[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނޫޙުގެފާނުގެ ވާހަކަ – 3

  • ޝައިޠާނާގެ ވިސްނުން

 

އާދަމުގެ ދަރިން ﷲ ގެ މަގުން އެއްކިބާ ކުރުމަށްޓަކައި، އޭނާގެ ރޭވުން ކުރިއަށް ގެންދާނެ ގޮތަކާމެދު އޭނާ ވަރަށް ބޮޑަށް ވިސްނައިފިއެވެ. އޭނާއަށް ވިސްނުނު އެންމެ މޮޅު ގޮތަކީ، ބުދަށް އަޅުކަން ކުރުމަށް މީސްތަކުންނަށް ގޮވާލުމެވެ. އޭރުން މީސްތަކުން އެ ބުދުތަކަށް އަޅުކަންކޮށް، އެ ގޮތުގައި މަރުވެއްޖެނަމަ، ހަމަ ޔަޤީނުންވެސް އެމީހުން ދާނީ ނަރަކައަށެވެ. އަދި ސުވަރުގެއަށް ދުވަހަކުވެސް އެމީހުންނެއް ނުވަންނާނެއެވެ. އެހެން ހުރިހާ ފާފައެއް ފުއްސެވިޔަސް، ﷲ ތަޢާލާ އަށް އަޅުކަން ކުރުމުގައި އެއްވެސް ފަރާތެއް ބައިވެރި ކޮށްފިކަމުގައިވާނަމަ، ﷲ ތަޢާލާ އެމީހެއްގެ ފާފަ ނުފުއްސަވާނެކަން ޝައިޠާނާއަށް އެނގެއެވެ. އަދި މީސްތަކުންނަށް ﷲ އަށް ޝިރުކު ކުރުމަށް ގޮވައިލުމަށް އޭނާ ޤަޞްދުކޮށްފިއެވެ. އެކަމަށް އޮތް މަގަކީ ކޮބާ ހެއްޔެވެ. އަދިވެސް މީސްތަކުން އަޅުކަންކޮށް އުޅެނީ ﷲ އަށެވެ. އޭނާ މީސްތަކުންގެ ކައިރިއަށް ގޮސް، “ބުދަށް އަޅުކަން ކުރާށޭ! އަދި ﷲ އަށް އަޅުކަން ނުކުރާށޭ!” މިފަދައިން ބުނެފިނަމަ، އެހާ ފަސޭހައިން މީސްތަކުން އެކަން ޤަބޫލު ނުކޮށްފާނެއެވެ. އަދި މީސްތަކުން ބުނާނެއެވެ. ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ. އަހަރުމެން އަޅުކަން ކުރުމުގައި ﷲ އާ އެހެން ފަރާތެއް ބައިވެރި ކުރަންވީ ހެއްޔެވެ. އަދި އަހަރުމެން ބުދަށް އަޅުކަން ކުރާނެ ހެއްޔެވެ. ހަމަކަށަވަރުން މިއީ ﷲ ގެ ރަޙްމަތުން ބޭރުކުރެވިފައިވާ ޝައިޠާނާ ބޭނުންވާ ގޮތެވެ. އަދި އޭނާއަކީ ހަޑިމުޑުދާރު ކަންކަމަށް ގޮވައިލާ މީހެކެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ނޫޙުގެފާނުގެ ވާހަކަ