ﷲ ވަޙީކުރެއްވިއެވެ.
﴿وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِمَّا تَعْبُدُونَ [26] إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ [27]﴾ [سورة الزخرف 26-27]
މާނައީ: “އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ޤައުމުގެމީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. [26] އިސްވެދިޔަ މިސާލަކާނުލައި ތިމަން ހެއްދެވި އިލާހު މެނުވީއެވެ. ފަހެ، ހަމަކަށަވަރުން އެއިލާހު ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ. [27]”
ސުވާލު 2:
– އަންނަނިވި ކަލިމަތަކުގެ މާނަ ބަޔާންކޮށްދޭށެވެ.
بَرَاءٌ ، فَطَرَنِي ، سَيَهْدِين
– އަދި މިއާޔަތް މިބާބާއި މުނާޞިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ.
ޖަވާބު:
– بَرَاءٌ :އެބައިމީހުން އަޅުކަންކުރާ ބުދުތަކުން ބަރީއަވެގެންވުން އަދި އެތަކެއްޗަށް ކާފިރުވުން. އަދި އެތަކެއްޗާއި ދުރުހެލިވުން.
فَطَرَنِي: އެއީ އަހަރެން ޚަލްޤުކުރެއްވި ފަރާތެވެ. އެއީ ﷲ އެވެ. މިތަނުގައި އެބައިމީހުން އަޅުކަންކުރާ ފަރާތްތަކުން ﷲ ތަޢާލާ އެވަނީ އިސްތިސްނާކުރައްވާފައެވެ.
يَهْدِين: ޙައްޤުމަގު ބަޔާންކޮށްދެއްވާ، އެމަގުގައި ކުރިއަށް ދިއުމުގެ ތައުފީޤު ދެއްވުން.
– މިއާޔަތުން ލިބޭ ފައިދާއަކީ ތައުޙީދުގެ މާނައަކީ އިންސާނާ ޝިރުކު ކުރުމުން ދުރުހެލިވެ އެކަމަށް (ޝިރުކަށް) އިންކާރުކުރުމެވެ. އަދި އަޅުކަން (ނަމާދު، ރޯދަ، ޒަކާތް، ޞަދަޤާތް، ކަތިލުން އަދިވެސް ކުރެވޭ ހުރިހާ އަޅުކަންތައް) ހަމައެކަނި ﷲ އަށް ޚާލިޞްކުރުމެވެ.
* * * *
–އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.