ﷲ ވަޙީ ކުރެއްވިއެވެ.
﴿إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَنْ يَشَاءُ﴾ [سورة النساء 48]
މާނައީ: “ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހުންގެ ފާފަ އެއިލާހު ނުފުއްސަވާނެތެވެ. އެނޫން ފާފަތައް އެއިލާހު އިރާދަކުރެއްވި މީހަކަށް ފުއްސަވަތެވެ.”
ސުވާލު 3: މިއާޔަތް ޝަރަޙަ ކޮށްދޭށެވެ. އަދި މި އާޔަތުން ލިބޭ ފައިދާތަކަކީ ކޮބައިކަން ބަޔާންކޮށްދޭށެވެ؟ އަދި މިއާޔަތް މިބާބާ މުނާސިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު:
– އާޔަތުގެ ޝަރަޙަ: ﷲ ތަޢާލާ މިއާޔަތުގައި ޚަބަރު ދެއްވަނީ މުޝްރިކެއްގެ ގޮތުގައިވާހާލު އެކަލާނގެއާ ބައްދަލުކޮށްފި މީހެއްގެ ފާފަ އެކަލާނގެ ނުފުއްސަވާނެކަމެވެ. އަދި ޝިރުކަށްވުރެ ދަށް ފާފަތައް އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ފުއްސަވާނެކަމެވެ.
– މިއާޔަތުން ލިބޭ ފައިދާ: ޝިރުކަކީ އެންމެ ބޮޑު ފާފަކަން މިއާޔަތުން އެނގިގެންދެއެވެ. އެހެނީ ﷲ ތަޢާލާ ޚަބަރު ދެއްވާފައިވަނީ ޝިރުކުން ތައުބާނުވެ އެކަލާނގެއާ ބައްދަލުކޮށްފި މީހެއްގެ ފާފަ، އެކަލާނގެ ނުފުއްސަވާނެކަމެވެ. އަދި ޝިރުކު ފިޔަވާ އެހެން ފާފަތަކާއެކު އެކަލާނގެއާ ބައްދަލުކޮށްފި މީހެއްގެ ފާފަ، އެކަލާނގެ އިރާދަކުރައްވައިފިނަމަ ފުއްސަވާނެ ކަމެވެ.
މިއާޔަތް މިބާބާ މުނާސިބުވާގޮތް: މިއާޔަތް އައިސްފައިވަނީ ޝިރުކަށް ބިރުވެތިކުރުވާ، އެކަމަށް އިންޒާރު ދިނުމުގެ ގޮތުންނެވެ. އަދި މިވައްތަރުގެ ފާފައަކީ (އެބަހީ: ބޮޑު ޝިރުކަކީ އެގޮތުގައި މަރުވެއްޖެނަމަ) ﷲ ތަޢާލާ ނުފުއްސަވާނެ ފާފައެއްކަން ބަޔާންކުރެއްވުމަށެވެ.
* * * *
– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.