[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބު – 7

ސުވާލު 8:

މި ބާބުގައި ބަޔާންކުރެވިފައިވާ އާޔަތްތަކާއި ޙަދީޘްތަކުން ލިބޭ ފައިދާތައް ބަޔާންކޮށްދޭށެވެ؟

 

ޖަވާބު:

1- ޝިރުކަށް (އަރައިގަނެވިދާނެތީ، ޝިރުކުގެ އަހުލުވެރިއެއް ކަމުގައިވާ ޙާލު މަރުވެދާނެތީ އެކަމަށް) ބިރުވެތިވުން.

2- ދެއްކުންތެރިކަން ހިމެނިގެންވަނީ ކުޑަ ޝިރުކުގެ ތެރެއިންނެވެ.

3- ދެއްކުންތެރިކަމަކީ (އެހެން ފާފަތަކާއި އަޅާބަލާއިރު) ޞާލިޙުންގެ މައްޗަށް އެންމެ ނުރައްކާތެރި ފާފައެވެ.

4- ސުވަރުގެއާއި ނަރަކަ، އިންސާނާއާ ކައިރިވެގެންވާކަން. (އެބަހީ: ކުރެވޭ އެންމެ ޢަމަލަކުންވެސް ނަރަކަ އެމީހަކަށް ޙައްޤު ވެދާނެއެވެ. އަދި ހަމައެފަދައިން ސުވަރުގެވެސް މެއެވެ.)

5- ޝިރުކުން ސަލާމަތްވެގެންވާ މީހާގެ މަތިވެރިކަން.

6- ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އުއްމަތަށް އޮންނަ އޯގާތެރިކަން އެނގިގެން ދިޔުން. ހެޔޮކަމެއްނަމަ އެކަމަކަށް އެކަލޭގެފާނު މަގުދެއްކެވިއެވެ. އަދި ނުރަނގަޅު ކަމެއްނަމަ އެކަމަކަށް އެކަލޭގެފާނު އިންޒާރު ކުރެއްވިއެވެ.

7- ﷲ ނޫން އެހެން ފަރާތެއް ކުރުމަށް ކުޅަދާނަވެގެން ނުވާ ކަމެއްގައި، ﷲ ނޫން އެހެން ފަރާތެއް ކިބައިން އެދުމަކީ ބޮޑު ޝިރުކެވެ.

8- މަރުވުމުގެ ކުރިން ކުރެވިފައިވާ ފާފަތަކަށް ތައުބާވެއްޖެ މީހެއްގެ ތައުބާ ﷲ ޤަބޫލުކުރައްވާނެއެވެ.

 

*  *  *  *

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް