[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުކުރު ދުވަހުގެ ފައިދާތައް (1)

  1. ﷲ ތަޢާލާ ބައެއް މަޚުލޫޤާތްތައް އެހެނިހެން މަޚްލޫޤާތުތަކުގެ މައްޗަށް މާތްކުރައްވާ މަތިވެރިކުރެއްވިއެވެ. އަދި ބައެއް މައްސަރުތަކާ ދުވަސްތައްވެސް، އެހެނިހެން ދުވަސްތަކާ މައްސަރުތަކަށްވުރެ މާތްކުރެއްވިއެވެ. ﴿وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ﴾ [سورة القصص 68]  

މާނައީ: “ކަލޭގެފާނުގެ ވެރިރައްބު، އެއިލާހު އިރާދަކުރައްވާ އެއްޗެއް ހައްދަވައެވެ. އަދި ޚިޔާރު ކުރައްވައެވެ.”  

އެގޮތުން ހުކުރު ދުވަސް ހަފްތާގެ އެހެނިހެން ދުވަސްތަކުގެ މައްޗަށް މާތްކުރެއްވިއެވެ. އަދި ނަޙްރުގެ ދުވަސް އަހަރުގެ އެންމެ މާތް ދުވަސްކަމުގައި ލެއްވިއެވެ. އަދި ރޭތަކުގެ ތެރެއިން އެންމެ މާތް ރޭކަމުގައި ލައިލަތުލް ޤަދްރިވިލޭރޭ ލެއްވެވިއެވެ.

  1. ހުކުރު ދުވަހަށް ޢަރަބިބަހުގައި ކިޔަނީ يوم الجمعة އެވެ. މިބަސް ނެގިފައިމިވަނީ الجمع މިބަހުންނެވެ. އެހެނީ އިސްލާމީ އުންމަތުގެ ހުރިހާ އަފުރާދުން ހަފްތާއަކު އެއްދުވަހު ބޮޑު ޖަމާޢަތަކަށް އެއްކޮށް ޖަމަޢަކުރަނީ މިދުވަހެވެ. މިދުވަހުގެ މި ޚާއްޞަ ޖަމާޢަތައް މުސްލިމުންގެ ތެރެއިން ކުދި ބޮޑު މުސްކުޅި އެންމެހާ ފިރިހެންތަކުން ޚާއްޞަ ސަމާލުކަމެއް ދެއެވެ.
  1. ޔަހޫދީންނަށް އެމީހުންގެ ޚާއްޞަ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް ލެއްވިއެވެ. އަދި ނަޞާރާއިންނަށް އާދިއްތަ ދުވަސް ލެއްވިއެވެ. ﷲ ތަބާރަކަ ވަތަޢާލާ ހުކުރު ދުވަސް އަޅުގަނޑުމެންގެ މިއުންމަތަށްޓަކައި ޚިޔާރުކުރައްވައި މިއުންމަތުގެ އަފުރާދުންނަށް ޚާއްޞަ ދުވަހެއްކަމުގައި މިދުވަސް ލެއްވިއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ‏

((أَضَلَّ اللَّهُ عَنِ الْجُمُعَةِ مَنْ كَانَ قَبْلَنَا فَكَانَ لِلْيَهُودِ يَوْمُ السَّبْتِ وَكَانَ لِلنَّصَارَى يَوْمُ الأَحَدِ فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ فَجَعَلَ الْجُمُعَةَ وَالسَّبْتَ وَالأَحَدَ وَكَذَلِكَ هُمْ تَبَعٌ لَنَا يَوْمَ الْقِيَامَةِ نَحْنُ الآخِرُونَ مِنْ أَهْلِ الدُّنْيَا وَالأَوَّلُونَ يَوْمَ الْقِيَامَةِ الْمَقْضِيُّ لَهُمْ قَبْلَ الْخَلاَئِقِ))[1]

މާނައީ: “ކުރީގެ އުންމަތްތަކުގެ މީހުން ހުކުރުދުވަހުގެ މަތިވެރިކަން ޙާޞިލުކުރެއްވުމުން ﷲ ތަޢާލާ އެއްކިބާ ކުރެއްވިއެވެ. ޔަހޫނީންދަށް ހޮނިހިރު ދުވަސް ލެއްވިއެވެ. އަދި ނަޞާރާއިންނަށް އާދިއްތަ ދުވަސް ލެއްވިއެވެ. ފަހެ ﷲ ތަޢާލާ އަހަރެމެންގެ މި އުންމަތައް ހުކުރުދުވަހުގެ މަތިވެރިކަން ޙާޞިލުވާނޭ މަގަށް މަގު ދެއްކެވިއެވެ. ފަހެ އެއިލާހު އެދުވަސްތައް ލައްވާފައިވަނީ ހުކުރު ހޮނިހިރު އާދީއްތަ މިފަދައިްނނެވެ. (އެބަހީ: މިތަރުތީބުންނެވެ.) ހަމަ އެފަދައިން ޤިޔާމާތްދުވަހުން އެހެން މީސްތަކުން އަހަރެމެންނާ ތަބަޢަވާނެއެވެ. ދުނިޔޭގެ އަހުލުވެރިންގެ ތެރެއިން އެންމެ ފަހު އުންމަތަކީ އަހަރެމެންގެ މި އުންމަތެވެ. އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ، އެހެން ޚަލްޤުތަކުންނަށްވުރެ ކުރިން ޙިސާބުބެއްލެވޭ ހުށީ މިއުންމަތެވެ.”

  1. ހުކުރު ދުވަސް އެއީ ހަފްތާއަކު އެއްފަހަރު މުސްލިމްތަކުންނަށް އަންނަ ޢީދެކެވެ. އަދި އެއީ ދުވަސްތަކުގެ ތެރެއިން އެންމެ މޮޅު ދުވަސްކަމުގައި ﷲ ލެއްވިއެވެ. އެއީ އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްފުޅުކުރެއްވިއެވެ.

((خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا وَلاَ تَقُومُ السَّاعَةُ إِلاَّ فِي يَوْمِ الْجُمُعَةِ))[2]

މާނައީ: “އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމްގެފާނު ޚަލްޤުކުރެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއަށް ވެއްދުނީވެސް އެދުވަހުގައެވެ. އަދި ސުވަރުގެއިން ނެރެލެވުނީވެސް އެދުވަހުގައެވެ. އަދި ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތް ޤާއިމު ނުވާހުށްޓެވެ.”‏

_______________________________

މަޞްދަރު: أربعون فائدة في يوم الجمعة للشيخ محمد صالح المنجد

 

ހުކުރު ދުވަހުގެ ފައިދާތައް: އެހެންބައިތައް

 

 [1] رواه مسلم (856)

 [2] رواه مسلم (854)