ﷲ ވަޙީކުރެއްވިއެވެ.
﴿وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَادًا يُحِبُّونَهُمْ كَحُبِّ اللَّهِ﴾ [سورة البقرة 165]
މާނައީ: “އަދި ﷲ ފިޔަވާ އެއިލާހާ އެއްފަދަ ޝަރީކުންތަކެއް ބަލައިގަންނަ ބަޔަކު މީސްތަކުންގެ ތެރޭގައިވެއެވެ. ﷲ ދެކެ ލޯބިވާފަދައިން އެއުރެން އެޝަރީކުން ދެކެ ލޯބިވެއެވެ.”
ސުވާލު 4:
– اﻷنداد އަކީ ކޮބާ ހެއްޔެވެ؟
– މިއާޔަތް ޝަރަޙަ ކޮށްދޭށެވެ.
– އަދި މިއާޔަތް މިބާބާ މުނާސިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ.
ޖަވާބު:
– اﻷنداد އަކީ އެއްޗަކާއި އެއްފަދަ މިސާލުވާފަދަ ތަކެއްޗެވެ. ނުވަތަ މިސާލު ބަޔާންކުރެވޭފަދަ ތަކެއްޗެވެ. އަދި އެއެއްޗަކާއި އެއްފަދަވާ އަދި އެއްވައްތަރުވާފަދަ ތަކެއްޗެވެ. ނުވަތަ އެއްފަދަވާ ގޮތަށް އަދި އެއްވައްތަރުވާގޮތަށް ހުންނަ ތަކެއްޗެވެ.
– އާޔަތުގެ ޝަރަޙަ: މިއާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވަނީ ދުނިޔޭގައި މުޝްރިކުންގެ ޙާލެވެ. އަދި އާޚިރަތުގައި އެބައިމީހުންނަށް ހުރި ޢަޛާބުގެ ވާހަކައެވެ. އެއީ އެބައިމީހުން ލޯބިވުމުގަޔާއި މަތިވެރިކުރުމުގައި ﷲ އާއި އެކު އެހެން ފަރާތްތައް އެއްފަދަ ކޮށްފައިވާތީއެވެ.
– މިއާޔަތް މިބާބާ މުނާސިބުވާ ގޮތް: ލޯބިވުމުގައި ﷲ އާއި އެކު އެހެން ފަރާތެއް ބައިވެރިކޮށްފިނަމަ، ފަހެ އެހާރުން އަޅުކަމުގައި ﷲ އާއެކު އެފަރާތް ޝަރީކެއް ގޮތުގައި ހަދައިފިއެވެ. މިއީ ބޮޑު ޝިރުކެވެ. ބޮޑު ޝިރުކުގެ ފާފައަކީ ﷲ ނުފުއްސަވާނެ ފާފައެކެވެ. އެއީ ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿وَمَا هُمْ بِخَارِجِينَ مِنَ النَّارِ﴾ [سورة البقرة 167]
މާނައީ: “އަދި ނަރަކައިގެ ތެރެއިން ނުކުންނާނެ ބަޔަކުކަމުގައި އެބައިމީހުން ނުވެއެވެ.”
* * * *
–އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.