[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމުގައި ހެކިދިނުމަށް ގޮވައިލުން ނަންގަތް ބާބު -4-

عن سهل بن سعد أن رسول الله صلى الله عليه وسلم قال يوم خيبر:  «لَأُعْطِيَنَّ الرَّايَةَ غَدًا رَجُلًا يُحِبُّ اللَّهَ وَرَسُولَهُ، وَيُحِبُّهُ اللَّهُ وَرَسُولُهُ يَفْتَحُ اللَّهُ عَلَى يَدَيْهِ» فَبَاتَ النَّاسُ يَدُوكُونَ لَيْلَتَهُمْ أَيُّهُمْ يُعْطَاهَا فلما أصبحوا غَدَوْا عَلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، كُلُّهُمْ يَرْجُو أَنْ يُعْطَاهَا، فَقَالَ: «أَيْنَ عَلِيُّ بْنُ أَبِي طَالِبٍ» فقيل هو يَشْتَكِي عَيْنَيْهِ فأرسلوا إليه فأتر به فبصق في عينيه ودعا له فبرأ كأن لم يكن به وجع فَأَعْطَاهُ الرَّايَةَ فقال: «انْفُذْ عَلَى رِسْلِكَ حَتَّى تَنْزِلَ بِسَاحَتِهِمْ، ثُمَّ ادْعُهُمْ إِلَى الإِسْلاَمِ، وَأَخْبِرْهُمْ بِمَا يَجِبُ عَلَيْهِمْ مِنْ حَقِّ اللَّهِ تعالى فِيهِ، فَوَاللَّهِ لَأَنْ يَهْدِيَ اللَّهُ بِكَ رَجُلًا وَاحِدًا، خَيْرٌ لَكَ مِنْ حُمْرِ النَّعَمِ» [متفق عليه]

މާނައީ: ސަހްލު ބުން ސަޢުދު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޚައިބަރުގެ ދުވަހު، ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން މާދަމާ ތިމަންކަލޭގެފާނު (ހަނގުރާމައިގެ) ދިދަ ދެއްވާނީ ﷲ އާއި އެއިލާހުގެ ރަސޫލާދެކެ ލޯބިފުޅުވާ އަދި އެބޭކަލަކުދެކެ ﷲ އާއި އެއިލާހުގެ ރަސޫލާ ލޯބިފުޅުވެލައްވާ ބޭކަލަކަށެވެ. ﷲ އެބޭކަލެއްގެ އަތްޕުޅު މައްޗަށް (ޚައިބަރު) ފަތަޙަކޮށްދެއްވާނެއެވެ.”

ދެންފަހެ މީސްތަކުން އެރޭ ހޭދަކުރީ އެދިދަ ލިބޭނެ ބޭކަލަކާމެދު ބަޙުޘްކުމުގައެވެ. ދިދަ ލިބޭނީ އެބޭކަލުންކުރެ ކޮން ބޭކަލަކަށް ބާވައެވެ. ދެން ހެނދުނުވުމާއެކު އަޞްޙާބުބޭކަލުން ރަސޫލާ  صلى الله عليه وسلم ގެ އަރިހަށް ވަޑައިގެންފިއެވެ. ކޮންމެ ބޭކަލަކުވެސް އެބޭކަލަކަށް ދިދަ ލިބޭނޭކަމަށް އުންމީދުކުރައްވަމުންނެވެ. ދެން އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ޢަލީ ބުން ޢަބީ ޠާލިބު ކޮބައި ހެއްޔެވެ؟” އެކަލޭގެފާނަށް ދެންނެވުނެވެ. އެކަލޭގެފާނު އޮންނެވީ ލޮލުގެ އާލާސްކަންފުޅާއިގެންނެވެ. ދެން އެކަލޭގެފާނު ޙާޟިރުކުރެއްވުމަށްޓަކައި ބަޔަކު ފޮނުއްވައިފިއެވެ. ދެން އެކަލޭގެފާނު ޙާޟިރުކުރެވިއްޖެއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ބަރަކާތްތެރި ކުޅުފޮދެއް އެކަލޭގެފާނު ލޯފުޅަށް ޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް ދުޢާކޮށްދެއްވިއެވެ. ދެން އެކަލޭގެފާނުގެ ލޯފުޅު ފަސޭހަވެގެން ދިޔައީ މީގެ ކުރިން އެކަލޭގެފާނުގެ ލޯފުޅުގައި ތަދެއް ނެތްފަދަ ގޮތަކަށެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅަށް ދިދަ ދެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “އެބައިމީހުންގެ މައިދާނަށް ފައިބައިވަޑައިގެންފުމަށް ދާންދެން މަޑުމައިތިރިކަމާއެކު ވަޑައިގަންނަވާށެވެ. ދެން އެބައިމީހުންނަށް އިސްލާމްވުމަށް ދަޢުވަތު ދެއްވާށެވެ. އަދި އިސްލާމްވުމަށް ފަހު އެދީނުގައި އެބައިމީހުންގެ މައްޗަށް ވާޖިބުވާ ﷲ ގެ ޙައްޤުތަށް ބުނެދެއްވާށެވެ. ފަހެ ﷲ ގަންދެއްވާ ޙަދީޘްކުރައްވަމެވެ. ﷲ ކަލޭގެފާނު މެދުވެރިކޮށް އެންމެ މީހަކަށް ތެދުމަގު ދެއްކެވުންވެސް ކަލޭގެފާނަށް ރަތް ޖަމަލަށްވުރެ (އެބަހީ: ރަތް ޖަމަލެއް ލިބުމަށްވުރެ) ހެޔޮކަން ބޮޑުވެގެންވެއެވެ.”

ސުވާލު 5:

– ޚައިބަރުގެ ދުވަހަކީ ކޮން ދުވަހެއް ހެއްޔެވެ؟

– އަންނަނިވި ކަލިމަތަތަކުގެ މާނަ ބަޔާންކޮށްދޭށެވެ.

الرَّايَةَ، يَدُوكُونَ، فبصق، فبرأ، انْفُذْ، عَلَى رِسْلِكَ، سَاحَتِهِمْ، حُمْرِ النَّعَمِ

– އިސްލާމްދީނުގައިވާ ﷲ ގެ ޙައްޤަކީ ކޮބައި ހެއްޔެވެ؟

– މިޙަދީޘުން މިބާބަށް (ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވާކަމުގައި ހެކިދިނުމަށް ގޮވައިލެވުން ނަންގަތް ބާބަށް) ދަލީލު ކުރަނީ މިޙަދީޘްގެ ކޮންބަޔަކުން ހެއްޔެވެ؟

ޖަވާބު:

– ޚައިބަރުގެ ދުވަހަކީ ޚައިބަރުގެ ހަނގުރާމަ ހިނގި ދުވަހެވެ. ޚައިބަރަކީ މަދީނާގެ ކައިރީގައިވާ ރަށެކެވެ .

– الرَّايَةَ: ދިދަ (ހަނގުރާމައިގައި ފާހަގަކުރަން ބޭނުންކުރާ ޢަލާމާތެއް)

يَدُوكُونَ: ވާހަކަދެއްކުން

بصق: ކުޅުޖެހުން

برأ: ފަސޭހަވުން

انْفُذْ: ކުރިއަށް ދާށެވެ.

عَلَى رِسْلِكَ: މަޑުމައިތިރިކަމާއެކު މަޑުމަޑުން

سَاحَتِهِمْ: އެމީހުންނާ ގާތަށް

حُمْرِ النَّعَمِ: ރަތްކުލައިގެ ޖަމަލު. އެއީ ޢަރަބީންގެ ތެރޭގައިވާ އެންމެ އަގުބޮޑު އެއް މުދަލެވެ.

– ނަމާދު، ޒަކާތް، ރޯދަ އަދި ޙައްޖުފަދަ ފަރުޟުކުރެވިގެންވާ އެންމެހާ ވާޖިބުތަކެކެވެ. (އެބަހީ: އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ ވާޖިބުކުރައްވާފައިވާ އެންމެހާ ކަންތައްތައް، އެކަލާނގެއަށް ހިތް ނިޔަތް ޙާލިޞްކޮށް، ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ދަސްކޮށްދެއްވި ގޮތަށް އެކަލާނގެއަށް އަދާކުރުމެވެ.)

– މިޙަދީޘުން މިބާބަށް ދަލީލު ކުރަނީ:

((ثُمَّ ادْعُهُمْ إِلَى الإِسْلاَمِ))

މާނައީ: “ދެން އެބައިމީހުންނަށް އިސްލާމްވުމަށް ދަޢުވަތު ދެއްވާށެވެ.”

*  *  *  *

–އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

 

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް