[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނޫހުގެފާނުގެ ވާހަކަ – 5

  • ޞާލިޙުންގެ ސޫރަތައް

 

މި ވާހަކައިގައި ކުރިން ބަޔާން ކުރެވުނު ފަދައިން، މީސްތަކުންގެ ތެރޭގައި ތިބި ޞާލިޙުންތައް މަރުވުމުން، ޝައިޠާނާ އެބައިމީހުންގެ ކައިރިއަށް ގޮސް ޞާލިޙުންނާ ބެހޭ ގޮތުން ސުވާލުކުރިއެވެ.

އަދި އެމީހުންގެ ހިތާމަތައް އެ އެބައިމީހުންނާމެދު ވަނީ ކޮންފަދައަކުންތޯ ބެލިއެވެ. އަދި އެބައިމީހުން ވަކިވެ ދިޔުމަކީ އެޤައުމުގެ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަން އޭނާއަށް އެނގުނެވެ.

ދެން އެ ޞާލިޙުންތައް ވަކިވެދިއުމުން، އެމީހުންގެ މަތިން ހަނދާންކޮށް ޙާލު ބަލަން އެބައިމީހުން އެދުނެވެ. ޝައިޠާނާ އެބައިމީހުންނަށް ވަސްވާސް ދިނީ އެބައިމީހުންގެ ހަނދުމަ އާކުރަން އެބައިމީހުންގެ ސޫރަތަކެއް ހެދުމަށެވެ. އަދި ކޮންމެ ދުވަހަކުވެސް އެ ސޫރަތަކަށް ބެލުމަށް ވަސްވާސްދިނެވެ.

އިބިލީހުގެ މި ޚިޔާލަށް، މީސްތަކުން އަޖައިބުވެއްޖެއެވެ. ދެން އެއަށްފަހު މަރުވި ޞާލިޙު ބޭކަލުންގެ ސޫރަތައް ހަދައިފިއެވެ. އަދި ކޮންމެ ދުވަހަކު ޞާލިޙުންގެ މަތިން ހަނދާންކުރުމަށްޓަކައި މި ސޫރަތަކަށް ބަލައި ހަދައެވެ. އެމީހުންނަށް މި ސޫރަތައް ފެނިއްޖެނަމަ އެ މީހުންނާ ވަކިވެ ދިޔަ ޞާލިޙު ބޭކަލުންގެ މަތިން ހަނދާން އާވެއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ނޫޙުގެފާނުގެ ވާހަކަ