ﷲ ވަޙީކުރެއްވިއެވެ.
﴿أُولَـٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا﴾ [سورة الإسراء ٥٧]
މާނައީ: “އިލާހުންކަމަށް އެބައިމީހުން ގޮވައިއުޅޭ (އަޅުކަންކޮށްއުޅޭ) ފަރާތްތައް، އެފަރާތްތަކުގެ ރައްބުގެ ޙަޟްރަތަށް ކުއްތަންވުމުގެ މަގު އެދެއެވެ. އެބައިމީހުންކުރެ އެންމެ ގާތްކަންބޮޑީ، ކާކުތޯބަލައި އެކަމަށް އެދެއެވެ. އަދި އެއިލާހުގެ ރަޙުމަތަށް އެދެއެވެ. އަދި އެއިލާހުގެ ޢަޛާބަށް ބިރުވެތިވޭމެއެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރައްބުގެ ޢަޛާބަކީ އެއަށް ބިރުވެތިވެވޭކަމެއް ކަމުގައިވިއެވެ.”
ސުވާލު 1:
– އަންނަނިވި ކަލިމަތަކުގެ މާނަ ބަޔާންކޮށްދޭށެވެ؟
يَدْعُونَ ، يَبْتَغُونَ ، الْوَسِيلَةَ
– ﷲ ގެ ޙަޟްރަތަށް ކުއްތަންވުމުގެ މަގުގެ ޙަޤީޤަތަކީ ކޮބައި ހެއްޔެވެ؟
– މަތީގައިވާ އާޔަތް ޝަރަޙަ ކޮށްދޭށެވެ.
– އަދި މިއާޔަތުން ލިބޭ ފައިދާ ބަޔާންކޮށްދޭށެވެ؟
– އަދި މިއާޔަތް މިބާބާއި މުނާޞިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު:
– يَدْعُونَ: އަޅުކަންކުރުން.
يَبْتَغُونَ: އެދުން.
الْوَسِيلَةَ: އެއްޗެއް(ނުވަތަ ކަމެއް) މެދުވެރިކޮށް އެދުން.
– ﷲ ގެ ޙަޟްރަތަށް ކުއްތަންވުމުގެ މަގުގެ ޙަޤީޤަތް: އެއީ ޢިލްމާއި އަޅުކަމުގެ މަގުގައި ޝަރީޢަތް އަންގަވާފައިވާ ގޮތަށް އެކަން ކުރުމެވެ.
– އާޔަތުގެ ޝަރަޙަ: މިއާޔަތުގައި ﷲ ވަޙީކުރައްވަނީ ޝިރުކުގެ އަހުލުވެރިން މަލާއިތަކުންނާއި، ނަބީބޭކަލުންނާ އަދި ޞާލިޙުންގެ ކިބައިން ކަންކަމުގައި އެދެއެވެ. އެއީ އެބައިމީހުންނަށް (އެދެވޭ ފަރާތްތަކަށް) އެއްވެސް ގެއްލުމެއް ދުރުކޮށްދިނުމަށް ކުޅަދާނަވެގެންނުވާ ޙާލުގައެވެ. އެބޭކަލުން ( މަލާއިކަތުންނާއި، ނަބީބޭކަލުންނާއި، ޞާލިޙުން) އެދެނީ ﷲ ތަޢާލާ ކުރައްވާފައިވާ އަމުރުފުޅުތައް އަދާކޮށް ނަހީކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އިޚްލާޞްތެރިކަމާއެކު އެއިލާހާ ކުއްތަންވުމަށެވެ.
– މިއާޔަތުން ލިބޭ ފައިދާ: މިއާޔަތުގައި ޞާލިޙުންގެ ކިބައިން ކަންކަމަށް އެދޭ މުޝްރިކުންނަށް ރައްދު ދެއްވާފައިވެއެވެ. އަދި ހަމަކަށަވަރުން އެއީ ބޮޑު ޝިރުކެވެ.
– މިއާޔަތް މިބާބާއި މުނާޞިބުވާ ގޮތް: ﷲ އަށް އީމާންވެ، އިޚްލާޞްތެރިކަމާއެކު އެއިލާހަށް އަޅުކަންކޮށް، ހަމައެކަނި އެއިލާހާ ކުއްތަންވެގެން މެނުވީ ތައުޙީދު ޞައްޙަ ނުވާނެއެވެ.
* * * *
–އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.