في الصحيح عن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ قالُ : ((مَنْ قَالَ : لَا إِلَهَ إِلَّا اللَّهُ، وَكَفَرَ بِمَا يُعْبَدُ مِنْ دُونِ اللَّهِ حَرُمَ مَالُهُ وَدَمُهُ، وَحِسَابُهُ عَلَى اللَّهِ)). [رواه مسلم في صحيحه]
މާނައީ: “ﻻ إله إلا الله ކިޔާ ﷲ ފިޔަވާ އަޅުކަންވެވޭ ހުރިހާ ފަރާތްތަކަށް ކާފިރުވެއްޖެމީހާ ދަންނައެވެ. އޭނާގެ މުދަލާއި އޭނާގެ ލޭ ޙުރުމަތްތެރިވެއްޖެއެވެ. އަދި އޭނާގެ ޙިސާބުބެއްލެވުންވާހުށީ ﷲގެ ޙަޟްރަތުގައެވެ.”
ސުވާލު 5:
– ރަސޫލާ صلى اللّه عليه وسلم، އިންސާނާގެ މުދަލާއި ލޭ ހިމާޔަތްވުން ލައްވާފައިވަނީ ކޮން އެއްޗަކާއި ގުޅުވައިގެން ހެއްޔެވެ؟
ޖަވާބު:
– ގުޅުވާފައިވަނީ 2 ކަމަކާއެވެ. ފުރަތަމައީ ﻻ إله إلا الله ގެ މާނަ އެނގިހުރެ، އޭގައި ބުނާ އެއްޗެއް ޔަޤީންކުރުމާއެކު، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއިއެކު އެކަލިމަ ކިޔުމެވެ. ދެވަނައީ ﷲ ފިޔަވައި އަޅުކަންވެވޭ އެހެން ފަރާތްތަކަށް ކާފިރުވުމެވެ. އެއީ ބުދުތަކާ އަދި އެހެނިހެން އެއްޗިއްސެވެ.
ސުވާލު 6:
– ((مَنْ قَالَ : لَا إِلَهَ إِلَّا اللَّهُ)) ރަސޫލާ صلى اللّه عليه وسلم ގެ މިބަސްފުޅުގެ މަޤްޞަދަކީ ކޮބައި ހެއްޔެވެ؟
ޖަވާބު:
– މިބަސްފުޅުގެ މަޤްޞަދަކީ ﻻ إله إلا الله ގެ މާނަ އެނގިހުރެ އެކަލިމަ ކިޔުމާ އަދި ﻻ إله إلا الله ލާޒިމްކުރާ ކަންތައްތަކަށް ޢަމަލުކުރުމެވެ.
ސުވާލު 7:
– ((وَكَفَرَ بِمَا يُعْبَدُ مِنْ دُونِ اللَّهِ)) މިބަސްފުޅުގެ މާނައަކީ ކޮބައި ހެއްޔެވެ؟
ޖަވާބު:
– މިބަސްފުޅުގެ މާނައަކީ ﷲ ފިޔަވާ އަޅުކަންކުރެވޭ އެހެން ފަރާތްތަކަށް އިންކާރުކޮށް އެކަމުން ބަރީޢަވެގެންވުމެވެ. އެއީ ބުދުތަކާ އަދި އެނޫނަސް ބުދުތަށް ފިޔަވައި އަޅުކަންކުރެވޭ އެންމެހާ ފަރާތްތަކެވެ. އޭގެ ތެރޭގައި މަލާއިކަތްބޭކަލުންނާއި ނަބީބޭކަލުން އަދި ޞާލިހުން ހިމެނެއެވެ. (އެބަހީ: އެބޭކަލުންނަށް ކުރެވޭ އަޅުކަންތަކުން ދުރުހެލިވެ ބަރީޢަވުމެވެ.)
* * * *
–އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް