[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރެވިދާނެ 173 ހެޔޮ ޢަމަލެއް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގައި ކުރެވޭ ހެޔޮ ޢަމަލުތަކަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ނުހަނު ލޮބުވެތިކަން ބޮޑު ޢަމަލުތަކެކެވެ. ކޮންމެ މުސްލިމެއްވެސް އެކަމަށް އެދިގެން ގަދައަޅާ މަސައްކަތް ކުރުމަށް ރަސޫލާ صلى الله عليه وسلم ވަނީ ބާރު އަޅުއްވާފައެވެ.

١٧٣ عملا صالحا بمناسبة عشر ذي الحجة، މިރިސާލާއަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްމުނައްޖިދު ލިޔުއްވާފައިވާ ރިސާލާއެކެވެ.

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ކޮންމެ ހެޔޮކަމެއް ކުރުމަށްވެސް ހުޅުވާލެވިފައިވާ ދުވަސްވަރަކަށްވުމުން އެދުވަސްތަކުގައި ކުރެވިދާނެ ގިނަގުނަ ހެޔޮ ޢަމަލުތަކެއް ޝައިޚުވަނީ މިރިސާލާގައި ހިމަނުއްވާފައެވެ. އޭގެ ބޭނުމަކީ މިދުވަސްވަރުގައި ކުރެވިދާނެ ހެޔޮ ޢަމަލުތައް އަޅުގަނޑުމެންނަށް ހަނދާންކޮށްދިނުމެވެ. އެއްވެސް ޙާލެއްގައި މިރިސާލާގައި ހުރިހާ ހެޔޮ ޢަމަލެއް ޛިކުރުކުރައްވާފައި ނުވެއެވެ. އެހެނަސް ހެޔޮކަމަށް އެދޭ މީހާއަށް އޮތީ މިނޫން ހެޔޮ ޢަމަލުތައްވެސް އިޚްލާޞްތެރިކަމާއެކު ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ތަބާވެގެން މިދުވަސްވަރުގައި ކުރުމަށް މަސައްކަތްކުރުމެވެ.

 

ޢަބްދުލްމުޢިއްޒު ރަޝީދު

ކ. މާލެ

4 ޛުލްޙިއްޖާ 1440

5 އޯގަސްޓު 2019

 

ފޮތުގެ ނަން ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހު ކުރެވިދާނެ 173 ހެޔޮ ޢަމަލެއް
ތަރުޖަމާކުރީ ޢަބްދުލްމުޢިއްޒު ރަޝީދު
ޞަފްޙާގެ ޢަދަދު  35 ޞަފްޙާ، A5 ސައިޒް
ފައިލް ސައިޒް 7 mb

 

ފޮތް ޑައުންލޯޑް ކުރެއްވުމަށް