[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلى الله عليه وسلم ގެ ޙައުޟު

މިއީ 11 މުޙައްރަމް 1440 ވީ ހުކުރު ދުވަހު މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ علي بن عبد الرحمن الحذيفي – حفظه الله –
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ

الحمدُ لله العزيز الوهاب، ﴿غَافِرِ الذَّنْبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ لَا إِلَهَ إِلَّا هُوَ إِلَيْهِ الْمَصِيرُ﴾ [غافر: 3]، أحمدُ ربي وأشكرُه، وأتوبُ إليه وأستغفِرُه، وأشهدُ أن لا إله إلا الله وحده لا شريك له العليُّ الكبير، وأشهدُ أن نبيَّنا وسيِّدَنا محمدًا عبدُه ورسولُه البشيرُ النذير، اللهم صلِّ وسلِّم وبارِك على عبدك ورسولِك محمدٍ، وعلى آله وصحبِه السابِقين إلى كل فضلٍ وخير.

* ﷲ ގެ އަޅުތަކުންނޭވެ. ތިޔަބައިމީހުންގެ އާޚިރަތް އިޞްލާޙުކުރުމަށްޓަކައި ހެޔޮ ޢަމަލުތައް ދެނެގަންނާށެވެ. އަދި ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުކޮށް، ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް ވައްޓާނުލާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَقُلِ اعْمَلُوا فَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ وَالْمُؤْمِنُونَ وَسَتُرَدُّونَ إِلَى عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ﴾ [التوبة: 105]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ޢަމަލުކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ ޢަމަލުތައް ﷲ ދެކެވޮޑިގެންވާނެއެވެ. އަދި އެއިލާހުގެ ރަސޫލާވެސް މެއެވެ. އަދި މުއުމިންތަކުންވެސް މެއެވެ. އަދި ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހުގެ ޙަޟްރަތުން ތިޔަބައިމީހުން ރައްދުކުރައްވާ ހުށްޓެވެ. ދެން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެއިލާހު އަންގަވާނެއެވެ.”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ﴾ [محمد: 33]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ތިޔަބައިމީހުން ބާޠިލު ނުކުރާހުށިކަމެވެ!”

އަދި އެއިލާހު ވަޙީކުރެއްވިއެވެ.

﴿قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنْفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ أَلَا ذَلِكَ هُوَ الْخُسْرَانُ الْمُبِينُ﴾ [الزمر: 15]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ ޤިޔާމަތް ދުވަހުން އެބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، އެބައިމީހުންގެ އަހުލުވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.”

* އަދި ޙަލާލުގޮތުގައި މުދާ ހޯދާ ހެޔޮގޮތުގައި އޭގެ ބޭނުން ހިފައިގެން ތިޔަބައިމީހުންގެ ދުނިޔެ އިޞްލާޙުކުރާށެވެ. އަދި މިދުނިޔެއަކީ ނިޢުމަތުގެ ގޯއްޗަށް ދިއުމަށްޓަކައި ތިޔަބައިމީހުންގެ ކޮއްތުކަމުގައި ހަދާށެވެ. އަދި ދުނިޔެއަށް ހެއްލި ތިޔަބައިމީހުންގެ އާޚިރަތް ހަކާލުވިޔަ ނުދޭށެވެ.

* އަލްމުސްތައުރިދު ބުން ޝައްދާދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

كُنَّا عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَتَذَاكَرُوا الدُّنْيَا وَالْآخِرَةَ، فَقَالَ بَعْضُهُمْ: إِنَّمَا الدُّنْيَا بَلَاغٌ لِلْآخِرَةِ فِيهَا الْعَمَلُ وَفِيهَا الصَّلَاةُ وَفِيهَا الزَّكَاةُ، وَقَالَتْ طَائِفَةٌ مِنْهُمُ: الْآخِرَةُ فِيهَا الْجَنَّةُ، وَقَالُوا مَا شَاءَ اللَّهُ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَا الدُّنْيَا فِي الْآخِرَةِ إِلَّا كَمَا يَمْشِي أَحَدُكُمْ إِلَى الْيَمِّ فَأَدْخَلَ إِصْبَعَهُ فِيهِ فَمَا خَرَجَ مِنْهُ فَهِيَ الدُّنْيَا». [رواه الحاكم في المستدرك برقم 7898 وصححه الألباني في صحيح الجامع الصغير برقم 5547]

މާނައީ: ތިމަންބޭކަލުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ދުނިޔެއާއި އާޚިރަތާ ބެހޭގޮތުން ވާހަކަ ދައްކަވަން ތިއްބެވީމެވެ. ފަހެ، ބައެއް ބޭކަލުން ވިދާޅުވިއެވެ. “ހަމަކަށަވަރުން ދުނިޔެއަކީ އާޚިރަތަށް ފޯރުކޮށްދޭ ތަނެކެވެ. އެތަނުގައި ޢަމަލުކުރުން ވެއެވެ. އަދި ނަމާދުކުރުމާއި ޒަކާތްދިނުން ވެއެވެ.” އަދި އޭގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވިއެވެ. “އާޚިރަތުގައި ސުވަރުގެވެއެވެ.” އަދި އެބޭކަލުން ދެންނެވިއެވެ. “ﷲ އިރާދަކުރެއްވިއްޔާއެވެ.” ފަހެ، ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އާޚިރަތާ އަޅާ ބަލާއިރު ދުނިޔެއާމެދު ދަންނައެވެ. ތިޔަބައިމީހުންކުރެ މީހަކު ކަނޑަށް އިނގިލި ލާފައި އެ ނަގާއިރު އެއިން އިނގިލީގައި ހުންނަ މިންވަރަކީ އެއީ ދުނިޔެއެވެ.”

* އަލްޙަސަން އަލްބަޞަރީ رحمه الله ވިދާޅުވިއެވެ.

“ދުނިޔެއަކީ މުއުމިނުންނަށް ހާދަހާ ހެޔޮވެގެންވަ ގޮވައްޗެކެވެ. އެހެނީ އޭނާ އެތަނުގައި މަދު ޢަމަލުތަކެއްކޮށް އޭގެން އޭނާ ހޯދި ކޮއްތު ޙާޞިލުކޮށްގެން ސުވަރުގެއަށް ދިޔައެވެ. އަދި އެއީ ކާފިރުންނާއި މުނާފިޤުންނަށް ހާދަހާ ނުބައި ތަނެކެވެ. އެހެނީ އޭނާ އެތަނުގެ ރޭތައް ނަގާލިއެވެ. އަދި އެތަނުން އޭނާ ހޯދި ކޮއްތު ހިފައިގެން ދިޔައީ ނަރަކައަށެވެ.” [رواه أحمد في الزهد برقم 1637]

* ތިބާގެ އެންމެ އެދޭ ކަމަކީ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ޙައުޟުން ބުއިން ކަމުގައިވާނަމަ މިދުނިޔޭގައި ތިބާ ޢަމަލުކުރަންވީ ކިހިނެތް ހެއްޔެވެ؟

* ޙައުޟަށް އީމާންވުމަކީ އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރެއިންވާ ކަމެކެވެ.

* ޙައުޟަކީ ﷲ ތަޢާލާގެ ކަރާމާތްތެރިކަމުން އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ދެއްވާފައިވާ އެއްޗެކެވެ. އެކަލޭގެފާނުގެ އުންމަތުގެ މީހުން މަޙްޝަރުގެ ބިމުގައި އެއިން ބޯނެއެވެ.

* އެދުވަހުން ޙިސާބު ބެއްލެވުމުގެ މައިދާނުގައި މީސްތަކުންވާނީ އޭގެ ކުރިން ކަރުހިއްކައިގެންވާ ނުވާހާ ބޮޑަށް ކަރުހިއްކައިގެންފައެވެ. އަދި ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ޙައުޟު ދެއްވާނެއެވެ. އެއީ އެއިން އެކަލޭގެފާނުގެ އުންމަތުގެ މީހުން ފެން ބުއިމަށެވެ. އަދި އެކަލޭގެފާނު އެޙައުޟުގެ ކައިރި ހުންނަވާ އެކަލޭގެފާނުގެ އުންމަތަށް އެއިން ބުޔުމަށް ގޮވާލައްވާނެއެވެ.

އެޙައުޟުގެ ބޮޑުމިނާއި ސިފައާއި އޭގެ ފެނާ ބެހޭގޮތުން ވަރަށް ގިނަ ޙަދީޘްތައް އައިސްފައިވެއެވެ.

* އަބޫ އުމާމާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ޙައުޟުގެ ބޮޑުމިނާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.

«كَمَا بَيْنَ عَدَنَ إِلَى عُمَانَ وَأَوْسَعَ وَأَوْسَعَ» . يُشِيرُ بِيَدِهِ. قَالَ: «فِيهِ مَثْعَبَانِ مِنْ ذَهَبٍ وَفِضَّةٍ» . قَالَ: فَمَا حَوْضُكَ يَا نَبِيَّ اللَّهِ؟ قَالَ: «مَاءٌ أَشَدُّ بَيَاضًا مِنَ اللَّبَنِ، وَأَحْلَى مَذَاقَةً مِنَ الْعَسَلِ وَأَطْيَبُ رَائِحَةً مِنَ الْمِسْكِ، مَنْ شَرِبَ مِنْهُ لَمْ يَظْمَأْ بَعْدَهَا، وَلَمْ يَسْوَدَّ وَجْهُهُ أَبَدًا» [رواه أحمد في مسنده برقم 22156 وصححه الألباني في صحيح الترغيب والترهيب برقم 3614]

މާނައީ: “އެއީ ޢަދަނާއި ޢުމާނާ ދެމެދުގައިވާ މިންވަރަށް ބޮޑު ތަނެކެވެ. އަދި އެއަށްވުރެވެސް ތަނަވަހެވެ. އަދި އެއަށްވުރެވެސް ތަނަވަހެވެ.” އެކަލޭގެފާނުގެ އަތްޕުޅުން އިޝާރާތްކުރައްވަމުން ޙަދީޘްކުރެއްވިއެވެ. “އޭގައި ރަނާއި ރިހީގެ ދެ ދިޔަދޮވި ވާނެއެވެ.” އަބޫ އުމާމާ ދެންނެވިއެވެ. އޭ ﷲ ގެ ނަބިއްޔާއެވެ. ކަލޭގެފާނުގެ ޙައުޟަކީ ކޮބާ ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭގެ ފެން، ކިރަށް ވުރެ ހުދުވާނެއެވެ. އަދި އޭގެ ރަހަ، މާމުޔަށް ވުރެ މީރުވާނެއެވެ. އަދި ގޮމަކަސްތޫރިއަށް ވުރެ އޭގެ ވަސްމީރުވާނެއެވެ.”

* ނަބިއްޔާ صلى الله عليه وسلم ގެ ޙައުޟުން ފެން ބޯން ލިބޭނީ އެކަލޭގެފާނުގެ ސުންނަތަށް ތަބާވެ، ބޮޑެތި ފާފަތަކުން ދުރުހެލިވެ ތިބޭ މީހުންނަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كَرِيمًا﴾ [النساء: 31]

މާނައީ: “ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންއިލާހު ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެއަށް) ތިމަންއިލާހު، ތިޔަބައިމީހުން ވައްދަވާހުށީމެވެ.”

* އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމާއެކު، އަލިވެގެންވާ ދަލީލުތަކާއެކު ﷲ ގެ މަގަށް ދަޢުވަތު ދިނުން ހުއްޓެވެ.  ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْ هَذِهِ سَبِيلِي أَدْعُو إِلَى اللَّهِ عَلَى بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ﴾ [يوسف: 108]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބާވި މީހުން، ﷲ ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ ދަލީލާއެކުގައެވެ. އަދި ﷲ ގެ ހުސްޠާހިރު ވަންތަކަމާއެވެ! އަދި ޝަރީކުކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ.”

* ނަބިއްޔާ صلى الله عليه وسلم ގެ ޙައުޟުން ފެން ބޯން ލިބުމުގެ ސަބަބުތަކުގެ ތެރޭގައި އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން ހިމެނެއެވެ.

* ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنَّا أَعْطَيْنَاكَ الْكَوْثَرَ [1] فَصَلِّ لِرَبِّكَ وَانْحَرْ [2] إِنَّ شَانِئَكَ هُوَ الْأَبْتَرُ [3]﴾ [الكوثر: 1- 3]

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް الْكَوْثَر ދެއްވެވީމެވެ. (الْكَوْثَر އަކީ ސުވަރުގޭގެ އާރެކެވެ. އަދި ގިނަގުނަވެގެންވާ ހެޔޮކަންތަކަށްވެސް މާނަކުރެވެއެވެ.) [1] ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ނަމާދު ޤާއިމުކުރައްވާ އަދި ޤުރުބާން ކުރައްވާށެވެ! [2] ހަމަކަށަވަރުން ކަލޭގެފާނަށް ޢަދާވާތްތެރިވާމީހާ ދަންނައެވެ. ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާމީހަކީ އެއީއެވެ. [3]”

بارك الله لي ولكم في القرآن العظيم، ونفَعَني وإياكم بما فيه من الآيات والذكر الحكيم، ونفعَنا بهدي سيِّد المرسلين وقوله القويم، أقولُ قولي هذا، وأستغفرُ الله لي ولكم وللمسلمين، فاستغفِرُوه إنَّه هو الغفورُ الرحيم.

ދެވަނަ ޚުޠުބާ

الحمدُ لله ذي الجلال والإكرام، والمُلك الذي لا يُرام، والعزَّة التي لا تُضام، أحمدُ ربي وأشكرُه على كثيرِ الإنعام، وأشهدُ أن لا إله إلا الله وحده لا شريك له الملكُ القدُّوسُ السلام، وأشهدُ أن نبيَّنا وسيِّدنا محمدًا عبدُه ورسولُه عليه أفضلُ الصلاة والسلام، وعلى آله وصحبِه الكرام.

* ނަބިއްޔާ صلى الله عليه وسلم ގެ ޙައުޟުން ބޯން ލިބިއްޖެމީހަކަށް އެލިބުނީ ކޮންފަދަ މަތިވެރި ކާމިޔާބެއް ހެއްޔެވެ. ފަހެ، އެއިން ބުޔުމަށްފަހު ދެން ކަރުހިއްކުމެއް ނުވެއެވެ. އަދި އެޙައުޟުން ބުޔުމުން އެއްކިބާ ކުރެވުނު މީހަކީ ކޮންފަދަ ބޮޑު އަބާއްޖަވެރިއެއް ހެއްޔެވެ. ހަމަކަށަވަރުން ތިބާގެ ރައްބު އެއްވެސް މީހަކަށް އަނިޔާވެރިވެ ވޮޑިނުގަންނަވާނެއެވެ.

* އެންމެހާ މުސްލިމުންނޭވެ. ޙައުޟުން ފެން ބުޔުން މަނާކުރެވޭނެ ކަންކަމަކީ ބިދުޢައާއި ދީނުގެ ތެރެއަށް އަލަށްވެއްދޭ ކަންކަމެވެ. އަދި ބަހަކުން ނުވަތަ ޢަމަލަކުން ވިޔަސް އިސްލާމްދީނުން މީސްތަކުން އެއްކިބާކުރުމެވެ. އެކަލޭގެފާނުގެ ޙައުޟުގެ ކައިރިން މިއުންމަތުގެ ބަޔަކު ދުރައްލެވޭ ވާހަކަ ބަޔާންކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((فَأَقُولُ إِنَّهُمْ مِنِّي، فَيُقَالُ: إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ، فَأَقُولُ: سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي)) [رواه البخاري برقم 6584]

މާނައީ: “ފަހެ އެބައިމީހުންވަނީ ތިމަންކަލޭގެފާނާ އެކުގައިކަމަށް ތިމަންކަލޭގެފާނު ޙަދީޘްކުރައްވާނަމެވެ.” ފަހެ ތިމަންކަލޭގެފާނަށް ދެންނެވޭނެއެވެ. ކަލޭގެފާނަށް ފަހު އެބައިމީހުން ގެނެސްގަތް ކަންތައްތައް ކަލޭގެފާނަށް އެނގިވަޑައިގެން ނުވެއެވެ. ފަހެ ތިމަންކަލޭގެފާނު ޙަދީޘްކުރައްވާނަމެވެ. “(ދީނުގައިވާ ކަންތައްތައް) ތިމަން ކަލޭގެފާނަށް ފަހު ބަދަލުކުރިމީހަކު ދަންނައެވެ. އެމީހަކަށްވަނީ ދުރުކުރެއްވުމެވެ. އެމީހަކަށްވަނީ ދުރުކުރެއްވުމެވެ.”  

* ޙައުޟުން ފެން ބުޔުން މަނާކުރެވޭ ސަބަބުތަކުގެ ތެރޭގައި ބޮޑު ފާފަތައް ހިމެނެއެވެ. ފަހެ، އެއީ ހިތްތައް ނުބައިކުރާ އެއްޗެކެވެ. އަދި ދެއްކުންތެރިކަމާއި މީސްތަކުންނަށް އިއްވުމަށް ކަންކަންކުރުންވެސް ޙައުޟުން ފެން ބުޔުން މަނާކުރެވޭ ސަބަބުތަކުގެ ތެރޭގައި  ހިމެނެއެވެ. އަދި އަޅުތަކުންގެ މެދުގައި އަނިޔާވެރިވުމަކީވެސް އެކަން މަނާކުރެވޭ ވަރަށް ބޮޑު ސަބަބެކެވެ.

اللهم صلِّ على محمدٍ وعلى آل محمدٍ، كما صلَّيت على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، اللهم بارِك على محمدٍ وعلى آل محمدٍ، كما بارَكتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، وسلِّم تسليمًا كثيرًا.

اللهم وارضَ عن الصحابة أجمعين، اللهم وارضَ عن الخلفاء الراشدين، الأئمة المهديين: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن سائر أصحابِك نبيِّك أجمعين، وعن التابعين ومَن تبِعَهم بإحسانٍ إلى يوم الدين، اللهم وارضَ عنَّا معهم بمنِّك وكرمِك ورحمتِك يا أرحم الراحمين.

اللهم أعِزَّ الإسلامَ والمُسلمين، اللهم أعِزَّ الإسلامَ والمُسلمين، اللهم أعِزَّ الإسلامَ والمُسلمين، اللهم أذِلَّ الكُفرَ والكافرين، والشِّركَ والمُشركين يا رب العالمين، ودمِّر أعداءَك أعداءَ الدين يا ذا الجلال والإكرام، يا رب العالمين.

اللهم إنَّا نسألُك الجنةَ وما قرَّب إليها مِن قولٍ أو عمل، ونعوذُ بك مِن النَّار وما قرَّب إليها مِن قولٍ أو عمل.

اللهم أعِنَّا على ذِكرِك، وشُكرِك، وحُسن عبادتِك يا رب العالمين.

اللهم أحسِن عاقِبتَنا في الأمور كلِّها، وأجِرنا مِن خِزيِ الدنيا وعذابِ الآخرة.

اللهم اغفِر لنا ما قدَّمنا وما أخَّرنا، وما أسرَرنا وما أعلنَّا، وما أنت أعلمُ به مِنَّا، أنت المُقدِّم وأنت المُؤخِّرُ، لا إله إلا أنت.

اللهم لا تكِلنا إلى أنفُسِنا طرفةَ عينٍ، ولا أقلَّ مِن ذلك، ولا تكِلنا إلى أحدٍ مِن خلقِك يا رب العالمين.

اللهم اغفِر لموتانا وموتَى المُسلمين، اللهم اغفِر لموتانا وموتَى المُسلمين.

اللهم إنَّا نسألُك أن تتولَّى أمرَ كل مُسلمٍ ومُسلمة، وأمرَ كل مُؤمن ومُؤمنة برحمتِك يا أرحم الراحمين.

اللهم أصلِح لنا شأنَنا كلَّه، اللهم أعِنَّا على ذِكرِك، وشُكرِك، وحُسن عبادتِك يا رب العالمين.

يا مُقلِّب القُلوب والأبصار ثبِّت قلوبَنا على طاعتِك.

﴿رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ﴾ [آل عمران: 8].

اللهم إنَّا نسألُك بجُودِك وكرمِك ومنِّك يا رب العالمين، وأسمائِك وصِفاتِك أن تجعلَنا مِمَّن يرِدُ على حوضِ نبيِّك مُحمدٍ – صلى الله عليه وسلم – ويُلقاه وأنت راضٍ عنه يا رب العالمين، برحمتِك يا أرحم الراحمين.

اللهم لا تحرِمنا مِن فضلِك يا رب العالمين، ولا تطرُدنا عن فضلِك وعن بابِك يا أكرم الأكرمين.

اللهم أعِذنا وأعِذ ذريَّاتنا من إبليس وذريَّته وشياطينه وجنوده وأوليائِه يا رب العالمين، اللهم أعِذنا مِن شُرور أنفسنا وسيئات أعمالنا، وأعِذنا من شرِّ كل ذي شرٍّ يا رب العالمين، اللهم وأعِذ المُسلمين وذريَّاتهم من إبليس وذريَّته يا ذا الجلال والإكرام، إنَّك على كل شيء قدير.

اللهم إنَّا نسألُك العافيةَ في الدنيا والآخرة، اللهم إنَّا نسألُك العفوَ والعافيةَ في دينِنا ودُنيانا وأهلِينا يا رب العالمين، برحمتِك يا أرحم الراحمين.

اللهم فرِّج همَّ المهمُومين مِن المُسلمين، اللهم فرِّج همَّ المهمُومين مِن المُسلمين، وفرِّج كربَ المكرُوبين مِن المُسلمين برحمتِك يا أرحم الراحمين، وتولَّ أمرَ كل مُؤمنٍ ومُؤمنة، وأمرَ كل مُسلم ومُسلمة.

اللهم واشفِ مرضانا ومرضَى المُسلمين، اللهم واشفِ مرضانا ومرضَى المُسلمين يا أرحم الراحمين، برحمتِك يا أكرمَ الأكرمين.

اللهم احفَظ جُنودَنا، اللهم احفَظ جُنودَنا، واحفَظ بلادَنا مِن كل شرٍّ ومكرُوهٍ يا رب العالمين.

اللهم احفَظ الإسلامَ وأهلَه في كل مكان، اللهم احفَظ الإسلامَ وأهلَه في كل مكان، اللهم ارفَع عن كل مُسلمٍ كلَّ ضائِقةٍ وشدَّةٍ يا رب العالمين على وجهِ الأرضِ إنَّك على كل شيء قدير.

اللهم لا تُسلِّط مَن لا يُؤمنُ بالله واليوم الآخر على المُسلمين برحمتِك يا أرحم الراحمين، اللهم اكفِ المُسلمين شرَّ مَن لا يُؤمنُ بالله واليوم الآخر، وشرَّ مَن تسلَّط عليهم وعذَّبَهم وشرَّدَهم مِن ديارهم يا رب العالمين، إنَّك على كل شيء قدير، يا ذا الجلال والإكرام.

اللهم وفِّق بتوفيقِك خادمَ الحرمين الشريفين لما تحبُّ وترضَى، اللهم وفِّقه لهُداك، واجعَل عملَه في رِضاك، اللهم أعِنه على كل خيرٍ، اللهم وارزُقه الصحةَ والعافيةَ يا رب العالمين، اللهم ارزُقه الرأيَ السديدَ، والعملَ الرشيدَ، اللهم وفِّق وليَّ عهدِه لما تُحبُّ وترضَى، اللهم وفِّقه لهُداك، واجعَل عملَه في رِضاك، وأعِنه على كل خيرٍ يا رب العالمين، اللهم اجعَلهما مِن الهُداة المُهتَدين يا رب العالمين، وانفَع بهما الإسلامَ والمُسلمين يا ذا الجلال والإكرام.

عباد الله:

﴿إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴾ [النحل: 90].

فاذكروا الله العظيمَ الجليلَ يذكركم، واشكروه على نعمه يزِدْكم، ولذِكرُ الله أكبر، والله يعلم ما تصنَعون.


ޚުޠުބާގެ އަޞްލު