޮށް އެތަނުގެ ޙުރުމަތްތެރިކަން މަތިވެރިކުރާށެވެ. އެތަނުގެ އިންތިޒާމުތަކާ އެއްގޮތަށް ޢަމަލުކުރައްވާށެވެ. ޙައްޖުގެ މަޤްޞަދުތަކާ ޚިލާފުވާ ކަންކަމުން ދުރުހެލިވެ ރައްކާތެރިވާށެވެ. ޙައްޖަކީ ދެބަސްވެ އަރައިރުންވުމަށް އޮތް ތަނެއް ނޫނެވެ. އަދި މުޒާހަރާކޮށް ޙިޒްބިއްޔަތާއި ތަޢައްޞުބުވުމުގެ ޝިޢާރުތައް ފާޅުކުރަން އޮތް ތަނެއްވެސް ނޫނެވެ.
* ޙައްޖުވެރިންނާއި ޢުމްރާވެރިންނޭވެ! އިޙްރާމް ބަނދެ، ގެފުޅަށް ޤަޞްދުކޮށް ދަތުރަށް ފެށުމުގެ ކުރިން ޙައްޖުގެ ޝަރުޠުތަކާއި، ޙައްޖުކުރާނެ ގޮތް ރަނގަޅަށް ދަސްކުރާށެވެ. އެކަން އެގޮތަށް ނުކުރުމުގެ ސަބަބުން، އެނބުރި ޤައުމަށް ދާއިރު ރުކުނެއް ނުވަތަ ޝަރުޠެއް ނުވަތަ ފަރުޟެއް ދޫކޮށްލެވިފައި ނުވަތަ އިޙްރާމުގައި ކުރުން ހުއްދަ ނޫންކަންކަން ކުރެވިފައިވަނީ ކިތައް ކިތައް ޙައްޖުވެރިންނަށް ހެއްޔެވެ.
* ތިޔަބައިމީހުން ޖަމާކުރެވިފައި މިވަނީ އިސްލާމީ ޢަޤީދާގެ ސަބަބުންނެވެ. ޙައްޖުގެ އަޅުކަމާއި ދީނުގެ ކަންކަން ތިޔަބައިމީހުން އެއްބައިވަންތަ ކުރުވައެވެ. ފަހެ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ރަޙުމްކޮށް، އޯގާތެރިވެ، އެހީތެރިވެދޭށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ކޮއްޕާ، ތަޅާފޮޅާ ނުހަދާށެވެ. ތިޔަބައިމީހުންގެ ތެރެއިން ނިކަމެތިންނަށް ރަޙުމްކުރާށެވެ. އަދި މަގު ގެއްލިފައިވާ މީހުންނަށް މަގު ދައްކައިދޭށެވެ. މުސްކުޅިންނާއި ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެދޭށެވެ.
* ޝިރުކުގެ ނުބައިކަމުން ތިޔަބައިމީހުންގެ ޙައްޖު ރައްކާތެރިކުރާށެވެ. އަދި ބޭކާރު ވާހަކަ ދެއްކުމުން ދުރުވާށެވެ. އަދި ޖަމްރާތަކަށް ހިލައުކުމުގައި ކުދި ހިލަކޮޅުކޮޅު ބޭނުންކުރާށެވެ. އަދި ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ހައްދުތައް ފަހަނައަޅާދިއުމުން ރައްކާތެރިވާށެވެ. އަދި ތިޔަބައިމީހުންގެ ޙައްޖުގެ މަނާސިކުތަކާއި ޢަމަލުތަކުގައި ލޮބުވެތި ނަބިއްޔާ صلى الله عليه وسلم އަށް ތަބާވާށެވެ.
* ތައުބާވުމާއި އިސްތިޣްފާރުކުރުން ގިނަކުރާށެވެ. އެތަނުގެ މަތިވެރިކަމާއި ދުވަސްވަރުގެ ޝަރަފުވެރިކަން ހަނދާންކުރާށެވެ. އަދި ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅު ހަނދާންކުރާށެވެ.
«مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ، وَلَمْ يَفْسُقْ، رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ» [رواه البخاري]
މާނައީ: ” (ޙައްޖުތެރޭގައި) ފާޙިޝް ޢަމަލެއް ކުރުމަކާނުލާ އަދި އެއްވެސް ފާފައެއްކުރުމަކާ ނުލައި، ﷲ އަށް ޙައްޖުވެއްޖެމީހާ އެނބުރި ދާހުށީ އޭނާގެ މަންމަ، އޭނާ ވިހެއި ދުވަހު ހުރިފަދައިންނެވެ. (އެބަހީ: އެއްވެސް ފާފާއަކާއި ނުލައި ޠާހިރުވެގެންވާ ޙާލެވެ.)”
«وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ» [متفق عليه]
މާނައީ: ” އަދި މަބްރޫރު ޙައްޖެއް ވެއްޖެމީހަކަށް ސުވަރުގެ ފިޔަވާ އެހެން ޖަޒާއެއް ނުވެއެވެ.”
تلقَّى اللهُ دُعاءَكم بالإجابة، واستِغفارَكم بالرِّضا، وحجَّكم بالقَبُول، وجعلَ سعيَكم مشكُورًا، وذنبَكم مغفُورًا، وحجَّكم مبرُورًا.
أقولُ ما تسمَعُون، وأستغفِرُ اللهَ فاستغفِرُوه، إنه كان للأوابِين غفُورًا.
ދެވަނަ ޚުޠުބާ
الحمدُ لله آوَى مَن إلى لُطفِه أوَى، وأشهدُ أن لا إله إلا اللهَ وحدَه لا شريكَ له دَاوَى بإنعامِه مَن يئِسَ مِن أسقامِه الدوَا، وأشهدُ أن نبيَّنا وسيِّدنَا محمدًا عبدُه ورسولُه، صلَّى الله عليه وعلى آله وأصحابِه صلاةً تبقَى، وسلامًا يَترَى.
* އެންމެހާ މުސްލިމުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. އުންމީދާއެކު އެއިލާހުގެ ޙަޟްރަތުން އެދޭށެވެ. އަދި އެއިލާހަށް ކިޔަމަންތެރިވާށެވެ. އަދި އެއިލާހަށް ނުއުރެދޭށެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ﴾ [التوبة: 119]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!”
* ޢަރަފާތް ދުވަހަކީ ޤަދަރު އުފުލިގެންވާ، ޝަރަފުވެރި، މާތް ދުވަހެކެވެ. އަދި ނަރަކައިން މުއްތިކުރެއްވުމުގެ ދުވަހެކެވެ. އަދި ދުޢާތައް އިޖާބަކުރެއްވޭ ދުވަހެކެވެ.
* އެދުވަހެއްގައި އެންމެ ގިނައިން އަޅުތަކުން ނަރައިން މިންޖުކުރައްވާ ދުވަހަކީ ޢަރަފާތް ދުވަހެވެ.
* ޢަރަފާތްދުވަހުގައި މަޑުމޮޅިކަމާއެކު ދުޢާކުރުމާއި ޛިކުރުކުރުން ގިނަކުރާށެވެ.
* ޙައްޖުވެރިން ނޫން މީހުން، ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. އެދުވަހުގެ ރޯދައިގެ ސަބަބުން ފާއިތުވީ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައެވެ.
* ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން އައްޔާމުއް ތަޝްރީޤުގެ ދުވަސްތައް ނިމެންދެން، ފަރުޟު ނަމާދުތަކުގެ ފަހުގައި ތަކުބީރު ކިޔުން އެދެވިގެންވެއެވެ. ނަމާދު ނިމޭ ފަހުން އާދެވޭމީހާ ތަކުބީރު ކިޔާނީ އޭނާގެ ނަމާދު ފުރިހަމަކުރުމަށް ފަހުގައެވެ. އަދި ޙައްޖުވެރިން ތަކުބީރު ކިޔަން ފަށާނީ ނަޙްރުގެ ދުވަހު (އެބަހީ: ޢީދު ދުވަހު) މެންދުރު ނަމާދުން ފެށިގެންނެވެ.
* މަގުތަކާއި، ގެތަކާއި، ޖައްވުގައި ތަކުބީރު ކިޔާށެވެ. އަދި ހެނދުނާއި ހަވީރުވެސް ތަކުބީރު ކިޔާށެވެ. އުޑުތަކާ ހަމައަށް ތިޔަބައިމީހުންގެ ތަކުބީރުތައް އުފުލެންދެން ތަކުބީރު ކިޔާށެވެ.
الله أكبرُ، الله أكبر، لا إله إلا الله، الله أكبر، الله أكبر، ولله الحمد.
وصلُّوا على أحمدَ الهادِي شفيعِ الورَى طُرًّا؛ فمَن صلَّى عليه صلاةً واحدةً صلَّى الله عليه بها عشرًا.
اللهم صلِّ وسلِّم على عبدِك ورسولِك محمدٍ، وارضَ اللهم عن الآلِ والأصحابِ، وعنَّا معهم يا كريمُ يا وهَّاب.
اللهم أعِزَّ الإسلام والمُسلمين، وأذِلَّ الشركَ والمُشرِكين، ودمِّر أعداءَ الدين، واجعَل بلادَ المُسلمين آمنةً مُطمئنَّةً مُستقِرَّةً يا رب العالمين.
اللهم وفِّق إمامَنا ووليَّ أمرنا خادمَ الحرمَين الشريفَين لما تُحبُّ وترضَى، وخُذ بناصِيتِه للبرِّ والتقوَى، اللهم وفِّقه وولِيَّ عهدِه لِما فيه عِزُّ الإسلام وصلاحُ المُسلمين يا رب العالمين.
اللهم انصُر جُنودَنا المُرابِطِين المُجاهِدين على ثُغورِنا وحُدودِنا، اللهم احفَظ رِجالَ أمنِنا، واجزِهم خيرَ الجزاءِ وأوفاه يا رب العالمين.
اللهم اشفِ مرضانا، اللهم اشفِ مرضانا، اللهم اشفِ مرضانا، وعافِ مُبتلانا، وارحَم موتانا، وفُكَّ أسرانا، وانصُرنا على مَن عادانا.
اللهم تقبَّل مِن الحُجَّاج حجَّهم وسعيَهم، اللهم تقبَّل مِن الحُجَّاج حجَّهم وسعيَهم، اللهم اجعَل حجَّهم مبرُورًا، وسعيَهم مشكُورًا، وذنبَهم مغفورًا، اللهم تقبَّل مساعِيَهم وزكِّها، وارفَع درجاتهم وأعلِها، وبلِّغهم مِن الآمال مُنتهاها، ومِن الخيرات أقصاها.
اللهم اجعَل دُعاءَنا مسمُوعًا، ونداءَنا مرفوعًا يا كريمُ يا عظيمُ يا رحيمُ.