މާތް ﷲ ރުއްސުންލެއްވު އިބްނު މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ مَاتَ وَهُوَ يَدْعُو مِنْ دُونِ اللَّهِ نِدًّا دَخَلَ النَّارَ» [رواه البخاري]
މާނައީ: “ﷲ ފިޔަވާ އެއިލާހާއެކު އެހެން ޝަރީކަކަށް އަޅުކަންކުރާ ޙާލު މަރުވެއްޖެމީހާ ނަރަކައަށް ވަންނާނެއެވެ.”
ސުވާލު 6:
– މިހަދީޡްފުޅު ޝަރަޙަ ކޮށްދޭށެވެ؟
– ((مَنْ مَاتَ)) މިބަސްފުޅުން އިސްތިސްނާވަނީ ކޮން ބައެއް ހެއްޔެވެ؟
– މި ހަދީޡްފުޅުގައިވާ الدعاء ގެ މާނައަކީ ކޮބައި ހެއްޔެވެ؟
– މި ޙަދީޘްފުޅުގައިވާ ((النِدّ)) ގެ މުރާދަކީ ކޮބައި ހެއްޔެވެ؟
– މިޙަދީޘް މިބާބާ (ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބާ) ވާ ގުޅުމަކީ ކޮބައި ހެއްޔެވެ؟
– މިޙަދީޘުން ލިބޭ ފައިދާއަކީ ކޮބައި ހެއްޔެވެ؟
ޖަވާބު:
– މި ޙަދީޘްގައި، ރަސޫލާ صلى الله عليه وسلم އެ ޚަބަރު ދެއްވަނީ، ﷲ އަށް ޝިރުކުކުރާ ޙާލު، މަރުވުމުގެ ކުރީގައި ތައުބާ ނުވެ އެ ޝިރުކުގެ (އެބަހީ: ބޮޑު ޝިރުކުގެ) މަތީގައި މަރުވެއްޖެމީހާ ނަރަކައަށް ވަންނާނެއެވެ.
– ((مَنْ مَاتَ)) މިބަސްފުޅުން އިސްތިސްނާވަނީ، މަރުވުމުގެ ކުރިން (ޝިރުކުން) ތައުބާވި މީހާ އެވެ.
– މި ހަދީޘްގައިވާ الدعاء ގެ މާނައަކީ، އަޅުކަމުގެ ތެރެއިން އެއްވެސް ވައްތަރެއްގެ އަޅުކަމެއް ﷲ ނޫން އެހެން ފަރާތަކަށް އަދާކުރުމެވެ.
– މި ޙަދީޘްފުޅުގައިވާ ((النِدّ)) ގެ މުރާދަކީ ﷲއާ އެހެން ފަރާތެއް އެއްފަދަކޮށް ވައްތަރުކުރުމެވެ. (މިސާލަކަށް :ބުދު، މަރުވެފައިވާ ވަލީވެރިއެއް)
– މިޙަދީޘް މިބާބާ (ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބާ) ހުރި ގުޅުން: މިޙަދީޘް އައިސްފައިވަނީ ޝިރުކުގެ ހުރިހާ ވައްތަރަކަށް (ބޮޑު ޝިރުކާއި، ކުޑަ ޝިރުކަށް) ބިރުވެތިކޮށް، އިންޒާރު ކުރުމަށްޓަކައެވެ.
– މިޙަދީޘުން ލިބޭ ފައިދާއަކީ، ﷲ ނޫން އެހެން ފަރާތަކަށް ކުރުމަށް ކުޅަދާނަވެގެން ނުވާ ކަމެއްގައި، ﷲ ނޫން އެހެން ފަރާތެއް ކިބައިން އެދުމަކީ ބޮޑު ޝިރުކެވެ.
* * * *
– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.