﴿اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللّهِ﴾ [سورة التوبة 31]
މާނައީ: “އެއުރެންގެ ޢިލްމުވެރިންނާއި، ފާދިރީން ﷲ ފިޔަވާ އިލާހުންތަކެއް ކަމުގައި އެއުރެން ހެދޫއެވެ.”
ސުވާލު 3:
– الأَحْبَار ، الرُهْبَان (މިދެބަހުގެ) މާނައަކީ ކޮބައި ހެއްޔެވެ؟
– މިއާޔަތް ޝަރަޙަ ކޮށްދޭށެވެ.
– އަދި މިއާޔަތް މިބާބާ މުނާސިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ.
ޖަވާބު:
– الأَحْبَار: އެއީ ޢިލްމުވެރިންނެވެ.
والَرُهْبَان: އެއީ އަޅުވެރިންނެވެ.
– މި އާޔަތުގެ ޝަރަޙަ: އެބައިމީހުން އެޢިލްމުވެރިންނާއި އަޅުވެރިން ﷲ ފިޔަވައި އިލާހުންތަކެއްކަމުގައި ހެދިއެވެ.
އެއީ އެޢިލްމުވެރިންނާއި އަޅުވެރިން ﷲ ޙަލާލުކޮށްފައިވާ ކަންތައްތައް ޙަރާމްކޮށް އަދި ޙަރާމްކުރައްވާފައިވާ ކަންތައްތައް ޙަލާލުކުރުމުން އެ ޢިލްމުވެރިންނާއި އަޅުވެރިންނަށް އެކަމުގައި އެބައިމީހުން (ﷲ ފިޔަވައި ކަންތައްތައް ޙަލާލުކުރުމާއި ޙަރާމްކުރުމަށް) ކިޔަމަންތެރިވީތީއެވެ.
– މިއާޔަތް މިބާބާ (ތައުޙީދާއި شهادة أن لاإله إلا الله ގެ ތަފްސީރު ނަންގަތް ބާބު) މުނާސިބުވަނީ: ޙަލާލު ކަންތައްތައް ޙަރާމްކޮށް އަދި ޙަރާމް ކަންތައްތައް ޙަލާލު ކުރުމުގައި ﷲ ނޫން އެހެން ފަރާތަކަށް ކިޔަމަންތެރިވެއްޖެނަމަ އެފަރާތް ރައްބެއް އަދި އަޅުކަންކުރެވޭ ފަރާތެއް ގޮތުގައި ހަދައިފިއެވެ. އަދި ﷲ އާއިއެކު އަޅުކަންކުރުމުގައި ބައިވެރިއެއްކަމުގައި ހަދައިފިއެވެ. މިކަންތައްތައް ތައުޙީދު (ﷲ ޙައްޤުގޮތުގައި އެއްކައުވަންތަ ކުރުމާއި) ނަފީކުރެއެވެ. (އެހެނީ އަޅުކަމުގެ ހުރިހާ ކަމެއް ޚާއްޞަކުރަން ޖެހެނީ ހަމައެކަނި ﷲ އަށެވެ. ﷲ އަށް ކިޔަމަންތެރިވާންޖެހޭ ކަންތައްތަކުގައި އެކަލާނގެއަށް ކިޔަމަންތެރިވުމާ އަދި އެހެނިހެން އަޅުކަންތަކުގައިވެސްމެއެވެ.)
* * * *
–އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް