[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމުގައި ހެކިދިނުމަށް ގޮވައިލުން ނަންގަތް ބާބު – 5 –

– މިޙަދީޘުން ލިބޭ ފައިދާތައް ބަޔާންކޮށްދޭށެވެ؟

ޖަވާބު:

– މިޙަދީޘުން ލިބޭ ފައިދާތައް:

(1) މާތް ﷲ ރުއްސުންލެއްވި ޢަލީ ބުން އަބީޠާލިބުގެ މާތްކަން.

(2) ﷲ ތަޢާލާއަށް ލޯބީގެ ސިފަ ޘާބިތުކުރުން. (އެކަލާނގެ ބައެއް ފަރާތްތައް ދެކެ ލޯބިވެވޮޑިގެންވާކަމާއި އެހެން ފަރާތްތައްވެސް އެކަލާނގެ ދެކެ ލޯބިވާކަން) އެކަލާނގެއަށް އެސިފަ ޘާބިތުކުރަނީ އެކަލާނގެ ޖަލާލަތްތެރިކަމާއި މަތިވެރިކަމާއި އެކަށީގެންވާ ގޮތަށެވެ.

(ނޯޓް: ސުންނަތް ޖަމާޢަތުގެ (ޞަޙާބީބޭކަލުންނާއި އެބޭކަލުންނާއި އެބޭކަލުންނަށް ތަބަޢަވީ ބޭކަލުންގެ މަގަކީ) ޢަޤީދާއަކީ ނުވަތަ ޤަބޫލުކުރާ ޤަބޫލުކުރުމަކީ މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް އިސްމުފުޅުތަކެއް އަދި ސިފަފުޅުތަކެއް ލިބިވޮޑިގެންވާކަމެވެ. ކީރިތި ޤުރުއާނާއި، މާތްވެގެންވާ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތަކުގައި ވާރިދުވެފައިވާ ހުރިހާ އިސްމުފުޅުތަކާއި ސިފަފުޅުތައް މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޘާބިތު ކުރުމެވެ. އެއީ އެއިސްމުފުޅުތަކާއި ސިފަފުޅުތައް ޤުރުއާނުގައި ވާރިދުވެފައިވާގޮތަށް އަދި އެކަލާނގެ އަމާނާތްތެރި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވާ ގޮތަށް ތަޙްރީފުކުރުމަކާ ނުލާ (އެބަހީ: ބަދަލުކުރުމަކާ ނުލާ)، ތަޢުޠީލުކުރުމަކާ ނުލާ (އެބަހީ: ނަފީކުރުމަކާ ނުލާ)، ކައިފިއްޔަތު ބަޔާންކުރުމަކާ ނުލާ (އެބަހީ: އެއީ ކިހިނެތް ހިނގާކަމެއްތޯ ބެލުމަކާ ނުލާ) އަދި ތަމްޘީލުކުރުމަކާ ނުލާ (އެބަހީ: މަޚްލޫޤޫންނާ ވައްތަރުކުރުމާ ނުލާ) އެކަލާނގެއަށް އެއިސްމުފުޅުތަކާއި ސިފަފުޅުތަށް ޘާބިތުކުރުމެވެ. والله أعلم (

(3) ޚައިބަރު ފަތަޙަވާނެކަމުގެ އުފާވެރި ޚަބަރުދެއްވުން އެއީ އެކަލޭގެފާނުގެ ނުބުއްވަތުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.

(4) އަޞްޙާބުބޭކަލުންގެ މަތިވެރިކަން އަދި އެބޭކަލުން ހެޔޮކަންތައްތަކަށް ހުންނަ ފޯރިޔާއި ޖޯޝު އަދި ހެޔޮކަންތައްތަކުގައި އެއްބޭކަލަކު އަނެއްބޭކަލަކަށް ވާދަކުރުމުގައި މަސައްކަތްކުރައްވާކަން އެނގިގެން ދިއުން.

(5) އިސްލާމްދީނުގެ ދަޢުވަތު ނުފޯރާ މީސްތަކުންނަށް ހަނގުރާމަ ފެށުމުގެ ކުރިން އިސްލާމްދީނުގެ ދަޢުވަތު އެބައިމީހުންނަށް ދޭންޖެހޭނެކަން.

 (6)މީހެއްގެ ސަބަބުން މީހަކަށް ހިދާޔަތް ލިބިއްޖެނަމަ، އެހިދާޔަތް ލިބުމަށް މެދުވެރިވި މީހާގެ ޘަވާބާއި މަތިވެރިކަން.

(7) ފަތުވާއެއް ދޭއިރު ނުވަތަ ޚަބަރެއް ދޭއިރު ﷲ ގަންދީ ހުވާކުރުމަކީ ހުއްދަކަމެއްކަން. އެއީ ހުވާކުރުމަށް މީހަކު ނުއެދުނުކަމުގައިވިޔަސްމެއެވެ.

(8) ވެރިމީހާ ﷲ ގެ މަގަށް ޤޮވައިލައްވާ ދާޢީން ފޮނުވުމަކީ ޝަރުޢުކުރައްވާފައިވާ ކަމެއްކަން (ކުރެވިދާނެ ކަމެއްކަން) އަދި ދާޢީ ދަޢުވަތު ދޭންވާނީ ބަލިކަށިވުމެއް ނެތި، ޢަޒުމަށް ބަދަލެއް ނައިސް، މަޑުމައިތިރިކަމާ އެކުގައިކަން.

*  *  *  *

–އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

 

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް